މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ހިންގާ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި މިއަދު ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓްރީއިން ބުނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅ...
ޔުމްނާ ޢަލީ
ނ. މިލަދޫގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެރަށު ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި “ކައުންސިލް ނެޓްބޯލް ޗެލެންޖް-1” ގެ ނަމުގައި، އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ އެރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އެރަށު ކައުންސިލުން ބާއްވާ މުބާރާތެއް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ. މ...
މުޙައްމަދު އިނާން
ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ބައްދަލު ކުރައްވައިފިއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދެ ޤައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރު...
އިބްރާހިމް ޚަލީލް
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ސޮއިކޮށްފިއެވެ. މިއަދު އެނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކް...
އަލީ އާދިލް
2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2020 ނޮވެންބަރު 09 އިން 23 ގެ ނިޔަލަށް ހުޅުވާލައިފި އެވެ. ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2020 ނޮވެންބަރު 09 އިން 2020 ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް އެ […]
ޔުމްނާ ޢަލީ
2021 ވަނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިއީ، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އަތޮޅުތަކުގައި ހިންގާފައިނުވާވަރުގެ ބޮޑު މަޝްރޫޢެއް ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމ...
އަޙްމަދު ވަހީދު
2021 ވަނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާކަމަށާއި، މިގޮތުން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ތަޢުލީމީ ދާއިރާއަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި ވަނީ 4 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން […]
ޝިއުނާ އާދަމް
2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އަބާދީތައް ގުޅުވާލުން...
އަޙްމަދު ވަހީދު
2021 ވަނަ އަހަރު ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސާ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި މަޝްރޫއު ވެގެންދާނީ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު […]
އަލީ އާދިލް
ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ޑިވެލިއު ކުރަން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތްކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރު ވިދާޅު ވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރާއި ސަރުކާރުން ކުރިމަތިލަނީ އިޤްތިސާދީ ތަދުމަޑުކަމެއްގެ ތެރޭގައި، ފަހުން ކަންތައްވާނެ ގޮތަކާއި ދޭތެރޭ ޔަޤީންކަން ކުޑަ ދަނޑިވަޅެއްގައި ޕޮލިސީ ޓްރޭޑް-އޯފް ހުރިކަން […]
ޔުމްނާ ޢަލީ
ސަރުކާރުން، 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި، 34 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ […]
Thiladhun
ސިއްޙީ ދާއިރާ ވަނީ ކޯވިޑް-19ގެ ބޮޑު ކޭސްލޯޑެއްވެސް މެނޭޖްކުރެވޭނެ މިންވަރަށް ޤާބިލުކަން އިތުރުކުރެވިފައި ކަމަށާއި، އިޤްތިސާދީ ހަރަކާތްތައް އަލުން ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރު ވިދާޅު ވެއްޖެއެވެ. މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޯވިޑް-19 ބަލިމަޑުކަން ދ...
ޝިއުނާ އާދަމް
ތައިލެންޑްގައި ހިނގަމުންދާ ސިލްސިލާ މުޒާހަރާތަކުގައި، އެއްވުން ރޫޅާލުމަށް އެ ޤައުމުގެ ފުލުހުން އެއްވެ ތިބި މީހުން ގަޔަށް ޕްރެޝަރުގައި ފެންޖަހައިފިއެވެ. ރޮއިޓާރޒް އިން މަޢުލޫމާތުދޭ ގޮތުގައި މި އެއްވުމުގައި 10،000 މީހުން ހިމެނޭނެކަމަށާއި، މި އެއްވުމުގެ ބޭނުމަކީ، ރަސްގެފާނު މަހާ ވަޖިރަލޮންގްކޮންގްއަށް މެސެޖެއް ރައްދުކުރުން ކަމަށެވެ. ތައިލެންޑްގައި ހިނގަމުންދާ މި ސިލްސިލާ މުޒާހަރާތައް ހިނގަމުންދާތާ އެތައް މަސްތަކެއް ވީ އިރު، އެ ޤައުމުގެ ފުލުހުން ޕްރެޝަރުގައި ފެނުން އެއްވުން ރޫޅާލުމަށް މަސައްކަތްކުރި...
