ހއ. ބާރަށުގައި ދެ މަޝްރޫޢޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢުގެ ތެރޭގައި ހިިމެނެނީ ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތްކޮށް 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމެވެ. އެގޮތުން ރަށު ފެންވަރުގައި ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން 2 ފަންގިފިލާއެއްގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޮލިސް ސްޓޭޝަނެއްގައި...
އައިޝަތު އައިނީ އާމިރު
ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި “ވޯކްޝޮޕް އޮން ސާވިސް އެކްސެލެންސް: އިފެކްޓިވް ކަސްޓަމަރ ސެންޓްރިސިޓީ” ވޯކްޝޮޕްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މިވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑް އޮފީހުގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިޕޮލިސް އާސިމް ޢަބްދުﷲއެވެ. ރަސްމިއްޔާތުގައި ޕޮލިހުގެ އިސް އޮފިސަރުންނާއި އުރީދޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އ...
އަލީ އާދިލް
މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މަޤާމަށް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، މި ފުރުޞަތަކީ ޤައުމަށް ޚިދުމަތްކުރުމަށާއި ޤައުމުގެ ބޯޑަރު ކޮންޓުރޯލް ކުރުމާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓީމެއްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނެ އެންމެ ދަށް ޝަރުޠުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދ...
އަލީ އާދިލް
ހއ. އިހަވަންދޫގައި އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ވެމްކޯގެ ޚިދުމަތް ފެށުމަށް މަޝްވަރާކޮށްފިއެވެ. އެގޮތުން ވެމްކޯ އޮފީހުގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިހަވަންދޫ ކައުންސިލުންވަނީ ބައިވެރިވެފައެވެ. އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާހް ”ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި މި ބައްދަލުވުމުގައި އިހަވަންދޫގައި ވެމްކޯގެ ޚިދުމަތްތައް ފެށުމަށް ދުވަހެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން 1 ޖޫން 2025 ވާ އާދިއްތަ ދުވަހު މި ހިދުމަތްތައް ފެށުމަށް ކަނޑައަޅާފައިވާކަމަށް ރައީސް ވިދާ...
އައިޝަތު އައިނީ އާމިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން އިޖުރާއަތްތައް ހިންގާފައިވާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާއި ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސ...
ޔުމްނާ ޢަލީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޒީން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަޤާމަށް 10 ވަރަކަށް ބޭފުޅުން ކުރިމަތިލެއްވިއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް، އެންމެ މަތިން މާކްސް ލިބުނު ފަސް ބޭފުޅުންގެ ނަން ހުށަހެޅިއެވެ. އެންމެ މަތިން މާކްސް ލ...
ޔުމްނާ ޢަލީ
ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އިއްޔެ ބޭއްވި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވައިކަރަދޫ ޕޮލިސް ފޯސްޓާއި އެ ރަށު ސިއްހީ މަރުކަޒާއި ގުޅިގެންނެވެ. މި ހަރަކާތްތަކުގައި ސިއްހީ މަރުކަޒުގެ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު މައިގަނޑު ގޮތެއްގައި ލީޑަރުންގެ ދައުރާއި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ހަރަކާތްތަކެއް އެކުލެވިގެންދިޔައެވެ....
އައިޝަތު އައިނީ އާމިރު
ސްޓޫޑެންޓް ލޯނަށް ދޫކުރާ ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުން ފައިސާ ނުދައްކާ ކަމަށާއި، ގަވާއިދުން ފައިސާ ދައްކަނީ އެންމެ 40 ޕަސެންޓް ދަރިވަރުން ކަމަށެވެ. މި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގ...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫގައި ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައެވެ. އެމްޓީސީސީ އާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު އޯގަސްޓު މަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން ބަނދަރު އެޅުމަށް ބިން ކަނޑައަޅާފައިވަނީ ރަށުގެ...
އައިޝަތު އައިނީ އާމިރު
ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ ސިފައިން ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލާފައި އޮތީ ހަމައެކަނި ވަގުތީ ގޮތުން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. މިއީ ނިޔުކްލިއަރ ހަތިޔާރު އޮތް ދެ ޤައުމުގެ މެދުގައި ފަސްވަނަ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށް ބެލެވުނު ގަދަ ހަނގުރާމައިގެ ޙާލަތަކަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު ޤައުމާ މުޚާޠަބުކޮށް ދެއްކެވި ފުރަތަމަ ވާހަކަފުޅެވެ. ބުދަ ދުވަހު ނިއުދިއްލީގައި ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ، “ޓެރަރިޒަ...
