މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 611 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (25)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (25)

ކުރީގެ އަދަދާއިގުޅޭ، ” ޒައި ޕްލީޒް… އަދިވެސް ތިއީތަ ބުނަން އެނގުނު އެއްޗަކީ. ޒައި އަހަރެން ރުޅި އެރުވީ ކީއްކުރަން؟ ” އާދޭހުގެ ރާގަކަށް ނަދީމް އެހިއެވެ. ” ނަސީބެއްނު ރުޅި އެރުވުނުކަން. ރުޅި އެރުވީމަ އެއްނު މި އެނގުނީ މިހާރު ނަދީމްގެ ހިތް ބަދަލުވެއްޖެކަން.” މަޑުމަޑުން ބުނެލި ނަމަވެސް ޒައިނާ ހިތްހަމަ ނުޖެހިފައި ހުރިކަން ނަދީމްއަށް އެނގުނެވެ. ” ހިތް ބަދަލެއް ނުވެ. ހިތްހަމަ ނުޖެހުނީ. ޒައި ކަންތައް ކުރި ގޮތް އެނގުނީމަ. އަނެއްކާ އަބަދާއަބަދު […]

ސަލާމާ ޢަބްދުލް ޢަލީމް
ގޫގުލްގެ ޖެމިނައި އޭއައި މޮޑެލްގެ ދެވަނަ ވަރޝަން ނެރެފި

ގޫގުލްގެ ޖެމިނައި އޭއައި މޮޑެލްގެ ދެވަނަ ވަރޝަން ނެރެފި

ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ޖެމިނައިގެ ދެވަނަ ވަރޝަން ބުދަ ދުވަހު ނެރެފިއެވެ. މީގެ އިތުރުން ޗެޓްބޮޓްތަކުގެ އިތުރަށް އޭއައި ބޭނުންކުރެވިދާނެ އައު ގޮތްތަކެއްވެސް ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އައިނުގެ ޒަރީއާއިން އޭއައި ބޭނުންކުރެވޭނެ ގޮތްވެސް ހިމެނެއެވެ. ގޫގުލްގެ ސީއީއޯ ސުންދަރ ޕިޗައި ވަނީ މިއީ “އައު އޭޖެންޓިކް އީރާ” އެއްގެ ފެށުން ކަމަށް ބުނެފައެވެ. މިއީ އިތުރު މިނިވަންކަމާއެކު މަސައްކަތްތައް ކުރެވޭނެ ވާރޗުއަލް އެސިސްޓެންޓްތަކަށް އިޝާރާތް...

އަޙްމަދު ދާއޫދު
އަފްޣާންގެ ރެފިއުޖީންގެ ވަޒީރު ކާބުލްގައި މަރާލައިފި

އަފްޣާންގެ ރެފިއުޖީންގެ ވަޒީރު ކާބުލްގައި މަރާލައިފި

އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރުގެ ރެފިއުޖީންގެ ވަޒީރު ޚަލީލް އުރް-ރަޙްމާން ޙައްޤާނީ، އެ ގައުމުގެ ވެރިރަށް ކާބޫލްގައި ހިނގި ބޮމު ހަމަލާއެއްގައި މަރުވެއްޖެކަމަށް ޠާލިބާން ސަރުކާރުން ބުދަ ދުވަހު ހާމަކޮށްފިއެވެ. ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ މި “ފިނޑި” ހަމަލާއަކީ އައިސިސް ޖަމާޢަތުން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި ޙައްޤާނީގެ އިތުރުން އިތުރު ފަސް މީހަކު މަރުވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެސޯސިއޭޓެޑް ޕްރެސްއަށް އެތެރޭގެ މިނިސްޓްރީގެ އިސްވ...

