މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 486 ވަނަ ޞަފްޙާ

ވާނުވާ ބަންދުގައި ތިބޭ މީހުންނަށް ލުއި ދޭން ފަށައިފި

ވާނުވާ ބަންދުގައި ތިބޭ މީހުންނަށް ލުއި ދޭން ފަށައިފި

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ލުޔެއް ދޭން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ނިންމައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ތެރެއިން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، އެފަދަ މީހުންނަށް ލުއިދިނުމުގެ މަސައްކަތް ފަށައިގަނެފައިވާކަމަށެވެ. މި ނިޒާމުގެ ދަށުން ބަންދަށް ލު...

އަލީ އާދިލް
ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި

ކުޅުދުއްފުށީ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުން މަނާކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީ ރަށްމަތި ފަންނުގެ އުތުރުކޮޅު މަސްމާރުކޭޓް ދެކުނުގައި އޮންނަ ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބާނަން ތިބުމަކީ މަނާ ކަމެއްކަން އަންގައި، ސިޓީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ. ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ސްވިމިންގް ޕްލެޓްފޯމު މަތީގައި މަސްބޭނުން އާންމުވެ، އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މިފަހަކަށް އައިސް އެ ސަރަހައްދުގައި މަސްބާނަން ތިބުމާއި ޕްލެޓްފޯމު މަތީގައި މަސްކެނޑުން ފަދަ ކަންކަން ކުރަމުންދާކަ...

އަލީ އާދިލް
އުރީދޫ ނޭޝަން އިންޓަރ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫ ނޭޝަން އިންޓަރ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ބާއްވާ “އުރީދޫ ނޭޝަން އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025” އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީސްޕޯޓް ޓައިޓަލެއްގައި ވާދަކުރުމަށެވެ. އެއީ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އެވެ....

އިބްރާހިމް އަސްވާޤް
އަނަސްގެ މަރު ތުހުމަތުވާ ހަތް މީހުން ބަންދު ނުކުރަން އަނެއްކާވެސް ނިންމައިފި

އަނަސްގެ މަރު ތުހުމަތުވާ ހަތް މީހުން ބަންދު ނުކުރަން އަނެއްކާވެސް ނިންމައިފި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި […]

ހުސައިން ހަބީބް
ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައެޅި ބިލު ތަޞްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި އިޞްލާޙާއެކު، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕް...

ޔުމްނާ ޢަލީ
ބޯންމައުތު ބަލިކޮށް ސިޓީން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

ބޯންމައުތު ބަލިކޮށް ސިޓީން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބޯންމައުތު ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް، ސިޓީން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ލިބުނު މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ސިޓީއަށް 37 މެޗުން ވަނީ 68 ޕޮއިންޓް ލިބިފައެވެ. ހުރިހާ ޓީމަކަށް ވެސް ލީގުގައި ބާކީ އެއް މެޗު އޮތްއިރު ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން މަސައްކަތްކުރަމުން އަންނަ ޓީމްތަކުގެ މެދުގައި ފެންނަން އޮތީ ބޮޑު ވާދަވެރިކަމެކެވެ. އެގޮތުން […]

އިބްރާހިމް ޚަލީލް
ލޯންޗް ބުރަފަތިން ޖެހި ބުރިވި އަތް ނުފެނުނު، ތަހްގީގު ފުރިހަމަވުމުން ފިޔަވަޅު އަޅާނަން: ފުލުހުން

ލޯންޗް ބުރަފަތިން ޖެހި ބުރިވި އަތް ނުފެނުނު، ތަހްގީގު ފުރިހަމަވުމުން ފިޔަވަޅު އަޅާނަން: ފުލުހުން

ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު ބަންގްލަދޭޝް މީހެއްގެ ގައިމަތިން ދިޔަ ލޯންޗެއްގެ ބުރަފަތިން ޖެހި އެ މީހާގެ އަތް ބުރިވި އެކްސިޑެންޓްގައި ބުރިވި އެމީހާގެ އަތް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މި މޭމަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރުއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަޙައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާ ލިބުނު މީހާގެ […]

ޔުމްނާ ޢަލީ
ޑިންގީ އެއްގައި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކަކުގެ ހާލު ސީރިއަސް

ޑިންގީ އެއްގައި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކަކުގެ ހާލު ސީރިއަސް

ޅ. ގާއެރި ފަޅު ކައިރީގައި ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ރޭ މެންދަމު 12:33 ހާއިރު ކަމަށެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓްގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ. އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އަނިޔާވި މީހުންނަށް މިހާރު ވަނީ […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (16)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (16)

