ވެރިކަން ލިބުމުން އެމްޑީޕީން ތިބެނީ ފިނިކޮޓަރީގައި، ރައީސް މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް: ޝަރީފް
ވެރިކަން ލިބުމުން އެމްޑީޕީން ތިބެނީ ފިނިކޮޓަރީގައި ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތީ ރައްޔިތުންގެ ގާތަށް ކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބުދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ލޯކަލް ކައުނ...