މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1800 ވަނަ ޞަފްޙާ

މަކުނުދޫ ޔޫތު މޫވްމަންޓުން ހިންގި ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މަކުނުދޫ ޔޫތު މޫވްމަންޓުން ހިންގި ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އެރަށުގައި ހިންގި ގިރާއަތު ލެވެލް 2، ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯހަކީ އެމްވައިއެމްއާއި، ”އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާ” ގުޅިގެން މަކުނުދޫގައި ކުރިއަށް ގެންދިޔަ ކޯހެކެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވްޑް ކޯހެކެވެ. މަކުނުދޫގެ ރައްޔިތުން ކީރިތި ޤުރުއާނަށް ވީހާވެސް ބޮޑަކަށް އަހުލުވެރިކޮށް، ތަޖުވީދުގެ ހަމަ...

ޝިއުނާ އާދަމް
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި

މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ ތިން ވަނަ ދަޢުރު، މިފެށޭ ޑިސެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ފާސްކޮށްފިއެވެ. މިޖިލީހުގައި ހުރި މުހިއްމު މަސައްކަތްތައް ނިންމުމަށްޓަކައި މިގޮތަށް ނިންމީ މިހާރު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. މިގޮތަށް ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދައުރު ދިގު އިތުރުކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. […]

އަލީ އާދިލް
ބޮޑު ތަފާތެއް ދައްކައި އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ޗެމްޕިއަންކަން ދަގަނޑޭ ހޯދައިފި

ބޮޑު ތަފާތެއް ދައްކައި އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ޗެމްޕިއަންކަން ދަގަނޑޭ ހޯދައިފި

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލްގައި ތަފާތު ބޮޑު ނަތީޖާއެއް ހޯދައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު އަޝްފާގު (ދަގަނޑޭ) އެ ޗެލެންޖް ކާމިޔާބު ކޮށްފި އެވެ. އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރީ ހޮންގްކޮންގެ ކުޅުންތެރިޔާ ޗަން ސިއު އާއެވެ. ޗަން ސިއުގެ މައްޗަށް ދަގަނޑޭ ކުރި […]

އަޙްމަދު ވަހީދު
އެމްޓީސީސީން ހެނބަދޫ ބަނދަރު ތަރައްޤީކޮށް ނިންމާލައިފި

އެމްޓީސީސީން ހެނބަދޫ ބަނދަރު ތަރައްޤީކޮށް ނިންމާލައިފި

ނ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢުގެ މަސައްކަތް ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލާފައި ވަނީ  21 ނޮވެމްބަރ 2020 ގައެވެ. އަދި މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ހެނބަދޫ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނި ހައުސިންގ އެންޑް އިންފްރާ އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި […]

އަޙްމަދު ވަހީދު
ނިއުކްލިއަރ ސައިންޓިސްޓެއް އަވަހާރަކޮށްލުން: އީރާނުން ބުނަނީ ބަދަލު ހިފާނެ ކަމަށް

ނިއުކްލިއަރ ސައިންޓިސްޓެއް އަވަހާރަކޮށްލުން: އީރާނުން ބުނަނީ ބަދަލު ހިފާނެ ކަމަށް

އިރާނުގެ ނިއުކްލިއަރ ޕްރޮގުރާމުގައި މުހިންމު ނިއުކްލިއަރ ސައިންޓިސްޓެއް ކަމަށްވާ ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ އަވަހާރަކޮށްލާފައިވާއިރު، އެކަމަށް ބަދަލުހިފަން ނިންމާފައިވާކަން އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ރަސްމީކޮށް އަންގައިފިއެވެ. އެ ޤައުމުން ހާމަކުރާ ގޮތުގައި، މި ސައިންޓިސްޓު މަރާލާފައިވަނީ އޭނާގެ ކާރުގައި ބޭރުގައި ހިނގި ހަމަލާތަކެއްގައިއެވެ. އަދި އިރާނުން މިހާރު މި ހަމަލާގެ ފަހަތުގައި އިޒްރޭލުން ވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. މި ސައިންޓިސްޓު އަވަހާރަކޮށްލާފައިވާއިރު އޭނާގެ...

މުޙައްމަދު މާއިލް ހަސަން
"ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020"ފަށައިފި

"ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020"ފަށައިފި

ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން  “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020” ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ފަށައިފިއެވެ. މި މުބާރާތް 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު 16:40 ގައި މުރައިދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ބިޒީ ގާލްސްއާއި ލޭޑީ އީގަލްސްއެވެ. މި މެޗު 8-3 […]

އިބްރާހިމް ޚަލީލް
އިދިކޮޅުން ކަނޑުމަތީގައި އިހުތިޖާޖު ކުރަނީ

އިދިކޮޅުން ކަނޑުމަތީގައި އިހުތިޖާޖު ކުރަނީ

ކުރީގެ ރައީސް، ޢަބުދުﷲ ޔާމީން ޢަބުދުއްޤައްޔޫމަށް ”ކުރާ އަނިޔާއާއި ދެކޮޅަށް” އިދިކޮޅު “ޕްރޮގްރެސިވް ކޯލިޝަން” އިން ކަނޑުމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ. އެ ކޯލިޝަންގެ އިސް ސަފުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއް ހިމެނޭހެން އެ ކޯލިޝަންގެ ގިނަ ސަޕޯޓަރުންތަކެއް މި އިހުތިޖާޖުގައި ބައިވެރިވާކަމަށް އެ ކޯލިޝަނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. އެ އިހުތިޖާޖުގެ ބައިވެރިން ތިބި 3 ދޯނި ދަތުރު ކުރަމުން ދަނީ ހުޅުމާލޭ ފެރީ ޓާމިނަލްގެ ދެކުނު ފަރާތުން، ކ. މާފުށްޓާއި […]

އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން: ހިދުމަތްތެރި ދަރިން ބިނާކުރެއްވި މަންމަ އެއް

ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން: ހިދުމަތްތެރި ދަރިން ބިނާކުރެއްވި މަންމަ އެއް

ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން ނިޔާވީ މިއަދު ހެނދުނު 10:22 ހާއިރު ގިނަ ދުވަސް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު އެވެ. ޤައުމަށް ޚިދުމަތްކުރެއްވުމުގައި އުފެއްދުންތެރި، ޚިދުމަތްތެރި ދަރިން ބިނާކުރެއްވި ޖަމީލާ ޙުސެއިން ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ އެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. “މާތް ﷲ ޢާއިލާ އަށް ކެތްތެރިކަން ދެއްވައި މަރުޙޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން،” ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅު...

ޙުސައިން ޝަހުދީ
ނޮޅިވަރަމް އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ސްޓެއިންއަށް

ނޮޅިވަރަމް އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ސްޓެއިންއަށް

ހދ. ނޮޅިވަރަމުގައި އުފެދިފައިވާ ޒުވާން ޓީމެއް ކަމުގައިވާ “މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)” ޓީމުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް  އަމާޒުކޮށްގެން ބޭއްވި “އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓް 2020”  ޗެމްޕިއަންކަން ސްޓެއިން ޓީމުން ހޯދައިފިއެވެ. 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު ޓީމް ސްޓެއިން ކާމިޔާބު ކޮށްފައިވަނީ، ފައިނަލް މެޗުގައި ކަންމަތި ޓީމާއި ބައްދަލުކޮށް 6-2 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކިއެކި މަޤާމްތަކަށް ހޮވުނު […]

އިބްރާހިމް ޚަލީލް
"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ތަށި އުންމީދު އަދި ޓީމް ލެޖެންޑެސްއަށް

"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ތަށި އުންމީދު އަދި ޓީމް ލެޖެންޑެސްއަށް

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދު އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ލެޖެންޑްސް ހޯދައިފިއެވެ. 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވާއިރު، މި މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދުން ހޯދާފައިވަނީ، ފައިނަލް މެޗުގައި ޓީމް ވައިކާންޓްވީ ގެ މައްޗަށް ސީދާ ތިންސެޓުން ކުރި ހޯދައިގ...

އިބްރާހިމް ޚަލީލް
ރާއްޖެއަށް ފުރަތަމަ ފަހަރަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ލިބިއްޖެ

ރާއްޖެއަށް ފުރަތަމަ ފަހަރަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ލިބިއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިގެންއެވެ. މި އެވޯޑު ރާއްޖެ އަށް ލިބުނީ ރޭ  ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފިނާލޭގައި ދުބާއީ އާއި މެލޭޝިއާ އާއި ސްޕެއިން އާއި މޮރިޝަސް އަދި ސްރީ ލަންކާ ހިމެނޭހެން 22 ޤައުމަކާއި ވާދަކޮށްގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް މިލިބުނު ބޮޑު ކާމިޔާބާ ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ […]

ޝިއުނާ އާދަމް
އަނެއްކާވެސް މަހަށް ގޮސްއުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

އަނެއްކާވެސް މަހަށް ގޮސްއުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަހަށް ގޮސް އުޅެނިކޮށް ލޮލަށް ބުޅިއެއް ހެރުނު ޒުވާނަކަށް އަވަސް ފަރުވާއަށް މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ އެޒުވާނާގެ ލޮލަށް ބުޅިހެރުނީ، މ. މުލަކުގެ އިރުން 12 ނޯޓިކަލް މޭލު ބޭރުގައި ”ހާސިލް 2” ކިޔާ ދޯނީގައި މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. ލޮލަށް ބުޅި ހެރިގެން އަވަސް ފަރުވާއަށް ގެންގޮސްދިނީ އުމުރުން 28 އަހަރުގެ ދިވެހި ޒުވާނެއްކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެހާދިސާ […]

ޝިއުނާ އާދަމް
އުރީދޫގެ ޑިވައިސްތައް އިންސްޓޯލްމަންޓަށް ނެގޭ ގޮތް ހެދުން: ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް

އުރީދޫގެ ޑިވައިސްތައް އިންސްޓޯލްމަންޓަށް ނެގޭ ގޮތް ހެދުން: ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް

އުރީދޫ މޯލްޑިވްސް އިން ލިބެން ހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ނެގޭގޮތަށް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބިގެން ދިޔަ އުފާވެރި ޚަބަރެކެވެ. އަދި ލުއި ފަސޭހަ ކަމެކެވެ. މިގޮތުން ނޮވެމްބަރު 26 ވަނަ ދުވަހު އެމްއައިބީން ވަނީ އުރީދޫ މޯލްޑިވްސްއަކީ އެ ބޭންކުގެ ”އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ”ގެ ބައިވެރިއެއްކަން ޢިއުލާނު ކޮށްފައެވެ. އަދި އެ ބޭންކުގެ އުޖާލާ ދިރި...

ޔުމްނާ ޢަލީ
ށ. އަތޮޅުގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (5)

ށ. އަތޮޅުގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (5)

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...

ތިލަދުން
ޖިންސީ ގުނަވަން ބަދަލުކޮށް، މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މީހެއްގެ ވާހަކަ

ޖިންސީ ގުނަވަން ބަދަލުކޮށް، މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މީހެއްގެ ވާހަކަ

