މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުވާކޮށްފި އެވެ. މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި މިދިޔަ އޭޕްރީލް މަހު ރައުދު ހައްޔަރު ކުރުމަށްފަހު އޭނާ ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ މަަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ސެއިޚް ފަރީދު މިއަދު ވަނީ ކުއްލިގޮތަކަށް އަވަހާރަ ވެފައެވެ. ސެއިޚްގެ ވަކިވުމާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އެއްސެ...
ޔުމްނާ ޢަލީ
މަޝްހޫރު ދީނީ ޢިލްމްވެރިޔާ ސެއިޚް އިބްރާހީމް ފަރީދު އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސައިޚް އަވަހާރަވީ މެލޭޝިޔާގައެވެ. ސެއިޚް މެލޭޝިޔާ އަށް މިއަދު ވަޑައިގަތީ އެ ޤައުމުގައި އޮތް ބައްދަލުވުމަކަށް ކަމަށް ވެސް އެނގިފަވެއެވެ. ޝެއިޚަށް ސިއްހީ ހާލަތެއް މެދުވެރިވީ މެލޭޝިއާގެ އެއާޕޯޓްގައި ހުންނަވަނިކޮށްކަމަށްވެއެވެ. އެ ހާލަތު ދިމާވުމުން ސެއިޚަށް އަވަސް ފަރުވާވެސް ދީފައި ވެއެވެ. ޝެއިޚް ފަރީދު ވަނީ ދީނީ ދަރުސް ދެއްވައި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކުރެއްވުމަށް ގިނަ މަސައްކަތްތައް ކުރައްވާފަ...
ޔުމްނާ ޢަލީ
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި، ޙާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ޙައްޖު...
ޔުމްނާ ޢަލީ
ހިޔަލަ ގްރޫޕްގެ މަޝްހޫރު ޢީދު ލަވަ “ބޯމަތިވަނީ”، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމުން ބްރޯޑްކާސްޓްކޮށްފައިވަނީ އެ ގްރޫޕްގެ ހުއްދަނެތި ކަމަށް ބުނެ، މި މައްސަލައާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހިޔަލަ ގްރޫޕުން އިއްޔެ ބުނެފިއެވެ. ޓީވީއެމްއިން ގެނެސްދިން ޢީދު ކަވަރޭޖްގެ ތެރޭގައި “ބޯމަތިވަނީ” ލަވަ ދައްކާފައިވަނީ އެއީ ލިބިފައިވާ ހަދިޔާއެއް ކަމަށް ބުނެއެވެ. ނަމަވެސް، މި ޢަމަލާމެދު ހިޔަލަ ގްރޫޕުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. “އަޅުގަނޑުމެންގެ ހުއްދައެއް ނެތި އަޅުގަނޑުމެންގެ ޢީދު ލަވ...
ޔުމްނާ ޢަލީ
ޓިކްޓޮކްގެ ނުރައްކާތެރި “ޑަސްޓިންގ” ޗެލެންޖެއްގައި ބައިވެރިވި އެމެރިކާގެ އެރިޒޯނާގައި ދިރިއުޅޭ 19 އަހަރުގެ އަންހެންކުއްޖަކު އިންޓެންސިވް ކެއަރ ޔުނިޓްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ. ދަ އިންޑިޕެންޑެންޓުން ހާމަކުރި ގޮތުގައި، ރެނާ އޯރޯކް އައިސީޔޫގައި 4 ދުވަސް ވަންދެން އޮތުމަށްފަހު އާދީއްތަ ދުވަހު ވަނީ މަރުވެފައެވެ. އޭނާގެ މައިންބަފައިން ހާމަކުރި ގޮތުގައި، އޭނާއާއި އޭނާގެ ލޯބިވެރިޔާ ވަނީ މައިންބަފައިންނަށް ނޭނގި ކީބޯޑް ސާފުކުރާ ސްޕްރޭއެއް އޯޑަރުކޮށްފައެވެ. މި ސްޕްރޭ ދަމައިގަތުމުން، އޭނާގެ...
