މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,409 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1817 ވަނަ ޞަފްޙާ

މެންޗެސްޓަ ޔުނައިޓެޑް ފިޔަވާ އިނގިރޭސި ކުލަބްތަކަށް ކާމިޔާބު

މެންޗެސްޓަ ޔުނައިޓެޑް ފިޔަވާ އިނގިރޭސި ކުލަބްތަކަށް ކާމިޔާބު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިނގިރޭސި ވިލާތުގެ ކުލަބް ތަކުގެ ތެރެއިން މެންޗެސްޓަރ ޔުނައިޓެޑް ފިޔަވާ އަނެން ތިން ޓީމް ކަމުގައިވާ ޗެލްސީ، ލިވަޕޫލް އަދި މެނޗްސްތަރ ސިޓީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ. މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގައި ޗެލްސީ އަދި ރޭނެސް ބައްދަލުކުރި މެޗް 3-0 ން ކާމިޔާބުކުރީ ޗެލްސީންނެވެ. ޗެލްސީގެ ފުރަތަމަ ދެ ގޯލް ޗެލްސީއަށް ލިބުނު ދެ ޕެނެލްޓީން ކާމިޔާބުކޮށްދިނީ ޓިމޯ […]

އަޙްމަދު އަސްފާން
ލުޓޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފި

ލުޓޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފި

ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ލުޓޭރުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ދީފި އެވެ. ފުލުހުން ބުނީ، މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބެންކް އޮފް ސިލޯނަށް ފައިސާ ޖަމާކުރުމަށް ދިޔަ ރޫޓް ގެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ހަމަލާދީ، އެ ވެހިކަލްގައި ހުރި ފައިސާ ފޭރުނު މީހުން ހުއްޓުވައި އެ ފޭރުން ނާކާމިޔާބު ކޮށްލި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން […]

ޔުމްނާ ޢަލީ
ހދ އަތޮޅު ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކޭއާރުއެޗްއަށް އެޕޮއިންޓްމަންޓް ދޫކުރަނީ

ހދ އަތޮޅު ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކޭއާރުއެޗްއަށް އެޕޮއިންޓްމަންޓް ދޫކުރަނީ

ހދ އަތޮޅު ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކުޅުދުއްފުށީ ރީޖަނަލް ހިސްޕިޓަލް (ކޭއާރުއެޗް) އަށް އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި އެވެ. ކޭއާރުއެޗް އިން މިއަދު ބުނީ، އެހޮސްޕިޓަލާއި އަތޮޅު ތެރޭގެ ސިއްހީ މަރުކަޒުތަކާއި އަދި އަތޮޅު ކައުންސިލްއާ ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހދ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހަފްތާގެ ކަނޑައެޅިފައިވާ ދުވަސްތަކެއްގައި ކަނޑައެޅިފައިވާ އަދަދަކަށް އަތޮޅު ތެރޭގެ ހެލްތު ސެންޓަރުތައް މެދުވެރިކ...

އިބްރާހިމް އަސްވާޤް
ބީއެމްއެލް ގްރީން ލޯނު ރަހުނަކާއި ނުލައި 5 ލައްކަ ރުފިޔާއާއި ހަމައަށް މިހާރު ލިބޭނެ

ބީއެމްއެލް ގްރީން ލޯނު ރަހުނަކާއި ނުލައި 5 ލައްކަ ރުފިޔާއާއި ހަމައަށް މިހާރު ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގްރީން ލޯނު ރަހުނަކާއި ނުލައި 5 ލައްކަ ރުފިޔާއާއި ހަމައަށް މިހާރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލްއިން ބުނީ ތިމާވެއްޓާއި ރަށްޓެހި އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެ ބޭންކުން ދޫކުރާ ގްރީން ލޯނު ރަހުނަކާއި ނުލައި މިހާރު 5 ލައްކަ ރުފިޔާއާއި ހަމައަށް ލިބޭނެ ކަމަށާއި، އަދި ރަހުނަކާ ނުލައި ފަސްލައްކަ ރުފިޔާއާ ހަމަޔަށް ދޫކުރާ ގްރީން ލޯނު ތައާރަފްކުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކުން […]

ޝިއުނާ އާދަމް
މާރަންދޫ އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭ ހަވާލު ކުރެވޭނެ: އަސްލަމް

މާރަންދޫ އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭ ހަވާލު ކުރެވޭނެ: އަސްލަމް

ހއ. މާރަންދޫ އަދި ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ތެރޭ މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި އެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަމުންނެވެ. […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރަށް ހިޖުރަކުރި 52 އާއިލާއަށް އަންނަމަހު ގެ ދޫކުރަނީ

ނޮޅިވަރަންފަރަށް ހިޖުރަކުރި 52 އާއިލާއަށް އަންނަމަހު ގެ ދޫކުރަނީ

އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ހދ.ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާ ތަކުގެ ތެރެއިން ގެދޮރު ނުލިބޭ ފަރާތްތަކަށް އަންނަ ޑިސެންބަރު މަހު ގެ ދޫކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް ހައުސިންގް އިންފްރާސްޓަރަކްޗާރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުންނެވެ. މޮސްޓާ ވަނީ ނޮ...

