މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް،...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާއިން 1 މިލިއަން ރައްޔިތުން ލިބިޔާއަށް ދާއިމީކޮށް ބަދަލުކުރުމުގެ ޕްލޭނެއް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލަމުންދާކަމަށް އެން.ބީ.ސީ ނިއުސްއިން ރިޕޯޓުކޮށްފިއެވެ. މި ޕްލޭނާ ގުޅޭގޮތުން ޓްރަމްޕް އިދާރާއިން ލިބިޔާގެ ވެރިންނާއެކު މަޝްވަރާކޮށްފައިވާކަމަށާއި، ފަލަސްތީނުން މީހުން ބަދަލުކުރުމުގެ ބަދަލުގައި އެމެރިކާއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލިބިޔާގެ ބިލިއަން ޑޮލަރުގެ ފައިސާ ދޫކޮށްދިނުމަށް ހުށަހަޅާފައިވާކަމަށް ބުނެއެވެ. އެމެރިކާގެ ސަރުކާރުގެ ތަރުޖަމާނަކު މި ރިޕޯޓު ދޮގުކޮށް، “މ...
އަޙްމަދު ދާއޫދު
ރަޝިއާއާއި ޔޫކްރެއިން އިން އިސްތަންބޫލްގައި ބޭއްވި ސުލުހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރަށްފަހު ގިނަޢަދަދެއްގެ އަސީރުން ދެގައުމުންވެސް މިނިވަން ކުރަން އެއްބަސްވެއްޖެކަމަށް ޔުކްރެއިންގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ. ޔުކްރެއިންގެ ދިފާޢީ ވަޒީރު ރުސްތަމް އުމެރޮވް ހުކުރު ދުވަހު ހާމަކުރެއްވި ގޮތުގައި، ރަޝިޔާ އަދި ޔުކްރެއިން ދެ ޤައުމުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ގިނައަދަދެއްގެ އަސީރުން އެއްފަހަރާ މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައިވެއެވެ. އިސްތަންބޫލްގައި ބޭއްވުނު ނޫސްވެރިންގެ ބަ...
އަޙްމަދު ދާއޫދު
އެމެރިކާގެ ލުއިޒިއާނާ ސްޓޭޓްގައި ހިމެނޭ ބޮޑު ސިޓީއެއްކަމުގައިވާ ނިއު އޯލިއަންސް ޖަލުން، (ލުއިޒިއާނާގެ އޯލިއަންސް ޕެރިޝް ޖަސްޓިސް ސެންޓަރުން) 11 ގައިދީން ފިލައިފިއެވެ. މިމީހުން ޖަލުގައި ނެތްކަން ޖަލު އޮފިޝަލުންނަށް އެނގުނީ ހުކުރު ދުވަހު ހެނދުނު 8:30 ގައި ކުރެވުނު ރޫޓިން ހެޑްކައުންޓެއްގައެވެ. ފިލި ގައިދީންގެ ތެރެއިން މިހާތަނަށް އަތުލައިގަނެވިފައިވަނީ އެންމެ ގައިދީއެކެވެ. އަނެއް 10 ގައިދީން ވަނީ ފިލައިގެން ގޮސްފައެވެ. ފިލި ގައިދީންގެ ތެރޭގައި މަރުގެ ދަޢުވާ އުފުލިފައިވާ މީހުން ހިމެނެއެވެ. އެހެން ގައ...
އަޙްމަދު ދާއޫދު
ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމުން ރީޖެނެރޮން އިންޓަރނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގ ފެއަރ (އައިއެސްއީއެފް 2025) އިން 23 އެވޯޑެއް ހޯދައިފިއެވެ. މީގެ ތެރޭގައި 14 ގްރޭންޑް ޕްރައިޒާއި 9 ސްޕެޝަލް އެވޯޑު ހިމެނެއެވެ. މި މުބާރާތް ބޭއްވާފައި ވަނީ މެއި 10 އިން 16 އަށް އޮހައިއޯގެ ކޮލަމްބަސްގައެވެ. 70 ޤައުމަކުން 1،700 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި މި މުބާރާތުގައި ސައުދީގެ ތިން ދަރިވަރަކު ދެވަނަ ހޯދައި، ފަސް ދަރިވަރަކު ތިންވަނަ ހޯދައި، އަދި […]
އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގެ 1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން މިއަދު މައްކާ އަށް ފުރާފައިވާއިރު، މައްކާ ރޫޓް އިނީޝިއޭޓިވް އެޑްވާންސް ޓީމް ރާއްޖެއަށް އަތުވެއްޖެއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަންއިންނެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ ކަމަށެވެ. ޙައްޖު...