އަޙްމަދު ދާއޫދު
ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށް ހަމާސް އިން ބުނެފިއެވެ. ހަމާސްއިން މިހެން ބުނެފައިވަނީ ހަމާސްގެ ހަތިޔާރުއެޅި ބައި ކަމުގައިވާ ކައްސާމް ބްރިގޭޑްސްއިން ހޯމަ ދުވަހުގެ ރޭ އިސްރާއީލު-އެމެރިކާ ދެ ޤައުމަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ އީދަން އެލެގްޒެންޑަރ މިނިވަން ކުރުމަށް ފަހުގައެވެ. އޭނާ މިނިވަންކުރީ ހަމާސްއާއި ޓްރަމްޕް ސަރުކާރާއެކު ކުރެވުނު ސީދާ މަޝްވަރާތަކަކަށް ފަހުގައި ކަމަށް ހަމާސް އިން ބުނެއެވެ. “ހަމާސްއިން ތައްޔާރަށް މިތިބީ، ދެމެހެއްޓެނިވި އެއްބަސ...
އަޙްމަދު ދާއޫދު
ނައިޖީރިއާގެ ދެކުނު އިރުމަތީގައި އޮންނަ އިމޯ ސްޓޭޓުގައި ހަތިޔާރުއެޅި މީހަކު ދަތުރުވެރިންނަށް ހަމަލާދީ މަދުވެގެން 30 މީހުން މަރާލައިފިކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފިއެވެ. މި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއިން ހުކުރު ދުވަހު ބުނި ގޮތުގައި، އޯކިގްވޭ-އޯވެރީ މަގުމަތީގައި ބުރާސްފަތި ދުވަހު ހިންގި “އަނިޔާވެރި ހަމަލާ” ގައި 20 އަށްވުރެ ގިނަ ދަތުރުވެރިންގެ އުޅަނދުފަހަރާއި ޓްރަކުތައް އަންދާލާފައިވެއެވެ. މި ހަމަލާ ދިން ފަރާތަކީ މަނާކުރެވިފައިވާ ޖަމާޢަތެއް ކަމަށްވާ އިންޑިޖެނަސް ޕީޕަލް އޮފް ބިއާ...
އަޙްމަދު ދާއޫދު
ނޫސްވެރިންނަށް އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިންގަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބަޔާނެއް ނެރެފި އެވެ. އެމްއެމްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ޚާއްޞަކޮށް ވަކި ޖިންސަކަށ...
އަލީ އާދިލް
ފްރާންސް ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮސްމާން ޑެމްބެލޭއަށް ލިބިއްޖެއެވެ. މުޅި ސީޒަންގައި ވެސް ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި ޑެމްބެލޭވަނީ ހުރިހާ މުބާރާތެއް ހިމެނޭހެން ކުޅުނު 46 މެޗުގައި 33 ލަނޑު ޖަހައިދީފައެވެ. އޭގެތެރޭގައި ލީގުގައި ކުޅުނު 28 މެޗުން ޖެހި 21 ލަނޑު ވެސް ހިމެނެއެވެ. ޕީއެސްޖީން ފްރާންސް ލީގާއި ފްރެންޗް ކަޕް ވެސް ކާމިޔާބު ކޮށްފައިވާއިރު އެ ޓީމް ވަނީ ޗެމްޕިއަންސް […]
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަމަށް ނިސްބަތްވާ އާދަމް އިބްރާހިމް ގެއްލުނު މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އާދަމް އިބްރާހިމް ހޯދަން ފެށީ 11 މެއި 2025 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބިގޮތަށް އަނބުރާ ދޯންޏަށް ނުގޮސް، ޚަބަރެއް ނުވެގެންނެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11 މެއި 2025 ދުވަހުގެ ރޭ 10:25 އެހާކަންހާއިރު […]
ޔުމްނާ ޢަލީ
ޚަޠީބުކަމުގެ ކޯހެއް ފުރިހަމަކުރާ ކައުންސިލަރުންނަށް ޚުޠުބާ ކިއުމަށް ހުއްދަ ލިބޭ ކޯހެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް ޚާއްޞަ ކޯހެއް ފެށުމަށް މިހާރު އެ ކޯސް ވަނީ ފަރުމާކޮށްފައެވެ. ވަޒީރު ވިދާޅުވިގޮތުގައި މިއީ، އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ޙަމްދީ (މާލެ/ގަލޮޅު ސިލްވަރުގެއާގެ) މިއަދު ޢައްޔަންކުރައްވައިފިއެވެ. އަސްނާ މި މަޤާމަށް ޢައްޔަންކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމަށްފަހުގައެވެ. އަސްނާ މި މަގާމަށް ޢައްޔަނުކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށް، އަސްނާ މި މަގާމަށް ޢަ...
ޔުމްނާ ޢަލީ
ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ. ފުލުހުން ބުނިގޮތުގައި އާދަމް އިބްރާހިމް ވަނީ ފެނިފައެވެ. ”އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން. ހާލު ރަނގަޅު.” ފުލުހުން ބުންޏެވެ. އާދަމް އިބްރާހިމް ހޯދަން ފެށީ 11 […]
ޔުމްނާ ޢަލީ