މުޙައްމަދު އިނާން
ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ފަރުމާކޮށް އަމިއްލަތަކެތީގައި ހަދައިދިދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން މިމަހުގެ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށެވެ. މި މަސައްކަ...

މުޙައްމަދު އިނާން
ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސްގެ ނިޒާމެއް ތަޢާރުފުކުރަން ގޮވާލައިފި

ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސްގެ ނިޒާމެއް ތަޢާރުފުކުރަން ގޮވާލައިފި

ދިވެހިރާއްޖެ ކަހަލަ ޤައުމެއްގައި ކޮންވެންޝަލް އިންޝުއަރެންސަށްވުރެ އިސްލާމިކް އިންޝުއަރެންސް މާ ރަނގަޅުވާނެ ކަމަށާއި، ރާއްޖެއަށް އިސްލާމިކް ބޭންކިންގ ގެނައި ގޮތަށް އިސްލާމިކް އިންޝުއަރެންސްގެ ނިޒާމެއް ރާއްޖޭގައި ތަޢާރުފުކުރަން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ގޮވާލަށްވައިފިއެވެ. މެންބަރު ޢަލީ މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ، އިންޝުއަރެންސްއާބެހޭ ބިލުގެ އިބްތ...

އަލީ އާދިލް
ޝަހީދު ޙުސައިން އާދަމްގެ ޖިހާދާމެދު ޝައްކު އުފަށްދާ މީހުންގެ ޤައުމިއްޔަތާ މެދު ޝައްކުއުފައްދަން: ޔާސިރު

ޝަހީދު ޙުސައިން އާދަމްގެ ޖިހާދާމެދު ޝައްކު އުފަށްދާ މީހުންގެ ޤައުމިއްޔަތާ މެދު ޝައްކުއުފައްދަން: ޔާސިރު

ޝަހީދު ޙުސައިން އާދަމަކީ އުތުރުގެ ފަޚުރެއްކަމަށާއި، އެ ޝަހީދުގެ ޖިހާދާއިމެދު ޝައްކު އުފަށްދާ މީހުންގެ ޤައުމިއްޔަތާ މެދު ޝައްކުއުފައްދަވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިމޭރުމުން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ، އިންޝުއަރެންސްއާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ. ޔާސިރު ވިދާޅު...

އަލީ އާދިލް
ކޭވައިއެސް ވިމެންސް ފުޓްސަލް ލީގާއިއެކު ކުމުންދޫ ކަނބަލުންނަށް ޢީދެއް

ކޭވައިއެސް ވިމެންސް ފުޓްސަލް ލީގާއިއެކު ކުމުންދޫ ކަނބަލުންނަށް ޢީދެއް

ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ދިވެހިރާއްޖޭގެ ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި، އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން “ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2020” ނަމުގައި ފުޓްސަލް ލީގެއް ފަށައިފިއެވެ. 03 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު މި މުބާރާތް ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޑަ ރަސްމިއްޔާތަކާއިއެކު ފަށާފައިވާއިރު، ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯ...

އިބްރާހިމް ޚަލީލް
ހއ. އޭއީސީ އަންހެން ބެލެނިވެރިން: 14000 ގާ އުފުލައި ތަޢުލީމަށް އޮތް ލޯބި ދައްކުވައިދީފި

ހއ. އޭއީސީ އަންހެން ބެލެނިވެރިން: 14000 ގާ އުފުލައި ތަޢުލީމަށް އޮތް ލޯބި ދައްކުވައިދީފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ވޯކްވޭ ހެދުމަށް ބޭނުންވާ ގަލުގެ ތެރެއިން 14 ހާހަށްވުރެ ގިނަ ގާ އެ ސްކޫލަށް އުފުލުމުގައި އެ ސްކޫލްގެ އަނެހެން ބެލެނިވެރިން ނަމޫނާ މަސައްކަތެއްކޮށް، ގަދަ ހިތްވަރެއް ދައްކުވައި ދީފިއެވެ. އިއްޔެ ހެނދުނު ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް މި ގާތައް އުފުލާފައިވަނީ ދިއްދޫގައި އެގާތަށް އަޅާފައި ހުރި ސަރަޙައްދުން ޕިކަޕް ތަކުގަ އެވެ. މި މަސައްކަތުގައި ބައިވެރިވި ބެލެނިވެރިންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ […]

ޝިއުނާ އާދަމް
މަރުގެ އަދަބު ނައްތާލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް: އޭޖީ

މަރުގެ އަދަބު ނައްތާލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް: އޭޖީ

ރާއްޖެގައި މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް ކަމަށާއި، އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައެއް ނުލެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ނައްތައިލަން ގޮވައިލާ ގޮވައިލުންތައް ފާހަގަކުރަށްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައ...

