''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ؛ 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ
ސަރުކާރުން ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ”އަހާ” ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމްގެ މިރޭގެ ފޯރަމަކީ، ”އަހާ” ސިލްސިލާގެ ދަށުން ބާއްވާ 6 ވަނަ ފޯރަމެވެ. މިރޭގެ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމް...