މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1779 ވަނަ ޞަފްޙާ

ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނުވާން ޖެހޭނެ: އެޗްޕީއޭ

ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުންގެ ކަރަންޓީނުވާން ޖެހޭނެކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިރޭ ކުރި ޢިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން ރާއްޖެއަންނަ ދުވަހުން ފެށިގެން 10 ދުވަހު ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. މިފަދަ ދަރިވަރުން ކަރަންޓީނުން ދޫކޮށްލާނީ 10 ދު...

ޝިއުނާ އާދަމް
އިހަވަން ކަޕް: ސެމީއަށް އެޗެއެން ސްޕޯޓްސް، ކުލަބް ޕެނީ، ކުޅިމަގު އަދި ނައިވާދޫ

އިހަވަން ކަޕް: ސެމީއަށް އެޗެއެން ސްޕޯޓްސް، ކުލަބް ޕެނީ، ކުޅިމަގު އަދި ނައިވާދޫ

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާއި، ނޮޅިވަރަމް ކުލަބް ޕެނީ، އިހަވަންދޫ ކުޅިމަގު ޓީމްގެ އިތުރުން ޓީމް ނައިވާދޫ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ […]

އިބްރާހިމް ޚަލީލް
ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދަން ފަށައިފި

ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދަން ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީ ކައުންސިލުން ފަށައިފިއެވެ. ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ކައުންސިލް ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން އެކަމަށް އެދި ކުޅުދުއްފުށި ކައުންސިލުން ހުށަހެޅި ހުށަހެޅުމުގެ ދަށުން އެކައުނ...

ޔުމްނާ ޢަލީ
ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައެވެ. ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަ...

އަލީ އާދިލް
މަހައްގޮސް އުޅުނު ޒުވާނެއްގެ އަތް ބިނދިއްޖެ

މަހައްގޮސް އުޅުނު ޒުވާނެއްގެ އަތް ބިނދިއްޖެ

މަސްވެރިކަމުގެ މަސައްކަތުގައި އުޅުނު ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނެއްގެ އަތް ބިނދިއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ކ. ކޮއްދިއްޕަރު ކައިރިން މަސްވެރިކަމުގައި އުޅުނު “ދޯދި” ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ. މި ހާދިސާގައި ދޯނީގެ ވަތު ތެރެއަށް ވެއްޓި އަތް ބިނދިފައިވަނީ 20 އަހަރުގެ ދިވެހި ޒުވާނެއްގެ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ ޒުވާނާ އަވަސް ފަރުވާ އަށް މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން […]

އަޙްމަދު ވަހީދު
"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،" ގެ ނަމުގައި މަޖައްލާއެއް ނެރެފި

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،" ގެ ނަމުގައި މަޖައްލާއެއް ނެރެފި

“މޯލްޑިވްސް ޓޫރިޒަމް ބުލެޓިން” ގެ ނަމުގައި މަޖައްލާއެއް ނެރެފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޝާއިޢުކުރާ މި މަޖައްލާ ނެރެދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި، ޚާއްޞަކޮށް ފަތުރުވެރިންނާއި ކިޔަވާކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަ...

އިބްރާހިމް އަސްވާޤް
2020 ވަނަ އަހަރު 554،800 އަށްވުރެ ގިނަ ފަތުރުވެރިން

2020 ވަނަ އަހަރު 554،800 އަށްވުރެ ގިނަ ފަތުރުވެރިން

ހުސްވި 2020 ވަނަ އަހަރު ވެގެން ދިޔައީ، މި ގަރުނުދުއް ނުރައްކާތެރި ބަލިމަޑުކަން ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށްއައި އަހަރެއްގެ ގޮތުގައިއެވެ. މި ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔޭގެ މައިގަނޑު ހުރިހާސިނާއަތެއްހެން ހުއްޓުމަކަށް އައެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަން ހިމެނެއެވެ. ކޯވިޑްބަލީގެ ގޮންޖެހުން ތަކާއިއެކު ވެސް ނިމުނު އަހަރު ރާއްޖެއަށް ވަނީ 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަ...

ޝިއުނާ އާދަމް
އާ އަހަރުގެ ފުރަތަމަ ފަތުވެރިޔާއާއެކު ''މޯލްޑިވްސް ބޯޑަރ މައިލްސް" ފަށައިފި

އާ އަހަރުގެ ފުރަތަމަ ފަތުވެރިޔާއާއެކު ''މޯލްޑިވްސް ބޯޑަރ މައިލްސް" ފަށައިފި

މިފެށުނު، 2021 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު މޯލްޑިވްސް ބޯޑަރ މައިލްސް’ ޕްރޮގްރާމް ފަށައިފިއެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމާއެކު، މިނިސްޓްރީ އ...

