އިންޓަރޕޯލް އިން އިސްނަގައިގެން ހިންގި “އޮޕަރޭޝަން ސެކިއުރ” (އިންފޮސްޓީލަރ ކްރެޑްކައުން އޮޕަރޭޝަން) ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިން...
އައިޝަތު އައިނީ އާމިރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ހިންގި ބަހުގެ ހަނގުރާމައިގައި އޭނާ ކުރެއްވި ބައެއް ޕޯސްޓްތަކާމެދު ހިތާމަކުރައްވާ ކަމަށް ބިލިއަނަރު އީލޮން މަސްކް ވިދާޅުވެއްޖެއެވެ. “އެ ޕޯސްޓްތައް މާ ހައްދުފަހަނައަޅައި ދިޔައީ،” އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ލިޔުއްވިއެވެ. ސްޕޭސް އެކްސް އަދި ޓެސްލާގެ ވެރިޔާ މަސްކާއ، ޓްރަމްޕާއި ދެމެދު ދެބަސްވުން އުފެދުނީ، މަސްކް ވައިޓް ހައުސްގެ މަޤާމުން ފެޔަށް ޖެހިވަޑައިގެންނެވުމަށްފަހު ޓްރަމްޕްގެ ޓެކްސް ބިލަކީ “ހަޑިމުޑުދާރު ނުބައި އެއްޗެ...
ޔުމްނާ ޢަލީ
ހއ. ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން، ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ސާންތި ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 އަހަރުން މަތީގެ އަންހެނުންނަށެވެ. އެރަށު ކޮމިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމް ކުރިއަށް ގެންދ...
އިބްރާހިމް އަސްވާޤް
ޕިއު ރިސާރޗް ސެންޓަރުން އާންމުކުރި އައު ދިރާސާއެއްގައި ދައްކާގޮތުން، މުޅި ދުނިޔޭގައި އެންމެ ބާރު ސްޕީޑެއްގައި ފެތުރެމުންދަނީ އިސްލާމްދީނެވެ. މި ދިރާސާއަކީ 2010 އިން 2020 އަށް ދުނިޔޭގެ އެކި ދީންތަކުގެ އާބާދީއަށް އައި ބަދަލުތައް ދައްކުވައިދޭ ދެވަނަ ރިޕޯޓެވެ. ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، މުސްލިމުންގެ އާބާދީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 347 މިލިއަނުން އިތުރުވެފައިވެއެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް ޕިއު ރިސާރޗް ސެންޓަރުގެ ސީނިއަރ ޑިމޮގްރާފަރ ކޮންރަޑް ހެކެޓް ފާހަގަކުރައްވަނީ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގައި ތަރަގީކުރަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އެހީއާއެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު މަޝްރޫއު މަސައްކަތް […...
އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ސިޓީގައި ބާއްވާ “ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025” ފުޓުބޯޅަ މުބާރާތުގައި ބައިވެެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މުބާރާތުގެ މަޤުސަދަކީ، ކުޅުދުއްފުށީ ސިޓީގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓުބޯޅަ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ކުށ...
އައިޝަތު އައިނީ އާމިރު
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި އިތުރު މިސްކިތެއް އަޅަން ޚިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ. ސެއިޚް ނިސްބަތްވާ ޚިދުމަތް ޖަމިއްޔާއިން ސެއިޚްގެ ހަނދާނުގައި ފުރަތަމަ މިސްކިތް ބިނާކުރަން ނިންމީ ބަންގުލަދޭޝްގައެވެ. އެ މިސްކިތް އެޅުމަށް އެހީތެރިވާން ބޭނުން މީހުންނަށް ފުރުސަތު ހުޅުވާލުމުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ މިސްކިތް އަޅަން ބޭނުން ފައިސާގެ އެހީ ލިބުނުކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ޖަމިއްޔާއިން ބުނީ، ވަރަށް ގިނަބަޔަކު އަދިވެސް މިކަމުގައި ބައިވ...
ޔުމްނާ ޢަލީ
ކ. ތުލުސްދޫގައި ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން މި ހޮސްޕިޓަލުގައި 30 އެނދު ޤާއިމްކުރާއި، 1،729 އަކަފޫޓުގެ ހެލްތް ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކްއެއްގެ އިތުރުން 167.64 އަކަފޫޓުގެ އެކަމަޑޭޝަން ބްލޮކް އެއް އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އެމްޓީސީސީން ބުނިގޮތުގައި މީގެ އިތުރުން މި ހޮސްޕިޓަލުގައި ހެލްތް ސެންޓަރު ބްލޮކުގަ...
އައިޝަތު އައިނީ އާމިރު
ހއ. ހޯރަފުށީ ގައި ޤާއިމްކޮށްފައިވާ ބިއްލޫރި ފުޅީގައި ފެންބަދުކުރާ “ބޮޓަލިންގް ފްލާންޓް” ގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އެ ރަށު ކައުންސިލުން ކަނބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް، ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ޖޮއިންޓ...
އައިޝަތު އައިނީ އާމިރު
1446 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މި މަހުގެ 13 ވާ ހުކުރު ދުވަހު ރާއްޖެ އަންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންދިން މަޢުލޫމާތުގައިވާ ގޮތުން، ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފްލައިޓް އަންނަ ހުކުރު ދުވަހު އައުމަށްފަހު، ދެވަނަ ފްލައިޓް އަންނާނީ ޖުލައި 14 ވަނަ ދުވަހު ހޮނިހިރު ދުވަހ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިއަހަރު ތެރޭގައި 59 މަޝްރޫއެއްގެ މަސައްކަތް ނިންމާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައުދީ ވަނީ އެމްޓީސީސީން މަޝްރޫއުތައް ރާވާފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން، ކުރީ ސަރުކާރުގައި އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަވާލުކޮށްފައިވާ ޚާއްސަ މަޝްރޫއުތަކުގެ މަސައްކަތްތ...
އަޙްމަދު ވަހީދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މުހައްމަދު ސަލީމާއި، އަބްދުﷲ ހަމީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އެއަށްފަހު މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުޢިއްޒު ވަނީ އެ ދެބޭފުޅުންނާ ހަވާލުކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ޢަ...
ޔުމްނާ ޢަލީ
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ބޭނުންވާ ފައިސާ ހަމަވެއްޖެ ކަމަށް ހިދުމަތް ޖަމިއްޔާ އިން މިއަދު ހާމަކޮށްފިއެވެ. މި މިސްކިތް ބިނާ ކުރަނީ މަރްޙޫމް ފަރީދު ނިސްބަތްވެވަޑައިގަންނަވާ ޖަމިއްޔާކަމަށްވާ ޚިދުމަތް ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން މިއަދު މެންދުރެއްހާ އިރު ބުނެފައިވަނީ އެކަމަށް ބޭނުންވާ 7 ލައްކަ ދިވެހި ރުފިޔާ މިހާރު ހަމަވެފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން މިކަން ޢިއުލާން ހަވީރު 16:13 ހާއިރުއެވެ. ޚިދުމަތް ޖަމިއްޔާއިން ހާމަކުރި ގޮތުގ...
ޔުމްނާ ޢަލީ
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު މެލޭޝިޔާގައި މިއަދު ފަސްދާނުލައިފިއެވެ. މަރްޙޫމް ފަސްދާނުލާފައި ވަނީ މިއަދު މެންދުރުނަމާދަށްފަހު މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ. ސެއިޚްގެ ކުރެވުނު ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. ސެއިޚް ފަސްދާނުލުމަށްފަހު ސެއިޚްގެ ކޮއްކޮ ސެއިޚް ޒައިދު ވަނީ ބޭބެއަށްޓަކައި ހެޔޮ ދުޢާ ކުރުމަށް އެދިވަޑައިގެންފައެވެ. ސެއިޚްގެ ޖަނާޒާއިން ފެށިގެން ފަސްދާނުލުމާއި ހަ...
ޔުމްނާ ޢަލީ
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ހިނެވުމުގެ ކަންތައް ކުރިއަށް ގެންދިޔައިރު މަރްޙޫމް އޮންނެވީ ވަރަށް ރީތިކޮށްކަމަށް ސެއިޚްގެ ކޮއްކޮ ސެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. ސެއިޚް ޒައިދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް ފަރީދުގެ ހިނެވުމުގެ ކަންތައް ކުރިއަށްދާކަން ހާމަކުރަށްވައި، ވިދާޅުވީ ސެއިޚްގެ ބޭބެ އޮންނެވީ ވަރަށް ރީތިކޮށް ކަމަށެވެ. ”ބޭބެ އޮތީ ވަރަށް ރީތިކޮށް! އަދި ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި! ބޭބެއަށް ހެޔ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ މިއަދު ކުރިއަށް ދިޔަ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ޢައްޔަނުކުރުމަށް ފެންނަކަމަށް ނިންމި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގެ މަރުހަލާ ތަޅުމުގައި […]
ޔުމްނާ ޢަލީ
މިއަދު ހެނދުނު 9:30އާއި 11:30 އާ ދެމެދު މަޖީދީ މަގާއި ދަނބުރުއްމަގު ދިމާވާ ސަރަހައްދުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ކެނޑުމަަށް އެކަށީގެންވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަަށްވެސް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކި ދުވަސްތަކު...
އަޙްމަދު ވަހީދު
މިއަހަރު ޙައްޖާޖީންނަށް އެހީވުމަށް ޙައްޖާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ލައްކައަކާ ގާތްކުރާ އަދަދެއްގެ މީހުން މަސައްކަތް ކުރި ކަމަށް ސައުދީއަރަބިއްޔާއިން ރިޕޯޓް ކޮށްފިއެވެ. ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 94000 އަށްވުރެ ގިނަ އެހީތެރިން މިއަހަރުގެ ޙައްޖުގައި މަސައްކަތް ކުރިއެވެ. މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށްދާ ފަރާތްތަކަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޙަ...
އަޙްމަދު ވަހީދު