ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ''އަދަދު''ގެ އޮފީހަށް ވަދެ ބަލާފާސްކުރަނީ
”އަދަދު” ނޫހުގެ ފޭސްބުކް އެކައުންޓުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި، ފުލުހުން މިރޭ އެ ނޫހުގެ އޮފީހަށް ވަދެ ބަލާފާސްކުރަން ފަށައިފިއެވެ. ފުލުހުން ބުނީ އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އަދަދު ނޫހުގެ ފޭސްބުކް ޕޭޖުން ”އައިޝާ”ގެ ނަމުގައި ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓަރީ އަކީ ނަން ހާމަނުކުރާ މީހަކު ދިން އި...