މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1803 ވަނަ ޞަފްޙާ

''ސޭވް މޯލްޑިވްސް'' އިން ''މެންގްރޫވް އާރޓް ކޮންޓެސްޓް''ގައި ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށްފި

''ސޭވް މޯލްޑިވްސް'' އިން ''މެންގްރޫވް އާރޓް ކޮންޓެސްޓް''ގައި ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށްފި

ރާއްޖޭގެ ތިމާވެށީގެެ ހިމާޔަތުގައި ވަކާލާތުކޮށް މަސައްކަތް ކުރާ ”ސޭވް މޯލްޑިވްސް” ހަރަކާތުގެ ފަރާތުން، ”19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓް” ގައި ހދ. ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށް، ބަޔާނެއް ނެރެފިއެވެ. ބައިނަލް އަޤަވާމީ މި ކުރެހުމުގެ މުބާރާތުން ނޭކުރެންދޫ 3 ދަރިވަރަކު ފަޚުރުވެރި ވަނަތައް ހާސިލް ކޮށްފައިވާއިރު، މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވެފައި ވަނީ ”ސޭވް މޯލްޑިވްސް” ހަރަކާތުގެ އެހީތެރިކަމުގެ ތެރެއިންނެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގެ ފަރާތުން އިންތިޒާމުކޮށްގެން...

ޙުސައިން ޝަހުދީ
ބިލެތް އިންދައި ހެއްދުން

ބިލެތް އިންދައި ހެއްދުން

ބިލެތަކީ ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ގިނަ ބައެއްގެ މެދުގައި މަޤުބޫލު ފަތެކެވެ. އާއްމުކޮށް ދުފުމަށް ބިލެތް ބޭނުންކުރި ނަމަވެސް ބޭސްވެރިކަމުގައިވެސް ބިލެތް ބޭނުންކުރެއެވެ. ބިލެތަކީ ވެޔޮ ގޮތަށް ހެދޭ މަޑުލަކުޑިލީ އާއިލާގެ ގަހެކެވެ. ކުރި އިންދުން ކުރި އިންދައިގެން ބިލެތް ހެއްދިދާނެއެވެ. މިގޮތުން ދިގުމިނުގައި 18 ވަރަކަށް އިންޗި ހުންނަވަރުގެ މާ ހަރުނޫން ކުރި ކަނޑާށެވެ. ކުރި ބުރިކޮށްލާނީ ފަތްވަޅެއްގެ ބުޑުން ސެންޓިމީޓަރެއް ހާތަން ބެހެއްޓުމަށްފަހު 45 ޑިގްރީއަށް ކަތިކޮށް ތޫނު...

ހުބާ ޕްލާންޓްސް
ޗައިނާއިން ހަނދަށް ދިޔުމަށް ތައްޔާރުވާން ފަށައިފި

ޗައިނާއިން ހަނދަށް ދިޔުމަށް ތައްޔާރުވާން ފަށައިފި

ޗައިނާއިން އިންސާނަކާއި ނުލާ ހަނދަށް ދިޔުމަށް މަސައްކަތް ފަށައިފިއެވެ. ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޤައުމަކަށް ކުރެވިފައިނުވާ ކަމެއް ކަމަށްވާ ހަނދުން ތަހުލީލު ކުރުމަށް ސާންޕަލް ގެނައުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ބެއިޖިންގް އިން ސްޕޭސް ސްޓޭޝަނެއް ހެދުމަށް ބިލިޔަނުން ޚަރަދު ކުރަމުން އަންނަ އިރު، އެ ޤައުމުގެ އެންމެ ބޮޑު އަމާޒަކީ 2022 ވަނަ އަހަރު އެ ޤައުމުގެ ޖައްވީ އިދާރާ ޤާއިމުކޮށް އިންސާނުން ޖައްވަށް ފޮނުވުމެވެ. ‘ޗަންގޭ-5 ޕްރޯބް’ ގެ […]

