މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 610 ވަނަ ޞަފްޙާ

ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި

ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި

ށ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް ފޯކައިދޫ ކައުންސިލްގެ ރައީސް، އަހްމަދު އާސިފް އިންތިހާބު ކޮށްފިއެވެ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު މީގެކުރިން ހުންނެވީ  އެ އަތޮޅު ފޭދޫ ކައުންސިލްގެ ރައީސް، އަހްމަދު ރައިޝަމްއެވެ. ނަމަވެސް އެ މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވާކަމަށް ބުނެ އިސްތިއުފާ ސިޓީ އަތޮޅު ކައުންސިލަށް ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާގައި ނައިބް ރައީސް […]

އިބްރާހިމް ޚަލީލް
އޮޑިދޯނިފަހަރު ބަނުމަކީ ދިވެހިންގެ ހާއްސަ ހުނަރެއް، މި ފޮޓޯއިން އެކަން ފެނޭތަ؟

އޮޑިދޯނިފަހަރު ބަނުމަކީ ދިވެހިންގެ ހާއްސަ ހުނަރެއް، މި ފޮޓޯއިން އެކަން ފެނޭތަ؟

ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ ފެބްރުއަރީ އިންޓޭކްގައި ހިންގާ ކޯސްތައް އިޢުލާންކޮށްފައިވާއިރު، އެތަނުން އެއް ކޯހަކީ ”މާސްޓަރ އޮފް ދިވެހި ލޭންގްއޭޖު އެންޑް ކަލްޗަރ” ކޯހެވެ. ދިވެހި ބަހާއި ސަގާފަތް އުނގަންނައިދޭ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލައި ޤައުމީ ޔުނިވަސިޓީންކޮށްފައިވާ އިސްތިހާރުގައި ބޭނުންކޮށްފައި ވަނީ ދިވެހިވަންތަކަމާއި ބީރައްޓެހި، އެހެން ކަރައެއްގެ ކަނޑުއުޅަނދެއްގެ ކުރެހުންކަމުން ބައެއް ފަރާތްތަކުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެ...

ޝިއުނާ އާދަމް
ހޮއިލުންޑުގެ ލަނޑުތަކުން ޔުނައިޓެޑަށް މޮޅެއް

ހޮއިލުންޑުގެ ލަނޑުތަކުން ޔުނައިޓެޑަށް މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލަޒެން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ ވިކްޓޯރިއާ ޕްލަޒެން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ. މެޗުގައި ވިކްޓޯރިއާ ޕްލަޒެން އިން ލީޑުނެގީ ދެވަނަ ހާފުގެ ކުރީކޮޅު މަތެޖް ވައިދްރާ […]

އިބްރާހިމް ޚަލީލް
މަސްކްގެ މިލްކިއްޔާތު 400 ބިލިއަން ޑޮލަރަށް

މަސްކްގެ މިލްކިއްޔާތު 400 ބިލިއަން ޑޮލަރަށް

ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކްގެ ސާފު މުދަލުގެ އަގު 400 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. ފޯބްސް މަޖައްލާގެ ރިއަލްޓައިމް ބިލިއަނެއަރުންގެ ލިސްޓުން ދައްކާގޮތުގައި ބުރާސްފަތި ދުވަހު މަސްކްގެ މުދަލުގެ އަގު މިހާ މައްޗަށް ގޮސްފައިވަނީ މިއަހަރު ޓެސްލާގެ ހިއްސާގެ އަގު 71 އިންސައްތަ އިތުރުވެ، އަދި ސްޕޭސްއެކްސްގެ އަގުވެސް މައްޗަށް ދިއުމާ ގުޅިގެންނެވެ. މަސްކަކީ ޓެސްލާގެ އެންމެ ބޮޑު ހިއްސާދާރެވެ. އޭނާގެ އަތުގައި ކުންފުނީގެ 13 އިންސައްތަ ހިއްސާ އެބައޮތެވެ. ނޮވެމްބަރު 5 […]

އަޙްމަދު ދާއޫދު
ޗައިނާއިން ދެކުނު ކޮރެއާގެ ރައީސަށް ފާޑުކިޔައިފި

ޗައިނާއިން ދެކުނު ކޮރެއާގެ ރައީސަށް ފާޑުކިޔައިފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް، އެ ގައުމުގައި މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަމަނުޖެހުމުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވާފައިވާ ކަމަށް ބުނެ ޗައިނާއިން އެ ބޭފުޅާއަށް ހަރުކަށި އިބާރާތުން ފާޑުކިޔައިފިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގ ވިދާޅުވީ ރައީސް ޔޫންގެ ބަޔާނާމެދު ޗައިނާ ވަރަށް ބޮޑަށް ކަންބޮޑުވެ ހައިރާންވެފައިވާ ކަމަށެވެ. އަދި ދެކުނު ކޮރެއާގެ އެތެރޭގެ ކަންކަމާ މެދު ޗައިނާއިން އެއްވެސް ބަހެއް ނުބުނާނެ ކަމަށާއި، ނަމަވެސް އެތެރޭގެ މައްސަލަތައް ޗައިނާއާ […]

