ހަނިމާދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ޓްރެވެލްސް ގައިޑެއް ނެރެފި
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ނައިކޯ ޓްރެވެލްސް އިން “ނައިކޯ ޓްރެވެލްސް ގައިޑް ޓު ހަނިމާދޫ 2025” ގެ ނަމުގައި ޓްރެވެލްސް ގައިޑެއް ނެރެފިއެވެ. ނައިކޯ ޓްރެވެލްސް އަކީ ހަނިމާދޫއަށް ނިސްބަތްވާ ތިން ބޭފުޅުން ކަމަށްވާ ހުސެއިން ޝަފީއު އަލީ، އިބްރާހީމް ޝިފާން އަދި އަހްމަދު އަފްރާހް ގުޅިގެން ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ޓްރެވެލްސް އެޖެންސީއެކެވެ. ނައިކޯ ޓްރެވެލްސް އިން ވިއްކަމުން އަންނަ ޕެކޭޖްތައް މިހާރު ވެސް އެ އެޖެންސީގ...