ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރެއް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގައި ޓިވެޓް ސެންޓަރ ޤާއިމްކުރުމަށް ކަނޑަައަޅާފައިވާ ބިން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ވަނީ ހަވާލުކޮށްފައެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ރޯޑް ދިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ވަނީ ސައިޓް ހަވާލުކޮށްފައި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި މަޝްރޫޢު ތަރައްޤީ ކުރުމަށް ބިން ހަމަޖައް...
އައިޝަތު އައިނީ އާމިރު
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެއެވެ. 973 ކުދިން ބައިވެރިވި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ޑީއެމްޑީ ޔާމީން ވަނީ ޕީއެސްއެމުން ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތަކަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ރަޝީދު ނިކުމެގެން ގޮސް ހަސަންގެ ކޮޓަރި ކައިރީ ހުއްޓުނެވެ. އަދި ކުޑަކޮށް ވިސްނާލުމަށްފަހު އޭނާ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވުމާއެކު ރަޝީދު އެތެރެއަށް ވަނެވެ. ރަޝީދު އެ އައީ ކޮން ބޭނުމަކު ކަން ހަސަންއަށް މިހާރު އެނގެއެވެ. ނަމަވެސް ރަޝީދު ވާހަކަ ފަށަން ދެން އޭނާ މަޑު ކުރިއެވެ. ” ހަސަންގެ މޫނުމަތިން ތި ފެންނަ ނުތަނަވަސް ކަމުގެ ސަބަބަކީ އަހަރެންގެ ދަރިފުޅު ކަމުގައި ވާނަމަ އަހަރެން ހަސަންގެ ކިބައިން މައާފަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފޯރުކޮށްދޭ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރޭ މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އޭނާ ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތް އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، މާލެ ސަރަހައްދުގައި މި ޚިދުމަތުގެ ނަތީޖ...
ޔުމްނާ ޢަލީ
ދައުލަތުގެ މައި އެއް ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މި ޖަލްސާ ބާއްވާފައި ވަނީ ބާސެލޯ ނަސަންދުރަ މާލެ ހޮޓެލްގެ ބޯލް ރޫމުގައެވެ. އެސްޓީއޯއިން 2024 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރިއިރު، ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 741 މިލިއަން ރުފިޔާއެވެ. […]
ޔުމްނާ ޢަލީ
ހަރުޔާނާގެ ޔޫޓިއުބަރަކު ޕާކިސްތާނަށް ޖާސޫސް ކުރުމުގެ ތުހުމަތުގައި އިންޑިއާގައި ހައްޔަރުކޮށްފިއެވެ. ހަރުޔާނާގެ ދަތުރުވެރި ވްލޮގަރެއް ކަމަށްވާ ޖިޔޯތީ މަލްހޯތްރާ، ޕާކިސްތާނަށް ޖާސޫސީ ކުރުމުގެ ތުހުމަތުގައި އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވާއިރު، މި އަހަރުގެ ކުރީކޮޅު ޕާކިސްތާނަށް ދަތުރުކޮށް، އެ ދަތުރުގެ ވީޑިއޯތައް ޔޫޓިއުބްގައި ޝާއިޢުކޮށްފައިވާ ޖިޔޯތީ މަލްހޯތްރާ އަކީ ޔޫޓިއުބާއި އިންސްޓަގްރާމްގައި ގިނަ ބަޔަކު ފޮލޯކުރާ މަޝްހޫރު ވްލޮގަރެކެވެ. “ޓްރެވަލް ވިތް ޖޯ” ނަމުގައި ހިންގާ ޖިޔޯތީގެ ޔޫޓިއުބް ޗެނަލްގ...
އަޙްމަދު ދާއޫދު
އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލަސް އިން، އެ ކްލަބްގެ 120 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ތަށި ހޯދައިފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޕެލަސް އިން ސިޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޕެލަސް އިން މިހާތަނަށް އެފްއޭކަޕް ފައިނަލުގައި ތިން ފަރެއްގެ މަތީން ވަނީ ކުޅެފައެވެ. އެއީ މި އަހަރުގެ އިތުރުން 1990 ވަނަ އަހަރާއި 2016 […]
އިބްރާހިމް ޚަލީލް
ސައޫދީ އަރަބިއްޔާގެ މުސްތަގުބަލުގައި ލިބޭ އާމްދަނީގެ 50 އިންސައްތަ ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އަންނަ އަހަރުތަކުގައި ސައުދީ އަރަބިއްޔާގެ އާމްދަނީގެ 50 އިންސައްތަ އަންނާނީ ތެލުން ނޫން އެހެން ވަސީލަތްތަކުން ކަމަށެވެ. މިހެން އޭނާ ވިދާޅުވެފައިވަނީ ފޮކްސް ނިއުސްއަށް ދެއްވި ޓެލެވިޜަން އިންޓަވިއުއެއްގައި، ސައުދީ އަރަބިއްޔާއާއި އެހެން ދެ ގަލްފު ޤައުމަކަށް ފަހުން ކުރެއްވި ދަތުރުފުޅާ...
އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް އަރަބި ލީޑަރުންނަށް ޣައްޒާއިން ގޮވާލައިފިއެވެ. ޣައްޒާ ސަރުކާރުން ހޮނިހިރު ދުވަހު ބަޣްދާދުގައި ބޭއްވޭ އަރަބި ލީގުގެ ސަމިޓުގައި ބައިވެރިވާ އަރަބި ލީޑަރުންނަށް ގޮވާލީ އިސްރާއީލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ހިޞާރު ނިމުމަކަށް ގެނައުމަށާއި، ފަލަސްތީނުގެ މި ސަރަހައްދުގެ މައްޗަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަމަލީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި...
އަޙްމަދު ދާއޫދު
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 900،000 އަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 901،210 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މިހާރު ދުވާލަކު އެވްރެޖްކޮށް 5،000 ފަތުރުވެރިން ރާއްޖެއ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ. ޖޭއެސްސީން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ވަނީ ހުޅުވާލާފައެވެ. ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެންނެވެ. މި މަގާމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރ...
ޔުމްނާ ޢަލީ
ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދިނުމަށް ނިންމައި، އެގޮތަށް ޕްލޭނަށް ބަދަލު ގެނެސް ގެޒެޓުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓު 24 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަންޖެހޭ މުހިންމު ބައިތައް ނެތުމާ ގ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްއިން މީޑިއާތަކަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބާއްވައިފި އެވެ. މި ބައްދަލުވުމަކީ އުރީދޫ މޯލްޑިވްސްގެ “ޑިޖިޓަލް މޯލްޑިވްސް” ޝިޢާރުގެ ދަށުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގައި އޭއައިގެ އާންމު މަޢުލޫމާތާއި، މީޑިއާގައި އޭއައި ބޭނުންކުރުމާއި އެތިކްސްފަދަ މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އަދި އޭއައި ޓެކްނޮލ...
އިބްރާހިމް އަސްވާޤް
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފިއެވެ. މިގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ދީފައިވާ “ސީއޭއޭ2” ރޭޓިން ބަދަލުކުރުމަކާ ނުލައި ދަމަހައްޓާފައިވާކަމަށް މޫޑީސްއިން ބުނެފައިވެއެވެ. މޫޑީސްއިން އާންމުކޮށްފައިވާ ޕީރިއޮޑިކް ރިވިއުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިގްތިސާދަށް މާބޮޑު ބަދަލެއް އައިސްފައިނުވާތީ، މިވަގުތު ރޭޓިން ބަދަލުކުރަން ޖެހޭކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް، ރާއްޖ...
އަލީ އާދިލް
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓު އޮފީހުން މިއަދު އާންމު ކުރި ސަމާލުގެ މެސެޖެއްގައި، ކުރިއަށް އޮތް ތިން ދުވަހު (މެއި 18 އިން 20) އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ދިޔުމަށް ރައްޔިތުންގެ ކިބައިން ވަނީ […]
ޔުމްނާ ޢަލީ
ކުވެއިތާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ފާހަގަކުރެވޭ މިންވަރަކަށް ވަރުގަދަވެފައިވާކަމަށް ކޭސީސީއައި އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފިއެވެ. ޚާއްޞަކޮށް ކުވެއިތުން ދިވެހިރާއްޖެއަށް ކުރާ އެކްސްޕޯޓް ވަނީ މިދިޔަ އަހަރުތަކުގައި އެތައް ގުނައަކަށް އިތުރުވެފައެވެ. ކުވެއިތުގެ ވަފުދެއް ދިވެހިރާއްޖެއަށް ކުރި ޒިޔާރަތާ ގުޅިގެން ބޭއްވުނު ބައްދަލުވުމެއްގައި ކޭސީސީއައި އިން ވަނީ މި ޒިޔާރަތަށް ޝުކުރު އަދާކޮށްފައެވެ. މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ވަރުގ...
އަޙްމަދު ދާއޫދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ އުންމީދު ބޮޑުކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް ޔުނައިޓެޑުން 37 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. މިވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. ލީގުގައި […]
އިބްރާހިމް ޚަލީލް
ސައޫދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން 8 ބަހަކުން ތައްޔާރުކޮށްފައިވާ 1446 ވަނަ އަހަރުގެ ހައްޖު މޫސުމަށް ސިއްހީ ހޭލުންތެރިކުރުމުގެ ޚާއްސަ ކިޓެއް ނެރެފިއެވެ. ސައޫދީ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަކީ ޙައްޖު މޫސުމުގައި ޢާންމު ޞިއްޙަތާއި ބަލިތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމާއި ޙައްޖުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ ޕްރޮގްރާމުގެ މަޤްޞަދުތަކާ އެއްގޮތްވާ މަސައްކަތެކެވެ...
ޔުމްނާ ޢަލީ