ސޯމާލިއާގެ މުސްލިމް ރެފްރީ އެނބުރި ގައުމަށް، ''އިރާދަކުރެއްވިއްޔާ ދެން އޮންނަ މުބާރާތެއްގައި ބައިވެރިވާނަން''
އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި ސޯމާލިއާގެ ވޯލްޑް ކަޕް ރެފްރީ، ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށް ބުދަ ދުވަހު ދިއުމުން، ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އޮފިޝަލުން އޭނާއަށް ހޫނު މަރުހަބާ ކިޔައިފިއެވެ. މޮގަދިޝޫގައި ހުރެ އޭނާ ބުނީ ދެން އޮންނަ ވޯލްޑް ކަޕެއްގައި ބައިވެރިވުމަށް އުންމީދުކުރާ ކަމަށާއި، ސޯމާލިއާގެ ޒުވާނުން އެމީހުންގެ ގައުމާމެދު ފަހުރުވެރިވުމަށް ބާރުއަޅާ ކަމަށެވެ. މުސްލިމެއްކަމަށްވާ އުމަރު އަރްތާން އަކީ ފީފާގެ ވޯލްޑް ކަޕް ރެފްރީންގެ ފައިނަލް ލިސްޓުގައި ހިމެނި، ވޯލްޑް ކ...