ޔުމްނާ ޢަލީ
1446 ވަނަ އަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު އެއްވެސް ހާދިސާއެއް ނެތި ނިމުނުކަން ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. ސައޫދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައްކާ ސަރަޙައްދުގެ ޑެޕިއުޓީ އަމީރު އަދި ދާއިމީ ޙައްޖު އަދި ޢުމްރާ ކޮމިޓީގެ ނައިބު ރައީސް، އަމީރު ސަޢުދު ބިން މިޝްޢަލް ވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުން ސަލާމަތްތެރިކަމާއި، ސިއްޙީ އަދި ޚިދުމަތްތަކާ ގުޅޭ އެއްވެސް ހާދިސާއެއް ނެތި ކާމިޔާބުކަމާއެކު ނިމުނުކަން އިޢުލާނުކުރައްވާފައެވެ. މިނާގައި ހުންނަ ގަވަރނަރޭޓްގެ މައި މަރުކަޒުނ...
ޔުމްނާ ޢަލީ
ހިތްގައިމު މަންޒިލެއްގެ ގޮތުގައި ހއ. ހޯރަފުށި ޕްރޮމޯޓްކުރުމަށް އެ ރަށުގެ މުހިންމު ސަރަޙައްދުތަކުގައި ފޮޓޯ ޕޮއިންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ހޯރަފުށީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ”ތިލަދުން” އަށް ވިދާޅުވިގޮތުގައި، މިކަހަލަ ތަފާތު ފޮޓޯ ޕޮއިންޓް އެއް ރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، ހޯރަފުއްޓަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް ވެފައި، ރަށަށް ޒިޔާރާތް ކުރާ މީހުންނަށް އެ ރަށް އިސްތިހާރުކުރުމަށް ލިބިގެންދާނެ ފުރުސަތަކ...
އައިޝަތު އައިނީ އާމިރު
ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް، ޕޯޗުގަލުން މުބާރާތް ކާމިޔާބު ކޮށްފިއެވެ. ރޭ ޖަރުމަނުގެ ބަޔާން މިއުނިކްގެ ސްޓޭޑިއަމް ކަމަށްވާ އެލިއަންޒް އެރީނާގައި ކުޅުނު ފައިނަލު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެހާފު ކުޅެ ނިމުނު އިރުވެސް މެޗުގެ ނަތީޖާ އޮތީ 2-2 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕޯޗުގަލުން ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ. މިއީ ޕޯޗުގަލް މި މުބާރާތް ކާމިޔާބުކުރި […]
އިބްރާހިމް ޚަލީލް
ޙައްޖުގެ އަޅުކަން ނިމިގެންދާއިރު، މުއުމިނުންގެ ހިތްތަކުގައި އުފެދޭ އިޙްސާސްތަކަކީ ވަރަށް ޚާއްޞަ އިޙްސާސްތަކެކެވެ. އެއީ އުފަލާއި ހިތާމައިގެ އިޙްސާސްތަކެވެ. އުފާވެރިކަން ލިބެނީ މާތްﷲ ގެ ޙަޟްރަތުން ލިބުނު މި މަތިވެރި ނިޢުމަތް ފުރިހަމަކުރެވުނީތީއެވެ. ހިތާމަވެރިކަން ލިބެނީ މި މުބާރަކު ދުވަސްތައް ނިމިގެން ދާތީއެވެ. ޙައްޖުގެ އަޅުކަން ނިމިގެންދާއިރު، އެންމެ މުހިންމު އެއްކަމަކީ މާތްﷲ ގެ ޙަޟްރަތުން މި އަޅުކަން ޤަބޫލުކުރެއްވުމަށް އެދި ދުޢާކުރުމެވެ. އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ކަޢުބާގެ ބިންގާ އުފުއް...
