މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ މިއަދު ކެޔޮޅުންނާއެކު ކުރިއަށްގެންދެވި ބައްދަލަވުމުގައެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، ކެޔޮޅުން ވަނީ ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. މީގެ އިތުރުން، މިފްކޯއިން ތެޔޮ ލިބުމުގެ އިންތިޒާމު ފަސޭހަކުރުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކަށި ބޭނުންކުރުމަށް ބަދަލުކުރުމަށާއި، މަސ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް މި ބިލު ތަސްދީގުކުރަށްވާފައިވާއިރު، މި އިޞްލާޙުގެ ސަބަބުން ކުޅިވަރު ދާއިރާއަށް ގިނަގުނަ ބަދަލުތަކެއް އަންނާނެއެވެ. މި އިޞްލާޙުގެ މުހިންމު ބައެއް ނުކުތާތަކުގެ ތެރޭގައި ހިމެނެނީ: 1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް، އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއެރުވުމަށް އިތުރު ފުރުޞަތުތަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާ މިއަދު ފަށައިފިއެވެ. އެގޮތުން މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ޙިސާން ޙަސަން އާއި، ދިވެހި ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އާއި، ސިޓީތަކާއި ލޯކަލް ގަވަރނަންސް އަދި ޕަބްލިކް ވަރކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އާރިފް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލ...
އައިޝަތު އައިނީ އާމިރު
ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ ފަންޑް މިއަހަރު ލިބޭ ދެ ޖަމިއްޔާ ހޮވައިފިއެވެ. މިގޮތުން ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބި ގްރާންޓް ކާމިޔާބުކޮށްފައި ވަނީ ށ. ފޯކައިދޫ “ބްލަޑް ބްރަދާރސް” އާއި ށ. ނަރުދޫ “ރަމްޒު ސްޕޯޓްސް އެކަޑަމީ” އިންނެވެ. މީގެ ތެރެއިން 67 ޕޮއިންޓާއެކު ޖަމިއްޔާ ގްރާންޓް ކާމިޔ...
އައިޝަތު އައިނީ އާމިރު
އޭޝިޔާ ބައްރުގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ހިމެނިއްޖެއެވެ. އޫރިދޫއިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ސީސީއޯ، ޙުސައިން ނިޔާޒް ވަނީ ޓްރޭޑްފްލޮކްގެ ފަރާތުން 2025 ވަނަ އަހަރުގެ އޭޝިޔާގެ އެންމެ މޮޅު 10 ޓެކްނޮލޮޖީ ލީޑަރުންގެ ތެރޭގައި ހިމެނިފައެވެ. އެހެންވެ އެ ކުންފުނިން ވަނީ ސީސީއޯ އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ނިޔާޒަށް މި ޝަރަފް ލިބިގެން ދިޔުމަކީ އެކުންފުނިން ވަރަށް ބޮޑަށް ފަޚުރުވެރިވާކަމެއްކަމަށް […]
ޔުމްނާ ޢަލީ
މުބާރާތެއްގައި 1 ވަނަ 2 ވަނަ 3 ވަނަ އެއް ޓީމަކުން، އެއް ޓީމެއްގެ ބައިވެރިން ހޯދުމަކީ އާދައިގެ ކާމިޔާބީއެއްނޫނެވެ. އެކަންވާނީ އާދަޔާ ޚިލާފް ހުނަރަކާއި، ބުރަ މަސައްކަތުންކަން ޔަގީނެވެ. މާލެ އަތޮޅު ހުރާ ކައުންސިލުގެ ތިންވަނަ މަދަހަ މުބާރާތުގައި ޒޯނު 2 ގެ ބައިވެރިން މިވަނީ މި ފަޚުރު ހާސިލްކޮށްފައެވެ. މި މުބާރާތުގެ ފަޚުރުވެރި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯދާފައިވަނީ މި މުބާރާތުގައި ވާދަކުރި ”ޒޯނު 2” ގެ ތިން […]
ޔުމްނާ ޢަލީ
ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުން ލީބިއާއަށް ބަދަލުކުރުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ކުރަމުންދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓެއް، ލީބިއާގައި ހުންނަ އެމެރިކާގެ އެމްބަސީން އާދީއްތަ ދުވަހު ދޮގުކޮށްފިއެވެ. އެމެރިކާގެ ނިއުސް ޗެނަލް އެން.ބީ.ސީ އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވަނީ، ޣައްޒާގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ ފަލަސްތީނު މީހުން ލީބިއާއަށް ދާއިމީކޮށް ބަދަލުކުރުމުގެ ޕްލޭނެއްގެ މައްޗަށް ޓްރަމްޕް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި މައުލޫމާތު އެ ނިއުސް ޗެނަލަށް ލިބިފަ...
