އިތުބާރުހިފޭ މަގާމެއްގައިހުރެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި އެމީހާ ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކަށެވެ.
މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖޭގެ ޖިންސީގޯނާގެ މައްސަލަތަކާއި، އަދި ރޭޕްގެ މައްސަލަތައް ފަހަކަށް އައިސް ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެގެން ގޮސްފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!