މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 526 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފުރަތަމަބައި)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފުރަތަމަބައި)

ދޯނީގެ މިސްރާބު ހުރީ ރަށާ ދިމާލަށެވެ. އޭރު ކޮޅިގަނޑެއް ނަގަން އުޅޭކަމުގެ ނިޝާންތައް ވަށައިގެން ފެންނަން ފަށައިފިއެވެ. އުދަރެސްމަތި ބައްދާލައިފައިވަނީ ބޯ ކަޅު ވިލާތަކުންނެވެ. ވައި ބާރުވެ، ކަނޑުން ނަގާ ރާޅުތައް ބޮޑެތި ވާން ފަށައިފިއެވެ. ހަސަނާއެކު ދޯނީގައި ތިބި ހަތަރު ފަޅުވެރިން މަސައްކަތް ކުރަމުން ދިޔައީ، ބައެއް އެއްޗެހި ރައްކާކުރެވޭތޯއެވެ. ނަސީބު ދިމާކުރި ގޮތުން ވިލާގަނޑުގެ އެންމެ ގަދައިގައި ނުޖެހި، ރަށުގެ ފަޅުތެރެއަށް ދޯންޏަށް ވަދެވިއްޖެއެވެ. ނަމަވެސް އޭރު ފަޅުތެރެ ވެސް އޮތީ ވަރަށް ބޮޑަށް […]

ސަލާމާ ޢަބްދުލް ޢަލީމް
ރެއާލް ބަލިވުމުގެ ފައިދާ ބާސާއަށް ފުރިހަމައަށް ނުނެގުނު

ރެއާލް ބަލިވުމުގެ ފައިދާ ބާސާއަށް ފުރިހަމައަށް ނުނެގުނު

ސްޕެނިޝް ލަލީގާގެ ތައްޓަށް ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރަމުން އަންނައިރު ރޭ އަމިއްލަ ދަނޑުގައި ރެއާލް، ވެލެންސިއާގެ އަތްދަށުވިއިރު، ރެއާލް ބެޓިސް އިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާއިން ވަނީ ފަހުވަގުތު ލަނޑުޖަހައި 2-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ 15 ވަނާގައި އޮތް ވެލެންސިއާއަށް މިއީ ލީގުގައި މި ސީޒަންގައި އަވޭ މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ރޭ މެޗުގައި ރެއާލުން ވަނީ […]

އިބްރާހިމް ޚަލީލް
ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހެދުމުގެ ތުހުމަތުގައި ވ. ކެޔޮދޫ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނ...

އަލީ އާދިލް
އިންޑިއާގެ މޯލެއްގެ ހަތަރު ވަނަ ބުރިން ފުންމާލި ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ މޯލެއްގެ ހަތަރު ވަނަ ބުރިން ފުންމާލި ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ ޕަންޖާބުގެ ސިޓީއެއް ކަމުގައިވާ މޯހާލީގެ މޯލެއްގެ 4 ވަނަ ފަންގިފިލާއިން ފުންމާލި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ހޮނިހިރު ދުވަހު ހެނދުނު މޯހާލީގެ މަޝްހޫރު ބެސްޓެކް ސްކުއެއަރ މޯލުގައި ހިނގި މިހާދިސާއާ ގުޅޭގޮތުން ޕޮލިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަބްހިޖީތް ނަމަކަށް ކިޔާ މި ކުއްޖާ ހެނދުނު 9:14 ގައި މޯލުގެ 4 ވަނަ ފަންގިފިލާގައި ހުރި ބިއްލޫރި ރެއިލިންގ ކައިރީގައި ހިނގާފައި އުޅެނިކޮށް ފެންނަ ވީޑިއޯތަކެއް ވަނީ ފެތުރިފައެވެ. އޭނާ […]