އަޙްމަދު ދާއޫދު
އިންޑިއާގައި މި ފަހަކުން ހިންގި ބޮޑެތި ޓެރަރިސްޓް ހަމަލާތަކުގެ މައިގަނޑު ރޭވުންތެރިއެއް ކަމަށް ބެލެވޭ ލަޝްކަރެ ޠައްޔިބާ (އެލްއީޓީ) ގެ އިސް މެންބަރެއް ކަމަށްވާ ސައިފުﷲ ޚާލިދު ޕާކިސްތާނުގެ ސިންދު ސޫބާގައި، މަރާލައިފިއެވެ. އިންޑިއާ ޓުޑޭ ޓީވީއަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި އޭނާ މަރާލީ ކޮންބައެއްކަން ނޭންގޭ ގްރޫޕަކުން ދިން ހަމަލާއަކުންނެވެ. ޚާލިދަކީ އިންޑިއާގައި ހިންގި ތިން ބޮޑު ހަމަލާގެ މައިގަނޑު ރޭވުންތެރިއެކެވެ. އެއީ 2005 ވަނަ އަހަރު ބެންގަލޫރުގައި ހިންގި އިންޑިއަން ސައިންސް […]
އަޙްމަދު ދާއޫދު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ރ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 7:30 އިން ފެށިގެން ހެނދުނު 11:30 އާއި […]
ޔުމްނާ ޢަލީ
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ދުނިޔޭގެ ޤައުމުތަކުގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް އަނިޔާވެރި ހަމަލާތަކެއް ދެމުން ގެންގޮސްފައެވެ. މިހާތަނަށް މި ހަމަލާތަކުގައި ފަލަސްތީނުގެ 53,300 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުން އިއްޔެ ވަނީ ޣައްޒާގައި ފުޅާ ދާއިރާއެއްގައ...
ޔުމްނާ ޢަލީ
އިސްރާއީލް ސިފައިން ޣައްޒާގައި ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމަ ފަށައިފިކަމަށް އިސްރާއީލުން ބުނެފިއެވެ. އާދީއްތަ ދުވަހު އިސްރާއީލް ސިފައިން ވަނީ ހަނގުރާމައިގެ ހަލަބޮލިކަން އޮތް ޣައްޒާގައި “ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމައެއް” ފަށާފައިކަން އިސްރާއީލް ސިފައިންގެ ފަރާތުން ވަނީ އިއުލާން ކޮށްފައެވެ. “ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، އައިޑީއެފްގެ ދެކުނު ކޮމާންޑްގެ ދާއިމީ އަދި ރިޒާވް ބާރުތަކުން ވަނީ އޮޕަރޭޝަން ގިޑިއަންސް ޗެރިއަޓްސްގެ ދަށުން ޣައްޒާގެ އުތުރާއި ދެކުނުގައި ފުޅާ ދާއިރާއެއްގައ...
