ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލީ 6 ޖޫން 2024 ގައެވެ. މި ފުރުސަތުގެ ދަށުން ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވީ މި މަހުގެ 1...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގައި ހުރި ވިނަރެސް ފްލެޓްތަކާ ދެމެދު އޮންނަ މައި މަގުގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރަކާއި ސައިކަލެއް ޖެހުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ފަރާތަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާ ވަނީ އިމަޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކްސިޑެންޓުގެ ސަބަބުން ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކާރުގެ ވިންޑް ސްކްރީން […]
އަލީ އާދިލް
ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާފުކޮށް ދެއްކެވި ވާހަކަތައް ދޮގުކޮށް ފިތުނަ އުފައްދަންކަމަށާއި، އެއީ ބޮޑާކަމާއި ކިބިރުވެރިކަމުން އަރާ ތިބި ބައެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި ރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ސަލީމް ވިދާޅުވީ، ފެންނަ މަންޒަރުތަކަށް ބަލާއިރު ބައެއް ބޭފުޅުންގެ ވި...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ކުރައްވައިފިއެވެ. ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް މުޢިއްޒު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ގަވަރުނަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން 22 ޖުލައި 2024 ވަނަ ދުވަހާއި ހަމައަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ...
ޔުމްނާ ޢަލީ
މައިކްރޯސޮފްޓްގެ އޮންލައިން ޚިދުމަތްތަކަށް އަނެއްކާވެސް ބުރޫއަރައިފިއެވެ. މައިކްރޮސޮފްޓުން އަންގާރަ ދުވަހު ބުނީ އެ ކުންފުނީގެ ގިނަ ހިދުމަތްތަކާއި އެޕްލިކޭޝަންތައް ފުޅާ ދާއިރާއެއްގައި ކެނޑުމުގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަޒޫރޭ، 365، އައުޓްލުކް އަދި ވެސް ގިނަ ކަންތައްތަކެއް ހިމެނެ އެވެ. ޖޫން މަހުގެ 30 ވަނަ ދުވަހު (އިއްޔެ) ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑައުންޑިޓެކްޓަރަށް ކަރަންޓު ކެނޑޭ ކަމުގެ އެތައް ހާސް ރިޕޯޓެއް ލިބުނެވެ. މި ހާދިސާ ހިނގާފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި [...
އަޙްމަދު ދާއޫދު
އީރާނުގެ ވެރިރަށް ތެހެރާނުގައި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު މަރުވެފައި ވަނީ އެ މީހުން ތިބި އިމާރާތަށް ހަމަލާދިނުމުންނެވެ. އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެ...
އަޙްމަދު ދާއޫދު
ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފިއެވެ. މި ހަމަލާދިންކަން އިޒްރޭލުން ކަށަވަރު ކޮށްދީފައިވާއިރު، ބޮން އެޅީ، ބެއިރޫތުގެ ދެކުނުގައި ހިޒްބުﷲ ގެ މަރުކަޒެއް ހުންނަ ތަނަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހަމަލާ ދިނީ ހިޒްބުﷲ ގެ ކޮމާންޑަރަކަށް އަމާޒު ކޮށް ކަމަށާއި، އޭނާ އަކީ އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސްބިންތަކަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި އިސް ދައުރެއް އަދާ ކުރި ފަރާތް ކަމަށް ވެސް އިޒްރޭލުން ބުނެފައިވެއެވެ. ހޮނިހިރު ދުވަހުގެ ހަމަލާ […]
އަޙްމަދު ދާއޫދު
އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް މަގާމުގެ ހުވައި ކުރައްވައިފިއެވެ. އުމުރުފުޅުން 69 އަހަރުގެ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވީ އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން ދުނިޔޭގެ 80 ގައުމަކުން އެ ގައުމުތަކުގެ އިސްވެރިންގެ ފެންވަރުގައި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ. ރާއްޖޭގެ ނައިބު ރައީސް ޙުސެއިން މުޙައްމ...
އަޙްމަދު ދާއޫދު
ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަަކަށް ބަދަލުކުރުމަށް އިއުތިރާޟެއްނެތް ކަމަށާއި، އެކަމަކު އެތަން ވާންވާނީ 15 އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީފައިވާ ތަނަކަށްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވަނީ ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު މިހާރު...
