މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 180 ވަނަ ޞަފްޙާ

ގްރޫޕް އެފް: ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ނެދަލެންޑްސް ވާދަކުރާނީ ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާ އާ

ގްރޫޕް އެފް: ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ނެދަލެންޑްސް ވާދަކުރާނީ ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާ އާ

ތިން ފަހަރު ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ނެދަލެންޑްސްއަށް އެންމެ ފަހުން ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟ ޑަޗް ޓީމަކީ މުބާރާތުގެ ތާރީޚުގައި “ނަސީބު ދެރަ” އެއް ޓީމެވެ. އެގޮތުން 1974 އަދި 1978 ވަނަ އަހަރުގެ ފައިނަލުން ވިދިވިދިގެން ބަލިވިއިރު، 2010 ވަނަ އަހަރުގެ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ. ނެދަލެންޑްސް ހިމެނިފައިވަނީ ސްވިޑަން، ޖަޕާން އަދި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެ […]

އަޙްމަދު ވަހީދު
ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ފިލިޕީންސް، ނެދަލެންޑްސް އަދި ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވި ތިން ރަސްމިއްޔާތެއްގައި މި ބޭފުޅުން ވަނީ ފަތްކޮޅު އަރުވާފައެވެ. ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް ފަތްކޮޅު އެރުވުމަށްފަހު ރައީސާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމ...

ޝިއުނާ އާދަމް
އޭއީއެޗްގައި ކާމިޔާބު ކޮރޮނަރީ އެންޖިއޯގްރާމް އާއި މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް

އޭއީއެޗްގައި ކާމިޔާބު ކޮރޮނަރީ އެންޖިއޯގްރާމް އާއި މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ތިން ކޮރޮނަރީ އެންޖިއޯގްރާމް އާއި ދެ މަލްޓިވެސަލް ކޮރޮނަރީ އިންޓަވެންޝަންތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އައިޖީއެމްއެޗުން ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެންމެ ފަހުން ކުރިއަށްގެންދިޔަ ކާޑިއެކް ސާވިސް ސެޝަންގައި، އެ ހޮސްޕިޓަލާއި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ (އެންސީސީ) ޓީ...

ޔުމްނާ ޢަލީ
ވޯލްޑް ކަޕް ކަވަރުކުރާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެނުވެވޭ މައްސަލަ ބޮޑުވެއްޖެ

ވޯލްޑް ކަޕް ކަވަރުކުރާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެނުވެވޭ މައްސަލަ ބޮޑުވެއްޖެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެން ދެތިން ދުވަހަށް ވެފައިވަނިކޮށް، މުބާރާތް ބާއްވާ އެމެރިކާއަށް ވަނުމަށް ބޭނުންވާ ވިސާ ނުލިބިގެން ގިނަ އަދަދެއްގެ ނޫސްވެރިން ޝަކުވާ ކުރަން ފަށައިފިއެވެ. އިންޓަނޭޝަނަލް ސްޕޯޓްސް ޕްރެސް އެސޯސިއޭޝަން (އޭއައިޕީއެސް) އިން ވަނީ މިކަމާ ގުޅިގެން ފީފާއަށް ރަސްމީކޮށް ސިޓީއެއް ފޮނުވާފައެވެ. އޭއައިޕީއެސްގެ ރައީސް ޖިއާނީ މާލޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އީރާނާއި އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ނޫސްވެރިންނަށް އެމެރިކާގެ ވިސާ ދިނުމަށް އިންކާރުކ...

ނާޒިމާ އަލީ
އީރާނުގެ ދެކުނަށް 4.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

އީރާނުގެ ދެކުނަށް 4.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް 4.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް ޔޫރަޕިއަން-މެޑިޓެރޭނިއަން ސީސްމޮލޮޖިކަލް ސެންޓަރުން ރިޕޯޓްކޮށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ އީރާނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ބަންދަރު އައްބާސްއާ 113 ކިލޯމީޓަރު އިރުއުތުރުން އޮތް ސަރަހައްދަކަށެވެ. އީރާނުގެ ހުރުމުޒްގާން ޕްރޮވިންސްގެ ސަރުގަޒް ސަރަހައްދަށް އައި މި ބިންހެލުން ހުރީ ބިމުގެ 22 ކިލޯމީޓަރު އަޑީގައެވެ. މި ލޮޅުންތަކުގެ އަސަރު ކައިރީގައި އޮތް ކަރްމާން ޕްރޮވިންސަށްވެސް ކޮށްފައިވާ ކަމ...

ނާޒިމާ އަލީ
ދާއިރާގެ މަސައްކަތްތައް ރާއްވާ ހިންގާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ހީނާ

ދާއިރާގެ މަސައްކަތްތައް ރާއްވާ ހިންގާނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު: ހީނާ

ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގަވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުމާއި އެކުގައި ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު ހީނާ މިމޭރުމުން ވިދާޅުވީ، މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު އިއްޔެ އެ ވުޒާރާގައި ބޭއްވެވި ބައްދަލުވެއްގައެވެ. ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވި ގޮތުގައ ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެ...

