އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން: މައުމޫން
ހިޖުރީމަހެއް ފެށުމަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. ޝައްވާލު މަހުގެ ހަނދު ބެލުން މިރޭ އޮންނާނެއެވެ. ހަނދު ސާބިތުކުރުމާމެދު ގޮތް ކަނޑައަޅާނީ އެކަމަށް ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ. މިރޭ ހަނދު ބަލަން ތައްޔާރުވެފައިވާއިރު، ފަލަކީ އިލްމުގައި ވެސް ފާހަގަކޮށްލެވޭ ޢިލްމްވެރިޔާ، ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާ...