ޑްރަގް ނައްތާލުމުގެ މަސައްކަތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހުޅުވާލައިފިއެވެ. މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ...