މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1820 ވަނަ ޞަފްޙާ

މައިންބަފައިން ތިބީ 2 ކިޑުނީ ދޭންވެސް ތައްޔާރަށް، ސާމީ އެދެނީ ދީލަތި އެހީއަކަށް!

މައިންބަފައިން ތިބީ 2 ކިޑުނީ ދޭންވެސް ތައްޔާރަށް، ސާމީ އެދެނީ ދީލަތި އެހީއަކަށް!

ޒުވާން އުމުރަކީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގައި ގިނަގުނަ އުންމީދުތަކެއް ކުރާނެ އުމުރެކެވެ. ރަނގަޅު ތަޢުލީމެއް ހޯދުމާއި ރަނގަޅު ވަޒީފާއެއް އަދާކުރުމާއި ކައިވެންޏެއްކޮށް ރަނގަޅު އާއިލާއެއް ބިނާކުރުންފަދަ ގިނަ އުންމީދުތައް އެންމެ ބޮޑަށް ކުރެވިގެންދާ އުމުރަކީ ޒުވާން ކަމުގެ އުމުރެވެ. މިގޮތުން އުމުރުން 27 އަހަރުގެ ށ.ފޭދޫ، ނާރެސް އަޙްމަދު ސާމީއަކީ މިފަދަ އުންމީދުތަކެއް ކުރަމުންއައި ޒުވާނެކެވެ. ނަމަވެސް ސާމީގެ ދެ ކިޑްނީ ފެއިލްވެ އެ ބައްޔަށް ފަރުވާ ކުރަންޖެހުމުގެ ސަބަބުން ދިރިއުޅުމުގައި ވަނީ ވަރަށް ބޮޑ...

އިބްރާހިމް ޚަލީލް
ގްރޭޑް 1 އިން ޖާގަ ދޭނީ 7 އަހަރު ފުރިފައިވާ ނަމަ

ގްރޭޑް 1 އިން ޖާގަ ދޭނީ 7 އަހަރު ފުރިފައިވާ ނަމަ

މިފެށޭ 2021 ވަނަ އަހަރު ގްރޭޑް 1 އަށް ވަދެވޭނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 7 އަހަރު ފުރިފައިތިބޭނެ ކުދިންނަށްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ. އައު ދިރާސީ އަހަރުގެ ކިޔެވުން ފަށަން އެޑިޔުކޭޝަން މިނިސްޓްރީއިން ނިންމާފައި ވަނީ އަންނަ އަހަރު އޯގަސްޓްމަހުގެ 10 އެވެ. އެއާއިއެކު ދިރާސީ އައު އަހަރު، ގްރޭޑް 1 އަށް ދަރިވަރުން ވައްދާނެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެކުލަވާލައި ސްކޫލްތަކަށް ފޮނުވާފައެވެ. މިއުސޫލުގައިވާ ގޮތުން 2021 ވަނަ އަހަރު […]

ޔުމްނާ ޢަލީ
އުމްރާއަށް ގޮސް ތިބެވޭނީ 10 ދުވަހު

އުމްރާއަށް ގޮސް ތިބެވޭނީ 10 ދުވަހު

ކޯވިޑް-19ގެ ސަބަބުން މެދުކަނޑާލި އުމްރާގެ އަޅުކަމަށް ފިޔަވަހި ތަކަކަށް ބަހާލައިގެން އަލުން ފުރުޞަތު ދެމުންދާއިރު، އެ އަޅުކަމަށް ސައުދީ އަރަބިއްޔާ ނޫން ޤައުމުތަކުގެ މީހުންނަށް އެ ޤައުމު އިއްޔެ ހުޅުވާލައިފިއެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ސައުދީ ނޫން ޤައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަން ކުރުމަށް ދިއުމަށް ހުޅުވާލިއިރު، އުމްރާގެ އަޅުކަމަށް ގައުމުން ބޭރުން އަންނަ މީހުންނަށް ސައުދީ އަރަބިއްޔާގައި ތިބެވޭނީ 10 ދުވަހުގެ މުއްދަތަށް ކަމަށް، ސައުދީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރ...

ހުސައިން ހަބީބް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ކުރަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ މާޗު މަހު ބާއްވަން މަސައްކަތް ކުރަނީ

ކޯވިޑް-19 ހާލަތުގެ ސަބަބުން ޚާއްޞަ ޤާނޫނަކުން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. ރާއްޖެޓީވީ އިން ރޭ ގެނެސްދިން ”ފަލަސުރުޚީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް އުންމީދު ކުރަށްވާ ކަމަށާއި، އަދި އެ ތާރީޚްގައި އެ އިންތިޚާބު ބޭއްވުމަށް ވަރަށް މަސައްކަތް ވެސް […]

ޔުމްނާ ޢަލީ
ޝިރުމީނާ ގެއްލިގެން ހޯދަނީ

ޝިރުމީނާ ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ބުނެފި އެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ކަމަށެވެ. މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެ...

ޔުމްނާ ޢަލީ
ފްރާންސްގައި އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވަނީ

ފްރާންސްގައި އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވަނީ

ދުނިޔޭގައި މި ވަގުތު މުސްލިމުންނަށް އެންމެ ހަޖޫ ޖަހައި، އެންމެ ބޮޑަށް ފުރައްސާރަ ކުރަމުން އަންނަ ޤައުމު ކަމަށްވާ ފްރާންސްގައި އަލަށް އިސްލާމްވަމުން ވަމުން އަންނަ މީހުންގެ ޢާބާދީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފްރާންސްގެ ވެރިރަށް ޕެރިސްގެ ކްރޭޓެއިލް ސަރަހައްދުގައި ބިނާކޮށްފައިވާ ‘ސަހާބާ’ މިސްކިތަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި އަލަށް އިސްލާމްވަމުން އަންނަ އައު މުސްލިމުންގެ މިސްކިތެވެ. އެ މިސްކިތުން ދިން މަޢުލޫމާތެއްގައި ބުނެފައިވަނީ އަހަރެއްގެ މައްޗަށް 150 އަށްވ...

މުޙައްމަދު މާއިލް ހަސަން
އުރީދޫ އެމްފައިސާ މެދުވެރިކޮށް މިހާރު މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދެއްކޭނެ

އުރީދޫ އެމްފައިސާ މެދުވެރިކޮށް މިހާރު މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދެއްކޭނެ

އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތްކަމަށްވާ “އެމްފައިސާ” މެދުވެރިކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ ވާރުޕޭ އިން އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެވެ. އުރީދޫއިން ބުނީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކައި، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދ...

އިބްރާހިމް އަސްވާޤް
ފަތުރުވެރިންނާއި، ރިސޯޓުތަކުގެ މުވައްޒަފުން ކަރަންޓީން ކުރުމަށް ރިސޯޓެއް ހޯދަނީ

ފަތުރުވެރިންނާއި، ރިސޯޓުތަކުގެ މުވައްޒަފުން ކަރަންޓީން ކުރުމަށް ރިސޯޓެއް ހޯދަނީ

ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް ނިންމައި، ރިޒޯޓެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް އެ މިނިސްޓްރީން ނިންމާފައި ވާކަމަށެވެ. މިގޮތުން އެ...

އިބްރާހިމް އަސްވާޤް
ފޭދޫގެ ފާރުތަކުގައި ހުރި ބޭއަދަބީ ލިޔުންތައް ފޮހެލައިފި

ފޭދޫގެ ފާރުތަކުގައި ހުރި ބޭއަދަބީ ލިޔުންތައް ފޮހެލައިފި

ށ. ފޭދޫގެ އެކިހިސާބުތަކުގެ ފާރުތަކުގައި، އިޖްތިމާޢީ އާންމު މިންގަނޑުތަކާއި ޚިލާފަށްހުރި ބޭއަދަބީ ލިޔުންތައް ފޮހުމުގެ ހާއްސަ ހަރަކާތެއް ށ.ފޭދޫ ކައުންސިލް އިން ކުރިއަށް ގެންގޮށްސި އެވެ. ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އިއްޔެގެ މެންދުރުފަހު 2:00 އިން ފެށިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެރަށުގެ އާންމުންނާއި ފުލުހުންނާއި އެރަށުގެ އެކި އެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ. ރަށުތެރޭގައި ބޭއަދަބީ ބަސްތަކާއި އިޖްތިމާއީ މ...

މުޙައްމަދު އިނާން
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެ

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެ

މާލެ- ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެ އެވެ. ފުލހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭމަތީ މަސައްކަތެއްކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އަންހެނެއްކަމަށާއި އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުންދާކަމަށ...

ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ސަފީރު، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސިވިލާތުގެ ސަފީރު، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ދޭދޭ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ މަޤާމުގެ ފު...

ޔުމްނާ ޢަލީ
ފަޔާޒުގެ ސަސްޕެންޝަން އުވާލައިފި

ފަޔާޒުގެ ސަސްޕެންޝަން އުވާލައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒް، މަސް ދުވަހަށް ސަސްޕެންޑްކޮށްފައި ހުރުމަށްފަހު ސަސްޕެންޝަން އުވާލައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒްގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަސްޕެންޝަން އުވާލުމާ ގުޅިގެން މިއަދު ވަޒީފާ އަށް ނިކުންނަވަން ވަނީ ފައްޓަވާފަ އެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަމަހުގެ 1 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަޔާޒްއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފ...

ޔުމްނާ ޢަލީ
ކޯވިޑްގެ ސަބަބުން އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ނުބޭއްވޭނެ: މަހްލޫފް

ކޯވިޑްގެ ސަބަބުން އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ނުބޭއްވޭނެ: މަހްލޫފް

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ތެރެއިން 2023 ވަނަ އަހަރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވޭނެ ގޮތެއް ނެތް ކަމުގައި ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވަން ބިޑް ކާމިޔާބުކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވޭނޭ ގޮތެއް މިވަގުތު ނެތްކަމުގައި މަހްލޫފް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނ...

އިބްރާހިމް ޚަލީލް
ބީއެމްއެލްގެ ބައެއް ލޯނުތަކުން އިންޓަރެސްޓް އަދި ޕްރޮފިޓް ރޭޓް ކުޑަކޮށްފި

ބީއެމްއެލްގެ ބައެއް ލޯނުތަކުން އިންޓަރެސްޓް އަދި ޕްރޮފިޓް ރޭޓް ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕަރސަނަލް އަދި ހައުސިން ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް އަދި ޕްރޮފިޓް ރޭޓއަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ ބީއެމްއެލް އިން ބުނީ އެ ބޭންކްގެ އިސްލާމިކްގެ ފައިނޭންސިންގއަށްވެސް މި ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. މި ބަދަލުތަކާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބަދަލުތައް ގެނައީ އެ ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މިއަދު ގެނެވުނު ބަދަލާއެކު ކަސްޓަމަރުންގެ މެދުގައި މަގްބޫލްކަމެއް ލިބިފައިވާ ލުއި […]

ޝިއުނާ އާދަމް
ފުނަދޫއިން މަސްތުވާތަކެއްޗާއިއެކު 2 މީހުން ހައްޔަރުކޮށްފި

ފުނަދޫއިން މަސްތުވާތަކެއްޗާއިއެކު 2 މީހުން ހައްޔަރުކޮށްފި

ށ. ފުނަދޫއިން މަސްތުވާތަކެއްޗާއިއެކު 2 މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކާއި 63 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށާއި އެދެމީހުން ހައްޔަރުކޮށްފައިވަނީ އެރަށު ބަނދަރު ސ...

އިބްރާހިމް އަސްވާޤް
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިތުބާރުހިފޭ މަގާމެއްގައިހުރެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި އެމީހާ ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކަށެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައް...

ޔުމްނާ ޢަލީ
ލަލީގާ: ރިއާލް މެޑްރިޑް މޮޅުވިއިރު ބާސާ އެއްވަރު

ލަލީގާ: ރިއާލް މެޑްރިޑް މޮޅުވިއިރު ބާސާ އެއްވަރު

ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗްމްޕިއަން ރެއާލް މެޑްރިޑް ލަލީގާގައި ކުޅުނު މެޗް ކާމިޔާބު ކުރި އިރު ވާދަވެރި ބާސެލޯނާ ލަލީގައިގައި ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ. ލަލީގާއަށް މިސީޒަނަށް ޕްރޮމޯޓްވި ހުއެސްކާ އާއި ދެކޮޅަށް ކުޅެ ރިއާލްއިން މެޗް ކާމިޔާބުކުރީ ފަސޭހަކަމނާއިއެކު 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަގޯލް ޖަހާ ރިއާލްއަށް ލީޑު ނަގައިދިނީ 40 ވަނަ މިނިޓްގައި ބެލްޖިއަމްގެ ތަރި އެޑެން ހެޒާޑް އޭރިރާ ބޭރުގައި ހުރެ ފޮނުވާލި ބާރު ޝޮޓް ގޯލްގެ ވާތްފަރާތު […]

އަޙްމަދު އަސްފާން
އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އިންޑިއަން ކޯސްޓްގާޑް ޝިޕް “އައިސީޖީއެސް ސަންކްލަޕް” މިއަދު ރާއްޖެ އަތުވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ އައިސީޖީއެސް ސަންކްލަޕް ރާއްޖެއަށް ކުރާ މި ދަތުރަކީ، އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އައި މަނަވަރެއް ކަމަށެވެ. މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކު...

އިބްރާހިމް އަސްވާޤް