ޔުމްނާ ޢަލީ
ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

2020 ވަނަ އަހަރު ފަސްދީ ދިޔައިރު، އެ އަހަރު ވެގެން ދިޔައީ ހދ. ހަނިމާދޫގެ ރައްޔިތުންކުރެ ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި، ގޯތީގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް ހޭދަކުރި އިތުރު އަހަރެއްގެ ގޮތުގައެވެ. ހަނިމާދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެހެން ކަމުން މިއަހަރު ނިމިގެންދިޔައިރު، އެންމެ ފަހުން ހަނިމާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރިތާ 10 އަހަރު ފާއިތުވީއެވެ. ބިމުގެގޮތުން ބެލިޔަސް ގޯތި ނުދެވޭނެ އެއްވެސް ސަބަބެއްނެތް ހދ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބަލާއިރު...

Thiladhun
ނަމާދަށް ސަފު ހަދާގޮތަށް ޢިލްމީ ނަޒަރެއް (1): ސަފު ސީދާ ކުރުން

ނަމާދަށް ސަފު ހަދާގޮތަށް ޢިލްމީ ނަޒަރެއް (1): ސަފު ސީދާ ކުރުން

ޝައްކެއްނެތް ގޮތުގައި ނަމާދަކީ މުސްލިމަކަށް ވުމަށްފަހު މާތް ﷲއަށް ކުރާ އަޅުކަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް އަޅުކަމެވެ. އަޅުގަނޑުމެން މުސްލިމުންނަކީ ދުވަހުގެ 24 ގަޑި އިރުތެރޭ 5 ވަގުތު މިސްކިތަށް އަރައި ނަމާދު ކުރާ ބައެކެވެ. އެހެންކަމުން މިއަޅުކަމާ ގުޅޭ ކަންކަން އޮޅުންފިލުވައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަމައެއާއެކު، ނަމާދުގައި ޚާއްސަކޮށް ޖަމާޢަތުގެ ނަމާދުގައި ކަމެއް ގޯސްވާނަމަ އެވާހަކަ ވަރަށް ގިނަފަހަރަށް ދެކެވެއެވެ. އެގޮތުން ސަފުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ....

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކުޅުދުއްފުށީ ސިޓީގައި މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ

ކުޅުދުއްފުށީ ސިޓީގައި މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީގައި ދެ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ. މި މާރާމާރީ ހިނގާފައި ވަނީ މިއަދު މެންދުރެއްހާއިރު، އެ ސިޓީގެ ބަނދަރު ސަރަހައްދުގައެވެ. ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ބަނދަރު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ މައްސަލަ މިއަދު މެންދުރު 14:30 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވިދ...

ޔުމްނާ ޢަލީ
ހުދުދޯންޏާއެކު މަނަދޫން ހަތަރު މީހުން ގެއްލުނު ހާދިސާ

ހުދުދޯންޏާއެކު މަނަދޫން ހަތަރު މީހުން ގެއްލުނު ހާދިސާ

“ހުދުދޯނި ފުރިއިރު އަތިރިމަތީގައި އަހަރެން ހުރީމެވެ. ދޯންޏަށް ހަތަރު ވަރަކަށް ރުނބާ އެރުވި ހަނދާން ރަނގަޅަށް އެބަހުއްޓެވެ.” ޢަބްދުލްޣަފޫރު ޢަލީ (އައްޔަބޭ ތުއްތުބޭ) އޭނާގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ހުދުދޯނު ގެއްލުނު ހާދިސާ ކިޔައިދިނެވެ. އެއީ 1960 ވަނަ އަހަރު ހިނގާފައިވާ ހާދިސާއަކަށް ވާތީ އެ ހާދިސާ ހަނދާންހުރި ގިނަ ބަޔަކު މަނަދޫގައި އެބަތިއްބެވެ. މަނަދޫ ދިލްބަހާރުގޭ ހާރޫނު ހާޖީ ކަލޭފާނުގެ ހުދުދޯނީގެ އެންމެ ފަހު ދަތުރަށް މަނަދޫން ފުރީ މަނަދޫ ކާޑުގެއާ ދިމާއިންނެވެ. އެ ދަތުރަކީ […]

ޢަބްދުﷲ ސަޢީދު
ބީ.ސީ.ޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރުކޮށްދީފި

ބީ.ސީ.ޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރުކޮށްދީފި

ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީ.ސީ.ޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރުކޮށްދީފިކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ. ފޮރިން މިނިސްޓްރީއިން ބުނީ، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީ.ސީ.ޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން މި ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެވިފައިކަމަށްވެސް އެމިނިސްޓްރީއިންވަނީ ބުނެފައެވެ. ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ކުއްލި ގޮތަކަށް މި ވެކްސިން ޝިޕްމަ...