އަޙްމަދު ދާއޫދު
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ކެންސަރުގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ “ޕްރޮސްޓޭޓް ކެންސަރު” ޖެހިފައިވާކަން އޭނާގެ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. މި ބަލި އޭނާގެ ކަށިތަކަށް ފެތުރިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިއީ ފަރުވާކުރެވިދާނެ ބައްޔެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދީފައިވެއެވެ. 82 އަހަރުގެ ބައިޑަންގެ ޕްރޮސްޓޭޓްގައި ކުޑަ ގޮށެއް ހުއްޓައި ފެނުނު ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، ފާއިތުވި ހަފްތާގައި އ...
އަޙްމަދު ދާއޫދު
އެމްއައި ކޮލެޖުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް 200 ސްޕެނިޝް ޗެރީ ގަސް ހަދިޔާކޮށްދެއްވައިފިއެވެ. އެގޮތުން އެމްއައި ކޮލެޖުން މި ގަސްތައް ހަދިޔާކޮށްދެއްވާފައިވަނީ ” ފިނިފެހި ސިޓީ” ގެ އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކައި ގަސްމުޑުވަށް ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުޅުވި ނާސަރީއަށެވެ. މި ގަސްތައް ހަދިޔާކޮށްދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތައް ސިޓީ ކައުންސިލުގެ ފަރާތުން ގަސްތަކާ ހަވާލުވެފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކައުންސިލް މެންބަރ، ޢާތިފާ އަލީ އެވެ. ސިތީ...
އައިޝަތު އައިނީ އާމިރު
“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) އަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަމާ ގުޅޭ އެމްއޯޔޫ ގައި މިއަދު ސޮއިކޮށްފައިވާއިރު، އިންޑިއާ ސަރުކާރުގެ “ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެ...
ޔުމްނާ ޢަލީ
1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ދީފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރަށްވާފައިވާގޮތަށް 1446 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ވެސް މިއަހަރު ހައްޖަށް ދިޔުމަށް ޖާގަ ވަނީ ހަމަޖައްސައިދީފައިވާނެކަމަށެވެ. މީގެ [...
ޔުމްނާ ޢަލީ
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަހަރު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުން ކުޅުދުއްފުށި ސިޓީގެ ދަރިވަރަކު އެއްވަނަ ހޯދައިފިއެވެ. މި ފަޙުރުވެރި ވަނަ ހޯދާފައިވަނީ ހދ. ކުޅުދުއްފުށީ ޝަބްނަމީގެ، ޢާއިޝަތު ބިންތު އިބްރާހީމް ރަޝީދު ޙަސަން އެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން ކިޔެވި އުމުުރުފުރާ ކަމަށްވާ، 7 އަހަރާއި 10 އަހަރުގެ އުމުުރުފުރާއިންވެސް އެއްވަނަ ހޯދާފައެވެ. އެގޮތުން މުބާރާތުގެ ޝަރަފުވެރި އެއްވަނަ ހޯދާފައިވުމުން، މި ދަރިވަރަށް […...
އައިޝަތު އައިނީ އާމިރު
10 ވަނަ “ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕް މެންސް، އޮމާން 2025” ގައި ވާދަކުރުމަށްފަހު، ރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އެންބުރި ކުޅުދުއްފުއްޓަށް އައުމުން އެ ޓީމަށް ރަތް ދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ. މި ޓީމުގައި ހިމެނެނީ މުޅިން ވެސް ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޤައުމީ ބީޗްހޭންޑްބޯލް ޓީމުން މޮޅު ކުޅުމެއްދައްކައި ކުޅުދުއްފުށީ ކުޅުންތެރިން ގައުމު ފަޚުރުވެރިކޮށްދީފި މި ޓީމު ރޭ ކުޅުދުއްފުށި ސިޓީ އަށް އައުމުން ސިޓީ ކައުންސިލުގެ އިސްްނެގުމުގެ ދަށުން […]
އައިޝަތު އައިނީ އާމިރު
މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ އެ މުއައްސަސާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މައްޗަންގޮޅީގެ ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، މި ބަލައި ފާސ...
ޔުމްނާ ޢަލީ