މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 527 ވަނަ ޞަފްޙާ

ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގައި އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގައި އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

1446 ވަނަ އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި ދަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭހެން އެންމެހާ ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ޝުކުރު އަދާކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް، ޢީދު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގު ވަޒަ...

ޔުމްނާ ޢަލީ
ވިންޑޯސް 11 ގައި "ބްލޫ ސްކްރީން އޮފް ޑެތް" ބަދަލުކުރަނީ

ވިންޑޯސް 11 ގައި "ބްލޫ ސްކްރީން އޮފް ޑެތް" ބަދަލުކުރަނީ

މައިކްރޯސޮފްޓުން ގިނަ އަހަރުތަކެއް ވަންދެން ބޭނުންކުރަމުން އައި “ބްލޫ ސްކްރީން އޮފް ޑެތް” ގެ ބަދަލުގައި އައު އިންޓަފޭސްއެއް ވިންޑޯސް 11 ގެ އައު އަޕްޑޭޓެއްގައި ތަޢާރަފުކުރަން ނިންމައިފިއެވެ. ވިންޑޯސް އިންސައިޑަރ ބްލޮގެއްގައި މައިކްރޯސޮފްޓުން ބުނެފައިވަނީ މި އައު އިންޓަފޭސްއަކީ ވިންޑޯސް 11 ގެ ޑިޒައިން އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކުރެވިފައިވާ އިންޓަފޭސްއެއް ކަމަށެވެ. އަދި މި އައު އިންޓަފޭސްގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް އަވަހަށް އަނބުރާ މަސައްކަތަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެއ...

އަޙްމަދު ދާއޫދު
އީޔޫގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި މެރިން ލެ ޕެން ޖަލަށް

އީޔޫގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި މެރިން ލެ ޕެން ޖަލަށް

ޔޫރަޕިއަން ޕާލިމެންޓުގެ ފަންޑުތަކާ ގުޅޭ މަޝްހޫރު ކޮރަޕްޝަން މައްސަލައެއްގައި ފްރާންސްގެ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު މެރިން ލެ ޕެންއަށް، 4 އަހަރުގެ ޖަލު ޙުކުމަކާއި 5 އަހަރަށް ސިޔާސީ މަޤާމެއް ނުފުރޭގޮތަށް ޙުކުމް ކޮށްފިއެވެ. ފްރާންސްގެ މީޑިއާތަކުން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާގޮތުގައި، ޕެރިސްގެ ކޯޓުން ލެ ޕެންއަށް 100،000 ޔޫރޯ (108،000 ޑޮލަރު) ގެ ޖޫރިމަނާއެއް ކުރުމާއެކު، އޭނާގެ ޕާޓީ ނެޝަނަލް ރެލީއަށް 2 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ. މިއީ މި […]

އަޙްމަދު ދާއޫދު
ޓްރަމްޕް މެއި މަހުގެ މެދުތެރޭގައި ސައޫދީއަށް

ޓްރަމްޕް މެއި މަހުގެ މެދުތެރޭގައި ސައޫދީއަށް

ވައިޓް ހައުސްއަށް އެނބުރި ވަޑައިގެންނެވި ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ބޭރު ދަތުރުފުޅު މެއި މަހުގެ މެދުތެރޭގައި ސައޫދީ އަރަބިއްޔާއަށް ކުރައްވާނެ ކަމަށް އެކްސިއޯސް އިން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ ދެ އޮފިޝަލުންނާއި ހަވާލާދީ އެކްސިއޯސް އިން ބުނީ މި ދަތުރުފުޅުން ހާމަވަނީ ޓްރަމްޕް ސަރުކާރާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ. ޚާއްޞަކޮށް އިޤްތިޞާދީ އެއްބާރުލުމާއި އިންވެސްޓްމަންޓްގެ ދާއިރާތަކުގައެވެ. އެކްސިއޯސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތައްޔާރ...

