އިސްލާމްދީނުގައި އުޚުއްވަތްތެރިކަމަކީ އެންމެ މަތިވެރި އަދި މުހިންމު އެއް އަސާސެވެ. މި މަތިވެރި ދީނުގައި މުއްސަނދި މީހަކާއި ފަޤީރު މީހަކާ ދެމެދު، ނުވަތަ ދޮން މީހަކާއި ކަޅު މީހަކާ ދެމެދު، އަދި ކުޑަކުއްޖަކާއި ބޮޑު މީހަކާ ދެމެދު އެއްވެސް ތަފާތެއް ނުކުރެއެވެ. އެންމެހައި މުސްލިމުންނަކީ އެއް އުއްމަތެއްގެ ގޮތުގައި ބަލައި، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ލޯބިވާންޖެހޭ ބައެކެވެ. މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި މުއްސަނދިޔަކާއި ފަޤީރަކާއި ދޮންމީހަކާއި ކަޅުމީހަކާއި ކުޑަކުއްޖަކ...
ޔުމްނާ ޢަލީ
އިސްރާއީލުން އީރާނާއި ދެކޮޅަށް އިސްވެ ހަނގުރާމަ ފަށައި، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހިމެނޭހެން އާންމު އިމާރާތްތަކަށް ހަމަލާދީފައިވާއިރު، އީރުން ވެސް ރައްދުގައި ހަމަލާދީފިއެވެ. އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އީރާނުން “ގާތްގަނޑަކަށް 100 ޔޫއޭވީ އިސްރާއީލްގެ ސަރަހައްދަށް” ދޫކޮށްލާފައިވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އިސްރާއީލުން 200 ވ...
ޔުމްނާ ޢަލީ
ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފިއެވެ. ދަ ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓްކުރާ ގޮތުގައި، “ރައިޒިންގ ލަޔަން” ގެ ނަމުގައި ފެށި އޮޕަރޭޝަނެއްގައި އިޒްރޭލްގެ މިލިޓަރީން ވަނީ އީރާނަށް ހަމަލާދޭން ފަށާފައެވެ. ހައްދުފަހަނާއަޅާފައިވާ އިޒްރޭލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބުނިގޮތުގައި މި ހަމަލާތައް އަމާޒުކުރެވިފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލްތަކާއި އަދި މިލިޓަރީ ޤާބިލިއްޔަތަށެވެ. “މި އޮޕަރޭޝަން ކުރިއަށްދާނީ މިޝަން ފުރިހ...
ޔުމްނާ ޢަލީ
މާލޭގެ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކޮށް ފިޔަވަޅު އަޅަމުން އަންނަކަމަށް ފުހުން މިރޭ ބުނެފިއެވެ. ފުހުން ބުނިގޮތުގައި މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން އަންނަކަމަށް ވެސް...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުސަތު ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރަށުގެ ވަނަވަރާއި ފަޚުރުވެރި މާޒީ ރަމްޒުކޮށްދޭނެ ފާހަގަކޮށްލެވޭ ނިޝާނެއް ޤާއިމްކުރުމެވެ. މި މޮނިއުމަންޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދުގައެވެ. ފަރުމާ ހުށަހަޅާ ފަރާތްތަކުން، މޮނިއުމަންޓުގެ ފަރުމާ ވާންޖެހޭނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ، ބަލާލަން ރީތި، އަދި އިސްލާމްދީނާއި އާންމު އިޖްތިމާއީ...
އިބްރާހިމް އަސްވާޤް
މިއަދު އެއާ އިންޑިއާ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި އެ ބޯޓުން ދަތުރުކުރި މީހަކު ދިރިހުއްޓާ ފެނިއްޖެއެވެ. 242 ފަސިންޖަރުންނާއެކު ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ގުޖަރާތު ސްޓޭޓުގެ އަހްމަދާބާދަށް ވެއްޓުމުން އެ ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތާއި ގުޅޭގޮތުން އަހްމަދާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީ.އެސް. މަލިކް ވިދާޅުވެފައިވަނީ މަތިންދާބޯޓުން ދަތުރުކުރި އެކަކު ދިރިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދާ ގުޅޭ...
ޔުމްނާ ޢަލީ
އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އަހްމަދާބާދަށް 242 މީހުން ނާއެކު ދަތުރުކުރި އެއާ އިންޑިއާ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ސާފުނުވާއިރު، މި ބޯޓު ވެއްޓިފައި ވަނީ ފުރިތާ ފަސް ވަރަކަށް މިނިޓް ފަހުންނެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ އަހްމަދާބާދު އެއަރޕޯޓް ކައިރީގައިވާ މެގާނީ ސަރަހައްދުގައި، ބޯޓު އުދުއްސާލިތާ 5 މިނެޓް ފަހުންނެވެ. ލަންޑަނަށް ދަތުރުކުރި މި މަތިންދާބޯޓު، އަހްމަދާބާދުގެ ސަރުދާރު ވަލަބްބާއި ޕަޓެލް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރީ […...
ޔުމްނާ ޢަލީ
ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކުއޭ ވޯލަކީ ކޮންކްރީޓް ނުވަތަ ސްޓީލް އިން ހަދާފައިވާ ރިޓެއިނިން ވޯލްގެ ބާވަތެކެވެ. އެއީ ބަނދަރަކާއި ކޯރެއް ނުވަތަ ކެނަލްއެއްގެ ކައިރީގައި އޮންނަ ބިން ހިފަހައްޓައިދޭ ވަސީލަތެެވެ. ކުއޭ ވޯލް ނުވަތަ އެެއްގަމު ތޮށި ފާރުތައް ހަދަނީ ބިން ހަމައަކަށް އެޅުވުމަށާއި، އުޅަނދުފަހަރަށް ބަލްކުކޮށް މުދާ ބަރުކުރުމަށް ނުވަތަ އަންލޯޑް ކުރުމަށާއި، ބަނދަރުތަކާއި އާބަން އޭރިއާތަކާއި އިންލޭންޑް...
