މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އެންމެ ފަހުގެ ލިޔުންތައް

39,421 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 531 ވަނަ ޞަފްޙާ

ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެމްބަރަކަށް ހަމަޖައްސައިފި

ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެމްބަރަކަށް ހަމަޖައްސައިފި

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެމްބަރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހުންނެވި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިމަހު ކުރީކޮޅު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމު އޮތީ ހުސްވެފަ އެވެ.  ސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ މިދިޔަ ހަފުތާގަ އެވެ.  ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ […]

ހުސައިން ހަބީބް
ވަޒީރު ވިދާޅުވީ އުތީމު އުޅެނީ ކުރީގައި ކަމަށް، ކައުންސިލް އައު އިމާރާތް އަޅަން އިއުލާންކޮށްފި

ވަޒީރު ވިދާޅުވީ އުތީމު އުޅެނީ ކުރީގައި ކަމަށް، ކައުންސިލް އައު އިމާރާތް އަޅަން އިއުލާންކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އުތީމް ކައުންސިލް އައު އިމާރާތަކީ، ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ ކައުންސިލް އިމާރާތެކެވެ. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއި...

އިބްރާހިމް ޚަލީލް
އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބަދަލުތަކެއް

އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބަދަލުތަކެއް

އީޔޫއިން ކޮށްފައިވާ ބޮޑު ޖޫރިމަނާއިން ސަލާމަތްވުމަށްޓަކައި އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ބާރު ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަނުން އެކުލަވާލާފައިވާ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) އާ އެއްގޮތްވާ ގޮތުގެ މަތިން އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ގެނެވުނީ ކޮން ބަދަލެއްކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ބަދަލުތަކާއެކު، އެޕަލްއަށް ކުރިމަތިވެފައިވާ ޖޫރިމަނާއިންނ...

އަޙްމަދު ދާއޫދު
ބަންގްލަދޭޝްގައި ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ އަޑުތަކެއް

ބަންގްލަދޭޝްގައި ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ އަޑުތަކެއް

ބަންގްލަދޭޝްގައި ފަހަކަށް އައިސް ހިނގަމުންދާ ސިޔާސީ ކަންކަމާއި ގުޅިގެން، އެ ޤައުމުގެ ވެރިކަން ވައްޓާލުމަށް ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި އަޑުތައް ފެތުރެން ފަށާފައިވަނީ ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ވެރިރަށް ޑާކާގައި، ސިފައިންނާއި ސަލާމަތީ ބާރުތައް އިތުރަށް ހަރަކާތްތެރިވާން ފެށުމާ ގުޅިގެންނެވެ. މި އަޑުތައް ފެތުރެމުންދާތާ 24 ގަޑިއިރު ވެފައިވީ ނަމަވެސް، ބަންގްލަދޭޝްގެ ވަގުތީ ވެރިޔާ ޕްރޮފެސަރ މ...

އަޙްމަދު ދާއޫދު
ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރަން ހަވާލުކޮށްފި

ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ. ކޮންމެ ރަށެށްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ދިވެހިބަހާއި ސަގާފަ...

އިބްރާހިމް ޚަލީލް
އެމެރިކާގެ ބޮން އަޅާ ބޯޓްތައް ޑިއެގޯ ގާސިއާށް ޖަމާކުރަނީ

އެމެރިކާގެ ބޮން އަޅާ ބޯޓްތައް ޑިއެގޯ ގާސިއާށް ޖަމާކުރަނީ

އެމެރިކާގެ ބޮޑެތި ބޮންއަޅާ މަތިންދާބޯޓްތަކެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އޮންނަ ޑިއެގޯ ގާސިއާއަށް ދަތުރުކުރަމުންދާކަމަށް މީޑިއާތަކުން ބުނެފިއެވެ. މިކަން ހާމަވެފައިވަނީ ސެޓެލައިޓް ފޮޓޯތަކުން ކަމަށްވާއިރު، މި މަންޒަރުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މަދުވެގެން ސީ-17 ކާގޯގެ ތިން މަތިންދާބޯޓާއި 10 އެއަރިއަލް ރިފިއުލިންގ ޓޭންކަރު އެ ސަރަޙައްދަށް ފޮނުވާފައިވެއެވެ. ޑިއެގޯ ގާސިއާއަކީ އިނގިރޭސީން ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. އަދި މެދުއިރުމަތީގައި އެމެރިކާއިން ދޭ ހަމަ...