ޝިއުނާ އާދަމް
ވެރިކަމުގައި އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގަތް ''ތުރާތައް'' ޞާލިޙް ތިލަކޮށްދެއްވައިފި

ވެރިކަމުގައި އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގަތް ''ތުރާތައް'' ޞާލިޙް ތިލަކޮށްދެއްވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުގައި، އެމަނިކުފާނުގެ އަމިއްލަ ޕާޓީ ކަމަށްވާ އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ކުރިމަތިކުރުވި ގޮންޖެހުންތަކާއި ތުރާތަކުގެ ތަފްސީލް ރައީސް ޞާލިޙް ފުރަތަމަ ފަހަރަށް ހާމަކުރައްވައިފިއެވެ. މި ވާހަކަފުޅުތައް އެމަނިކުފާނު ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކައިލް ނަސީމަށް ތާއީދު ހޯދުމަށް އައްޑޫގެ މަރަދޫގައި ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، 2019 ވަނަ އަހަރުގެ މ...

އަލީ އާދިލް
ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް ދިޔަ ސޯމާލިއާގެ ރެފްރީއަކު އެތެރެވިޔަނުދީ ހިފަހައްޓައިފި

ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް ދިޔަ ސޯމާލިއާގެ ރެފްރީއަކު އެތެރެވިޔަނުދީ ހިފަހައްޓައިފި

ވޯލްޑް ކަޕް ފައިނަލް މެޗުތަކުގައި ރެފްރީކަން ކުރުމަށް ހޮވުނު ސޯމާލިއާގެ ފުރަތަމަ ރެފްރީ، އުމަރު އަރުތާން އެމެރިކާއަށް އެތެރެވިޔަނުދީ ހިފަހައްޓާފައިވާ ކަމަށް ސޯމާލިއާގެ ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ . މިއީ ސޯމާލިއާގެ ތާރީޚުގައި ވެސް ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ރެފްރީއެވެ. މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން އަރުތާން އެމެރިކާއަށް އެތެރެވިޔަނުދީ ހިފެހެއްޓި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، ސޯމާލިއާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އ...

އަޙްމަދު ވަހީދު
ދެކުނު ޗެމްޕިއަން ބަލިކޮށް އުތުރު ޗެމްޕިއަން ދިއްދޫ ފެށީ މޮޅަކުން

ދެކުނު ޗެމްޕިއަން ބަލިކޮށް އުތުރު ޗެމްޕިއަން ދިއްދޫ ފެށީ މޮޅަކުން

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގެ ދެވަނަ މެޗު ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ މިރޭ ކާމިޔާބުކޮށްފިއެވެ. މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ދިއްދޫ ކާމިޔާބުކުރީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ 1-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު ދިއްދޫގެ ލަނޑު ފެނިގެން ދިޔައީ ދެވަަނަ ހާފުގައެވެ. އެއީ […]

އަޙްމަދު ވަހީދު
ގްރޫޕް 'އީ': ކުރީކޮޅު މުބާރާތުން ވަކިވާންޖެހޭ ހާލަތުން ޖަރުމަނަށް ސަލާމަތްވެވޭނެތަ؟

ގްރޫޕް 'އީ': ކުރީކޮޅު މުބާރާތުން ވަކިވާންޖެހޭ ހާލަތުން ޖަރުމަނަށް ސަލާމަތްވެވޭނެތަ؟

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނާއި އަލަށް މުބާރާތުގައި ބައިވެރިވާ ކިއުރަސާއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ތަފާތު ދެ މިސާލެކެވެ. އަންނަ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާނީ ގްރޫޕް އީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އައިވަރީ ކޯސްޓާއި އިކުއެޑޯއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ޖެހިޖެހިގެން ދެ މުބާރާތުގައި ގްރޫޕް ސްޓޭޖުން ކަޓާފައިވާތީ، މިފަހަރު ފުރަތަމަ ބުރުން ކެޓިއަނުދިނުމަށް ޖަރުމަނަށް ބޮޑު ޕްރެޝަރެއް އޮންނާނެއެވެ. ޖަރުމަނު ކޯޗު ޖޫލިއަން […]

އަޙްމަދު ވަހީދު
ބަލިކަށި ގޯލްކީޕަރުން ހިމެނޭ އެރިކާއާއި އެއް ގްރޫޕެއްގައި އޮސްޓްރޭލިއާ، ޕެރަގުއޭ އަދި ތުރުކީ

ބަލިކަށި ގޯލްކީޕަރުން ހިމެނޭ އެރިކާއާއި އެއް ގްރޫޕެއްގައި އޮސްޓްރޭލިއާ، ޕެރަގުއޭ އަދި ތުރުކީ