ކުރީގެ އަދަދާއި ގުޅޭ: “ތި ބުނި އެއްޗަކާ މެދު ފަހުން ވިސްނާލައްޗޭ. މަށަކީ މޮޔައެއް ނޫންކަން އަހަރެން ދައްކާނަން.” ރިލްވާން ބާރަށް ގޮވާލިއެވެ. ރިލްވާންގެ އަޑު އިވޭ ކަމަށް ވެސް ނަހަދާ މަރިޔަމް ދިޔައެވެ. ދެ ކުދިން ގޮވައިގެން ގެއަށް ވަދެވަދެ ހުއްޓާ، ހައްވައްތަ ވަރަށް ބާރަށް މަރިޔަމްއަށް ގޮވާލިއެވެ. އެއާއެކު މަރިޔަމް ހުއްޓުނެވެ. އޭރު ފަހަތުން އައިސް ހައްވައްތަ އޭނާއާ އަރާ ހަމަކޮށްފިއެވެ. ” އަހަރެން ބުނީމެއްނު، އަހަރެން ހުރެދާނަމޭ އެއްޗެއް ނުކިޔާ. އެކަމަކު އެހެން […]

ސަލާމާ ޢަބްދުލް ޢަލީމް
ގުއަންޓަނާމޯ ބޭ ޖަލުގައި ކޮންމެ ގައިދީއަކަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުވޭ

ގުއަންޓަނާމޯ ބޭ ޖަލުގައި ކޮންމެ ގައިދީއަކަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުވޭ

ގުއަންޓަނާމޯ ބޭ ޖަލުގައި ބަންދުކުރެވޭ ހިޖުރަވެރިންނަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުވާކަމަށް އެމެރިކާގެ ސެނެޓަރެއް ބުނެފިއެވެ. އެމެރިކާގެ ސެނެޓަރ ގެރީ ޕީޓަރސް ބުނީ މިއީ ޓްރަމްޕް ސަރުކާރުގެ ފައިސާ އިސްރާފުކުރުމުގެ ބޮޑު މިސާލެއް ކަމަށެވެ. ސެނެޓް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަރމެންޓަލް އެފެއާޒް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު ޕީޓަރސް، އަންގާރަ ދުވަހު ބޭއްވުނު އަޑުއެހުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމްއާ ސުވާލުކުރެއްވިއެވެ. އެމެރިކާގެ އިމިގްރޭޝަން ބަންދު މަރުކަޒުތަކުގަ...

އަޙްމަދު ދާއޫދު
ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް ރާއްޖެއަށް

ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް ރާއްޖެއަށް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވެސް އިން “ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރ” އަށް ހަމަޖައްސާފައިވާ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ސީނިއާ މެނޭޖްމެންޓް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، މި ދަތުރުގައި ރާއްޖެ އައިސްފައި ވަނީ، އެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސ...

އިބްރާހިމް ޚަލީލް
390 މަޝްރޫޢު ހަވާލުކުރެވި، އިތުރު 300 މަޝްރޫޢުގައި ދެތިން ހަފުތާ ތެރޭ ސޮއިކުރެވޭނެ: ރައީސް

390 މަޝްރޫޢު ހަވާލުކުރެވި، އިތުރު 300 މަޝްރޫޢުގައި ދެތިން ހަފުތާ ތެރޭ ސޮއިކުރެވޭނެ: ރައީސް

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ފެށުމަށާއި އަދި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ފެށުމަށް 390 މަޝްރޫޢެއް އެކި ކުންފުނިތަކާއެކު ސޮއިކުރެވިފައިވާ ކަމަށާއި، މި ހަފްތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އިތުރު ގާތްގަނޑަކަށް 300 އެއްހާ މަޝްރޫޢުގައި ސޮއިކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މ. މުލި އެއަރޕޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދެއްކެވި […]

ޔުމްނާ ޢަލީ
ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް މުނީރު، އަސްކަރީ އެންމެ މަތީ ރޭންކް ފީލްޑް މާޝަލްގެ މަޤާމަށް

ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް މުނީރު، އަސްކަރީ އެންމެ މަތީ ރޭންކް ފީލްޑް މާޝަލްގެ މަޤާމަށް

ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އާސިމް މުނީރު ފީލްޑް މާޝަލްގެ މަޤާމަށް ކުރިއެރުން ދިނުމަށް ނިންމައިފިއެވެ. މިއީ ގާތްގަނޑަކަށް 60 އަހަރު ފަހުން ޕާކިސްތާނުގެ ޖެނެރަލެއް މި މަޤާމަށް ކުރިއެރުން ދެވުނު ފުރަތަމަ ފަހަރެވެ. ޕާކިސްތާނުގެ ފީލްޑް މާޝަލްގެ މަޤާމަކީ އަސްކަރީ އެންމެ މަތީ ރޭންކެވެ. އަންގާރަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ރިޔާސަތުގެ ދަށުން މި ނިންމުން ފާސްކޮށްފައިވާއިރު، މި ނިންމުން ނިންމާފައިވަނީ އިންޑިއާއާއެކު ފާއިތުވި 30 އަހަރުގެ […...

