އެޕަލް މިއުޒިކުން އާ "އޯޑިއޯ ވެލްނެސް" ކަލެކްޝަނެއް ތަޢާރަފުކޮށް "ސައުންޑް ތެރަޕީ" ގެ ނަމުގައި މުޅިންއައު ޚިދުމަތެއް ތަޢާރަފްކޮސްފިއެވެ.

އެޕަލްއިން އަލަށް ތަޢާރަފުކޮށްފައިވާ މި ކަލެކްޝަނަކީ ޔުނިވަރސަލް މިއުޒިކް ގްރޫޕް (ޔޫއެމްޖީ) އާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ. މި ފީޗަރގައި ހިމެނެނީ ސަބްސްކްރައިބަރުންނަށް ކުރިން އެނގޭ ލަވަތަކާއި އެކު، ފޯކަސްކުރުމަށާއި ރިލެކްސްވުމަށާއި ނިދުމަށް އެހީވާ އެހެނިހެން އަޑުތަކެވެ.

Ad
rt

މި ކަލެކްޝަނުގައި ހިމެނޭ ލަވަތަކުގައި އޮޑިޓަރީ ބީޓްސް ނުވަތަ ކަލަރޑް ނޮއިޒް ހިމެނިދާނެއެވެ. މިއީ އެކި ފްރީކުއެންސީތަކުގައި އިންޓެންސިޓީ ތަފާތުވާ ސައުންޑް ވޭވްތަކެކެވެ. މިސާލަކަށް، ވާރޭ ނުވަތަ ވައި ފަދަ އަޑުތަކާ އެއްގޮތް ޕިންކް ނޮއިޒް، ޑެލްޓާ ވޭވްސްއާ އެކު ބޭނުންކޮށްގެން ނިދުމަށް އެހީވެދެއެވެ.

ސައުންޑް ތެރަޕީގެ ފޯކަސް ކެޓަގަރީގައި ބޭނުންކޮށްފައިވަނީ ގެމާ އޮޑިޓަރީ ބީޓްސްއާއި ވައިޓް ނޮއިޒްއެވެ. އަދި ރިލެކްސް ގްރޫޕްގެ ލަވަތަކުގައި ބޭނުންކޮށްފައިވަނީ ތީޓާ އޮޑިޓަރީ ބީޓްސްއެވެ. މިއީ ހިތްހަމަޖެހި ރިލެކްސްވުމަށް އެހީވާ އަޑުތަކެކެވެ.

މި ކަލެކްޝަނުގައި ހިމެނެނީ އިމެޖިން ޑްރެގަންސް، ކޭޓީ ޕެރީ، ކޭސީ މަސްގްރޭވްސް، ލުޑޮވިކޯ އައިނައުޑީ، އޮރޯރާ، ޖެނޭ އައިކޯ، ޗެލްސީ ކަޓްލަރ އަދި ޖެރެމީ ޒަކަރ ފަދަ އާޓިސްޓުންގެ ލަވަތަކެވެ. މި ލަވަތައް ވަނީ ލަންޑަނުގައި ހުންނަ ޔޫއެމްޖީގެ މިއުޒިކް ވެލްނެސް ވެންޗަރ ކަމުގައިވާ ސޮލޮސްގެ ޕްރޮޑިއުސަރުންނާއި އޯޑިއޯ އިންޖިނިއަރުން މެދުވެރިކޮށް ދިގު އިންސްޓްރުމެންޓަލް ވަރޝަންތަކަކަށް ބަދަލުކޮށްފައެވެ.

މި އިތުރުކުރުމާއެކު، އެޕަލް މިއުޒިކުން ފަހުން ތަޢާރަފުކުރި "ޗިލް" ރޭޑިއޯ ސްޓޭޝަނުގައިވެސް މައިންޑްފުލް މޮމެންޓްސްއާއި ހިތްހަމަޖެހޭ ވާހަކަތަކާއެކު މިފަދަ އަޑުތައް ހިމަނާފައިވެއެވެ.