ނިމިދިޔަ އެރިކާގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބުކުރާ ބޭފުޅެއްގެ ސަބަބުން އިސްލާމީ އުންމަތަށް އެމެރިކާގެ އެހީތެރިކަމެއް ލިބިދާނެތޯ ސުވާލު ކުރަށްވައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ތިން ސުވާލެއް އުފައްދަވައިފިއެވެ. އިސްލާމީ ދައުލަތެއްކަމަށް ކަމަށްވާ ފަލަސްޠީނުގެ ހައްޤުގައި ރައްޔިތުންގެ މަޖިލިސްއަށް ބައެއް ގަރާރު ހުށަހަޅުއްވާފައިވާ މެންބަރު ސައުދު މިއަދު ކުރެއްވި 3 ސުވާލުން ކުރެ ފުރަތަމަ ސުވާލަކީ އެމެރިކާގެ އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރިނަމަވެސް އެމެރިކާއިން އިސްލާމީ އުންމަތަށ...
އަލީ އާދިލް
މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު 3 މީހެއްގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނީ، ރޫޓް ފިހާރައިގެ ފަރާތުން ބެންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ތިން […]
ޝިއުނާ އާދަމް
ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމަށް އދ އިން ހަދިޔާކުރި ޕީ.ޕީ.އީ ސަރުކާރާ ހަވާލުކޮށްފި އެވެ. ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ އިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ. މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ ރެޒިޑެންޓް ރެޕްރެޒެ...
ޔުމްނާ ޢަލީ
ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރަށްވައިފި އެވެ. މި މަޝްވަރާ ކުރަށްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަރުކާރުގެ ހެލްތު ކޮމިޓީގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ. ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރ...
ޝިއުނާ އާދަމް
މާލޭ ސިޓީގެ ފިހާރަތަކާއި ރެސްޓޯރެންޓްތަށް ހުޅުވައި އެތަންތަނުން ދެމުންއަންނަ ޚިދުމަތް ފޯރުކޮށްދެވޭނޭ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑް-19 ގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން ލުއިދީފައިވާއިރު، ފިރާހަރަތަށް ހުޅުވައި ޚިދުމަތްދޭ ވަގުތުވެސް މި ވަނީ އިތިރުކޮށްފައެވެ. މި ލުޔާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މިއަދު ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ މާލޭ ސިޓީގެ ފިހާރަތައް 08 ނޮވެމްބަރ 2020 އިން ފެށިގެން ފަތިހު 5:00 އން ރޭގަނޑު 11:00 އަށް ޚިދުމަތް ދެވޭނެކަމަށެވ...
އިބްރާހިމް ޚަލީލް
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން ހދ. ކުޅުދުއްފުށީ ސިޓީގައި ގާއިމްކޮށްފައިވާ، ފެނާއި ނަރުދަމާ ގުޅައިދިނުމާއި ގުޅުންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ. މި މަސައްކަތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް އެކަމަށް އެ ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވާއިރު ބީލަމުގައި ބައިވެރިވުމަށް ޖުމްލަ ދެ ޝަރުތެއް ފުރިހަމަ ވާންޖެހެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް އިކ...
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ. މިގޮތުން ނައިބު ރައީސް ފައިޞަލް އިއްޔެ ހަވީރު ވަނީ، މާލެ ސަރަޙައްދުގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ވެސްޓުޕާކު ސަރަޙައްދުގައި އެސްޓީއޯއިން ތަރައްޤީކުރަމުން ގެންދާ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މީގެއިތުރުން ކުރީގެ...