އަޙްމަދު ދާއޫދު
އެންމެބޮޑު އިސްކަމެއް ދޭނީ ރެފިއުޖީން އަނބުރާ ގެނައުމަށް: ސީރިއާ

އެންމެބޮޑު އިސްކަމެއް ދޭނީ ރެފިއުޖީން އަނބުރާ ގެނައުމަށް: ސީރިއާ

އެންމެބޮޑު އިސްކަމެއް ދޭނީ ރެފިއުޖީން އަނބުރާ ގެނައުމަށް ކަމަށް ސީރިއާގެ ވަގުތީ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. ސީރިއާގެ އައު ވަގުތީ ބޮޑުވަޒީރު މުޙައްމަދު އަލް-ބަޝީރު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ “ބޭރުގައި ތިބި މިލިއަނުން ގުނާލެވޭ ސީރިއާގެ ރެފިއުޖީން އަނބުރާ ގެނައުން” ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ސީރިއާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންވަނީ “އިސްތިޤްލާލާއި ހަމަޖެހުން” ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސީރިއާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމު...

އަޙްމަދު ދާއޫދު
ބަދަލުދިން މައްސަލާގައި ޞާލިޙާއި ފައްޔާޒުގެ މައްސަލަބަލަން ފާސްކޮށްފި

ބަދަލުދިން މައްސަލާގައި ޞާލިޙާއި ފައްޔާޒުގެ މައްސަލަބަލަން ފާސްކޮށްފި

މިދިޔަ ވެރިކަމުގެ ދައުރުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން  އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރުގެ ރައީސް ޞާލިޙާއި، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ މިއަދުގެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާ...

ޔުމްނާ ޢަލީ
ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ

ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ

އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ހާފިޒުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މާލޭ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަ ކުރުމަށް ފަހު، ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއިއެކު އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ. މާލޭގެ މިސްކިތްތަކުގައި ތަރާވީހް ކުރަން ފޯމު ހުށަހަޅަން ޖެހެނީ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ

ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ވަސީމާ މުޙައްމަދު ނިޔާވެއްޖެއެވެ. މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެ ތައުޒިޔާ މެސެޖްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، އެމަނިކުފާނުގެ އާއިލާއަށް އ...

އިބްރާހިމް ޚަލީލް
ދުރޫސުލް އަޚްލާޤު: ތުނިތުނި ބޯ ފޮތެއް

ދުރޫސުލް އަޚްލާޤު: ތުނިތުނި ބޯ ފޮތެއް

ދުރޫސުލް އަޚްލާޤު މި ފޮތަކީ އުސްތާޛުލް ޖީލް، އައްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލް ދީދީ 23 ޝައުބާން 1358 (07 އޮކްޓޫބަރު 1939) ގައި ލިޔުއްވާފައިވާ ވަރަށް ތުނިތުނި އެކަމަކު އަޅުގަނޑުގެ ނަޒަރުގައި “ވަރަށް ބޯ” ފޮތެކެވެ. އާންމުކޮށް ހުރިހާ ދިވެހީންނަށް ޚާއްޞަކޮށް އޭރުގެ މަދަރުސަތުލް ސަނިއްޔާގެ ދަރިވަރުންނަށް ކިޔަވައި ދެއްވުމަށް އެކުލަވާލައްވާފައިވާ 41 ޞަފުޙާގެ މި ފޮތުގައި ހިމަނުއްވާފައިވާ 40 ފިލާވަޅުން މި ފޮތުގެ ބޮޑުކަމާއި ބޯކަން އެނގެއެވެ. ކޮންމެ ފިލާވަޅެއް ދަސްކުރާން އުނދަގޫ ނުވާވަރަށް […]

ޢަބްދުﷲ ސަޢީދު
ފަހުވަގުތު އިންޓަ ބަލިކޮށް ލެވަކޫސަން ދެވަނައަށް

ފަހުވަގުތު އިންޓަ ބަލިކޮށް ލެވަކޫސަން ދެވަނައަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނާއި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު ފަހުވަގުތު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލެވަކޫސަން ޖެހިލައިފިއެވެ. ރޭ އަމިއަލް ދަނޑުގައި ލެވަކޫސަން އިން ވަނީ 1-0 ގެ ނަތީޖާއިން އިންޓަ ބަލިކޮށްފައެވެ. ރޭ މެޗުން މޮޅުވެ ލެވަކޫސަން އިން ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައި ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތިންވަނާގައި އޮތް އެސްޓަން ވިލާއަށާއި ހަތަރުވަނާގައި އޮތް އިންޓަ މިލާންގެ އިތުރުން ފަސްވަނާގައި އޮތް ބްރެސްޓަށް […]