އަޙްމަދު ވަހީދު
ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން އިން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފެނަކައިގެ […]
އައިޝަތު އައިނީ އާމިރު
ށ. ފުނަދޫގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހު 10 ވަނަ ދުވަހު ފުނަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖު/ މާލެ، އަބްދުالله މުޙައްމަދު ޙަބީބް (44އ) އެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައ...
އައިޝަތު އައިނީ އާމިރު
މާލޭގެ މައްޗަންގޯޅި ސަރަހައްދުގައި ހުންނަ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 15:13 އެހާކަންހާއިރު އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް މީހަކު ވަދެ، ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރިގަތް މައްސ...
ޔުމްނާ ޢަލީ
ބޭރު ފައިސާއާ ގުޅޭ އިސްލާހުތަކުގެ ސަބަބުން ފިޗް ރޭޓިންގެ ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން ‘ސީސީ’ ގައި ދަމަހައްޓައިފިއެވެ. މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރިއެވެ. އެގޮތުން، 2022 އަދި 2023 ގައި “ބީ ނެގެޓިވް” ގައި ހުރި ރޭޓިން “ސީސީސީ ޕްލަސް” އަށް ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން “ސީސީ” އަށް ދަށްކުރިއެވެ. ފިޗުން ރާއްޖޭގެ ރޭޓީން […]
އަޙްމަދު ވަހީދު
އެއާ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ހުޅަނގު ސަރަހައްދުގައިވާ ގުޖުރާތު ސްޓޭޓްގެ އަހްމަދާބާދުގައި ވެއްޓިއްޖެއެވެ. މި ހާދިސާ އިންޑިއާގެ މީޑިއާއިނއ ގުޖުރާތުގެ ސްޓޭޓް ޕޮލިސް ކޮންޓްރޯލް ރޫމާއި ހަވާލާދީ ވަނީ ކަށަވަރުކޮށްދީފައެވެ. މި ބޯޓަކީ އިންޑިއާގެ އަހްމަދާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓް އޭއައި 171 ނަންބަރު ފްލައިޓެވެ. އިންޑިއާގެ ގިނަ މީޑިއާތަކުން ބުނެފައި ވަނީ މި ވޯޓު ބެއްްޓުނު އިރު ބޯޓުގައި 242 މީހުން ތިބިކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައި ވަނީ މި...
ޔުމްނާ ޢަލީ
ނ. މަނަދޫގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ޓީމް 3B ވަނީ ރެކޯޑުތަކެއް ޤާއިމްކޮށްފައެވެ. މި ޓީމަކީ ވާދެމުމާއި ފައިގަތަޅާ މުބާރާތްތަކުގައި ވިދިވިދިގެން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. ޚާއްޞަކޮށް އަންހެނުންގެ ވާދެމުމުގެ ބައިން ވިދިވިދިގެން 5 އަހަރު ޗެމްޕިއަންކަން ހޯދުމަކީ މި ޓީމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ދައްކުވައިދޭ ކަމެކެވެ. މި ޓީމުގެ ކާމިޔާބީގެ އެންމެ މުހިންމު ސިއްރަކީ ޓީމުގެ މެންބަރުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ކޮން...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖަލަށްލި މައްސަލާގައި ވަކީލުންނަށް އޭނާގެ ފަރާތުން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ނާޒިމް 2015 ވަނަ އަހަރު ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ އުޅުއްވި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ހައްޔަރުކޮށް, އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭރު ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވަކާލާތުކުރީ […]
ހުސައިން ހަބީބް
އިސްރާޢީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅު ކެމްޕޭނެއްގެ ދަށުން ދުނިޔޭގެ 50 ޤައުމަކަށް ނިސްބަތްވާ އެތައް ސަތޭކަ މީހުން އެއްގަމު މަގުން ޣައްޒާއާއި ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. ޣައްޒާ އަށް މިސްރާބު ޖަހާފައިވާ މީހުންގެ ތެރޭގައި ދުނިޔޭގެ 50 ގައުމެއްގެ ވިޔަފާރި ޔޫނިއަންތަކާއި، އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކާއި، މެޑިކަލް ދާއިރާތަކާއި، މަދަނީ މުޖުތަމަޢުގެ އެތައްސަތޭކަ ބަޔަކު ހިމެނެއެވެ. އެމީހުން މިހާރު ވަނީ ޣައް...
ޔުމްނާ ޢަލީ
ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް ދާދިފަހުން އަތުލައިގަތް 18 ކިލޯގެ ޑްރަގްގެ މައްސަލާގައި, އެތަކެއްޗާ ހަވާލުވާންދިޔަ ބިދޭސީ މީހާގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ރާއްޖެ ގެނަައި އެއާ ކާގޯ ޝިޕްމަންޓުގައި 18.62 ކިލޯ ހުރި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 26 މިލިއަން ދިވެހި ރުފިޔާއަށް އަރަ އެވެ. އެ ތަކެތި އަތުލައިގަތީ ކަސްޓަމްސުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި, އެ […]
ހުސައިން ހަބީބް
ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގައި ޒުވާނަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އެ ޒުވާނާގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފިއެވެ. މިގޮތުން ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ އެ އިދާރާގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހދ. މަކުނުދޫ، ލުނބޯގަސްދަށުގެ، ޢާއިޝަތު މަލީހާ (22އ) ހާޒިވުމަށް އަންގައި އާންމު ނޯޓިސް ނެރެފައެވެ. މަލީހާގެ ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އޭނާ އަކީ...
އައިޝަތު އައިނީ އާމިރު