އަޙްމަދު ދާއޫދު
މިއަހަރު އެންމެ ގިނަ ނޫސްވެރިން މަރުވެފައިވަނީ ޣައްޒާގައި: ރިޕޯޓް

މިއަހަރު އެންމެ ގިނަ ނޫސްވެރިން މަރުވެފައިވަނީ ޣައްޒާގައި: ރިޕޯޓް

ޣައްޒާގައި ނޫސްވެރިން މެރުމުގެ “ޣަތުލުއާމެއް” ހިންގައިފިކަމަށާ، މިއަހަރު އެންމެ ގިނަ ނޫސްވެރިން މަރުވެފައިވަނީ ޣައްޒާގައި ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. މީޑިއާ މިނިވަންކަމަށް މަސައްކަތްކުރާ ދެ ޖަމްޢިއްޔާއަކުން ވަކިވަކިން ނެރުނު ރިޕޯޓުތަކަކުން ދައްކާގޮތުގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުވެފައިވާ ނޫސްވެރިންގެ ތެރެއިން އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ އިސްރާއީލުން ޣައްޒާގައެވެ. މިކަމަކީ “މިހާތަނަށް ދުވަހަކުވެސް ނުފެންނަވަރުގެ ޣަތުލުއާމެއް” ކަމަށް މި ރިޕޯޓުތަކުގައި ބަޔާންކޮ...

އަޙްމަދު ދާއޫދު
ހިޔާ ޓަވަރުގެ 13 ވަނަ ފުލޯއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ހިޔާ ޓަވަރުގެ 13 ވަނަ ފުލޯއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

މިއަދު ދަންވަރު 1:26 ހާއިރު ހުޅުމާލޭ ހިޔާ ޓަވަރުން ވެއްޓުނު ކުއްކާ ނިޔާވެއްޖެ އެވެ. ފުލުހުން ވަނީ މިކަން މީޑީޔާ ތަކަށްކަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނީ، ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްކަމަށާއި ކުއްޖާ ވެއްޓިފައިވަނީ 13 ވަނަ ފަންގިފިލާއިންނެވެ. ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ކުއްޖާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. މި ހާދިސާއާ ގުޅިގެން...

އަލީ އާދިލް
ސްޕާ ސިލޯން އިން އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް

ސްޕާ ސިލޯން އިން އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް

އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ އާއި ދުނިޔޭގެ އެންމެ ބޮޑު އާޔުރްވެދާ ވެލްނެސް ބްރޭންޑް ކަމަށްވާ ސްޕާ ސިލޯން ގުޅިގެން، އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދޭން ފަށައިފިއެވެ. މި ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ސްޕާ ސިލޯނުގައި އެކްސްކްލޫސިވް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލުއިކަމުގެ ތަޖުރިބާތައް އިތުރުކުރެވޭނެއެވެ. މިގޮތުން، ރާއްޖޭގައި އަލަށް ހުޅުވި ސްޕާ ސިލޯން އައުޓްލެޓުން މިހާރު މެމްބަރުންނަށް ޕްރޮޑަކްޓްތަކާ ގު...

އިބްރާހިމް އަސްވާޤް
ހިޔާ ޓަވަރަކުން ކުއްޖަކު ވެއްޓި، ހޮސްޕިޓަލަށް

ހިޔާ ޓަވަރަކުން ކުއްޖަކު ވެއްޓި، ހޮސްޕިޓަލަށް

ހުޅުމާލޭ ފޭސް2 ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގެ 13 ވަަނަ ފުލޯއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ ދަންވަރު 1:30 ހާއިރު އެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި، ވެއްޓުނު ކުއްޖާއަކީ ސްކޫލު ކުއްޖެއް ކަމަށް ބެލެވެއެވެ. އެ ކުއްޖާ ލައިގެން ހުރީ ހިރިޔާ ސްކޫލުގެ ލޯގޯ ޖަހާފައިވާ ޓްރެކްސޫޓެކެވެ. “ވަރަށް ބާރު އަޑެއް އިވުނު. […]

އަލީ އާދިލް
ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މޮނިއުމެންޓް ފަރުމާކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ކްލަބް ޖަމިއްޔާތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި...

އިބްރާހިމް ޚަލީލް
ލައިވްގައި ޤުރުއާނުން ތަންކޮޅެއް ''އުނިވި'' މައްސަލާގައި އިހުމާލުވީ މުވައްޒަފުންނަށް ފިޔަވަޅުއަޅައިފި

ލައިވްގައި ޤުރުއާނުން ތަންކޮޅެއް ''އުނިވި'' މައްސަލާގައި އިހުމާލުވީ މުވައްޒަފުންނަށް ފިޔަވަޅުއަޅައިފި

ފާއިތުވި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކ އަދި އއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އއ.ރަސްދޫގައި ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުވަގުތު، ލައިވްގައި ކަލިމައެއް އުނިވި މައްސަލާގައި އެކަމުގައި އިހުމާލުވީ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާފައިވާކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނެފިއެވެ. އެކަން ހިނގާދިޔަ ގޮތް ބަޔާންކޮށް މިއަދު ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ބުނީ ލައިވްގައި ޤުރުއާނުން ކަލިމައެއް އުނިވާގޮތަށް ދެއްކިފައި...