އަޙްމަދު ދާއޫދު
ފަލަސްތީނުގެ މެޑިކަލް މުވައްޒަފުންތަކެއް ޝަހީދުކޮށްލި ވީޑިއޯއެއް

ފަލަސްތީނުގެ މެޑިކަލް މުވައްޒަފުންތަކެއް ޝަހީދުކޮށްލި ވީޑިއޯއެއް

ޣައްޒާގެ ދެކުނުގައި މާރޗް 23 ވަނަ ދުވަހު ފަލަސްތީނު 15 މެޑިކަލް މުވައްޒަފުން ޝަހީދުކޮށްލި މައްސަލައިގައި އިސްރާއީލް ސިފައިން ހަދާފައިވާ ދޮގު ހާމަކޮށްދޭ ވީޑިއޯއެއް ނިއު ޔޯކް ޓައިމްސްއިން ހޮނިހިރު ދުވަހު ޝާއިޢުކޮށްފިއެވެ. މި މައްސަލައިގައި އިސްރާއީލް ސިފައިން ފުރަތަމަ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، މެޑިކަލް މުވައްޒަފުންގެ ވެހިކަލްތައް “ޝައްކުވާ ގޮތަކަށް” ކުރިއަށް ދިޔަ ކަމަށާއި، ހެޑްލައިޓްތަކާއި އިމަޖެންސީ ސިގްނަލްތައް ނުދައްކާ ކަމަށެވެ. އަދި މި ހަރަކާތް ކުރިން ކޯޑިނޭޓް ނުކުރާ ކަމަށެވެ. މީގެ އިތ...

އަޙްމަދު ދާއޫދު
އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ގާޒާގައި ހިންގާ ބޭސްފަރުފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިޒްރޭލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށް...

އަލީ އާދިލް
އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން: ނަޝީދު

އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން: ނަޝީދު

އެންމެ ރަނގަޅު ގޮތަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ދަ ޑިމޮކްރެޓްސް އަލުން ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގަައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ ރާއްޖެއާ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅުން ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިފަދައިން ޕޯސްޓެއް މި ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ […]

އަލީ އާދިލް
ދެ ހަފްތާގެ މުއްދަތަށް ބެޓްރީ ދެމިހުންނަ ސްމާޓް ވޮޗެއް

ދެ ހަފްތާގެ މުއްދަތަށް ބެޓްރީ ދެމިހުންނަ ސްމާޓް ވޮޗެއް

ދެ ހަފްތާގެ މުއްދަތަށް ބެޓްރީ ދެމިހުންނަ ސްމާޓް ވޮޗެއް އެމެރިކާގައި ނެރެފިއެވެ. އެމޭޒްފިޓް ކުންފުނިން އެންމެ ފަހުން ތައްޔާރުކުރި ސްމާޓް ވޮޗް، އެމޭޒްފިޓް ބިޕް 6 ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި ސްމާޓް ވޮޗްގައި 1.97 އިންޗީގެ އެމޯލެޑް ސްކްރީނެއް ހިމެނޭއިރު، ބްލޫޓޫތު މެދުވެރިކޮށް ފޯނު ކޯލްތައް ކުރެވޭނެއެވެ. މީގެ އިތުރުން ހިތުގެ ވިންދު، ނިދި، ލޭގައި އޮކްސިޖަން ހުރި މިންވަރު އަދި ސްޓްރެސް ފަދަ ސިއްހީ މަޢުލޫމާތުތައް ބެލޭނެއެވެ. މި ސްމާޓް ވޮޗްގައި […]

އަޙްމަދު ދާއޫދު
އަނިޔާ ލިބިގެންވާ ސިޙްރު ޖެހިފައިވާ މީހާ، ކިޔާލުން މުހިންމު ލިޔުމެއް!

އަނިޔާ ލިބިގެންވާ ސިޙްރު ޖެހިފައިވާ މީހާ، ކިޔާލުން މުހިންމު ލިޔުމެއް!

އަޅާ އޭނާގެވެރި ރައްބާއެކު ތެދުވެރިވެއްޖެނަމަ، އެއިލާހު އިންސާނުންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުން އޭނާގެ ޢަދާވާތްތެރިންކަމުގައި ލައްވާނެތެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ الْقَوْلِ غُرُورًا ۚ (6:112) މާނައީ ” ހަމައެފަދައިން، ތިމަންއިލާހު، ކޮންމެ ނަބިއްޔަކަށް އިންސީންނާއި، ޖިންނީންގެ ޝައިޠާނުން ޢަދާވާތްތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލ...

Thiladhun
ގުޅީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ގުޅީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. ބިން ހިއްކަން ފެށުން ފާހަގަ ކުރަން ރޭ ގުޅީގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއ،ި ކ.ގުޅި ކައުންސިލްގެ ރައީސް މޫސާ ސަފީލްގެ އިތުރުނ،ް އެމްޓީސީސީ އާއި ގުޅީގެ ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވ.ެ ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފ...