އަޙްމަދު ދާއޫދު
ޣައްޒާގައި ގަޑިއެއްހާއިރުތެރޭ 38 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި ގަޑިއެއްހާއިރުތެރޭ 38 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެއް ގަޑިއިރުގެ ތެރޭގައި މަދުވެގެން 38 މީހުން ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން ބުނެފިއެވެ. މި ހަމަލާތައް ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހަމާސްގެ ބެލުމުގެ ދަށުގައިވާ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ހުރި ސްކޫލަކާއި، މެދު ޣައްޒާގެ ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ބޭނުން ނުކުރާ ތެޔޮ ސްޓޭޝަނެއްގައި ހިމާޔަތަށް އެދިފައިވާ...

އަޙްމަދު ދާއޫދު
މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު މުލީގައި އެކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ. މި މަޝްރޫޢުގެ ދަށުން 565 މީޓަރުގެ ދިގު ކޯޒްވޭއެއް ޤާއިމްކުރެވޭނެއެވެ. މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން...

ޔުމްނާ ޢަލީ
ކޭލަކުނާއި ފަރުކޮޅުގައި ނޭޗާ ޕާކު ތަރައްގީކުރަން ހަވާލުކޮށްފި

ކޭލަކުނާއި ފަރުކޮޅުގައި ނޭޗާ ޕާކު ތަރައްގީކުރަން ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ދަށުން ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ޓޫރިޒަމް އެންޑް އެނަ އެންވަޔަރަންމަންޓް މިނިސްޓްރީއާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ކޭލަކުނާއި ފަރުކޮޅަކީ ދިވެ...

އިބްރާހިމް ޚަލީލް
ފޯކައިދޫ އިސްލާމީ ސެންޓަރު އެޅުމަށް ބިން ހަވާލުކޮށްފި

ފޯކައިދޫ އިސްލާމީ ސެންޓަރު އެޅުމަށް ބިން ހަވާލުކޮށްފި

ށ. ފޯކައިދޫގައި އިސްލާމީ ސެންޓަރެއް ތަރައްޤީކުރުމަށް ހަމަޖައްސާފައިވާ ބިން ފެނަކަ އާއި ހަވާލުކޮށްފިއެވެ. ފޯކައިދޫ ކައުންސިލުން ބުނީ އެރަށުގައި އިސްލާމިކް ސެންޓަަރެއް އެޅުމަށްޓަކައި ކަނޑައަޅާފައިވާ ބިމާއި 19 މެއި 2025 ވީ ހޯމަ ދުވަހު ފެނަކައިން ވަނީ ހަވާލުވެފައިކަމަށެވެ. އެގޮތުން މި ބިމާއި ހަވާލުވެލައްވާފައިވަނީ ފެނަކަ ފޯކައިދޫ ބްރާންޗުގެ ސްޓޭޝަން އިންޗާޖު އަބްދުالله މާހިދު އެވެ. މި މަޝްރޫޢު ތަރައްޤީކުރުމުގެ ގޮތުން ނަމާދުކުރާ ބަޔަކާއި ހޯލަކާއި ލައިބްރަރީއެއްގެ އިތުރުން ކްލާސްރޫމްތައް ޤާއިމްކުރުމަށ...

އައިޝަތު އައިނީ އާމިރު
އިސްރާއީލުން ޣާޒާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ފަށައިފި

އިސްރާއީލުން ޣާޒާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ފަށައިފި

އިނގިރޭސިވިލާތުން، އިސްރާއީލާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުން ހުއްޓާލައި، އެ ޤައުމުގެ ސަފީރު ހާޒިރުކޮށް، އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަވަޅުތައް އެޅީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ގާޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް “އަޚްލާޤީ ގޮތުން ޖާއިޒުނުވާ” ކަމެއްގެ ގޮތުގައި ސިފަކުރުމަށްފަހުގައެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ، އިސްރާއީލުން ހަފްތާ ބަންދުގައި އާ ހަނގުރާމަވެރި ޢަމަލުތަކެއް ފެށުމާ ގުޅިގެ...

ޔުމްނާ ޢަލީ