ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ށ.ފޭދޫ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ފޭދޫ ކައުންސިލުން ބުނެފައިވަނީ، ކައުންސިލްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަވަނީ އަހްމަދު ސާމީއަށް ހަދިޔާކޮށްފައެވެ. މި އެހީއާއި ހަވާލުވެފައިވަނީ އަހްމަދު ސާމީގެ ބައްޕަ ރަޝާދު ސަޢީދުއެވެ. އަދި އެހީ ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރުއެވެ. ސާމީއަކީ ދެމަފިރިއަކަށް ލިބުނު ދެ ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމަ އެކ...
އިބްރާހިމް އަސްވާޤް
ޒުވާނަކަށް ވަޅިން ހަމަލާދިނުމުން 28 އަހަރުގެ މީހަކު ކުޅުދުއްފުށި ސިޓީ އިން ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ތިލަދުން އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއަދުގެ 11:25 އެހާކަންހާއިރު ކުޅުދުއްފުށި ފިހާރެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމް ވެފައިވަނީ 22 އަހަރުގެ ފިރިހެނަކަށްކަމަށެވެ. އެމީހާ އަށް ކުޅުދުއްފުށި ހޮސްޕިޓަލް ގައި ދަނ...
އަލީ އާދިލް
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ދަޢުވާ ކުރާ އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރަށްވައި، ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމުގެ އިންޒާރު އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ވައިޓް ހައުސްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ޤައުމުގެ ރިޔާސީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް އެބަ ހިނގާ ކަމަށާއި، އެހެންކަމުން ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހ...
ހުސައިން ހަބީބް
އެލްބިއަން ސްޓޯރގެ އައު ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ. 1980ކ ގެ އަހަރުތަކުން ފެށިގެން ހާޑްވެއަރ ގެ ބާވަތްތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށް ސަޕްލައި ކުރަމުން އަންނަ އެލްބިއަން ސްޓޯރގެ އިތުރު އައުޓްލެޓެއް ހުޅުވާފައިވަނީ ޖަނަވަރީ މަގުގައެވެ. މިފިހާރަ ރަސްމީކޮން ހުޅުވައިދެއްވީ ވައިކަރަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޙުސަން ޒިޔާދު އާއި އާސްކް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރޕަރސަން އަލްފާޟިލާ އާމިނަތު މިރްފަތު އަޙްމަދުއެވެ. އާސްކް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ. ލަތީފް ވިދާޅުވީ މިކަމުގެ އިތުރު ތަފްސީލް އަދި ލިބިފައިނުވާކަމަށާއި މާރާމާރީއެއް އެރަށުގައި ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނެފައިވަނީ މާރާމާރީ ހިނގާފައިވަނީ މިއަދު 11:35 ހާއިރު ބަރާބަރު ފިހާރައިގައި ކަމަށެވެ. މިހާރު ޒަހަމްވި ޒުވާނާއަށް ކުޅުދުއްފުށީ ރީޒަނަލް ހޮސްޕިޓ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އެންމެފަހު މަޢުލޫމާތު ކޮންމެ ދުވަހު ހާމަ ކުރަށްވަމުން އަންނައިރު، ނ. މިލަދޫ ގައި އެކުންފުނިން ކުރަމުން ގެންދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތު އެންމެ ފަހުގެ މަޢުލޫމާތު މިއަދު ވަނީ ހާމަކުރަށްވާފަ އެވެ. މިގ...
އަޙްމަދު ވަހީދު
ސްރީލަންކާގެ ނޭވީ އަދި އެ ޤައުމުގެ ރަށްފުށު ހިސާބުގެ ގިނަ ބަޔަކު ނުކުމެ އެ ހިސާބުގެ ގޮނޑުދޮށަށް ލައްގަމުންދިޔަ 100 އަށްވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފިއެވެ. ކޯވިޑް-19ގެ ބޮޑު ބިޔަ ރާޅެއް އެ ޤައުމަށް ކުރިމަތިވެ، އެ ޤައުމު ފުރަބަންދުކޮށްފައި ވަނިކޮށް އެ ޤައުމުގެ މި ހިސާބުގެ ރައްޔިތުންވަނީ ފުރަބަންދުގެ އެންގުމަށް ނުބަލައި ނުކުމެ މި ބޮޑު މަސްތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައެވެ. ވެރިރަށް ކޮލަންބޯގެ ދެކުނުގައި އޮންނަ ޕާނަދުރައިގެ ގޮނޑުދޮށަށް ލައްގަމުންދިޔަ ގިނަ ޢަދަދެއްގެ ބޮޑު މަސްތައް […]
މުޙައްމަދު މާއިލް ހަސަން
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު އަދި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސާހިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ އަޑީގައި ހުންނަވައިގެން ގެންނަވަން މަސައްކަތް ކުރެއްވި ބަޣާވާތެއްގެ ގޮތުގައި އަޑު ފެތުރުނެވެ. ސީދާކޮށާއި ނުސީދާކޮށެެވެ. މި އަޑު ބައިނަލް އަޤްވާމީ ދުނިޔޭގައި ވަރަށް ބާރަށް ފެތުރުނެވެ. ބޭރުގެ ބޮޑެތި މީޑިއާތަކުގައި ޝައްކުގެ އިނގިލ...
ޢަބްދުﷲ ސަޢީދު
ށ. ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު އެވެ. މި ވެބްސައިޓް އިފުތިތާހު ކުރެވިގެން ދިއުމާއި ގުޅިގެން ފޭދޫ ކައުންސިލުން ބުނީ މިވެބްސައިޓް ހިންގަން ފެށުމާއިއެކު ފޭދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބިގެން ދާނެކަމަށެވެ. މީގެއިތުރުން އެ ކައުންސިލުން ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށް އެތަކެއް ލުއިފަސޭހައެއް ލިބިގެން ދާނެ ކަމ...
ޔުމްނާ ޢަލީ
ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންވަނީ، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ. ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާ...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރިޓޯ ސޮލިއުޝަންގެ ފަރާތުން “ޝަހީދު ޙުސައިން އާދަމް”ގެ އާއިލާއަށް ފެން ފިލްޓަރެއް ހަދިޔާކޮށްފި އެވެ. އެފިހާރައިން ހަދިޔާކުރި ވޯޓަރ ޕިއުރިފައަރ މެޝިން އާއި ހަވާލުވެފައިވަނީ، ޝަހީދު ޙުސައިން އާދަމްގެ މަންމަ އާއި ބައްޕަ އެވެ. މި މެޝިން ހަދިޔާ ކޮށްދެއްވުމަށް، ރިޓޯ ސޮލިއުޝަންގެ ފަރާތުން ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ ޓީމުން ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެގެއަށް ޒިޔާރަތް ކޮށްފަ އެވެ. ރިޓޯ ޝޮލިއުޝަންގެ ފަރާތުން ވިޔަފާރިވެރިޔާ އަލީ ރި...
އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރާނެ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުގެ ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި ފެތުރިފައިވާތީ އެ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރުމަށްޓަކައި އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި އަފީފުއްދީން ސުކޫލް ހޯލްގައެވެ. މިބައްދަލުވުމުގައި...
އިބްރާހިމް ޚަލީލް
މިއަދު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 1 މިިލިޔަން މީހުން ވޯޓު ލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިފަހަރުގެ މި އިންތިޚާބުގައި އެމެރިކާއިން 160 މިލިޔަން މީހުން ވޯޓު ލާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޕޮލިޓިކަލް ސައިންގެ ޕްރޮފެސަރ މައިކަލް ޕީ މެކްޑޮނާލްޑް ވިދާޅުވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލާ ފަހަރެވެ. އެމެރިކާގެ ވޯޓުލެވޭ މީހުންގެ ރެޖިސްޓްރީ ބުނާ ގޮތުގައި ވޯޓު […]
މުޙައްމަދު މާއިލް ހަސަން
ނޮވެމްބަރު 3، 1988 ގައި ޢަބްދުﷲ ލުޠުފީ ރާއްޖޭގައި އޭރު އޮތް ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ބަޔަކު ގޮވައިގެން ދިޔައީ ކީއްކުރަންހެއްޔެވެ؟ “ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ އަހަރެންގެ ރަނގަޅު ރަޙުމަތްތެރިއެއް” ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައަށް 23 އަހަރު ފުރުނު އިރު މީޑިޔާ އަކަށް އޭނާ ދިން ފުރަތަމަ އިންޓަވިއު، ސްރީލަންކާގެ ދަ އައިލެންޑް ނޫހަށް (31 އޮކްޓޯބަރު 2011) ގައި ދީފައިވާ އެކްސްކްލޫސިވް އިންޓަރވިއުގައި ބުނެފައިވެއެވެ. މި އިންޓަރވިއ...
ޢަބްދުﷲ ސަޢީދު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އަށް ހަދިޔާ ކޮށްފިއެވެ. މިއަދު ބޭއްވި މިނިސްޓްރީ އޮފް ޑިފެންސްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދ...
އިބްރާހިމް އަސްވާޤް
ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީގޮތުން ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ، ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން އެޗްއާރުސީއެމް އިން ނިިންމާ އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. މިއަދު ނެރުނު އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ދޫނިދޫގައި ސާފުފެން ލިއްބައިދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ދަނ...
ޔުމްނާ ޢަލީ
ޝަހީދުންގެ ލޭ ޖެހުމުން ބިންގަނޑު ސިހިގެން ދިޔައެވެ. ވެލިފުކަކަށް ފަހު ވެލިފުކެއް އެ ލެއިން ރަތްވެ ފޯވަމުން ދިޔައެވެ. ކޯރު ދެމެމުން ގޮސް އެ ލޭ ހިނދެންފެށިއިރު ކޮންމެ ވެލި ފުކެއް ވެސް ދިޔައީ ރޮމުންނެވެ. އެ ހިނދު ދިވެހި ފަސްގަނޑު ބުންޏެވެ. ދަރިންނޭވެއެވެ. ނުރޯށެވެ. އެ ބޭފުޅުންނަށް ޓަކައި އުފާކުރާށެވެ. އެ ބޭފުޅުން އެ ދައްކައިދިނީ ދީނާއި ޤައުމަށް އޮތް ލޯތްބެވެ. މި ޤައުމުގެ ޙައްޤުގައި ޤުރުބާންވެ، ފިދާވާން ކެރޭ ދަރިން އަދިވެސް ތިބިކަމެވެ. މި […]
ޢަބްދުﷲ ސަޢީދު
32 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި 03 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 06:00 ގައެވެ. 03 ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. އަދި ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. މިރަސްމިއްޔާތުގައި ސިފައިނ...
ޔުމްނާ ޢަލީ