ތިލަދުން
ބިލިއަނަރ އެލޮން މަސްކާއި އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ އެމްބީސީ ނިއުސް އިން ވަނީ މަސްކާއެކު އޮތް ގާތް ގުޅުން ނިމުމަކަށް އައިސްފައިވާކަމަށް ހީވޭތޯ ޓްރަމްޕާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ޓްރަމްޕް ވިދާޅުވީ، “އަހަރެން ހިތުން އެހެން ވާނެ، އާނ” މިހެންނެވެ. ދެ ބޭފުޅުންގެ ނިމުމަކަށް އައިސްފައިވ/ ގުޅުން އަލުން ރަނގަޅުކުރަން ބޭނުންތޯ ސުވާލުކުރުމުން ޓްރަމްޕް ވަނީ “ނޫން” ކަމަށް ވިދާޅުވެފައެވެ. މިއީ ސޯޝަލް މީޑިއާގައި ޓްރަމްޕާއި މ...
ޔުމްނާ ޢަލީ
ޢީދުގެ ނަމުގައި މުންކަރާތްތައް ހިންގުމަކީ ހިތާމަހުރި ކަމެއް ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް މަދަނީ ޖަމްޢިއްޔާކަމަށްވާ ޖަމްޢިއްޔަތުއްސަލަފު ހާމަކޮށްފިއެވެ. ސަލަފުން މިކަން ބަޔާންކޮށް މިއަދު ވަނީ މީސްމީޑިޔާގައި ޕޯސްޓެއްކޮށްފައެވެ. “ޢިދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެކެވެ. ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކުން އިސްލާމީ އިމުގެ ތެރޭގައި ޢީދު އުފާފާޅު ކުރާކަމީ އުފާކުރަންޖެހޭ ކަމެކެވެ. އަދި މި ފުރުޞ...
އަލީ އާދިލް
އަރުމީނިއާގައި ބޭއްވި ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތް “އަރމޭނިއަން ޔޫތު އޯޕަން” ގައި ދިވެހި ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ހޯދި ބޮޑު ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި މުބާރާތުގައި ލައިބާ ވަނީ 3 ރަން މެޑަލް ހާސިލުކޮށްފައެވެ. މިއީ ދިވެހި ބެޑްމިންޓަން ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ރައީސް މުޢިއްޒު ވިދާޅުވީ މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު […]
ޔުމްނާ ޢަލީ
ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރައްވައިފިއެވެ. މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖު ވަފުދަށް ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ މިއާއިއެކު އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ރައީސް އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހައާ ދެމެދުގެ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކަކަށް ފާޑުކިޔަން ފަށައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ޤައުމުގެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ބިލިޔަނަރު އީލޮން މަސްކާ ދެމެދު ހަމަނުޖެހުންތަކެއް އުފެދެން ފެށީ ޓްރަމްޕް އުފެއްދި “ޑޮޖް”ގެ ވެރިޔާގެ މަގާމުން މަސްކު ވަކިކުރުމުންނެވެ. އެއަށްފަހު އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ އެކްސްގައި މަސްކުވަނީ ޓްރަމްޕާއި އޭނާގެ ސަ...
އަޙްމަދު ވަހީދު
ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އަޅުގަނޑުމެންގެ ސިއްހަތު ބިނާވެފައިވަނީ ކަނޑުގެ ސިއްހަތުގެ މައްޗަށްކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ދިރިއުޅުމުގެ މައިގަނޑު ވަސީލަތް ކަމަށެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހާލަތ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން މުބާރާތް 2025 ގައި ބައިވެރިވުމަށެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަންނަ ޖުލައި މަހު 4 ގައި ބާއްވާ މި މުބާރާތަކީ، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 6 ވަނަ އެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ސިންގަލްސް/ އަންހެން އަދި ފިރިހެން 1 ވަނަ އަށާއި ޑަބަލްސް އަންހެން އަދި ފިރިހެން 1 ވަނައިގެ […]
އައިޝަތު އައިނީ އާމިރު
އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ރާއްޖެއިން މިވަނީ މީހަކު ނިޔާވެފައެވެ. އެނގިފައިވާގޮތުގައި އެ އީ ދާދިފަހުން މެލޭޝިޔާ އަށް ދަތުރުކޮށްފައިވާ ޒުވާނެކެވެ. ރާއްޖެއިން މި ބަލީގެ ކޭހެއް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކަމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފަށައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސ...
އިބްރާހިމް ޚަލީލް