ވޯލްޑް ކަޕް ގްރޫޕް ‘ޑީ’ ގައި ހިމެނެނީ، އެމެރިކާ، އޮސްޓްރޭލިއާ، ޕެރަގުއޭ އަދި ތުރުކީވިލާތެވެ. މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އެމެރިކާ ވަނީ މި ތިން ޓީމާވެސް ބައްދަލުކޮށްފައެވެ. އެގޮތުން ޖޫން މަހު ތުރުކީ އަތުން 2-1 އިން ބަލިވި ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާ އަދި ޕެރަގުއޭ އަތުން ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ގްރޫޕް ޑީ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބްރިޓިޝް ކޮލަމްބިއާގެ ވެންކޫވަރ، ސިއެޓްލް، ކެލިފޯނިއާގެ ސަންޓާ […]

އަޙްމަދު ވަހީދު
ވަތަނީ ޚިދުމަތުގެ ދެވަނަ ފުރުސަތަށް ކުރިމަތިލި 352 ޒުވާނަކު ތަމްރީނަށް

ވަތަނީ ޚިދުމަތުގެ ދެވަނަ ފުރުސަތަށް ކުރިމަތިލި 352 ޒުވާނަކު ތަމްރީނަށް

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1,785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ތަމްރީނަށް ފުރައިފިއެވެ. މިކަން ހާމަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، މިއީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ ތިންވަނަ ބެޗު ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ. ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ […]

ޝިއުނާ އާދަމް
ދިއްދޫ ޓީމުގެ އިލްތިމާސެއް: ގަލޮޅު ދަނޑަށް އައިސް ޓީމަށް ސަޕޯޓްކޮށްދީ

ދިއްދޫ ޓީމުގެ އިލްތިމާސެއް: ގަލޮޅު ދަނޑަށް އައިސް ޓީމަށް ސަޕޯޓްކޮށްދީ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުތަކުގެ ތެރެއިން ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫ ކުޅޭ މެޗުތަކުގައި ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ގޮސް ސަޕޯޓްކޮށްދިނުމަށް އެޓީމުން އިލްތިމާސްކޮށްފިއެވެ. ދިއްދޫ ޓީމުން ބުނިގޮތުގައި ”ދިވެހި ޕްރިމިއަރ ލީގު 2026/27″ އަށް ކޮލިފައިވުމަށްޓަކައި އެޓީމުން ކުރަމުންދާ މުހިންމު ދަތުރުގައި، ސަޕޯޓަރުންނާއި ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި ސަޕޯޓް އެ ޓީމަށް އިންތ...

އަޙްމަދު ވަހީދު
ޝިފާންގެ ރައްދު ނަޝީދަށް: ''ކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އިޚްލާޞްތެރިކަން''

ޝިފާންގެ ރައްދު ނަޝީދަށް: ''ކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އިޚްލާޞްތެރިކަން''

އެކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އެކަމެއްގައި ހިމެނޭ އިޚްލާޞްތެރިކަންކަމަށް އަދާލަތު ޕާޓީގެ ރައީސް އައްސައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝައިޚް ޝިފާން މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތްތަކުގައި ކޯލިޝަން ހެދުމަކީ ކޭކެއްގައި “އައިސިން” ޖަހާލުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. ޝައިޚްގެ ޕޯސްޓްގައި ވިދާޅުވީ، ކޭކެއްގެ މަތީގައި ފަތުރާލެވި...

އަލީ އާދިލް
ސައިކަލެއް ކޮންޓްރޯލް ނުވެ މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ސައިކަލެއް ކޮންޓްރޯލް ނުވެ މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލެ ފޭސް 2 ގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުގައެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް މީހެއްގެ ގައިގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖޫން 7 ވަނަ […]

ޝިއުނާ އާދަމް
''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''

''މަޢުލޫމާތު ލިބިގަތުމަކީ ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ ތަނބެއް''

މަޢުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު، އަދި ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ މައިގަނޑު އެއް ތަނބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ މިއަދު ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ވުޒާރާތަކުން އިސްވެ މަޢުލޫމާތު ހާމަކޮށް، އެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފ...

ޔުމްނާ ޢަލީ
އައު މާލީ ވަޒީރަކަށް ޒަރީރު

އައު މާލީ ވަޒީރަކަށް ޒަރީރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، މީރާގެ ކުރީގެ ވެރިޔާ ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޒަރީރަށް ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޒަރީރަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މު...

ޔުމްނާ ޢަލީ
''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''

''މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ދަނީ ކުރެވެމުން''

ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމުގެ އިތުރުން މުރަކަ އާލާކުރުމަށް ދުރާލައި ރޭވިފައިވާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސ މުޢިއްޒުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ކަނޑުތަކުގެ ދުވަހުން އަންގައިދެނީ ދިރުންތަކަށާއި ދުނިޔޭގެ މުސްތަޤުބަލަށް ދުޅަހެޔޮ ކަނޑުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗ...

ޔުމްނާ ޢަލީ