އިބްރާހިމް ޚަލީލް
ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމަނީ

ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމަނީ

އަންނަ ރަމަޟާން މަހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ރޯދަމަސް ކުރިން ބަހާ ނިންމާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ “އެކްސް” ގައި ވިދާޅުވީ ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް މިހާރު ލިބިފައިވާ ކަމަށާއި، އެ ކަދުރު ރަމަޟާން މަސް ފެށުމުގެ ކުރިން ބަހާ ނިންމާނެ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ފަހަރު ކަދުރު ބެހުމުގައި […]

އިބްރާހިމް ޚަލީލް
ބްރޯޑްކޮމަށް މުހަންމާ އައްޔަނުކުރަން ނަން ފޮނުވައިފި

ބްރޯޑްކޮމަށް މުހަންމާ އައްޔަނުކުރަން ނަން ފޮނުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުންގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ. ފިލްމީ ދާއިރާގައި ސަމާސާ، މަޖާ ރޯލުތައް ކުޅުމުގައި މަގުބޫލުކަން ހޯދި، އަދި ފިލުމާއި ޑްރާމާ އުފައްދާ ނެރުމުގައި މަސައްކަތްކުރާ މުހައްމާ ވަނީ މީގެ ކުރީން. 18 ވަނަ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ފުރުއްވާފައެވެ. ބްރޯޑްކޮމްގެ ދެ މެ...

ޔުމްނާ ޢަލީ
އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ: މިނިސްޓްރީ

އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ: މިނިސްޓްރީ

މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތަކަށް އަސަރެއް ނުކުރާނެކަމަށް މިނިސްޓްރީން ބުނެފިއެވެ. މިއަދު ހެނދުނު ހައުސިން މިނިސްޓްރީއާއި ކޮންޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވުމުގެ ސަބަބުން އެ އިމާރާތް އެއްކޮށްހެން ވަނީ އަނދާފައެވެ. މި ހާދިސާއާއި ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، މި ހާދިސާ އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބަލަހައްޓަމުންދާ ގެދޮރުވެރިކަމާބެހޭ ސްކީމްގެ އެއްވެސް މައުލޫމާތަކަށް އަސަރު ނުކުރާނެ...

ޔުމްނާ ޢަލީ
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ހުސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. އެހެންވެ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު މީހުން ހުސްކޮށްފައިވާކަމަށެވެ. މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު، ފުރަތަމަ އަލިފާން ހިފީ ހައުސިން މިނިސްޓްރީގެ ފަންގިފިލާއެއްގެ ސީލިންގ ގައިކަމަށް ބެލެވޭކަމަށް އެ ސަރަހައްދު...

ޔުމްނާ ޢަލީ
ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި

ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާން މުޅި ކޮށީގައި ހުރި އިމާރާތްތަކުގައި ހިފަމުން އަންނައިރު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ. މިގޮތުން މި ސަރަހައްދުގައި ހުރި ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަމުން މިހާރު އަންނަނީ ގެއަށް ފޮނުވަމުންނެވެ. މި ހާދިސާގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. އެހެންވެ މުޅި އެ ސަރަހައްދު އަންނަނީ ބޯ ދުމުން ބެދެމުންނެވެ. މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އެއްކޮށްހ...

ޔުމްނާ ޢަލީ
އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނީ

އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނީ

ހައުސިން މިނިސްޓްރީގައި ރޯވި އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުން އެބަދެއެވެ. ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވީ ހެނދުނު 6:15 ހާއިރު ކަމަށް އެތަނުގެ މުވައްޒަފަކު ބުންޏެވެ. އެހެންވެ މި ހާދިސާ ހިނގިއިރު މުވައްޒަފުން އޮފީހަށް ނުދެއެވެ. އެ އިމާރާތުގައި ރޯވި އަލިފާން ފެތުރި މިހާރު އަންނަނީ އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުންނެވެ. ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނައިރު، އެ މިނިސްޓްރީ އަށް ވެސް ވަނީ ގެއްލ...

ޙުސައިން ޝަހުދީ
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދަނީ

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދަނީ

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަދަނދަމުން އެބަދެއެވެ. އެތަނުގައި ރޯވުމުން މުޅި ސަރަހައްދަށް ވަނީ ބޯ ދުންގަނޑެއް ފެތުރިފައެވެ. އެތަނުގައި ރޯވި އަލިފާން ނިންވުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ރޯވެފައި ވަނީ އިމާރާތުގެ ފަންގިފިލާއެއްގެ ސީލިންގގައެވެ. މި ހާދިސާ ހިނގާފައި ވަނީ އޮފީސްތައް ހުޅުވުމުގެ ކުރިންނެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގ...

ޙުސައިން ޝަހުދީ