"އޭޝިއަން ޕަވަރ އެވޯޑްސް 2020"ގެ 4 އެވޯޑެއް ފެނަކަ އަށް
އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ “އޭޝިއަން ޕަވަރ އެވޯޑްސް”ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް ލިބިއްޖެއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ، ޒަމާންވީ ކިލަނބު ނަމާއިއެކު ޒިންމާދާރުކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިނގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއިއެކު، ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ ޢަޒުމުގައި ފެނަކައިގެ ޙަޤީޤީ މަޤާމަށް ވާޞިލުވުމަށް ފެނަކައިން ބުރަ މަސައްކަތެއް ކޮށްފައިވާކަން ބައިނަލްއަޤް...