އަޙްމަދު ދާއޫދު
ދެމަފިރިން ފިހުނު ހާދިސާ: އަންހެން މީހާ ނިޔާވެއްޖެ

ދެމަފިރިން ފިހުނު ހާދިސާ: އަންހެން މީހާ ނިޔާވެއްޖެ

އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާދެމުންދަނިކޮށެވެ. މި ހާދިސާގައި ފިހުނު ދެމަފިރިންނަކީ އައިޝަތު ރިފްގާަތު ރިފްގާ އާއި އަލީ ސާމިން (31 އަހަރު) އެވެ. އަލިފާނުގެ ހާދިސާގައި ދެމަފިރިންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. ނަމަވެސް، ބޮޑަށް ފިހިފައިވަނީ ރިފްގާ ކަމަށް ވެއެވެ. […]

ޔުމްނާ ޢަލީ
ތަފްސީލް ލިބުނުހާ އަވަހަކަށް އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސާނަން: މޭޔަރު އާތިފް

ތަފްސީލް ލިބުނުހާ އަވަހަކަށް އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސާނަން: މޭޔަރު އާތިފް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ކައިރީ ބައްޓާފައި ހުރި ދެ އޭޓީއެމް ރިލޮކޭޓް ކުރުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިބެންޖެހޭ މައުލޫމާތުގެ ތަފްސީލް ލިބުނުހާ އަވަހަކަށް އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސަވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، ކޭއާރުއެޗު ކައިރީ ބަހައްޓާފައި ހުރި ބީއެމްއެލް ގެ 2 އޭޓީއެމް ނަގާފައިވާތީ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އ...

އައިޝަތު އައިނީ އާމިރު
ބިންހެލުމުގައި ހުކުރު ނަމާދަށް ތިބި 700 އެއްހާ މުސްލިމުން މަރުވި: މިޔަންމާގެ މުސްލިމް ނެޓްވޯކް

ބިންހެލުމުގައި ހުކުރު ނަމާދަށް ތިބި 700 އެއްހާ މުސްލިމުން މަރުވި: މިޔަންމާގެ މުސްލިމް ނެޓްވޯކް

މިދިޔަ ހުކުރުދުވަހު މިޔަންމާ އައި ބިން ހެލުމުގައި މިސްކިތްތައް ވެއްޓި ހުކުރު ނަމާދަށް ތިބި 700 އެއްހާ މުސްލިމުން މަރުވިކަމަށް މިޔަންމާގެ މުސްލިމް ނެޓްވޯކުން ބުނެފިއެވެ. ރިކްޓަރ ސްކޭލްގައި 7.7 ގެ ބާރުމިނުގައި ބިންހެލުން އައީ ހުކުރު ދުވަހުގެ މެންދުރުގައެވެ. މި ބިންހެލުމުގެ ސަބަބުން ވެރިރަށް ނައިޕިޑޯ އަދި ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭ ހިމެނޭ ގޮތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިއީ ރަމަޟާން މަހުގައި ޤައުމުގެ މުސްލިމް މައިނޯރިޓީގެ ހުކުރު ނަމާދުގެ ވަގުތުކަމަށްވާތީ، މިސްކިތްތައް […]

ޔުމްނާ ޢަލީ
"ހޯޕް އައިލެންޑް" ތަރައްގީ ކުރާނީ ކ.ގިރާވަރު އުތުރު ފަޅުގައި

"ހޯޕް އައިލެންޑް" ތަރައްގީ ކުރާނީ ކ.ގިރާވަރު އުތުރު ފަޅުގައި

ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ “ހޯޕް އައިލެންޑް” ތަރައްގީކުރަން ނިންމާފައި ވަނީ ކ.ގިރާވަރު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ. ސިއްދީގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅޫވީ، ހޯޕް އައިލެންޑް އާ ބެހޭގޮތުން، ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި މިމަހުގެ 23 ވަނަ ދުވަހު އޭނާ ދެއްކެވި ވާހަކާގައި ހޯޕް އައިލެންޑް ތަރައްޤީ ކުރަނީ “ގިރާވަރު” ފަޅުގައި ކަމަށް ބުނެވި ފައިވަނީ އޮޅުމަކުން ކަމަށެވެ. […]

