މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 680 ވަނަ ޞަފްޙާ

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫގެ ބަޔާނުގައި މުޅިން ބަހަނާތަކާއި ދޮގާއި މަކަރު

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫގެ ބަޔާނުގައި މުޅިން ބަހަނާތަކާއި ދޮގާއި މަކަރު

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ދެއްވި ބަޔާނެއްގައި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ގިނަ ބަހަނާތަކަކާއި ދޮގުތަކެއް ހިމެނިފައިވާކަމަށް ބެލެވެއެވެ. މިޞްރާއި ޣައްޒާ ގުޅުވައިދޭ ބޯޑަރުގެ ކޮންޓްރޯލް ދޫކޮށްނުލުމާ ގުޅޭގޮތުން ނަތަންޔާހޫ ބުނެފައިވަނީ، “ފިލަޑެލްފިއާގެ ދަށުން ބިމުގެ އަޑިން ޔަމަނާއި އީރާނުގެ ހަތިޔާރު އެތެރެ ކުރާ މަގެއް އޮވެދާނެ” ކަމަށެވެ. އަދި ހަނގުރާމަ ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެ، “ހަނގުރާމައިގެ ފަހުވަގުތުކޮޅު އެއްވެސް ޖޯޝެއް ނުހުންނާނެ. އަ...

މުޞްޠަފާ މުޙައްމަދު
ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އަނިޔާވެ ފަރުވާދެނީ

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އަނިޔާވެ ފަރުވާދެނީ

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ. މިހާދިސާ ހިނގީ މިއަދު ހަވީރު 4:34 އެހާކަންހާއިރު މާލޭ ރާޅުގަނޑު ސަރަޙައްދުގައެވެ. ލޯންޗެއް ބަނޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މެރިން ޕޮލިސް އާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަޙައްދަށް ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި ލޯންޗުގައި ތިބީ 4 މީހުންނެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެ ތެރެއިން 2 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މެރިން […]

އަލީ އާދިލް
އިންޑިއާ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރިތާ 20 ދުވަސް، އާންމުންގެ އެހީއަށް އެދިއްޖެ

އިންޑިއާ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރިތާ 20 ދުވަސް، އާންމުންގެ އެހީއަށް އެދިއްޖެ

ހުޅުމާލެއިން ގެއްލިގެން އުޅޭ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހޯދަމުން މިދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 32 އަހަރުގެ އައިޑީ މޮހަމެޑް ސެޚްއެވެ. މޮހަމެޑް ސެޚް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހުން ފެށިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފަކަމަށް ފުލުހުން ބުނެއެވެ. މީގެ ކުރިން މިފަދަ މައްސަލަތަކުގައި […]

އަލީ އާދިލް
ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިފި

ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިފި

ރާޅުގަނޑު ސަރަޙައްދުން ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައިފިއެވެ. ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިގެން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެސަރަހައްދުގައި ހުރި މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެލޯންޗުގައި ތިބި ކަމަށް ލަފާކުރެވެނީ ހަތަރު މީހުން ކަމަށެވެ. އެމީހުން މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވެއެވެ. އަދި އެ ސަރަޙައްދުގައި އިތުރު ލޯންޗުތަކެއް ހަރަކާތްތެރި...

އަލީ އާދިލް
ތިލަދުންމަތީ ދަރިން: އާދަމް ނާއިޝް ނަސީމްގެ ތަޢުލީމީ ހަރުފަތް

ތިލަދުންމަތީ ދަރިން: އާދަމް ނާއިޝް ނަސީމްގެ ތަޢުލީމީ ހަރުފަތް

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2022 -2023 ވަނަ އަހަރުގެ މަތީ ސާނަވީގެ އެންމެ މޮޅު ދެވަނަ ދަރިވަރަކަށް އަޙްމަދިއްޔާގެ ކެޕްޓަން އާދަމް ނާއިޝް ނަސީމް ވަނީ ހޮވިފަ އެވެ. އާދަމް ނާއިޝް ނަސީމްއަކީ ސާނަވީ ތަޢުލީމް އަޙްމަދިއްޔާގައި ހާސިލްކުރި ދަރިވަރުންގެ ތެރެއިންވެސް އެންމެމޮޅު ދަރިވަރަށް ހޮވިގެން 2020 – 2021 ގެ ރަންޝީލްޑް ގެވެސް ވެރިޔާއެވެ. ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމްގެ އުދަގޫ 2 މަރުހަލާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލް […]

Thiladhun
ނޭކުރެންދޫގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ނޭކުރެންދޫގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބާއްވާ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޒެޑްއެސްއޭ “ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2024” ނަމުގައި 35 އަހަރުން މަތީ މީހުންނަށް އަމާޒު ކޮށްގެން ބާއްވާ މި މުބާރާތް، އެ ރަށު ކައުންސިލާއި ޑަބްލިއުޑީސީގެ އެހީތެރިކަމާއިއެކު ރާވާ ހިންގަނީ ޒާހިރު ސްޕޯޓްސް އެކަޑަމީންނެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފޯމް އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 20 ވަނަ […]

އިބްރާހިމް ޚަލީލް
އޭސީސީގެ އެންގުމާ ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން: ދައުލަތް

އޭސީސީގެ އެންގުމާ ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިނީ ޕީޖީ އޮފީހުގެ ލަފާގެ މަތިން: ދައުލަތް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ފުލުހުންގެ ފަރާތުން ހައި ކޯޓުގައި ބުނެފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިމެންދެން […]

ހުސައިން ހަބީބް
ވިޔަފާރިތަކާއި އިދާރާތައް ގުޅުވާލަދޭ ޕްލެޓްފޯމު "ޓްރޭޑިއަން" އިފްތިތާޙްކޮށްފި

ވިޔަފާރިތަކާއި އިދާރާތައް ގުޅުވާލަދޭ ޕްލެޓްފޯމު "ޓްރޭޑިއަން" އިފްތިތާޙްކޮށްފި

ވިޔަފާރިވެރިންނާ ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު “ޓްރޭޑިއަން” މިއަދު އިފްތިތާޙްކޮށްފިއެވެ. ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީގޮތުން އިފުތިތާޙްކުރުމަށް މިއަދު ވަނީ މިއަދު ހެނދުނު މާލޭގެ ހޮޓެލް ޖެން ގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޕްލެޓްފޯމް އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ. މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅި...

ޔުމްނާ ޢަލީ
ކޮމަންޑޫގައި ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކޮމަންޑޫގައި ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހު 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ 15 ފަރާތަށެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއަކީ […]

އިބްރާހިމް ޚަލީލް
ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް

ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިނ...

ޔުމްނާ ޢަލީ
ދަގަނޑޭ އަށް މަޖިލީހުގެ ރައީސްގެ ގެކޮޅުގެ އިސް މަގާމެއް

ދަގަނޑޭ އަށް މަޖިލީހުގެ ރައީސްގެ ގެކޮޅުގެ އިސް މަގާމެއް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ (މުރައިދޫ ގޭގެ) ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ހަމައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ޖުލައި މަހު އެވެ. ދަގަނޑޭ މި މަގާމަށް ހަމަޖައްސާފައިވާއިރު، މަޖިލީހުގެ ރައީސްގެ ގެކޮޅުގެ އެންމެ އިސް ވެރިޔެއްގެ ގޮތުގައި، ޗީފް އޮފް ސްޓާފްގެ މަގާމް ފުރުއްވަމުން ގެންދަވަނީ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ. މަޖިލީހުގެ ރައީސްގ...

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލައިފި

ތިލަދެކުނު ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލައިފި

މި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ. ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ އިއްޔެ ނޮދަން އޮފީސް ކޮމްޕްލެކްސް ހޯލުގައެވެ. އަށް ޓީމް ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. ސެމީގައި […]

އިބްރާހިމް ޚަލީލް
އިންޑިއާގެ ރާޖަސްތާންގައި ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެ

އިންޑިއާގެ ރާޖަސްތާންގައި ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެ

އިންޑިއާގެ ރާޖަސްތާންގެ ބާމަރު ސަރަޙައްދުގައި އިންޑިއަން އެއަރ ފޯސްގެ މިގް-29 ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެއެވެ. މި ހާދިސާގައި ޕައިލެޓް ސަލާމަތްވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގީ އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައެވެ. އެއަރ ފޯސްއިން ބުނީ މި ޖެޓަށް “ނުރައްކާތެރި ޓެކްނިކަލް މައްސަލައެއް” ދިމާވި ކަމަށެވެ. އެއަރ ފޯސްއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ބުނެފައިވަނީ “ބާމަރު ސަރަޙައްދުގައި އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައި އައިއޭ...