އަލީ އާދިލް
ހުއްދަނެތި ފަޅުރަށްރަށުން ރުއްގަސް ކަނޑައިގެން ކޮމަންޑޫއަށް ނުގެނައުމަށް އެދެފި

ހުއްދަނެތި ފަޅުރަށްރަށުން ރުއްގަސް ކަނޑައިގެން ކޮމަންޑޫއަށް ނުގެނައުމަށް އެދެފި

ފަޅުރަށްރަށުން ރުއްގަސް ކަނޑައިގެން ށ. ކޮމަންޑޫއަށް ނުގެނައުމަށް ކޮމަންޑޫ ކައުންސިލުން އެދެފި އެވެ. އެކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގަ އެދިފައިވަނީ، ފަޅުރަށްތަކުން ރޯކުރެދި، ރުއް، ފުނަ، ކާނި ފަދަ ގަސްތައް ހުއްދައަކާއި ނުލާ ކަނޑައިގެން ކޮމަންޑޫއަށް އެތެރެ ނުކުރުމަށެވެ. އެއްވެސް ފަރާތެއްގެ ހުއްދައަކާއި ނުލާ އެކި ބޭނުމުގައި ކައިރި ފަޅު ރަށްރަށުން ގެނައުން އާންމު ކަމަކަށް ވެފައިވާކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ. މިކަމުގެ މަޢުލޫމާތު، އެ އިދާރާއަށް އެކި ފަރާތްތަކުން ހިއްސާކުރަމުން ދާކަމަ...

މުޙައްމަދު އިނާން
ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން ކުރިއަށްްގެންދާ އެންމެހާ ހަރަކާތްތަކާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތުތައް އެ ސާރވިސްގެ އިސްވެރިންގެ ކިބައިން ހޯއްދަވާފައެވެ. އެގޮތުން އެ ސާރްވިސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ...

މުޙައްމަދު އިނާން
އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފި

އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފި

ސަރުކާރުން ހިންގަވާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއެއް ކަމަށްވާ “ހިޔާ” މަޝްރޫއުގެ އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ H6 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ. މިކަން ހާމަކުރައްވާ ”ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ”އިން މިއަދު ނެރުއްވާފައިވާ އިޢުލާނާއެކު H06 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެ...

އަޙްމަދު ވަހީދު
ހއ. އޭއީސީ ފެހި ކުރުމުގެ ޕްރޮގްރާމަށް ޢަލީ ޝަމީމް ގަސް ހަދިޔާ ކުރަށްވައިފި

ހއ. އޭއީސީ ފެހި ކުރުމުގެ ޕްރޮގްރާމަށް ޢަލީ ޝަމީމް ގަސް ހަދިޔާ ކުރަށްވައިފި

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރެ ފެހި ކުރުމުގެ ޕްރޮގްރާމަށް ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ގަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން، ނައިބު ރައީސް ޢަލީ ޝަމީމް ވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒަށް ގަހާއި، ފެންފޯއް ރުކާއި އަދި ކާޕެޓް ގްރާސް ހަދިޔާ ކުރަށްވާފަ އެވެ. އޭނާ އަތޮޅު ތައުލީމީ މަރުކަޒަށް ހަދިޔާ ކުރި ގަހާއި، ފެންފޯއް ރުކާއި އަދި ކާޕެޓް ގްރާސް ހަދިޔާ ކުރުން އޮތީ މިއަދު ހެނދުނު އަތޮޅު […]

ޔުމްނާ ޢަލީ
ފީވަކު ކައުންސިލް ރައީސްކަމަށް އާދިލް، ނައިބަކަށް ހުސައިން މޫސާ

ފީވަކު ކައުންސިލް ރައީސްކަމަށް އާދިލް، ނައިބަކަށް ހުސައިން މޫސާ

މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އަޙްމަދު ޢާދިލް ހަބަރުމާގެ، އަދި ކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށް ޙުސައިން މޫސާ، ހިޔަލީގެ އިންތިހާބުކޮށްފިއެވެ. މި މަޤާމަށް މިދެބޭފުޅުން އިންތިހާބު ކޮށްފައިވަނީ މިއަދު މެންދުރު ފަހު އެރަށު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ އެކައުންސިލްގެ ތިންވަނަ ދައުރުގެ 109 ވަނަ ޢާންމު ޖަލްސާގަ އެވެ. އަޙްމަދު ޢާދިލް އާދިލްއަކީ އެކައުންސިލްގެ ނައިބް ރައީސްގެ މަޤާމް ފުރުއްވަމުން އައިފަރާތެވެ. މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ...

މުޙައްމަދު އިނާން
އެމްޓީސީސީއާއި ހޯރަފުށީ ރައްޔިތުންގެ ހިތްވަރުން އެއާރޕޯޓް މަސައްކަތް މެކުހައް ޖަހާ ނިންމާލަނީ

އެމްޓީސީސީއާއި ހޯރަފުށީ ރައްޔިތުންގެ ހިތްވަރުން އެއާރޕޯޓް މަސައްކަތް މެކުހައް ޖަހާ ނިންމާލަނީ

ހއ.ހޯރަފުށީގައި ސަރުކާރުން ތަރައްގީ ކުރަމުންދާ އެއާޕޯޓް މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާކަމަށް އެމަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. ހޯރަފުށީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުން އަންނަ މިމަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަމަލީ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާއިރު ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން ފެންނަނީ އިޖުތިމާއި ނަމޫނ...

ޖަލްވާން ޖާދުﷲ