މުޙައްމަދު މާއިލް ހަސަން
މޫސުން ގޯސްވެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލް ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ހއ. އަތޮޅުން އދ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މެޓް އޮފީހުން ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ ހއ. އަތޮޅުން އދ.އަތޮޅަށް މިރޭގެ 23:50 އިން ފަތިހު 04:00 އާއި ހަމައަށް އެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. Alert white in effect pic.twitter.com/igpA7ed7YO — Maldives Meteorology (@MetMaldives) November 8, 2020 […]
ޖަލްވާން ޖާދުﷲ
ކޯވިޑްގެ ސަބަބުން ބަންދުކުރި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 317 ޓޫރިސްޓް ފެސިލިޓީއަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެފިއެވެ. ރާއްޖެ ޓީވީގެ ”ފަލަ ސުރުޚީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޟާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރީގައި ހާހެއްހާ ޓޫރިސްޓް ފެސިލިޓީ ރަޖިސްޓަރީ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރިޒޯޓާއި، ސަފާރީއާއި، ސިޓީ ހޮޓާ، ގެސްޓުހައުސް ހިމެނޭހެން 317 ޓޫރިސްޓް ފެސިލިޓީއަކަށް ރާއްޖޭގ...
ޝިއުނާ އާދަމް
ދިވެހިރާއްޖޭގައިވެސް ވޭތުވެދިޔަ އަހަރުތަކުގައި ރިޔާސީ އިންތިޚާބު ތަކުގައި ވަނީ ފޯރިގަދަ ކުރިމަތިލުންތަކެއް ވޯޓު ލުމަށްފަހު ފެނިގެން ގޮސްފައެވެ. މި ގޮތުން، ދެ ޕާޓީގެ ހާސްވުންތަކާއި، ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރުމާއި، މިކަހަލަ ކަންކަމީ އަޅުގަނޑުމެންގެ ލޯ ކުރިމަތިންވެސް ހިނގާފައިވާ ކަންކަމެވެ. ނަމަވެސް، އެމެރިކާގެ ނިމިގެންދިޔަ އިންތިޚާބުގައި ނާކާމިޔާބު ވަޑައިގަތް އެމެރިކާގެ އެންމެ ފަހު ދައުރުގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައި ނުގަންނަވާ ޚަބަރު އެއްސެވީ ތަފާތު ގޮތަކަށެވެ. އެ...
މުޙައްމަދު މާއިލް ހަސަން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އާންމުކޮށްފިއެވެ. އެ ލިސްޓް އާންމު ކުރަމުން ހޯމް މިނިސްޓްރީއިން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، ޑިސެމްބަރު 5، 2020 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ހޯމް މިނިސްޓްރީއިން އާންމުކުރި ލިސްޓަށް ބަލާއިރު، މި އިންތިޚާބުގައި މީޑިއާގެ މެމްބަރުކަމަށް ވާދަކުރައްވަނީ 14 ކެންޑިޑޭޓުން ނެވެ. އާންމުންގެ މެންބަރުކަމަށް ވާދަކުރައްވަނީ ވެސް 14...
ޔުމްނާ ޢަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 150،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ. މި އެހީތެރިކަމަކީ ކެންސާ ސޮސައިޓީ އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވާ ”އެނުއަލް ޕިންކް ރިބަން ރަން-ވޯކް” އަށް ބީއެމްއެލް އިން ދިން އެހީއެކެވެ. ”ޕިންކް ރިބަން ރަން-ވޯކް” އަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ކެންސާ ސޮސައިޓީ އިން ކުރިއަށްގެންދާ ހަރަކާތެކެވެ. ބީއެމްއެލް އިން ކެންސަރު ސޮސައިޓީ އަށް ފޯރުކޮށްދިން މިއެހީތެރިކަން އެ ޖަމިއްޔާ […]
އަޙްމަދު ވަހީދު