ސައޫދީ އަރަބިއްޔާގެ މުސްތަގުބަލުގައި ލިބޭ އާމްދަނީގެ 50 އިންސައްތަ ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އަންނަ އަހަރުތަކުގައި ސައުދީ އަރަބިއްޔާގެ އާމްދަނީގެ 50 އިންސައްތަ އަންނާނީ ތެލުން ނޫން އެހެން ވަސީލަތްތަކުން ކަމަށެވެ. މިހެން އޭނާ ވިދާޅުވެފައިވަނީ ފޮކްސް ނިއުސްއަށް ދެއްވި ޓެލެވިޜަން އިންޓަވިއުއެއްގައި، ސައުދީ އަރަބިއްޔާއާއި އެހެން ދެ ގަލްފު ޤައުމަކަށް ފަހުން ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ޓްރަމްޕްގެ މި ބަޔާން އަހަރީ ވިޝަން 2030 ރިޕޯޓުގެ ނަތީޖާތަކާ އެއްގޮތްވެއެވެ. މި ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ޙަޤީޤީ ޖީޑީޕީގެ 51 އިންސައްތަ ހިއްސާކޮށްފައިވަނީ ތެލުން ނޫން އެހެނިހެން ޙަރަކާތްތަކުންނެވެ. މިއީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ މަތީ އަދަދެވެ. މި ރިޕޯޓު އެކުލަވާލާފައިވަނީ ސައުދީ ޖެނެރަލް އ އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް (ގަސްޓެޓް)ގެ ތަފާސްހިސާބުތައް މިނިސްޓްރީ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގއިން ދިރާސާކޮށްގެންނެވެ.

އިންޓަވިއުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޖޯ ބައިޑެން މެދުއިރުމަތީގެ ކަންކަން ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށެވެ. "މެދުއިރުމައްޗަކީ ވަރަށް ރީތި ސަރަޙައްދެއް، އަދި ބައިޑެން އެތަން ރަނގަޅަށް ބަލަހައްޓާފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ހުކުރު ދުވަހު ނިންމާލެއްވީ މެދުއިރުމައްޗަށް ކުރެއްވި ތާރީޚީ ހަފުތާއެއެއްގެ ދަތުރުފުޅެކެވެ. އޭނާ މިހާރު ވަނީ ޔޫއޭއީއާއި ގަލްފްގެ އިތުރު ދެ ގައުމަކަށް ކުރެއްވި ދަތުރުފުޅުފުޅުގެ އެންމެ ފަހު ބައި ނިންމަވައި، އެނބުރި ގައުމަށް ވަޑައިގަންނަވަން ފައްޓަވާފައެވެ. މި ދަތުރުފުޅު ދިމާވީ ސައުދީ އަރަބިއްޔާއިން އެ ޤައުމުގެ އިޤްތިޞާދު ތެލުން އެއްކިބާކޮށް، ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހިއުމެއިން ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސްގެ މަޝްރޫޢެއް ތަޢާރަފުކުރި ވަގުތާއެވެ.

މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އިޤްތިޞާދީ ކަންކަމަށެވެ. އަދި ރިޔާޟް، ދޯހާ އަދި އަބޫދާބީއާއެކު ބޮޑެތި އިންވެސްޓްމަންޓް އެއްބަސްވުންތަކެއް ވެވިފައިވެއެވެ. މީގެ އިތުރުން، ރައީސް ޓްރަމްޕް ވަނީ ސީރިއާގެ މައްޗަށް އެތައް އަހަރެއް ވަންދެން ދަމަހައްޓާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވަން ނިންމަވާފައެވެ.