ޔުމްނާ ޢަލީ
ލ.ފޮނަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖަނަރޭޓަރެެއް ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ބުނީ މި ޖަނަރޭޓަރު ފޮނުވާފައިވަނީ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން 1200 ކވ ޖަނަރޭޓަރެއް މިހާރު ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ޖަނަނޭޓަރު ރަށަށް ލިބުމާ އެކު އިންސްޓޯލްކޮށް ހިދުމަތް ދިނުމުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ވަނީ އެހެނިހެން ރަށްރަށުގެ ކަރ...
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ބޭއްވި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ މަޝްހޫރު މޭކަޕް އާޓިސްޓު ރުތުބާ އަހުމަދާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯގެކެވެ. ޖުމްލަ 15 ބައިވެރިންނާއިއެކު މި ކޯސް ފަށާފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ. ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 17 ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތު މި މަހުގެ 18 […]
އިބްރާހިމް ޚަލީލް
ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އެމްޑަބްލުއުއެސްސީން ބުނެފިއެވެ. ޖުމްލަ 69.14 މިލިއަން ރުފިޔާއަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ވަނީ ހަމަޖެހިފައެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރ...
އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓިގައި ކުރީ ސަރުކާރުން އިމާރާތްކުރަންފެށި އައު އިންޖީނުގެއަށް 45 މިލިއަން ރުފިޔާ ޚަރަދުވެއްޖެކަމަށާއި މިހާތަނަށް ނިމުނީ ހަތަރު ފާރުކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދުގެ ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ސިޓީއަށް ކުރެއްވި ދަތުރެއްގައި އިންޖީނުގޭގެ މަސައްކަތް ބައްލަވާލެއްވި ކަމަށާއި ކުޅުދުއްފުށި ސިޓީގައި ކުރީގެ ސަރުކާރުން އ...
އިބްރާހިމް އަސްވާޤް
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، ސިޓީގައި ކުޅެން ފުރުސަތު ލިބޭ މިންވަރާއިމެދު ހިތްހަމަ ނުޖެހޭކަން ފަޅުކޮށްފިއެވެ. މިހާރު އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާއިއެކު އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ފްރާންސްގައި ހުރި، އަލްވަރޭޒް މިހެން ބުނެފައިވަނީ ޑައިރެކްޓް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައެވެ. އަލްވަރޭޒްއަކީ ސިޓީގެ އެޓޭކިންގައި ދެވަނަ ޗޮއިސްއެވެ. އެ ޓީމްގެ އެއްވަނަ ފޯވާޑަކީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑެވެ. ވުމާއިއެކު ސިޓީގެ މުހިންމު މެ...
އިބްރާހިމް ޚަލީލް
ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަގޫދޫގައި އެއްފަހަރައްވުރެ ގިނައިން ބޭނުންކުރެވޭ، ނުވަތަ ރީޔޫސެބެލް، ނެޕީ ބޭނުންކުރުމަށް ބާރުއަޅާ ‘ބުޑު ފޮތި’ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ. ރަށުގެ ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަމާޒުކޮށްގެން ފެށި ބުޑުފޮތި ޕްރޮގްރާމަކީ މަގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށު ކައުންސިލާއި، ސިއްޙީ މަރުކަޒުގެ އިސްނެގުމާއެކު، ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ....
އިބްރާހިމް އަސްވާޤް
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ ފޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ. ފުއާދުގެ ބަޔޯގްރަފީ ފޮތް “ގޮތުގައި” ރައީސަށް ހަދިޔާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ. މިފޮތަކީ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ ލިޔެފައިވާ ފޮތެކެވެ. 190 ސަފުހާގެ މި ފޮތުގައި، ފުޢާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތ...
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމަށް ޢައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން ސަރުކާރުން ޢިއުލާން ކުރީ 22 ޖުލައި 2024 ގައެވެ. ރައީސް މުޢިއްޒު ވަނީ އޭރުގެ ގަވަރުނަރު ޢަލީ ހާޝިމް އެދުވަހު މަޤާމުން ވަކިކުރަށްވާފައެވެ. ޢަލީ ހާޝިމް […]
ޔުމްނާ ޢަލީ
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް މިއަދު ކޯޓުން ދީފި އެވެ. ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. މަންޑޭގެ އިތުރުން ރ. […]
ހުސައިން ހަބީބް