ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި
ތަޢުލީމާއި ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ ތެރެއިން އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް (ފޮރިން ސެކްރެޓަރީ) ރައިޓް ޑޭވިޑް ލެމީ އެމް.ޕީ އިއްޔެ ވަނީ ރައީސް މުޢިއްޒާއި ބައްދަލުކުރަށްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ މި ބައްދ...