މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 492 ވަނަ ޞަފްޙާ

ދިއްދޫގައި އައުޓްޑޯ ދެ ޖިމު ތަރައްގީކުރުމަށް ބިން ސާފުކޮށް މަސައްކަތްފަށަން ތައްޔާރުވެއްޖެ

ދިއްދޫގައި އައުޓްޑޯ ދެ ޖިމު ތަރައްގީކުރުމަށް ބިން ސާފުކޮށް މަސައްކަތްފަށަން ތައްޔާރުވެއްޖެ

ހއ. ދިއްދޫގައި އައުޓްޑޯ ދެ ޖިމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އެރަށުގައި ޤާއިމްކުރެވޭ ޖިމްތަކަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށް އަޅާ މި ދެ ޖިމްގެ ތެރެއިން އެއް ޖިމަކީ ކައުންސިލާއި ގުޅިގެން ސަރުކާރުން...

އައިޝަތު އައިނީ އާމިރު
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޑަބްލިޔުއެޗްއޯގެ މަރުހަބާ

ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޑަބްލިޔުއެޗްއޯގެ މަރުހަބާ

ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކަނޑައެޅި ޖެނެރޭޝަނަލް ބޭންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަރުހަބާ ކިޔައިފިއެވެ. 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަކީ...

އިބްރާހިމް ޚަލީލް
ސައިލް ދުއްވަމުން ފޯނުން ވާހަކަދެއްކި މީހަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

ސައިލް ދުއްވަމުން ފޯނުން ވާހަކަދެއްކި މީހަކު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

ސައިކަލް ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރި މީހެއްގެ ސައިކަލް ޓޯވ ކޮށް، ޖޫރިމަނާކޮށް އަދި ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފިއެވެ. ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މުއައްސަސާގެ ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބަލާފައިވާކަމަށެވެ. މިގޮތުން އެ މައްސަލަ ބެލުމަށްފަހު ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް […]

ޔުމްނާ ޢަލީ
އިނގުރައިދޫ މީހަކު ފަނޑިޔާރަކަށް ހަމަލާދީގެން ހައްޔަރުކޮށްފި

އިނގުރައިދޫ މީހަކު ފަނޑިޔާރަކަށް ހަމަލާދީގެން ހައްޔަރުކޮށްފި

ފަނޑިޔާރަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ރ. އިނގުރައިދޫއަށް ނިސްބަތްވާ 49 އަހަރުގެ މީހެކެވެ. އެ މީހާ ފަނޑިޔާރަށް ދެފަހަރެއްގެ މަތިން ހަމަލާދިން ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. ނަމަވެސް ހަމަލާދިނީ ކޮން ކޯޓެއްގެ ފަނޑިޔާރަކަށް ކަމެއް ސާފެއް ނުވެ އެވެ. އެ މީހާ ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުގެ އަމުރުގައި އަންގާފައިވެ އެވެ.

ހުސައިން ހަބީބް
މިރޭ އިޝާނަމާދަށް ފަހު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

މިރޭ އިޝާނަމާދަށް ފަހު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަޒީރު އަވާހަރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަ...

އިބްރާހިމް ޚަލީލް
އޮޅުހިޔާގެ ނަން-ރިކަރަންޓް ޚަރަދަކީ 1.2 ބިލިއަން ރުފިޔާ ކަމަށް ދެންނެވުނީ އޮޅުމަކުން: މާރިޔާ

އޮޅުހިޔާގެ ނަން-ރިކަރަންޓް ޚަރަދަކީ 1.2 ބިލިއަން ރުފިޔާ ކަމަށް ދެންނެވުނީ އޮޅުމަކުން: މާރިޔާ

އޮޅުހިޔާ ފެސިލިޓީގެ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް މިއަދު ދެންނެވުނީ އޮޅުމަކުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޮޅުހިޔާ ފެސިލިޓީގެ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަސްމީ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ވ...

ޔުމްނާ ޢަލީ
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން މިހާތަނަށް ސައޫދީއަށް ދިޔަ މީހުންގެ އަދަދު 220،000 އަށް

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން މިހާތަނަށް ސައޫދީއަށް ދިޔަ މީހުންގެ އަދަދު 220،000 އަށް

1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އިންޑޮނޭޝިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ޙާޖީން ސަޢޫދީ ޢަރަބިއްޔާއަށް ދިޔުމާއެކު ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ޤައުމަށް ދިޔަ މީހުންގެ އަދަދު 220،000 އަށްވުރެ އިތުރުވެއްޖެއެވެ. ސަޢޫދީ ނޫހަކާއި ހަވާލާދީ ގަލްފް ނިއުސްގައި ބުނެފައިވާ ގޮތުގައި، އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ޙައްޖު އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، އެކި ޤައުމުތަކުގެ 220،000 އަށްވުރެ ގިނަ ޙާޖީން ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ވަނީ އެތެރެވެފައެވެ. މުސްލިމުންގެ އާބާ...

ޔުމްނާ ޢަލީ
ކިނޮޅަސް ޕޮލިސް ޕޯސްޓް އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

ކިނޮޅަސް ޕޮލިސް ޕޯސްޓް އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

ރ. ކިނޮހޮޅު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން ބުނީ، ކިނޮހޮޅު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ. މިގޮތުން ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ނިމޭއިރު 1 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޕޮލިސް ޕޯސްޓެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސ...

އައިޝަތު އައިނީ އާމިރު
ފަނޑިޔާރުކަމުގެ މަގާމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން ފާސްކޮށްފި

ފަނޑިޔާރުކަމުގެ މަގާމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައެވެ. މި ޖަލްސާގައި، ދެ ފަނޑިޔާރުން ވަކިކުރުމަށް ފެނޭތޯ ވަކިވަކިން ނެގި ވޯޓުގައި، ކޮންމެ ފަނޑިޔާރަކު ވަކިކުރުމަށް 68 މެންބަރުން ތާއީދު ކުރެއްވިއެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސް...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (14)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (14)

ކުރީގެ އަދަދާއި ގުޅޭ: ” ދެން ދޭ. މިހާރު ހޭލެއްވިއްޖެ އެއްނު.” މަރިޔަމް އަވަސް އަވަހަށް ބުންޏެވެ. އޭރު ރިލްވާން އޭނާއާ ދިމާލަށް އާދެއެވެ. އެ ވަގުތު މަރިޔަމްއަށް ފަހަތަށް ޖެހިލެވުނެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ދުރުގައި ހުރި ހައްވައްތައެވެ. އޭނާ ހުރީ މަގުމަތި ކުނި ކަހަން ނިކުތް ގޮތަށް އިލޮށިފަތި ވެސް ހިފައިގެންނެވެ. ހައްވައްތަ ފެނުމާއެކު މަރިޔަމް ޖެހިލުންވީ ވަރުން އަވަސް އަވަހަށް ގެއަށް ވަންނަން ދުއްވައިގަތެވެ. އޭރު ވެސް ރިލްވާން ހުރީ މަރިޔަމްއަށް ބަލާށެވެ. މަރިޔަމް […]

ސަލާމާ ޢަބްދުލް ޢަލީމް
އެޕަލް މިއުޒިކުން "ސައުންޑް ތެރަޕީ" ތަޢާރަފުކޮށްފި

އެޕަލް މިއުޒިކުން "ސައުންޑް ތެރަޕީ" ތަޢާރަފުކޮށްފި

އެޕަލް މިއުޒިކުން އާ “އޯޑިއޯ ވެލްނެސް” ކަލެކްޝަނެއް ތަޢާރަފުކޮށް “ސައުންޑް ތެރަޕީ” ގެ ނަމުގައި މުޅިންއައު ޚިދުމަތެއް ތަޢާރަފްކޮސްފިއެވެ. އެޕަލްއިން އަލަށް ތަޢާރަފުކޮށްފައިވާ މި ކަލެކްޝަނަކީ ޔުނިވަރސަލް މިއުޒިކް ގްރޫޕް (ޔޫއެމްޖީ) އާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ. މި ފީޗަރގައި ހިމެނެނީ ސަބްސްކްރައިބަރުންނަށް ކުރިން އެނގޭ ލަވަތަކާއި އެކު، ފޯކަސްކުރުމަށާއި ރިލެކްސްވުމަށާއި ނިދުމަށް އެހީވާ އެހެނިހެން އަޑުތަކެވެ. މި ކަލެކްޝަނުގައި ހިމެނޭ ލަވަތަކުގައި އޮޑިޓަރީ ބީޓްސް ނުވަތަ ކަލަރޑް ނޮއިޒް ހި...

އަޙްމަދު ދާއޫދު
އިންޑިޔާ-ޕާކިސްތާން ހަނގުރާމަ ހުއްޓުވުމުގައި ޓްރަމްޕްގެ ދައުރެއްނެތް: އިންޑިއާ

އިންޑިޔާ-ޕާކިސްތާން ހަނގުރާމަ ހުއްޓުވުމުގައި ޓްރަމްޕްގެ ދައުރެއްނެތް: އިންޑިއާ

އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ހިނގި ހަނގުރާމަ ހުއްޓުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުރެއް އަދާކުރި ކަމަށް ބުނެ އޭނާ ދައްކާފައިވާ ވާހަކަތަކަށް އިންޑިޔާއިން އިންކާރުކޮށް އެކަމުގައި އެމެރިކާގެ އެއްވެސް ދައުރެއް ނެތް ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ. މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ބޭރު ކަންތައްތަކާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ގައުމުގެ މެދުގައި ހިނގި ހަނގުރާމަ ހުއްޓުވުމުގައި އެއްވެސް މުޢާމަލާތެއް އެމެރިކާއާ އެކު ހިނގާފައި ނުވާ ކަމަށެވެ. ޓްރަމްޕް...

އަޙްމަދު ދާއޫދު
ޓްރަމްޕް ސައޫދީއަށް، އިޤްތިޞާދީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓްރަމްޕް ސައޫދީއަށް، އިޤްތިޞާދީ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެރިކާ އާއި ސައޫދައޫދީ އަރަބިއްޔާ އިޤްތިޞާދީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނޑޮނަލްޑް ޓްރަމްޕް އާއި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާ ދެމެދު އިސްތިރާޖީ އިޤްތިޞާދީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރެއްވީ އަންގާރަ ދުވަހުއެވެ. ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި ބޭއްވުނު ސައޫދީ-އެމެރިކާ ސަމިޓެއްގެ ތެރެއިން، ދެ ލީޑަރުން ވަނީ ހަކަތައާއި ދިފާއީ ދާއިރާ ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ އިތުރު އެއްބަސްވުންތަކެއްގައިވެސް ސޮއިކުރައްވާފައެވެ....

އަޙްމަދު ދާއޫދު
ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ

ލޯންޗެއްގެ ބުރަފަތިންޖެހި ފީނަން އުޅުނު މީހެއްގެ އަތް ބުރިވެގެން ފަރުވާދެނީ

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވެގެން ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 10:30 ހާއިރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ބުނެފައިވާ ވާގޮތުން، މި ހާދިސާގައި އަނިޔާވި މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، އަދި އިތުރު ބޮޑެތި […]

ޔުމްނާ ޢަލީ
އިހަވަންދޫގައި ބޭއްވި "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމް ނިންމާލައިފި

އިހަވަންދޫގައި ބޭއްވި "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމް ނިންމާލައިފި

ހއ. އިހަވަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައި، މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމުގައި ބައިވެރިވި އަންހެން ކަނބަލުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ޕްރޮގްރާމަކީ އަންހެން ކަންބަލުންނަށް ހާއްސްކޮށްގެން އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބޭއްވި ކަސްރަތު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ...

އައިޝަތު އައިނީ އާމިރު
އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީ...

ޔުމްނާ ޢަލީ
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންނަ ބަންގްލަދޭޝް މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ގަވާއިދާ ޚިލާފަށް ބިދޭސީން ގެންނަ ބަންގްލަދޭޝް މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ގާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވެނީ 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިންގެ މައްޗަށެވެ. އޭނާ ހައްޔަރުކ...

ޔުމްނާ ޢަލީ
ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާނާއި އިތުރު 4 މީހަކަށް ދަޢުވާކުރަން ޕީޖީއަށް

ކޮރަޕްޝަންގެ ތުހުމަތުގައި ޝަމްޢާނާއި އިތުރު 4 މީހަކަށް ދަޢުވާކުރަން ޕީޖީއަށް

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 3 އޮފިސަރަކާއި އިތުރު މީހަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށައަޅުއްވައިފިއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ނޫސް ކޮންފަރެންސް އެއް ބާއްވާފަ އެވެ. މިމައްސަލަ ހުށަހެޅީ އިއްޔެއެވެ. އަދި މައްސަލަ ބަލައިގަނެ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ފުލުހުން...

އަލީ އާދިލް