އަޙްމަދު ދާއޫދު
އިސްރާއީލްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާތަކެއް

އިސްރާއީލްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާތަކެއް

ޣައްޒާއަށް ދެމުންދާ ހަމަލާތައް އިސްރާއީލުން އިތުރުކޮށްފައިވަނިކޮށް ޔަމަނުގެ ހޫތީ ގްރޫޕުން އިސްރާއީލްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާތަކެއް ދީފިކަމަށް ބުނެފިއެވެ. އަންގާރަ ދުވަހު ހޫތީ ގްރޫޕުން ބުނި ގޮތުގައި އިސްރާއީލްގެ މެދުތެރޭގައި އޮންނަ ބެން ގޫރިއަން އެއަރޕޯޓަށް އަމާޒުކޮށް ދެ މިސައިލް ވަނީ ފޮނުވާލައިފައެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މި ގްރޫޕުން ދިން ފަސްވަނަ ހަމަލާއެވެ. މި ހަމަލާގައި ފޮނުވާލި މިސައިލްތަކަކީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްތަކެއް ކަމަށް ހޫތީ ގްރޫޕުން ބު...

އަޙްމަދު ދާއޫދު
ވީއައިއޭ ޓާމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލައެއް ބަލަނީ

ވީއައިއޭ ޓާމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލައެއް ބަލަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޑިޕާޗަރ ޓަރމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލައެއްގެ ތަހުގީގު ފަށައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ ބުނީ، ވީއައިއޭގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް އެއިދާރާއިން ޗެކްކޮށްފައިވާ ކަމަށެވެ. އެ ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުޤީޤުކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން  ބުނެފަވެއެވެ. މި މައްސަލާގައި ތުހުމަތު ކުރަނީ ފުލުހެއްގެ...

ޔުމްނާ ޢަލީ
އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ދިވެހިރާއްޖެ، ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ. ފިލިޕީންސްގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވެފައިވަނީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފިލިޕީންސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަނީ ގޭމް ކޮންޓްރޯލް ކޮށްފައެވެ. ފިލިޕީންސްގެ ފުރަތަމަ ލަނޑު ހަވަނަ މިނިޓުގައި ޖަހައިދިނީ ޖެފަސަން ޓަބީނާސްއެވެ. އަދި 19 […]

އިބްރާހިމް ޚަލީލް
ޤާނޫނާއި ޚިލާފް ކޮންޓެންޓް ގެނެސްދޭނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ޤާނޫނާއި ޚިލާފް ކޮންޓެންޓް ގެނެސްދޭނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިންޒާރު ދީފިއެވެ. ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ބްރޯޑްކާސްޓް ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ...

ޔުމްނާ ޢަލީ
ރަސްދޫގެ ގެއެއްގައި ރޯވެ، ފިހުނު ޒުވާން ދެމަފިރިންގެ ހާލު ސީރިއަސް

ރަސްދޫގެ ގެއެއްގައި ރޯވެ، ފިހުނު ޒުވާން ދެމަފިރިންގެ ހާލު ސީރިއަސް

އއ. ރަސްދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ގޭގެ ދެމަފިރިން ވަރަށް ބޮޑަށް ފިހިއްޖެ އެވެ. ފުލުހުން މިއަދު ބުނީ 24 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު ރަސްދޫ ގެއެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ”މިހާދިސާގައި ގޭގައި ދިރިއުޅުނު ދެ މީހަކު ޒަޚަމްވެގެން ފަރުވާއަށް މާލެ ގެނެސްފައިވޭ” ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި ފިހިފައި ވަނީ […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (17)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (17)

ކުރީގެ އަދަދާއިގުޅޭ: ” އަކްރަމްއަކީ ލޯތްބަށް ނަފްރަތު ކުރާ މީހަކަށް ވިޔަސް، އަހަރެން ހިއެއް ނުކުރަން އަކްރަމްގެ އަނތްބަކަށް ތިހާ އަނިޔާވެރިވެދާނެ ކަމަކަށް. ” ޝިކާ ވާހަކަ ދެއްކީ ރޮމުންނެވެ. ” އަހަންނާ ދިމާލަށް އެއްޗެހި ނުކިޔަބަލަ. ކިޔައިދޭން މި އުޅޭ ވާހަކަ ފުރަތަމަ އަޑުއަހާބަލަ.” އަކްރަމް ބުނީ ބާރަށެވެ. އެއާއެކު ޝިކާއަށް މައިތިރި ވެވުނެވެ. އަތުގެ ނުފުށުން އޭނާ ކަރުނަތައް ފުހެލުމަށްފަހު މަޑުމަޑުން ގޮސް އެނދުގައި އިށީނދެލީ އިސްޖަހައިގެންހުރެއެވެ. ” އަހަރެން މިހާ ވަރަށް މި […]

ސަލާމާ ޢަބްދުލް ޢަލީމް
ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ ފީޗަރ އިތުރުކޮށްފި

ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ ފީޗަރ އިތުރުކޮށްފި

ގޫގުލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީޑިއޯ ހެދުމުގެ ޓޫލް، ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ އިތުރުކޮށްފިއެވެ. މިދިޔަ ހަފްތާގައި އިޢުލާނުކުރި މި އައު ފީޗަރ “ހެލްޕް މީ ކްރިއޭޓް” އަށް އިތުރުކުރުމާއެކު، މި ޓޫލުން އަމިއްލައަށް އުފައްދާ ކޮންމެ ސީނަކަށް ވޮއިސްއޯވަރ އިތުރުކުރެވޭނެއެވެ. ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި މި އައު ފީޗަރާ ބެހޭ އިތުރު ތަފްސީލު ހިއްސާކޮށްފައިވެއެވެ. މީގެ ކުރިން މި ޓޫލުން ޓެކްސްޓް ޕްރޮމްޕްޓަކާއި ގޫގުލް ޑްރައިވްގައިވާ ޑޮކިއުމަންޓެއްގެ މައްޗަށް ބިނާކޮށް […]

އަޙްމަދު ދާއޫދު
މިލަންދޫ އިސްލާމީ މަރުކަޒު އަޅަން އެމްޓީސީސީ އަށް

މިލަންދޫ އިސްލާމީ މަރުކަޒު އަޅަން އެމްޓީސީސީ އަށް

ށ މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއި ކުރައްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ. މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ އަގު އަދި މިނިސް...

އައިޝަތު އައިނީ އާމިރު
12 އަހަރުގެ ކުއްޖަކު ގޭގައި ނިއުކްލިއަރ ރިއެކްޓަރެއް އުފައްދައިފި

12 އަހަރުގެ ކުއްޖަކު ގޭގައި ނިއުކްލިއަރ ރިއެކްޓަރެއް އުފައްދައިފި

އެމެރިކާގެ ޓެނެސީގެ ސިޓީއެއް ކަމުގައިވާ މެމްފިސްގެ 12 އަހަރުގެ ކުއްޖަކު އޭނާގެ ކޮޓަރީގައި ނިއުކްލިއަރ ފިއުޝަން ރިއެކްޓަރެއް އުފެއްދުމާ ގުޅިގެން އެފްބީއައިގެ ސަމާލުކަން އެކަން އަތުވެއްޖެއެވެ. މިސްޓަރ ޖެކްސަން ނަމަކަށް ކިޔާ މި ކުއްޖާ އޭނާގެ މި ވާހަކަ އެކްސްގައި ހިއްސާކޮށްފައިވެއެވެ. އޭނާ ބުނާ ގޮތުގައި މި ކަމަށް އިލްހާމް ލިބުނީ ޓެއިލަރ ވިލްސަންގެ ޓެޑް ޓޯކުންނެވެ. މިސްޓަރ ވިލްސަން 2008 ވަނަ އަހަރު 14 އަހަރުގައި ކޮންޓްރޯލްޑް ނިއުކްލިއަރ ފިއުޝަން ހާސިލުކުރި ވާހަކަ އެ ޓޯކުގައި […]

އަޙްމަދު ދާއޫދު
"ހަނިމާދޫ އެއާޕޯޓްގެ ކުރިއެރުމަށް، ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވުން މުހިންމު"

"ހަނިމާދޫ އެއާޕޯޓްގެ ކުރިއެރުމަށް، ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވުން މުހިންމު"

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތްނިމި އެ އެއާޕޯޓް ބޭނުން ކުރަން ފެށޭއިރު، އެ ސަރަހައްދުގައި ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހއ.އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެ...

އިބްރާހިމް ޚަލީލް
ރަޝިޔާއަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދު ބައްދަލުކުރަނީ

ރަޝިޔާއަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދު ބައްދަލުކުރަނީ

ރަޝިޔާއާގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދުން ރިޔާޒުގައި ބައްދަލުކުރަން ނިންމައިފިއެވެ. ޔޫކްރެއިން އާއި ރަޝިޔާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާގެ އިސް އޮފިޝަލުން ރަޝިޔާގެ ވަފުދަކާއެކު މަޝްވަރާތަކެއް އާދިއްތަ ދުވަހު ސައޫދީގެ ވެރިރަށް ރިޔާޒުގައި ވަނީ ކޮށްފައެވެ. އޭއެފްޕީ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އ...

އަޙްމަދު ދާއޫދު
ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތް އަޅަން ހަވާލުކޮށްފި

ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތް އަޅަން ހަވާލުކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ސްޓެލްކޯ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް 11،954،501 ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. އަދި މަސައްކަތާ ހަވާލުވި ސަންވ...

ޔުމްނާ ޢަލީ