އިބްރާހިމް ޚަލީލް
އަރުހަމް މަރާލި މައްސަލާގެ ޝަރީއަތް 12 އަހަރުފަހުން އަލުން ފަށައިފި

އަރުހަމް މަރާލި މައްސަލާގެ ޝަރީއަތް 12 އަހަރުފަހުން އަލުން ފަށައިފި

މީގެ 12 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަށައިފި އެވެ. މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ހއ. ހޯރުފުށީ ނޫރީގޭ އަރުހަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު […]

ހުސައިން ހަބީބް
މެޓާގެ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 600 މިލިއަނަށް އަރައިފި

މެޓާގެ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 600 މިލިއަނަށް އަރައިފި

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 600 މިލިއަން އަރާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. މެޓާގެ ވެރިޔާ މާރކް ޒަކަބާގ ދެއްވި އަޕްޑޭޓެއްގައި ވިދާޅުވެފައިވަނީ މެޓާ އޭއައި މިހާރު “ގާތްގަނޑަކަށް” މަހަކު 600 މިލިއަން މީހުން ބޭނުންކުރާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ތަޢާރަފުކުރި މެޓާ އޭއައި އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޮކްޓޯބަރު މަހު މެޓާ އޭއައި ބޭނުންކުރާ މީހުންގެ އަދަދު 500 މިލިއަނަށް އަރާފައިވެއެވެ. […]

އަޙްމަދު ދާއޫދު
އެތުލާންޓާ ބަލިކޮށް ރެއާލުން ކުރިއަށް ޖެހިލައިފި

އެތުލާންޓާ ބަލިކޮށް ރެއާލުން ކުރިއަށް ޖެހިލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތުލާންޓާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ އެތުލާންޓާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެ، ރޭ މެޗަށް ނުކުތްއިރު ރެއާލް އޮތީ ޕޮއިންޓް ތާވަލުގެ 25 ވަނާގައެވެ. މުބާރާތުން ކެޓުމުގެ ބިރާއި ކުރިމަތިވެފައި އޮތް ރެއާލުން ރޭ މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމްވަނީ […]

އިބްރާހިމް ޚަލީލް
ސީރީއާގެ އިންތިޤާލީ މަރުޙަލާގެ ވަގުތީ ބޮޑުވަޒީރެއް އައްޔަން ކޮށްފި

ސީރީއާގެ އިންތިޤާލީ މަރުޙަލާގެ ވަގުތީ ބޮޑުވަޒީރެއް އައްޔަން ކޮށްފި

ސީރީއާގެ އިންތިޤާލީ މަރުޙަލާގެ ވަގުތީ ބޮޑުވަޒީރެއް އައްޔަން ކޮށްފިއެވެ. ވަގުތީ ބޮޑުވަޒިރެއްގެ ގޮތުގައި އައްޔަނުކުރީ މުޙައްމަދު އަލް-ބަޝީރުއެވެ. އިންތިގާލީ ބޮޑުވަޒީރުގެ މަގާމަށް އަލް ބަޝީރު ހަމަޖެއްސެވީ، ބައްޝާރުލް އަސަދު ސަރުކާރު ވައްޓާލުމަށް ނުކުތް ހަނގުރާމަވެރި ޖަމާއަތް ހައިއަތު ތަހުރީރުއްޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޫލާނީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލް ބަޝީރަކީ ޖޫލާނީގެ ވަރަށް އަރިސް އެކުވެރިއެކެެވެ. ހައިއަތު ތަހުރީރުއްޝާމް ހިންގުމުގައި އަލް ބަޝީރު މުހިންމު މަސައްކަތްތަކެއް...

އަޙްމަދު ދާއޫދު
ގޯލާންގެ އުސްބިންތައް އިސްރާއީލުން ހިފުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް: އދ

ގޯލާންގެ އުސްބިންތައް އިސްރާއީލުން ހިފުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް: އދ

ގޯލާންގެ އުސްބިންތައް އިސްރާއީލުން ހިފުމަކީ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް އދ އިން ބުނެފިއެވެ. އދ. ގެ ސީރިއާއަށް ޚާއްޞަ މަންދޫބު ގެއިރ ޕެޑަރސަން ބުނެފައި ވަނީ އިސްރާއީލުން ގޯލާން އުސްބިމުގެ ބަފަރ ޒޯން ހިފުމަކީ 1974 ގައި އިސްރާއީލާއި ސީރިއާ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އަންގާރަ ދުވަހު ޖެނީވާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަދޯލޫ އޭޖެންސީގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޕެޑަރސަން ބުނީ، އިސްރާއީލުން ގޯލަން އުސްބިމުގެ ބަފަރ ޒޯން ހިފުމާއި […]

އަޙްމަދު ދާއޫދު
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަން އިން ކޮންޓެކްޓް ސެންޓަރ ސޮލިއުޝަންއެއް ގާއިމްކޮށްފި

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަން އިން ކޮންޓެކްޓް ސެންޓަރ ސޮލިއުޝަންއެއް ގާއިމްކޮށްފި

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ކާމިޔާބުކަމާއެކު ގާއިމްކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޙައްޖާޖީންނަށް މެދުނުކެނޑި މުޢާމަލާތްކުރުމާއި، ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އުރީދޫ މޯލްޑިވްސް ޓަޔަރ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮން...

އަލީ އާދިލް
ތައިލެންޑާއި ޔޫއޭއީން އާސަންދަ ދޭން އެއްބަސްވުމުގައި ސޮއިކޮށްފި

ތައިލެންޑާއި ޔޫއޭއީން އާސަންދަ ދޭން އެއްބަސްވުމުގައި ސޮއިކޮށްފި

ތައިލެންޑާއި ޔޫއޭއީގެ ތިން ހޮސްޕިޓަލަކާއެކު އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. މިގޮތުން އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ ޑުބާއީގެ ހޮސްޕިޓަލަކާއި، ތައިލެންޑްގެ ދެ ހޮސްޕިޓަލަކާއި އެކުގައެވެ. މި އެއްބަސްވުމުގެ ދަށުން ޑުބާއީން އާސަންދައިގެ ޚިދުމަތް ލިބޭނީ ބުރްޖީލް މެޑިކަލް ސިޓީންނެވެ. ބެންކޮކުން މި ޚިދުމަތް ލިބޭނީ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ. އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލްގެ...

ޔުމްނާ ޢަލީ
މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް: ރައީސް

މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް: ރައީސް

މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވެފައި ވަނީ، އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމަށެވެ. މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (24)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (24)

ކުރީގެ އަދަދާއިގުޅޭ، ” ލޯތްބެއް ނުލިބިގެން….؟ އަރޫޝާ އަހަރެންދެކެ ލޯބިވަނީތަ؟ އަހަންނާހެދި… ހިތާމަކުރަންތަ؟” ނަދީމް އެހިއެވެ. އޭރު ނަދީމްގެ ދެ ލޮލުން ކަރުނަ ވިދާތަން އަރޫޝާއަށް ރަނގަޅަށް ފެނެއެވެ. ނަދީމްއަށް ކުރެވުނު ކުށްހީ އޮޅުން ފިލުވައިދޭނެ ގޮތެއް އޭނާއަކަށް ނުވެސް ވިސްނުނެވެ. ” ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ. އަހަރެން މި ބުނީ އަހަރެންގެ މާޒީގެ ވާހަކަ. ” އަރޫޝާ ބުނެލިއެވެ. އެއާއެކު ނަދީމްއަށް ދުރަށް ބަލައިލެވުނެވެ. ” ކައިވެނި ކުރުމުގެ ކުރިން، އެހެން ކުއްޖަކުދެކެ […]

ސަލާމާ ޢަބްދުލް ޢަލީމް