ޔުމްނާ ޢަލީ
ސިޓީއާއި އެސްޓަން ވިލާ އެފްއޭ ކަޕް ސެމީއަށް

ސިޓީއާއި އެސްޓަން ވިލާ އެފްއޭ ކަޕް ސެމީއަށް

އެފްއޭ ކަޕް ކުއާޓާ ފައިނަލުގެ މެޗުތަށް ކާމިޔާބުކޮށް މެންޗެސްޓާ ސިޓީއާއި އެސްޓަން ވިލާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ކުއާޓާގައި ސިޓީން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއިން ބޯންމައުތު ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބޯންމައުތުންނެވެ. އެ ޓީމަށް 21 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ އެވަނިލްސަން އެވެ. މި ސީޒަންގައި ސިޓީގެ ފޯމްވަރަށް ބޮޑަށް ދަށްވެފައިވާއިރު، ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ އޭނާގެ ކޯޗިން […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ޖިރޯނާ ބަލިކޮށް ބާސާއިން އެއްވަނާގައި ލީޑު ނަގައިފި

ފަސޭހަކަމާއިއެކު ޖިރޯނާ ބަލިކޮށް ބާސާއިން އެއްވަނާގައި ލީޑު ނަގައިފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ބާސާއިން ނަގައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާ މޮޅުވެފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މި އަހަރު ފެށުނު ފަހުން ބާސާއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި އަހަރު މިހާތަނަށް އެ ޓީމް އަދި މެޗަކުން ބަލިވެފައިނުވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ރޭ ލިބުނު ތިން […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފަހުބައި)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފަހުބައި)

ޕާން ފޮތި ގޮސް ޖެހުނީ ދުރުގައި ހުރި މޫމިނައްތަގެ ފައިބުޑަށެވެ. އޭރު މޫމިނައްތަގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ. ޝިކާއަށް މޫމިނައްތަ ފެނުމާއެކު އޭނާ ނުހަނު ކަންބޮޑު ވެއްޖެއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ، ބާރުބާރަށް ކޮޓަރިއާ ދިމާލަށް އޭނާ ދުއްވައިގަތެވެ. އަކްރަމް އެނބުރި ގެއަށް އައި އިރު ވެސް ޝިކާ އޮތީ އެނދުމަތީގައެވެ. އަތު ކުރީގައި އޮތް ގަޑި ނެގުމަށްފަހު ޑްރެސިންޓޭބަލް މަތީ ބާއްވަމުން އަކްރަމް ޝިކާއަށް ބަލައިލިއެވެ. ” ދެން ތީ ކޮަންކަމެއް؟” […]

ސަލާމާ ޢަބްދުލް ޢަލީމް
ޖަޕާނުން ކްރިޕްޓޯ އެސެޓްތަކަށް ޤާނޫނީ ބާރު ދެނީ

ޖަޕާނުން ކްރިޕްޓޯ އެސެޓްތަކަށް ޤާނޫނީ ބާރު ދެނީ

ޖަޕާނުގެ މާލީ ޚިދުމަތްތަކާބެހޭ އޮތޯރިޓީ (އެފްއެސްއޭ) އިން ކްރިޕްޓޯ އެސެޓްތަކަށް މާލީ އުފެއްދުންތެރިކަމުގެ ޤާނޫނީ ހައިސިއްޔަތު ދިނުމަށް ރާވާ ކަމަށް ޖަޕާނުގެ ނިކެއި ބިޒްނަސް ޑެއިލީ އިން ހާމަކޮށްފިއެވެ. މިކަމަށްޓަކައި މާލީ އުފެއްދުންތެރިކަމާއި އެކްސްޗޭންޖް އެކްޓަށް އިސްލާހު ގެނައުމަށް ވަނީ ރޭވިފައެވެ. މި އިސްލާހުގެ ދަށުން، ކްރިޕްޓޯ އެސެޓްތައް އިންސައިޑަރ ޓްރޭޑިންގ ގެ މަނާކުރުންތަކުގެ ދަށަށް ގެނެވޭނެއެވެ. މިގޮތުން، ހާމަނުކުރެވޭ އެތެރޭގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ގަނެވިއްކުން މަނާކުރެވޭނެއެވެ. އ...