“މާގިނަ ދުވަހެއްނުވެ، އަހަރެންގެ ހަށިގަނޑުގައިވަނީ އަންހެނެއްގެ ޖިންސީ ގުނަވަނެއް ނޫންކަމާއި، އެއީ ހުޅުވިފައިވާ ޒަހަމެއްގޮތަށް އަހަންނަށް ދެކެވެންފެށުނެވެ. އަހަންނަށް ލިބުނު ނުރައްކާތެރި ހިތްވަރު ތަކެއްގެ ސަބަބުން އަހަރެންވީ (ޙަޤީޤަތް އެނގުމުން) ކަނުވެފައެވެ.” 27 އަހަރުގެ ޒުވާނަކު އޭނާއަށް ކުރެވުނު ހިތާމަވެރި އަދި މޮޔަ ކަމެއްގެ ވާހަކަ ކިޔައިދިނެ. އަދުގެ ދުނިޔޭގެ ތަހުޒީބީ ޤައުމުތަކުން ދަނީ ވަރަށް ނުރައްކާތެރި ކެންސަރެއް މުޅި ދުނިޔެއަށް ފަތުރަމުންނެވެ. އެއްވެސް އަސްލެއް، ޙަޤީޤަތެއް ނެތް ޚިޔާލުތަކެ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރަޝިޔާއިން އުފެއްދި ވެކްސިންގެ 100 މިލިޔަން ޑޯޒް އިންޑިޔާގައި އުފައްދަނީ

ރަޝިޔާއިން އުފެއްދި ވެކްސިންގެ 100 މިލިޔަން ޑޯޒް އިންޑިޔާގައި އުފައްދަނީ

ކޯވިޑް-19 އާއި ދެކޮޅަށް ރަޝިޔާއިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ސްޕަޓްނިކް ވެކްސިންގެ 100 މިލިޔަން ޑޯޒް އުފެއްދުމަށް އަވައްޓެރި އިންޑިޔާއިން ތައްޔާރުވެއްޖެއެވެ. އިންޑިޔާގެ ބޭސް އުފެއްދުމުގައި ނަން މަޝްހޫރު ހެޓެރޯ އިން މި ވެކްސިންގެ 100 މިލިޔަން ޑޯސޭޖް އުފައްދާނެކަމަށް މިހާރުވަނީ ބުނެފައެވެ. “ހެޓެރޯ، އިންޑިޔާގެ އެންމެ މަޝްހޫރު އެއް ބޭސް އުފައްދާ ކުންފުނި މިހާރުވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރެޖިސްޓަރ ކޮށްފައިވާ ފުރަތަމަ ވެކްސިންގެ100 މިލިޔަން ޑޯސޭޖް އުފެއްދުމަށް އެއްބަސްވެފައި.” . ރަޝިޔަ...

މުޙައްމަދު މާއިލް ހަސަން
ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ

ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ

ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ގިނަގުނަ އިޖުތިމާޢީ ޚިދުމަތްތަކެއް ކުރަށްވާފައިވާ، އިޖުތިމާޢީ ޚިދުމަތްތެރިއެއްކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. މިއަދު މިމަޢުލޫގެ ތެރެއަށް ވަދެ، ހޯދައި ބަލައިލަން މިޖެހުނީ މިހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ފުޓްބޯޅައިގެ ދުނިޔެ ކަރުނުން ތެއްމާލި ޚަބަރަކަށް ވެގެންދިޔަ، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑިއޭގޯ މަރަޑޯނާ މިދުނިޔެއާއި ވަކިވެގެން ދިޔުމުން ނައިބު ރައީސް ފައިޞަލް ކުރެއް...

ޙުސައިން ޝަހުދީ
ހއ. އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފި

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަސްދުވަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފިއެވެ. އެ ހޮސްޕިޓަލުގައި ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި 128 މުއައްޒަފުން މަސައްކަތް ކޮށްފަވެއެވެ. އޭގެ ތެރޭގައި 15 މެޑިކަލް ޑޮކްޓަރުންނާއި 32 ނަރުހުން ހިމެނެއެވެ. ވޭތިވެދިޔަ 11 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން އައުޓް ޕޭޝަންޓުންގެ ގޮތުގައި 28214 ބަލިމީހުން ވަނީ ޚިދުމަތް ހޯދާފައެވެ. ލެބޯޓްރީގެ ޚިދުމަތް 94969 މީހުން ހޯދާފައިވާ އިރު އެކްސް-ރޭ ނަގާފައިވަނީ 2864 ބަލިމީހުންނެވެ. އަދި ބަނޑުގައިވާ...

މުޙައްމަދު މާއިލް ހަސަން