އަޙްމަދު ދާއޫދު
ހިތުގެ ބަލިތަކުގެ ނުރައްކާ އަހަރުތަކެއް ކުރިން ދެނެގަނެވޭނެ ލޭގެ ޓެސްޓެއް

ހިތުގެ ބަލިތަކުގެ ނުރައްކާ އަހަރުތަކެއް ކުރިން ދެނެގަނެވޭނެ ލޭގެ ޓެސްޓެއް

ހިތުގެ ބަލިތަކުގެ ނުރައްކާ އަހަރުތަކެއް ކުރިން ދެނެގަނެވޭނެ ލޭގެ ޓެސްޓެއް ސައިންސްވެރިން ހޯދައިފިއެވެ. އެމެރިކާގެ ސެންޓާސް ފޮރ ޑިސީސް ކޮންޓްރޯލް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި ކޮންމެ ފަސް މަރަކުން އެއް މަރަކީ ހިތުގެ ބައްޔަކުން ވާ މަރެކެވެ. ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ބަލިތައް ދުރާލާ ހުއްޓުވުމަށް ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމާއި ބޭސްފަރުވާ ފަދަ ގޮތްތަކެއް އެނގިފައި ވީނަމަވެސް، ސައިންސް ވެރިންގެ މި އައު ދިރާސާއިން ދައްކައިދީފައިވަނީ ލޭގެ...

އަޙްމަދު ދާއޫދު
އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ 30 ލައިސަންސް ހިފަހައްޓައިފި

އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ 30 ލައިސަންސް ހިފަހައްޓައިފި

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ، އެ ޤައުމުން އިސްރާއީލަށް ހަތިޔާރު ވިއްކުމަށް ދޫކޮށްފައިވާ 30 ލައިސަންސް ހިފަހައްޓާފައިވާކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ބުނެފިއެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަށްފަހު ނިންމި ނިންމުމެކެވެ. އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ޕޯލް އެޑަމްސް ވިދާޅުވި ގޮތުގައި، ހިފަހައްޓާފައިވާ 30 ލައިސަންސްގެ ތެރޭގައި ހިމެނެނީ އަސްކަރީ މަތިންދާބޯޓު، ހެ...

އަޙްމަދު ދާއޫދު
ވަޒީރު ޒަމީރު ޔޫއޭއީއަށް

ވަޒީރު ޒަމީރު ޔޫއޭއީއަށް

ދިވެހި ޚާރިޖީ ވަޒީރު، މޫސާ ޒަމީރު އެކުވެރި އަރަބި އިމާރާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފި އެވެ. ދިވެހި ޚާރިޖިއްޔާ އިން ބުނީ ވަޒީރުގެ މިދަތުރަކީ ރަސްމީ ދަތުރެއް ކަމަށެވެ. ޒަމީރުގެ މި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާން އާއި ޔޫއޭއީ ސަރުކާރުގެ އެހެނިހެން ބައެއް އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ. މިދަތުރު ވެގެން ދާނީ ރާއްޖެއާއި […]

ޔުމްނާ ޢަލީ
ނައިފަރު މަސްރޭސް ސެޕްޓެމްބަރު 6 ގައި ބޭއްވުމަށް އުރީދޫއިން ނިންމައިފި

ނައިފަރު މަސްރޭސް ސެޕްޓެމްބަރު 6 ގައި ބޭއްވުމަށް އުރީދޫއިން ނިންމައިފި

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މަސްރޭހުގެ ތެރެއިން ނައިފަރު މަސްރޭސް ބާއްވާނެ ތާރީޚު އިއުލާން ކޮށްފިއެވެ. އުރީދޫ މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނައިފަރު މަސްރޭސް އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 6 ވާ ހުކުރު ދުވަހު ކަމަށެވެ. ކުރިން މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެނެސްފައިވަނީ އޭރު ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށްޓަށް ދަތުރުކުރާ ބިދޭސީންގެ ވިސާ ކަށަވަރުކުރުމަށް އޮޑިވެރިންނަށް އަންގައިފި

ކުޅުދުއްފުށްޓަށް ދަތުރުކުރާ ބިދޭސީންގެ ވިސާ ކަށަވަރުކުރުމަށް އޮޑިވެރިންނަށް އަންގައިފި

މާލެއިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރާ ބިދޭސީންނަކީ ވެލިޑް ވޯރކް ވިސާއެއް އޮތް ފަރާތެއްކަން ކަށަވަރު ކުރެއްވުމަށްފަހު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އޮޑިވެރިންގެ ކިބައިން އެދެފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ ނޯތު ރީޖަނަލް އޮފީސް ގުޅިގެން، މާލެއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ދަތުރުކުރާ ބޯޓުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުށްޓަށް އެތެރެވުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ދަތުރުކުރާ ބޯޓުފަހަރުގެ...

އަލީ އާދިލް