އަޙްމަދު ދާއޫދު
އެމެރިކާ ސަރުކާރުގައި މަސްކް ގެ ދައުރާ ދެކޮޅަށް މުޒާހަރާތަކެއް

އެމެރިކާ ސަރުކާރުގައި މަސްކް ގެ ދައުރާ ދެކޮޅަށް މުޒާހަރާތަކެއް

އެމެރިކާ ސަރުކާރުގައި، މަހުޖަނު އެލޮން މަސްކް އަދާކުރަމުންދާ ދައުރާ ދެކޮޅަށް ޓެސްލާ ޝޯރޫމްތަކުގެ ކުރިމަތީގައި މުޒާހަރާތަކެއް ކޮށްފިއެވެ. އެމެރިކާ އަދި ޔޫރަޕްގެ ބައެއް ސަރަޙައްދުތަކުގައި ހުރި ޓެސްލާ ކާރު ވިއްކާ ފިހާރަތަކުގެ ކުރިމަތީގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާގައި އެލޮން މަސްކް އަދާކުރަމުންދާ ދައުރާ ދެކޮޅަށް މުޒާހަރާތަކެއް ކުރަމުންދާއިރު، މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މުޒާހަރާތައް ބޭއްވުނީ ސަރުކާރު ކުޑަކުރުމުގެ މަސައްކަތް ހިންގުމަށް މަސްކް އަދާކުރަމު...

އަޙްމަދު ދާއޫދު
އައިސީސީގެ އަމުރަށް ގޮންޖަހާ ނަތަންޔާހޫ ހަންގޭރީއަށް

އައިސީސީގެ އަމުރަށް ގޮންޖަހާ ނަތަންޔާހޫ ހަންގޭރީއަށް

އައިސީސީގެ އަމުރަށް ގޮންޖަހާ ނަތަންޔާހޫ ހަންގޭރީއަށް ދަތުރެއް ކުރަން ނިންމައިފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަފްތާގައި ހަންގޭރިއަށް ދަތުރެއް ކުރާނެ ކަމަށް އޭނާގެ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފައިވާއިރު، މި ދަތުރު ކުރަނީ ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރަށް އިންކާރުކޮށްފައެވެ. މި ދަތުރުގައި ނަތަންޔާހޫ ބައްދަލުކުރާނީ ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަންއާއެވެ. އޯބަން...

އަޙްމަދު ދާއޫދު
ރައީސް "ޢީދު ހަވީރު 1446" ގައި ބައިވެރިވެވަޑައިގެންފި

ރައީސް "ޢީދު ހަވީރު 1446" ގައި ބައިވެރިވެވަޑައިގެންފި

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރި “ޢީދު ހަވީރު 1446” ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ޢާއިލާ މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހަވީރު ސަލްޓަންޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ބޭއްވުނު މި ހަރަކާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން، އެމަނިކުފާނުގެ އިސްތިޤުބާލުގައި ސަންގު ފުމުމެއް އޮތެވެ. އޭގެފަހުން، ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން އެކި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތ...

ޔުމްނާ ޢަލީ
މާލެ ސަރަހައްދު އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅި އިއުލާން ބާތިލުކޮށްފި

މާލެ ސަރަހައްދު އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅި އިއުލާން ބާތިލުކޮށްފި

‏1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހާއި ގުޅުވައިގެން މާލެ ސަރަހައްދު އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅި އިއުލާން ބާތިލުކޮށްފިއެވެ. ޓްރާންސް ޕޯޓް މިނިސްޓްރީން ބުނީ، އީދު ދުވަހު ގްރޭޓރ މާލޭ ސަރަޙައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާއި ގުޅޭ ގޮތުން އެ މިނިސްޓްރީ އިން 2025 މާރިޗު 29 ވަނަ ދުވަހު ކުރި އިޢުލާނު ބާޠިލްކޮށްފައިވާ ކަމަށެވެ. މި ޢިއުލާނުން ކުރިން އޮތީ ހަވީރު 16:00 އިން 18:00 އަށް […]

ޔުމްނާ ޢަލީ
ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢީދުގެ ސަލާން ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:00 އިން 11:00 އަށް މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީ...

ޔުމްނާ ޢަލީ
މިސްކިތަށް ނައުމުން އިމާމާއި ބަދަލު އިމާމު ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި

މިސްކިތަށް ނައުމުން އިމާމާއި ބަދަލު އިމާމު ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައި އިމާމުވެ ޢީދު ނަމާދުކުރަން ހަވާލުކުރި މީހާއާއި އޭނާގެ ބަދަލުގައި ހަވާލުކުރި މީހާ ވެސް ނަމާދަށް މިސްކިތަށް ނުދިއުމުން އެ މިސްކިތުގައި ބިދޭސީއަކު މިއަދު އިމާމުވެ ޢީދު ނަމާދުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެމީހުން ވެސް މ...

ޔުމްނާ ޢަލީ