ހުޅުމާލޭ ހާންޖީ ރެސްޓްރެންޓްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އެތަނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސ...
ހުސައިން ހަބީބް
ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއްކަމަށްވާ އެލެގްރާ ބޭހުގެ ތިން ބެޗެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން ރާއްޖޭގައި މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ އެލެގްރާ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް ވިއްކާ ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ...
ޔުމްނާ ޢަލީ
މާލެ އަތޮޅުގައި ހިމެނޭ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައިވާ ބޮޑު ދެ ތިލައެއް ކަމުގައިވާ ބޮޑުހިތި ތިލަ އާއި އޮއްކޮބޭ ތިލަ ސަރުކާރުން ހިމާޔަތްކޮށްފިއެވެ. މި ދެ ތިލައަކީ ފީނާ މީހުންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގްބޫލު ތަންތަނެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ […]
އަލީ އާދިލް
ބަންގްލަދޭޝްގައި ހިނގަމުންދާ އެއްވުންތަކާއި ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން މިއަދު އިލްތިމާސްކޮށްފިއެވެ. ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހިން ސަމާލުވުމަށް މީގެކުރިން ވެސް ޚާރިޖިއްޔާއިން އަންގާފައިވާއިރު، ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަ...
ޔުމްނާ ޢަލީ
ނ. ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، މުދަލަށް ގެއްލުން ދީފައިވާ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަ...
ޔުމްނާ ޢަލީ
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑާއި ބާސެލޯނާ، އެމެރިކާއަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސާއިން ރެއާލުގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާއިން މިހާތަނަށް ކުޅުނު ދެ މެޗު ވެސް މިވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދީ ފުރިހަމަ […]
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބިދޭސީ އެއް މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަސް ދީފައިވާ ކަމަށެވެ. 2 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ އަށެއް ޖަހާކަށްހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީއެއް ހިނގާފައި ވަނީ އެތަން ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުންގެ ދެމެދުގައެވެ. މި މާރާމާރީ ހިންގާފައިވައި ވަނީ ހަތިޔާރެއް ބޭނުން...
ޔުމްނާ ޢަލީ
ޤައުމީބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބީއެމްއެލުން ބުނީ ބޮޑެތި އަދަދުތަކުން ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް ކަމަށެވެ. އެއީ، އީމެއިލް މެދުވެރިކޮށެވެ. ބޭންކުން ބުނީ payroll@bml.com.mv އަށް މެއިލް ރިކުއެސްޓް ފޮނުވުމުން މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާކުރުން ޕްރޮސެސް ކުރާނެ […]
އަޙްމަދު ވަހީދު
މިދިޔަ މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާ ގެތަކުގެ ހާލަތު ބަލައި، އެނާޖީ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، މިދިޔަ މަހު ވެސް ކަރަންޓު ބިލް ވަރަށް ބޮޑުވި ގެތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގެ ހަ ޕަސެންޓު ގޭބީސީ އާއި ހުޅުމާލޭގެ 15 ޕަސެންޓު ގޭބީސީގެ ކަރަންޓް ބިލް ބޮޑުވި ކަމަށެވެ. މި ގެތަކުގެ އޮޑިޓެއް ހަދަން ހާއްސަ ޓީމުތަކެއް […]
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނައިވާދޫ ކައުންސިލް މިނިވަން ވޮލީބޯލް ޓޯނަމަންޓް 2024” ގެ މެންސް ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ޑިކްސީ، އަދި ވިމެންސް ޑިވިޝަންގެ ޗެމްޕިއަންކަން ބާކީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ވިމެންސް ޑިވިޝަންގެ ފައިންލަ މެޗު އެ ދުވަހު ހަވީރު ކުޅުނުއިރު، މެންސް ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައި ވަނީ އެ ރެއެވެ. މެން ޑިވިޝަންގެ […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ މަޝްހޫރު ގޭމިންގ މަޖައްލާތަކުގެ ތެރެއިން އެއް މަޖައްލާ ކަމުގައިވާ ގޭމް އިންފޯމަރ 33 އަހަރަށްފަހު ބަންދުކޮށްފިއެވެ. މި މަޖައްލާގެ މައި ކުންފުނި ކަމުގައިވާ ގޭމްސްޓޮޕްއިން މިއަދު ވަނީ މި މަޖައްލާ ބަންދުކުރުމަށް ނިންމާފައެވެ. މަޖައްލާގެ ވެބްސައިޓާއި އާކައިވްސް ވެސް ވަނީ ނަގާފައެވެ. މިހާރު އެ ވެބްސައިޓަށް ވަދެވޭއިރު ފެންނަނީ މަޖައްލާގެ ކިޔުންތެރިންނަށް ޝުކުރު އަދާކޮށްފައިވާ ފަހު ބަޔާނެވެ. “33 އަހަރު ވަންދެން ގޭމިންގ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރުތަކާއި، ރިވިއުތަކާއި، މަޢުލޫމާތު ގެނެސްދ...