ޔުމްނާ ޢަލީ
ނޯޓް: ތިރީގައި މިވާ ލިޔުން ނަކަލުކޮށްފައި މި ވަނީ ދުވަހުނޫސް “ވިޔަފާރިމިއަދު” ގެ 19 ސެޕްޓެންބަރު 1968 (ބުރާސްފަތި) ދުވަހުގެ ނޫހުންނެވެ. މިއީ “އަނދިރީގެ ދުނިޔެ: ކުދިވަގުންގެ ޕާޓީއެއް” މިސުރުހީގެ ދަށުން އަލިފު. ޝީނު. ނުވަތަ އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) ލިޔުއްވާފައިވާ ލިއުމެކެވެ. ޝައްކެއްނެތެވެ. މުޅި މަސްއޫލިއްޔަތު އެޅެނީ، މައިންބަފައިންނާއި ބެލެނިވެރީންގެ ކޮނޑުގައެވެ. ޤައުމުގައި ހަމައެންމެ ރަނގަޅު މުވާޠިނުންގެ ގޮތުން މުސްތަޤްބަލުގެ ބައިތައް ކުޅެންތިބި ކުދިން ގެއްލި ހަލާކުވ...
ތިލަދުން
އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރެއްވުމާއިއެކު، އޭނާގެ ރަނިންގް މޭޓް ކަމާލާ ހޭރިސް އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް އަށްވެ ވަޑައިގެން، ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. ވޭތުވެދިޔަ 16 މަސްދުވަސް ތެރޭގައި ކަމާލާ ހޭރިސްގެ މުޅި ސިޔާސީ ޙަޔާތް މިވަނީ މުޅިން އެހެން މަގެއް އިޚްތިޔާރުކޮށްފައެވެ. ކެލިފޯނިއާގެ ސެނެޓަރ އަށް ވަނީ ވޭތުވެދިޔަ އަހަރު އެކަނިވެސް ގިނަ އުނދަގުލާ ކުރިމަތިލާން ޖެހިފައެވެ. މި ގޮތުން އޭނާ ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުމާއި ކުރިމަތިލައްވަން […]
މުޙައްމަދު މާއިލް ހަސަން
ކާފިއު ގަޑިތަކަށް ބަދަލުތަކެއް ގެނެސް އިތުރު ލުއިތަކެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މިރޭ ނިންމައިފިއެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލުތައް ވަނީ މިރޭ އެޗް.ޕީ.އޭއިން އާއްމުކޮށްފަ އެވެ. އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން ވަނީ މަނާކޮށްފައެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްވެ...
އަލީ އާދިލް
އެމެރިކާގައި އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، އިދިކޮޅު ޑިމޮކްރަޓިކް ޕާޓިގެ ފަރާތުން ވާދަކުރެއްވި ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފިއެވެ. ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ބައިޑެން ވަނީ 284 އިލެކްޓޯރަލް ވޯޓު ހޯއްދަވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. ޖޯ ބައިޑެންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން ހާމަވެގެންދިޔައީ، ޕެންސިލްވޭނިއާގެ ވޯޓު ގުނައި، ބައިޑެންއަށް ކަށަވަރުވި އިލެކްޓޯރަލް ވޯޓުގެ އަދަދު 270 އަށްވުރެ މައްޗަށް ދިއުމާ ގުޅިގެންނެވެ. ވާދަވެރި އިންތ...
އަލީ އާދިލް
އުތުރުގެ އަތޮޅު ތަކަށް މޯލްޑިވްސް މީޓްއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) ނެރުނު ހުދު ސަމާލުގެ ވަގުތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ. ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން އެންމެ ފުރަތަމަ ހުދު ސަމާލެއް ނެރެފައިވަނީ މިއަދުގެ12:15 ގަ އެވެ. އޭގެ ފަހުން މިރޭ 21:00 އަށް އިތުރު ކުރުމަށްފަހު އަނެއްކާވެސް ސަމާލުގެ ވަގުތު އިތުރުކޮށްފައިވަނީ މިރޭ ދަންވަރު 02:00 އަށެވެ. މިއަދު 10:00 އިން […]
އިބްރާހިމް އަސްވާޤް
ހއ. ތަކަންދޫއަށް ލެއްގި ބޮޑުމަސް ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން ބޭރުކޮށްލައިފި އެވެ. “ތިލަދުން” އާ ވާހަކަ ދައްކަވަމުން ތަކަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ނިޔާޒް ވިދާޅުވީ، މިމަސް ބޭރުކޮށްލާފައިވަނީ އެމްއެންޑީއެފްގެ ލަފާގެ މަތިން އޮޔާއި ވައި މިވަގުތު ހުރިގޮތް ބެލުމަށް ފަހު ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން މާރަންދޫ އާއި ތަކަންދޫއިން ނެއްޓޭގޮތަށް މާކަނޑަށް ކަމަށެވެ. މިމަސް ގެންގޮސްފައިވަނީ ބޮޑު މަހުގެ ނިގުލުގައި ވަލެއް އެއްސުމަށްފަހު ދޯންޏެއްގައި ކަފަޖަހައިގެން ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނިޔާ...