ޔުމްނާ ޢަލީ
ހއ އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025” އަށް ކުރިމަތިލެއްވުމަށް ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯ...
އައިޝަތު އައިނީ އާމިރު
ހއ. ކެލާގައި މި އަހަރު ޤައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރުމަށް ހަމަޖެހިއްޖެއެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ޤައުމީ ފެންވަރުގައި މި އަހަރު އަޟްހާ އީދު ފާހަގަކުރާ ތިން ރަށެއް ވަނީ ހޮވާފައެވެ. މި ވުޒާރާއިން ހާމަކުރި ގޮތުގައި ޤައުމީ ފެންވަރުގައި އީދު ފާހަގަކުރަން ރަށްތައް ހޮވީ ވަކި މިންގަނޑެއް ބަލައިިގެން، މި ހަރަކާތައް ޝައުގުވެރިކަން ފައުޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެންމެ ގިން ޕޮއިންޓު ލިބިފައިވާ […]
އައިޝަތު އައިނީ އާމިރު
ށ. ނަރުދޫ ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމް ހަރުދަނާކުރުމަށް ބޭނުންވާ ދެ ވެހިކަލު ރަށަށް ގެންގޮސް ބޭނުންކުރަންފަށައިފިއެވެ. އެގޮތުން ނަރުދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޙާއްސަކޮށްގެން ބޭނުންކުރަން ފަށާފައިވަނީ 2 ރަށު ޕިކަޕެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މި ވެހިކަލްތައް ހޯދާފައި ވަނީ އެ އަތޮޅު ކައުންސިލުން ދިން 100،000.00 ރ. (އެއްލައްކަ ރުފިޔާ) ގެ ފައިސާގެ އެހީގައެވެ. މިގޮތުން އަތޮޅު ކައުންސިލްގެ އެހީގައި ނަރުދޫ ކައުންސިލުން ވަނީ ކުނި...
އައިޝަތު އައިނީ އާމިރު
އޮމާންގެ މަސްކަޓްގައި މެއި މަހުގެ 6 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025″ ގައި ވާދަކުރި ދިވެހި ގައުމީ ބީޗް ހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި އޭޝިޔާ ސަރަހައްދުގެ 7 ވަނަ އަށް ރާއްޖެ އުފުލައިލަދީފިއެވެ. ބީޗް ހޭންޑްބޯލް މުބާރާތުގެ ގައުމީ ޓީމެއް އެކުލަވާލުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ. ހޭންޑްބޯލް މޯލްޑިވެސްއިން ކުޅުދުއްފުށީގައި ޕްރެކްޓިސްތައް ބޭއްވުމަށް ނިންމާފައިވަނީ އެ ސިޓީގައި އެކަށީގެނ...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ އެސްޕަނިޔޯލް ބަލިކޮށް ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ބާސެލޯނާ އިން މި ފަހަރު މި ވަނީ، ސްޕެނިޝް ލީގާއި ކަޕްގެ އިތުރުން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. ސުޕަ ކަޕާއި ސްޕެނިޝް ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް ކާމިޔާބުކުރިއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މި ވަނީ ބާކީ […]
އިބްރާހިމް ޚަލީލް
ޗައިނާގެ ކުންފުންޏަކުން 28 ގަޑިއިރުގެ ތެރޭގައި 10 ބުރީގެ އިމާރާތެއް ނިންމައިފި އައު ރެކޯޑެއް ގާއިމް ކޮށްފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ދެމެހެއްޓެނިވި އަދި ކުރިން ތައްޔާރުކުރެވިފައިވާ ޢިމާރާތްތައް ހެދުމުގެ އީޖާދުތަކަށް މަޝްހޫރު ބްރޯޑް ގްރޫޕުންނެވެ. މި ޢިމާރާތް މިހާ އަވަހަށް ނިންމާފައިވާއިރު، މިއިމާރާތް ނިންމާފައިވަނީ އެންމެފަހުގެ ސަލާމަތީ މިންގަނޑުތަކާއި ހަކަތަ ޚަރަދުކުޑަކުރުމުގެ މިންގަނޑުތަކާ އެއްގޮތަށެވެ. ޒަމާނީ މޮޑިއުލާ ޢިމާރާތްކުރުމުގެ ޓެކްނިކްތައް ބޭނުންކޮށްގެން، ކުރިން ތައްޔާ...
އަޙްމަދު ދާއޫދު
އިންޑިއާ އަދި ޕާކިސްތާނުގެ މެދުގައި އޮތް ހަނގުރާމައިގެ ހާލަތު އިތުރަށް ދަށްކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. މިއީ ދެ ގައުމުގެ މެދުގައި ހިނގި ކުރު މުއްދަތުގެ ހަނގުރާމައެއްގެ ފަހުން އައި އެއްބަސްވުމެކެވެ. މި އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ގޯސްވެގެން ދިޔައެވެ. އޭގެ ފަހުން މެއި 7 ވަނަ ދުވަހު އިންޑިއާއިން ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ކޭމްޕްތަކަށް ހަމަލާދިނެވެ. އަދި ޕާކިސްތާނުން […]
އަޙްމަދު ދާއޫދު
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އޮންނަ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް މޯލްޑިވިއަން އިން ފަށައިފިއެވެ. ހަނިމާދޫއިން ސީދާ ބެންގަލޫރަށް ދަތުރުތައް މޯލްޑިވިއަން އިން އިއްޔެ (15 މެއި 2025) ފަށާފައިވާއިރު، ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ދަތުރުފަތުރު ފުޅާކުރުމަށް އެޅިގެންދިޔަ މި މުހިންމު ފިޔަވަޅު މޯލްޑިވިއަނުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ހަނިމާދޫއިން ބެންގަލޫރަށް ދަތުރުކުރި ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރު...
އިބްރާހިމް ޚަލީލް
ބަލޫޗިސްތާނުގެ މިނިވަންކަމަށް ގޮވާލައި، ޕާކިސްތާނުން ވަކިވިކަން އިއުލާންކުރުމަށްފަހު، ބަލޮޗް ލީޑަރަކު އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެއެވެ. ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީރް ޔާރު ބަލޮޗް، ބުދަ ދުވަހު ވަނީ، ”އެތައް އަހަރެއް ވަންދެން ހިންގަމުން އަންނަ އަނިޔާވެރިކަމާއި، މީހުން ގެއްލުވާލުމާއި، އަދި އިންސާނީ ހައްގުތަކަށް އަރައިގަތުން ފަދަ ކަންކަމުގެ ސަބަބުން، ބަލޮޗިސްތާނަކީ ޕާކިސްތާނުން މިނިވަންވެފައިވާ ތަނެއް ކަމަށް” ބުނެ އިއުލާންކޮށްފައެވެ. އޭނާގެ “އެކްސް” ޕޯސްޓެއްގައި، މީ...
އަޙްމަދު ދާއޫދު
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ “އެފް.އެސް.އެމް އާއިލީ ހަވީރު 2025” މިއަދު ހަވީރު ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައްވަމުން އެބަ ދެއެވެ. މި ހަވީރަކީ އެފްއެސްއެމްއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބާއްވާ ހަރަކާތެވެ. އެފްއެސްއެމްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަވީރު އޮންނާނީ މިއަދު ހަވީރު 4 އިން 6 އަށް ކުޑަކުދިންގެ ބަގީޗާގައެވެ. މި ހަރަކާތް ރާވައި […]
އިބްރާހިމް އަސްވާޤް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު “މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން ޢައްޔަންކުރައްވައިފިއެވެ. މޫސާ ރިޟްވާނަކީ 2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން މީޑިޔާ އާއި މީޑިޔާ ހިންގުމުގެ ދާއިރާގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، މޫސާ ރިޟްވާން ވަނީ ބައިނަލްއަޤްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއާއި ހުޅުމާލެއިން ތަންތަން ބަލާ ފާސްކޮށް 6 މީހަކު ހައްޔަރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 7 ތަނެއް ބަލާ ފާސްކޮށް އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި، 2 ކިލޯއާއި ގާތްކުރާ އަދަދެއްގެ މަސްތުވާތަކެއްޗާއި، 90،000 އަށްވުރެއް ގި...
އައިޝަތު އައިނީ އާމިރު