މުޙައްމަދު މާއިލް ހަސަން
ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޯކައިދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެރަށުން މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެޗްޕީއޭގެ ހޯމް ކަރަންޓީނު އުސޫލުގެ ދަށުން ކަރަންޓީނު 14 ދުވަސް ހަމަ ކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލްއިން ކަމަށް ވެސް ފޯކައިދޫ ކައުންސިލުން ބުންޏެވެ. އަދި އެކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް […]

ޝިއުނާ އާދަމް
ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވަރކޮށް އިންސްޓޯލްކުރުމަށް ހަވާލުކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެކު އެވެ. މިއަދު މެންދުރު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ...

އިބްރާހިމް އަސްވާޤް
އުޅަނދުފަހަރު ފުންކުރުމަށް އެހީތެރިވާން ހުށަހެޅި ޤަރާރު ފާސްނުކުރުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް: ނާޒިމް

އުޅަނދުފަހަރު ފުންކުރުމަށް އެހީތެރިވާން ހުށަހެޅި ޤަރާރު ފާސްނުކުރުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް: ނާޒިމް

ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) މަޖިލިސްއަށް ހުށަހެޅުއްވި، ފަރަށް އަރާ ކަނޑު އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތްކުރާނެ ދައުލަތުގެ އިދާރާއެއް އުފެއްދުމާއިބެހޭ ޤަރާރު ފާސްނުކޮށް ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ފަރަށް އަރާ އުޅަނދުފަހަރު ފުންކުރުމުގެ މަސައްކަތްކުރާނެ ދައުލަތުގެ އިދާރާއެއް ހުރުމުގެ މުހިންމުކަން ފާހަގަކޮށް ނާޒިމް މަޖިލީހަށް ހުށަހެޅުއްވި އެ ޤަރާރު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނި...

ޔުމްނާ ޢަލީ
ހޯރަފުއްޓަށް ބާއްވާ ފުރަތަމަ ޝެޑިއުލް ފްލައިޓް ފުލްވެ، މިމަހު 28 އަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި

ހޯރަފުއްޓަށް ބާއްވާ ފުރަތަމަ ޝެޑިއުލް ފްލައިޓް ފުލްވެ، މިމަހު 28 އަށް އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި

ހއ. ހޯރަފުއްޓަށް މޯލްޑިވިއަނުން ބާއްވާ ފުރަތަމަ ޝެޑިއުލް ފްލައިޓް ފުލްވެ، މި މަހުގެ 28 ގައި އިތުރު ފްލައިޓެއް ބޭއްވުމަށް ޝެޑިއުލްކޮށްފިއެވެ. މޯލްޑިވިއަނުން ވަނީ ހޯރަފުށީ އެއާޕޯޓަށް ފަށާ ފުރަތަމަ ޝެޑިއުލް ދަތުރު މިމަހުގެ 26 ވާ ބުރާސްފަތި ދުވަށް ޝެޑިއުލަކޮށްފައެވެ. މިއަދު މޯލްޑިވިއަނުން ބުނީ މިހާރު އެ ފްލައިޓް ފުލްވެފައިވާ ކަމަށާއި، ހޯރަފުއްޓަށް އޮތް ޑިމާންޑް ބޮޑުވުމުން މި މަހުގެ 28 ގައި އިތުރު ފްލައިޓެއް އެރަށަށް ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި ހޯރަފުށިން ޝެޑިއުލްކުރި ފްލައިޓްތައްވެސ...

ޔުމްނާ ޢަލީ
މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

ށ. މިލަންދޫ އާއި ށ. ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ، މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލި...

އިބްރާހިމް އަސްވާޤް
ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރެއް ކޭއާރުއެޗްގައި ޚިދުމަތް ދޭންފަށައިފި

ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރެއް ކޭއާރުއެޗްގައި ޚިދުމަތް ދޭންފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގައި ކުޑަކަމުދާ ނިޒާމުގެ (ޔޫރޮލޮޖިސްޓް) ހާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ތަޢާރަފްކޮށް އެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ. ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ސްޕަރސްޕެޝަލިސްޓުގެ ޚިދުމަތް 22 ނޮވެމްބަރ 2020 ގައި އެ ހޮސްޕިޓަލުން ތަޢާރަފް ކޮށްފައިވާއިރު، މި ފަރުވާ ދެއްވަނީ އެކަމުގެ ސްޕެޝަލިސްޓެއްކަމަށްވާ ޑ.މުޙައްމަދު އެލްޝަތު ހުސެނި އިސްމާއިލްއެވެ. މިކަމާއި ގުޅިގެން ކޭއާރުއެޗުގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގައި މުޅީން އަލަށް ޔޫރޮލޮޖިސްޓް ( ކުޑަ...

އިބްރާހިމް ޚަލީލް
ނަސީމަށް ރުހުން ދީފި

ނަސީމަށް ރުހުން ދީފި

ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އައްޔަނުކުރައްވާފައިވާ އަޙްމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ރައީސް ޞާލިޙް، ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަނު ކުރެއްވީ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހުއެވެ. އަދި ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފައި ވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދިރާސާކޮށް ވަނީ ނަސީމަށް ރުހުން ދޭން […]

ޔުމްނާ ޢަލީ
އިމްރާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

އިމްރާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲގެ މައްޗަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލާގައި، 53 މެންބަރުންގެ ވޯޓާއިއެކު އިމްރާންގެ އިތުބާރުއޮތް ކަމަށް ފާސްވެއްޖެ އެވެ. އިދިކޮޅު ކޯލިޝަންގެ 9 މެންބަރަކާއި، މިނިވަން 2 މެންބަރަކު ސޮއިކޮށް ހުށަހެޅި އެ މައްސަލަ ފާސްނުވިއިރު، މިނިސްޓަރު އިމްރާންގެ އިތުބާރުނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި އެ 11 މެންބަރުންނަކީ މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލިހަށް ވައްދާފައިވާ މައްސަލާގައި ސޮއިކުރެއްވި 11 މެންބަރުނ...

އަޙްމަދު ވަހީދު
އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. އީސީގެ މެމްބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެކަމަށްކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑް ފޯމާއެކު މިމިހުގެ 30ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވައި އެކ...

އިބްރާހިމް އަސްވާޤް
ތަރިކައާއި ސަގާފަތުން ފައިދާ

ތަރިކައާއި ސަގާފަތުން ފައިދާ

އައްޑޫ ސިޓީ ހިތަދޫގައި އޮންނަ ނޭޗަރ ޕާކު ބަލާލަން ދިޔަ ދުވަހެވެ. ގުދުރަތީ ހިތްގައިމު އެތައް މަންޒަރެއް ދުށީމެވެ. ތާރީޚީ އެތައް ވާހަކައެއްގެ އަޑު އެހީމެވެ. ވަރަށް ހިތްގައިމު ރީތި ފޮޓޯތަކެއް ނެގީމެވެ. އެ ދުވަހު ހިތަށް އެރިއެވެ. ރާއްޖޭގައި މީގެ ނޭޗަރ ޕާކުތައް ބައިވަރެވެ. އެ ތަންތަން ކޮންމެވެސް ދުވަހަކުން ޕާކުތަކަކަށް ވާނެއެވެ. ރަށްރަށުގައި ހުރި ކުޅިތަކާއި ފާތަކާއި ހިތްގައިމު ތުނޑިތަކާއި ތިލަ ފަޅުތަކާއި ކުދި ފުށިތަކާއި ހުރާގަނޑުތަކަކީ ވެސް ހަމަ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ […]

ޢަބްދުﷲ ސަޢީދު
އަދާލަތު ޕާޓީއާއިއެކު މަސައްކަތްކުރަން އަބަދުވެސް އެމްޑީޕީ ބޭނުންވޭ: އާޒިމް

އަދާލަތު ޕާޓީއާއިއެކު މަސައްކަތްކުރަން އަބަދުވެސް އެމްޑީޕީ ބޭނުންވޭ: އާޒިމް

އަދާލަތު ޕާޓީއާއިއެކު ގާތް ގުޅުމެއް ބާއްވައިގެން ކަންކަން ކުރަން އަބަދުވެސް އެމްޑީޕީން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅު ވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްޖަލްސާގައި، އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައާއިގުޅިގެން، އެމައްސަލާގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ އަދާލ...