އިބްރާހިމް އަސްވާޤް
މާލޭ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މާލޭގެ މަގުތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފި އެވެ. ވެމްކޯ އަދި މަލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ގްރޫޕުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ހަފުތާއެއްގެ ތެރޭ މުޅި މާލެ އެއްކޮށް ސާފުކުރުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ. މި ހަރަކާތުގެ ދަށުން، މާލޭގެ މަގުތަކަށް އުކާލާފައިވާ ކުނިތައް ނަގައި، މަގުތައް މުޅިން ސާފުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ސިޓީކައުންސިލުން ކުރި ޓުވިޓެއްގައި ބުނ...
ޔުމްނާ ޢަލީ
“ނިޡާމްއަކީ ޅެން ހެދުމުގެ ޤާބިލްކަން ހުރި ދަރިވަރެއް” މިއީ ތިލަދުންމަތީ ދެކުނުބުރީ ފަރިދޫއަށް އުފަން މުޙައްމަދު ނިޡާމްގެ ސިކުނޑީގައި އަބަދުވެސް ހަރުލާފައި ހުންނަ ބަސްކޮޅެކެވެ. ނުވަތަ ބުނުމެކެވެ. މި ބުނުމަކީ 1992 ވަނަ އަހަރުން 1997 ވަނަ އަހަރާއި ދެމެދު ނިޡާމް ތަޢުލީމް ޚާޞީލް ކުރުމަށް ހއ.އުތީމުގައި އުޅުނު ދުވަސްވަރު ނިޡާމްއަށް ދިވެހިބަސްކިޔަވައިދެއްވި މުދައްރިސެއް ކަމުގައިވާ މަޝްހޫރު ޅެންވެރިޔާ އުތީމު އާންބޭގެ ކޮއްކޮ، އުތީމު އަބްދުއްރަހީމް، ނިޡާމްއަށް ނިސްބަތްކޮށް ބުނެފައިވާ ބުނުމެކެވެ. ނިޡާމް އެ...
އިބްރާހިމް ޚަލީލް
އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓްއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން މިއަދު ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރު ކޮށްފި އެވެ. މެޓް އޮފީހުން ނެރުނު ހުދު ސަމާލުގެ ވަގުތު ވަނީ މިރޭގެ 21:00 އަށް އިތުރު ކޮށްފަ އެވެ. މިސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާދެމެދުގެ އަތޮޅުތަކަށެވެ. މިއަދު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހި ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު […]
އިބްރާހިމް އަސްވާޤް
ހއ. ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފިއެވެ. ކުނިވެފައި އޮތް ބޮޑު މަހެއް އެ ރަށަށް ލައްގާފައިވާ ކަމަށް އެ ރަށުގެ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ މަސް ލައްގާފައިވަނީ އެ ރަށުގެ އިރުމަތީ ފަރާތަށް ކަމަށެވެ. އަދި މި ސަރަހައްދަކީ މީހުން އެހާ ގިނައިން ގޮސް އުޅޭ ސަރަހައްދެއް ނޫންކަމަށް އެމީހާ ބުނެފައިވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، މިއީ ދިގުމިނުގައި 40 އަކަށް ފޫޓު ހުރި މަހެކެވެ. އަދި […]
މުޙައްމަދު މާއިލް ހަސަން
ދިވެހި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް، އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، މި ނޮވެމްބަރު މަހުގެ 8 އިން 10 އަކަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ޤައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ އެންމެ ފަހުގެ މަަޢުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި...
މުޙައްމަދު އިނާން