ތިލަދުން
ރާއްޖެއިން ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ރާއްޖެއިން ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ، ޓޫރިސްޓު ވިސާގައި ރާއްޖެ އައުމަށްފަހު ފުރަން އުޅުނު ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިގެން އެ ހިދުމަތުން ތަހުގީގުކުރަމުންދާ ކަމަށާއި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ މީހާ އަކީ ކޮން ގައުމެއްގެ މީހެއްކަމެއް ފުލުހުން ހާމަކޮށ...

އަލީ އާދިލް
އދ.ގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ

އދ.ގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ

އެކުވެރި ދައުލަތްތައް (އ.ދ) ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ. އދ. ގައި ހުންނަ ރާއްޖޭގެ މިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އިންތިހާބުވެފައިވަނީ ކޮމިޝަންގެ 2026 އިން ފެށިގެން 2030 އަށް ކުރިއަށް ދާނެ ދައުރަށެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަންހެނުންގެ ބާރުވެރިކޮށް ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މި ސަރުކާރުން ގެންގުޅޭ ވަރުގަދަ ސިޔާސަތުގެ […]

އަލީ އާދިލް
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި އެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ. އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން...

އަލީ އާދިލް
އެތުލެޓިކޯ ބަލިކޮށް ބާސާ ފައިނަލަށް

އެތުލެޓިކޯ ބަލިކޮށް ބާސާ ފައިނަލަށް

ސްޕެނިޝް ކަޕް / ކޮޕް ޑެލް ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅުނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ދިޔައީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ކުޅުނީ އެތުލެޓިކޯގެ ދަނޑުގައެވެ. ރޭ މެޗަށް ނުކުތްއިރު ދެ ޓީމަށް އޮތީ ހަމަހަމަ ފުރުސަތެކެވެ. […]

އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ޕްލެޓްފޯރމް "ޓީމޫ" ދިވެހިރާއްޖެއަށް

ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ޕްލެޓްފޯރމް "ޓީމޫ" ދިވެހިރާއްޖެއަށް

ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމް ކަމުގައިވާ ޓީމޫ އިން ވަނީ ދިވެހިރާއްޖޭގައި އެ ޕްލެޓްފޯރމްގެ ޚިދުމަތްތައް ދޭން ފަށައިފި އެވެ. އެމެރިކާ އާ ޔޫރަޕްގައި ނަން މަޝްހޫރު  ޓީމޫ ގެ މާކެޓްޕްލޭސް، މި ސަރަޙައްދުގެ ގައުމުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން  މިއީ، ފާހަގަކޮށްލެވޭ ފުޅާކުރުމެކެވެ. ގިނަ އަދަދެއްގެ އުފެއްދުންތަކެއް ވާދަވެރި އަގުތަކެއްގައި އޮމާންކަމާއެކު އޮންލައިންކޮށް ޝޮޕިންގ ކުރުން ތަޖުރިބާކޮށްލުމަށް މަޝްހޫރު މި ޕްލެޓްފޯމް، މިހާރު މިވަނީ ދިވެހި ކަސްޓަމަރުންނާ ހަމައަށް ފޯ...

އިބްރާހިމް އަސްވާޤް
މިނިވަންކަމާގުޅޭ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް

މިނިވަންކަމާގުޅޭ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކުރައްވައިފިއެވެ. މިއީ ކުރިން މި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 15 މިލިއަން ޑޮލަރުގެ ބަދަލުގައި ގެންނަވާފައިވާ ބޮޑު ބަދަލެކެވެ. މި ނިންމުން ނިންމަވާފައިވަނީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު އަލުން އެކަށައެޅުއްވުމާ ގުޅިގެންނެވެ. މިގޮތުން ރައީސް ވަނީ، މި ޤަރާރުގެ ޖަދުވަލުގަ...

ޔުމްނާ ޢަލީ
މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހިނގި މާރާމާރީއަކާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ރޭ 11:28 ހާއިރު ރ. މަޑުއްވަރީގައި ދެމީހެއްގެ ދެމެދު ހިނގި މާރާމާރީގެ މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށުގެ ސިއްޙީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށް ފު...

ޔުމްނާ ޢަލީ
ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ތިލަދުންމްތީ އުތުރުބުރީ ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކެލާ ފަޅުގައި ދެ ރިސޯޓް ތަރައްގީ ކުރުމުގެ އިތުރުން މާލެ އަތޮޅު ކާށިދޫ ފަޅުގައި ވެސް ރިސޯޓް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ހއ.ކެލާ ފަޅުގައި 2 ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސްގެ ގަރާރަކުން ނިންމަވާފައި...

އިބްރާހިމް ޚަލީލް