ލަންކާއިން ރައީސްއަށް ކީ މަރުހަބާއިން ދައްކުވައި ދިނީ ދެ ޤައުމުގެ ބަދަހި ގުޅުން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ވަޑައިގަތުމުން ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީ.އައި.އޭ) އިން އެދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާއެވެ. މި އިސްތިގުބާލުގައި ރައީސަށް ރަތް ދޫލައިގެ މަރުޙަބާއެއް...