އަލީ އާދިލް
އިތުބާރުގެ މައްސަލައަކީ ބަހަނާއެއް: އިމްރާން

އިތުބާރުގެ މައްސަލައަކީ ބަހަނާއެއް: އިމްރާން

އެމަނިކުފާނުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައަކީ ބަހާނެއްކަމަށާއި، ސަރުކާރު ބަލިކަށިކޮށްލަން ހިންގާ ފިތުނައެއްކަން ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި، މިއަދު ޖަވާބު ދާރީވެ މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކާގައެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ، އުފައްދައިގެން ބަޔަކު ކުރަހައިގެން އުޅޭ ”ކު...

އަލީ އާދިލް
މަޖިލީސް ''ބަގް'' ކުރަން އުޅުނު މައްސަލައެއް

މަޖިލީސް ''ބަގް'' ކުރަން އުޅުނު މައްސަލައެއް

ރައްޔިތުންގެ މަޖިލިސްގެ ބައެއް ކޮޓަރިތައް ”ބަގް” ކުރަން އުޅުނު މައްސަލައެއް ހުށަހެޅިފައިވާކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާ ފެށުމުގެ ގޮތުން، އެޖެންޑާ ނަމްބަރު 4، ”ރިޔާސަތުން އަންގާ އެންގުން”ގެ ދަށުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސްގެ ބައެއް ކޮޓަރިތައް ”ބަގް” ކުރުމަށް އުޅުނުކަމުގެ މަޢުލޫމާތު މަޖިލިސްގެ ސާޖެންޓް އެޓް...

ޔުމްނާ ޢަލީ
އޮޑިއެޕް އެސިސްޓެންސް: މިއޮތީ، އޮޑިވެރިންނަށް މާ ފަސޭހަ ގޮތެއް

އޮޑިއެޕް އެސިސްޓެންސް: މިއޮތީ، އޮޑިވެރިންނަށް މާ ފަސޭހަ ގޮތެއް

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް، އެއް އަތޮޅުން އަނެއް އަތޮޅަށް ކަނޑު ދަތުރުކުރުމަށް އޮތް ހުރަހަކީ ދަތުރު ފަތުރު ރޭވިފައި އޮންނަ ހަރުދަނާ ވިއުގައެއް ގާއިމްވެފައި ނެތުމެވެ. އަދި ދެވޭނެ ގޮތް ތަކުގެ ފަސޭހަ މަޢުލޫމާތު ލިބެން ނެތުމެވެ. ފެރީތަކާއި ސްޕީޑްބޯޑްތަކުގެ ދަތުރުގެ ތާވަލް ފެންނާނެ އެކަށީގެންވާ ފަސޭހަ ވަޞީލަތެއް ނެތުމެވެ. މި ހުރިހާ ކަމަކަށް ހައްލު މިހާރު ހޯދައިދޭނެ ވަޞީލަތަކީި އޮޑިއެޕް އެވެ. މިއީ ދިވެހިރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތަށް ފަސޭހަކަމާއިއެކު މެނޭޖް ކުރެވޭނެ ޕްލެޓްފޯމެ...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެ އިން ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި، އޭނާ ނިޔާވެފައިވަނީ މެންދުރުފަހު 14:09 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައިވެ އެވެ. ކޯވިޑް-19 ބަލީގައި ރާއްޖެ އިން އިތުރު މީހަކު ނިޔާވުމުން، ރާއްޖެ އިން މިހާތަނަށް ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 46 އަށް […]

ޖަލްވާން ޖާދުﷲ