އަޙްމަދު ދާއޫދު
ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން ފޭބުމަށް އެމެރިކާއިން އަންގައިފިއެވެ. ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެންގީ “ލިބެން ހުރި ކޮންމެ ޓިކެޓަކުން” އެ ގައުމުން ވީ އެންމެ އަވަހަކަށް ފުރައިގެން ދިއުމަށެވެ. މެދުއިރުމަތީގެ ސަރަހައްދުގައި އޮތް ހަލަބޮލިކަން އިތުރުވަމުން ދިއުމާ ގުޅިގެން މި އިންޒާރު ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި އިންޒާރު ދީފައިވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވެސް މިފަދަ އިންޒާރެއް އެގައުމުގެ ރައް...
އަޙްމަދު ދާއޫދު
ހުޅަނގު އައްސޭރީގެ އުތުރުގައި ދިން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ދެ އުޅަނދަކަށެވެ. ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވާ ގޮތުގައި ބަލްއާ އާއި އިކްތަބާ ސަރަހައްދުގެ މެދުތެރޭގެ މަގެއްގެމަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވިއެވެ. އަދި އޭގެ ކުރިން ޒައިތާ-އައްތިލް އަވަށުގެ މަގެއްގެ މަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި ވެސް 5 މީހުން ޝަހީދުވިއެވެ. މި ހ...
އަޙްމަދު ދާއޫދު
މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުމަށް ހާއްސަ ލޯނު ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށެވެ. އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ މި ލޯނު ސްކީމުގެ ދަށުން މަސްވެރިންނަށް ވަރަށް ލުއ...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދެފި އެވެ. އެމިނސިްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި 3 ކުޑަކުދިން ނިޔާވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެ...
އަލީ އާދިލް
ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އިއުލާންކޮށްފިއެވެ. އެމްޕީއެލްއިން ބުދަ ދުވަހުކުރި އިއުލާނުގައި ބުނީ އުލިގަމުގައި މެރިނާ ޕްރޮޖެކްޓުގެ މަގުސަދަކީ ޒަމާނީ އުޅަނދު ބަނދަރުކުރުމާއި މެރީނާގައި ތިބެގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިގްތިސޯދީ ކުރިއެރުވުން ކަމަށް ބުންޏެވެ. މީގެ އިތުރުން އުލިގަމު މެރީނާ ޕްރޮޖެކްޓުގެ މަގްސަދަކީ ރާއްޖެއަކީ ޔޮޓްތަކަށް ޕްރިމިއަމް ޑެސް...
އަޙްމަދު ވަހީދު
ސްޕެއިންގެ ރެއާލް މެޑްރިޑަކީ ކޯޗް ކޮށްދޭނެ އެންމެ ފަހު ކުލަބު ކަމުގައި، އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ރެއާލަކީ އޭނާ ކޯޗުކޮށްދޭނެ ފަހު ޓީމްކަމަށް މިދިޔަ އަހަރު ވެސް އޭނާ ބުންޏެވެ. މި އަހަރު މެދުތެރޭ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮއްވައި، ރެއާލުގެ އެއްބަސްވުން ހަމަވުމުން ބްރެޒިލްގެ ކޯޗުކަމާއި އޭނާ ހަވާލުވާން އުޅޭކަމަށް މީޑިއާތަކުގައި އަޑު ފެތުރުނެވެ. ބްރެޒިލުން ބޭނުންވި ނަމަވެސް އަންޗެލޮޓީ ވަނީ އެ ޕްރޮޖެކްޓާއި ދެކޮޅުހަދައި، މިދިޔަ […]
އިބްރާހިމް ޚަލީލް
އުތުރުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވަނީ ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފިއެވެ. އެމްޕީއެލުން މިކަން ހާމަކުރީ އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައެވެ. މި މަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި، ބައިނަލްއަގުވާމީ ބަންކަރިންއަށް ވަންނައިރުގައި 300 އާއި 450 އާއި ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު އުތުރުން ދަތުރުކ...
އަޙްމަދު ވަހީދު