މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1802 ވަނަ ޞަފްޙާ

މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާ އިތުރުކުރި ބިލު ތަސްދީޤު ކުރަށްވައިފި

މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާ އިތުރުކުރި ބިލު ތަސްދީޤު ކުރަށްވައިފި

ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ ދެ ވިސާއެއް އިތުރުކުރި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2007) އަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވިސާއަކީ، މީޓިންގ ވިސާއާއި، ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން މި ވިސާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނެވެ. މީޓިންގ ވިސާއަކީ، ކޮންޓ...

ޔުމްނާ ޢަލީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ށ. ފޭދޫ ސަޢީދު ޙަސަން ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ށ. ފޭދޫ ސަޢީދު ޙަސަން ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ށ. ފޭދޫ، ޗޭނުގެ، ސަޢީދު ޙަސަން ހޯދަން ފުލުހުން ޢިއުލާން ކޮށްފިއެވެ، ފުލުހުން ވިދާޅުވީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަށްވަމުންދާ ކަމަށެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ށ. ފޭދޫ، ޗޭނުގެ، ޢުމުރުން 47 އަހަރުގެ ސަޢީދު...

ޝިއުނާ އާދަމް
އަންހެނުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް - ނައިބު ރައީސް

އަންހެނުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް - ނައިބު ރައީސް

އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ. އަދި އެ ޚިޠާބުގައި އެމަނިކުފާނު ވަނީ އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިވާފައިއެވެ. ނަ...

ޔުމްނާ ޢަލީ
ބޮނބިދޯނި ދުއްވި ޒަމާން

ބޮނބިދޯނި ދުއްވި ޒަމާން

ރަށުގެ ދިގު އަތިރިމަތީގައި އޮންނަނީ ހުސް ކުންޏެވެ. ބައެއް ހިސާބުގަނޑުގައި އުސްކޮށް ހެދިފައި ވަނީ ބޮޑު ކުނިގޮނޑެވެ. އަތިރިއަށް ފައިބާ މަގުތަކާއި އޮޑިވަޅުތަކާ ދިމާގައި ކުނިމަދެވެ. އެއީ ގޮނޑުދޮށަށް ކުނިއެޅި ޒަމާނެވެ. ފަޅު ނުކޮނެ އޮތް ޒަމާނެވެ. ދެ މޫސުން ބެދޭ ދުވަސްވަރު ޖަހާ ދަންހަޅައިގެ ތެރޭގައި ބައެއް ފަހަރު ކުނިގޮނޑު މޫދަށް ދަމައިގަނެއެވެ. އަނެއްބައި ފަހަރު އިހުނަށްވުރެ އެއްގަމަށް ކުނިތައް އަރުވައެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާޅާއެކު ބޭރަށް ދަމައިގަންނަ ކުނިތައް ފަޅުގައި އަޅާ ބާރު […]

ޢަބްދުﷲ ސަޢީދު
ނަތެންޔާހޫ އަދި ސަޢުދީގެ ވަލީ އަޙްދު ސިއްރުން ބައްދަލު ކުރިކަމުގެ އަޑުތަކެއް

ނަތެންޔާހޫ އަދި ސަޢުދީގެ ވަލީ އަޙްދު ސިއްރުން ބައްދަލު ކުރިކަމުގެ އަޑުތަކެއް

އިޒްރާޢީލުގެ ކެބިނެޓް މިނިސްޓަރެއް ހާމަ ކުރި ގޮތުގައި، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ ވަނީ ސަޢުދީ އަރަބިއްޔާއަށް އެ ޤައުމުގެ ވަލީ އަޙްދު މުހައްމަދު ބިން ސަލްމާންއާއި ބައްދަލުކުރުމަށް ބައްދަލުކުރުމަށް ގޮސްފައެވެ. ދުނިޔޭގެ ޚަބަރު ފަތުރާ ނޫސްތަކުން ބުނާ ގޮތުގައި މި ސިއްރު ބައްދަލުވުންތަކުގައި އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އާދިއްތަ ދުވަހު ހިނގި މި ބައްދަލުވުމަކީ އިޒްރާއީލުގެ ފަރާތުން ޢަރަބި ޤައުމުތަކުގެ ރުހުން ހޯދުމަށް ކުރި ދަތުރެ...

މުޙައްމަދު މާއިލް ހަސަން
ކުރިމަގުގައި އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އާއި ހދ. އަތޮޅު: ދޮންބިލެތް  

ކުރިމަގުގައި އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އާއި ހދ. އަތޮޅު: ދޮންބިލެތް  

ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އަތޮޅާއި، އާއި ހދ. އަތޮޅު ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. ދޮންބިލެއް އަޙްމަދު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު”އަށް އިޞްލާޙު ގެނައުމުގެ ބިލު...

އަލީ އާދިލް
މެދުކަނޑާލާފައިވާ ނާސްތާ ޕްރޮގްރާމް ބަދަލުތަކާއިއެކު އަލުން ފަށަނީ

މެދުކަނޑާލާފައިވާ ނާސްތާ ޕްރޮގްރާމް ބަދަލުތަކާއިއެކު އަލުން ފަށަނީ

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މެދުކަނޑާލާފައިވާ ނާސްތާ ޕްރޮގްރާމް އެދެވޭ ބަދަލުތަކާއިއެކު އަންނަ ޖެނުއަރީ މަހު އަލުން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިގޮތުން ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދަރިވަރުންނަށް ދެވޭ ކާނާ އެއީ މިންހެޔޮ ކާނާއަށް ހެދުމުގެ އިތުރުން ކާނާގެ ސާފުތާހިރުކަން ކަށަވަރު ކުރުމެވެ. އަދި މިހާރު ބޭނުންކުރާ މެނޫއަށް ވެސް ބަދަލުތަކެއ...

އިބްރާހިމް ޚަލީލް
ދެކުނަށް ''ދެ ސިޓީ'' ލިބޭނަމަ، އުތުރަށް މިލިބެނީ ''ބޭސް ސިޓީ''އެއް: މޮސްޓާ

ދެކުނަށް ''ދެ ސިޓީ'' ލިބޭނަމަ، އުތުރަށް މިލިބެނީ ''ބޭސް ސިޓީ''އެއް: މޮސްޓާ

ރާއްޖޭގެ އުތުރަށް އަބަދުވެސް ތަފާތު ކުރާތަން ފެންނަ ކަމަށާއި، ދެކުނަށް ދެ ސިޓީ ލިބޭނަމަ އުތުރަށް ލިބެނީ ބޭސް ސިޓީއެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ ނުރުހުން ފާޅުކުރަށްވާ މި މޭރުމުން ވާހަކަ ދެއްކެވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު”އަށް އިޞްލާ...

އަލީ އާދިލް
ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމުކަމެއް: ނައިބު ރައީސް

ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމުކަމެއް: ނައިބު ރައީސް

ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތައް ރާއްޖޭގެ އަތޮޅުތަކަށް ވެސް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މި މޭރުމުން ވިދާޅުވީ، ކުޑަކުދިންނަށް ދޭ ތެރަޕީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި...

ޝިއުނާ އާދަމް
ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ހއ. ވަށަފަރުގެ ގެސްޓު ހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް ހުއްދަ ލިބުން ލަސްވެގެން ދާތީ އެރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަށަފަރުގައި ހިންގާ 4 ޓޫރިސްޓް ގެސްޓް ހައުސްގެ ފަރާތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ގެސްޓް ހައުސްތަކުން ވަނީ އެކަން ”ތިލަދުން”އަށް ހިއްސާކޮށްފައެވެ. ވަށަފަރުގައި ހިންގާ ހަތަރު ގެސްޓް ހައުސްވެސް ސަރުކާރުން ގެސްޓް ހައުސްތައް ހުޅުވާލަން ފުރަތަމަ ހުއްދަދިން އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ބޭނުންވެ، އެ ގެސް...

ޔުމްނާ ޢަލީ
މާލޭ ސިޓީގެ މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

މާލޭ ސިޓީގެ މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ގުޅުންހުރި ދާއިރާތަކާއެކު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ. ހޯމް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއިން އިސްވެ މިމަސައްކަތް ފެށާފައިވަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށެވެ. މިމަސައްކަތް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވަނީ ކޮމެޓީއެއް އެކުލަވާލައްވާފަ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ބުންޏެވެ. މިގޮތުން އެކުލަވާލެއް...

އަޙްމަދު ވަހީދު
ހޯރަފުށީގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމްކޮށް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހޯރަފުށީގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމްކޮށް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގައި، ޕަވަރ ޕާޗެސިންގ އެގްރީމެންޓްގެ ދަށުން ސޯލާ ކަރަންޓު އުފައްދާ ނިޒާމެއް އަމިއްލަ ޚަރަދުގައި ގާއިމްކޮށް، އޮޕަރޭޓްކޮށް އެނިޒާމުން އުފައްދާ ކަރަންޓު ހޯރަފުށީގެ ގްރިޑަށް ފީޑްކޮށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް، އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލައިފިއެވެ. އެކަމަށް އެ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އެ ކައުންސިލުން ދައްކާ، ހޯރަފުށީގެ މޫދުގެ ސަރަހައްދެއްގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ސޯލާ ގްރިޑް ކަނެކްޓެޑ...

އިބްރާހިމް ޚަލީލް
ހިޔާގައި ތިބި ކުދިން ތަކަކަށް އަނިޔާކުރި މައްސަލައެއް، 11 މީހަކަށް ދައުވާކުރަނީ

ހިޔާގައި ތިބި ކުދިން ތަކަކަށް އަނިޔާކުރި މައްސަލައެއް، 11 މީހަކަށް ދައުވާކުރަނީ

2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ބައެއް ކުޑަކުދިންނާއިމެދު އެތަނުގެ ބައެއް މުއައްޒަފުންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަށް ދީފައިވާ މައްސަލައިގެ ތުހުމަތުގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމައިފިއެވެ. އެކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިމައްސަލަ ބެލުމަށްފަހު ޢާއްމުކުރެއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަން ކުރިއަށް ގެންދިޔަ ތަހުގީގުގައި 2017 ވަނަ އަހަރު ކުޑ...

ޔުމްނާ ޢަލީ
އެންމެ އުތުރުގެ ދެއަތޮޅަށް އަމާޒުކޮށްގެން ''އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2020'' ބާއްވަނީ

އެންމެ އުތުރުގެ ދެއަތޮޅަށް އަމާޒުކޮށްގެން ''އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2020'' ބާއްވަނީ

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. “އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2020” ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހއ. އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. ހދ އަތޮޅުގައި ހުރި ސަރުކާރު...

އިބްރާހިމް ޚަލީލް
ތިން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލައިފި

ތިން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލައިފި

ތިން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤު ކުރުމަށް، ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ. ޖޭއެސްސީން ބުނީ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤުރުމަށް ކޮމިޓީ އެކުލަވާލާފައިވަނީ، އޮކްޓޫބަރު 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 79 ވަނަ ބައްދަލުވުމުގައި ކަމަށެވެ. އެގޮތުން ސްލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ އެއް ފަނޑިޔާރަކީ، ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭނާގެ ސްލޫކީ […]

ޝިއުނާ އާދަމް
މަހަށް ގޮސްއުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަހަށް ގޮސްއުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަހަށް ގޮސް އުޅެނިކޮށް ލޮލަށް ބުޅިއެއް ހެރުނު ޒުވާނަކަށް އަވަސް ފަރުވާއަށް މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ އެޒުވާނާގެ ލޮލަށް ބުޅިހެރުނީ، މ. ކޮޅުފުށީގެ 11 ނޯޓިކަލް މޭލު ބޭރުގައި ”އަލި ރާސްތާ1” ކިޔާ ދޯނީގައި މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. ލޮލަށް ބުޅި ހެރިގެން އަވަސް ފަރުވާއަށް ގެންދަނީ 26 އަހަރުގެ ދިވެހި ޒުވާނެއްކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެ […]

ޔުމްނާ ޢަލީ
ކެލާގެ ގެސްޓްހައުސްތައް ހުޅުވާލަން ދަނީ މަޝްވަރާ ކުރަމުން: ކައުންސިލް

ކެލާގެ ގެސްޓްހައުސްތައް ހުޅުވާލަން ދަނީ މަޝްވަރާ ކުރަމުން: ކައުންސިލް

ކޯވިޑް-19 ސަބަބުން ބަންދުކުރި ހއ. ކެލާގެ ގެސްޓް ހައުސްތައް އަލުން ފަތުރުވެރިކަމަށް ހުޅުވާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކެލާ ކައުންސިލުން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލަން ސަރުކާރުން ހުއްދަދޭން ފެށީ ހުސްވި އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލިއިރު، ގެސްޓް ހައުސްތައް ހުޅުވުމަށް ރަށްރަށަށް ހުއްދަ ދިނު...

ޝިއުނާ އާދަމް
"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ސެމީއަށް ޓީމްތައް ދަތުރުކޮށްފި

"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ސެމީއަށް ޓީމްތައް ދަތުރުކޮށްފި

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި މިހާރު ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމްތައް ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ސެމީފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވާ ޓީމަތަކަކީ ޓީމް ބޮލޮކް، ބުނެލާނެ، ޓީމް ލެޖެންޑްސްގެ އިތުރުން ޓީމް ރޫޙްއެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުން ލިބުނު 11 ޕޮއިންޓާއިއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީމް ބްލޮކް ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، ގްރޫޕް […]

އިބްރާހިމް ޚަލީލް