އަލީ އާދިލް
އެތުލެޓިކޯ މޮޅުވެ، ރެއާލް އެއްވަރު

އެތުލެޓިކޯ މޮޅުވެ، ރެއާލް އެއްވަރު

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް އަދި ގެޓާފޭ ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރިއިރު، ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 20 ވަނަ […]

އިބްރާހިމް ޚަލީލް
ޗައިނާއިން އުފެއްދި ސިނޯފާމް ވެކްސިންގެ 1.2 މިލިޔަން ޑޯޒް ޕާކިސްތާނުން ގަންނަނީ

ޗައިނާއިން އުފެއްދި ސިނޯފާމް ވެކްސިންގެ 1.2 މިލިޔަން ޑޯޒް ޕާކިސްތާނުން ގަންނަނީ

ޗައިނާއިން ކޯވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ސިނޯފާމްގެ ވެކްސިންގެ 1.2 މިލިޔަން ޑޯސޭޖް ގަތުމަށް ޕާކިސްތާނުން ތައްޔާރުވެއްޖެއެވެ. ބުރާސްފަތި ދުވަހު އެ ޤައުމުގެ މިނިސްޓަރެއް މިކަން އިޢުލާންކޮށްފައިވާކަމަށް އެ ޤައުމުގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ އިތުރުން އަވައްޓެރި އިންޑިޔާއިންވެސް ވަނީ މިކަން އިޢުލާންކޮށްފައެވެ. ޕާކިސްތާނަށްވެސް ކޯވިޑް-19ގެ ދެވަނަ ރާޅެއްގެ އަރާފައިވާއިރު، މި ވެކްސިންއަށް އެ ޤައުމުން 150 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި ހަމައެހެންމެ، ޕާކިސްތާނު ވެގެ...

މުޙައްމަދު މާއިލް ހަސަން
ނިއުކާސަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

ނިއުކާސަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގައި ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުޞަތު ލިވަޕޫލުން ނަގާލައިފިއެވެ. ބުދަ ދުވަހުގެ ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިވަޕޫލުން ތަނަވަސް ކުރި ނަމަވެސް އޭގެ ތެރެއިން ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވެފައިވަނީ މެޗުގައު މޮޅު ކުޅުމެއް ދެއްކި […]

އިބްރާހިމް ޚަލީލް
މަސްވެރިކަމޭ ބުނާ ހިސާބުން ބޮޑުކަންނެލީގެ މަސްވެރިކަމުގެ މަތިން ހަނދާންނެތި ދަނީ ''ދޮށްޓަށް'': ނާޒިމް

މަސްވެރިކަމޭ ބުނާ ހިސާބުން ބޮޑުކަންނެލީގެ މަސްވެރިކަމުގެ މަތިން ހަނދާންނެތި ދަނީ ''ދޮށްޓަށް'': ނާޒިމް

ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިކަމޭ ބުނާ ހިސާބުން ބޮޑުކަންނެލީގެ މަސްވެރިކަމުގެ މަތިން ހަނދާންނެތުން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)ގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރަށްވާފައިވާ، ނާޒިމް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން ”ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިކަމޭ...

އަލީ އާދިލް
ފެނަކަ އިހަވަންދޫ ބްރާންޗްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ޙުސައިން ރަޝީދުބެއަށް

ފެނަކަ އިހަވަންދޫ ބްރާންޗްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ޙުސައިން ރަޝީދުބެއަށް

ހއ. އިހަވަންދޫ ނަސްފަރު ޙުސައިން ރަޝީދު (ޙުސައިން ރަޝީދުބެ)ގެ ކިޑްނީ ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން، ފެނަކަ އިހަވަންދޫ ބްރާންޗްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކޮށްފިއެވެ. މިގޮތުން އެ ބްރާންޗްގެ މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައިގެ އިތުރުންވެސް އިހްސާންތެރިކަމުގެ ގޮތުން އިތުރު ފައިސާވެސް ހުސައިން ރަޝީދުބެއަށް ހަދިޔާކޮށްފައެވެ. އަދި އެފައިސާ ރޭ ވަނީ އެ ބްރާންޗްގެ މުވައްޒަފުންގެ ފަރާތުން، ހުސައިން ރަޝީދުބެ ޢާއިލާއާއި ހަވާލުކޮށްފައެވެ. އެކަމާއިގުޅިގެން ފެނަކަ...

ޔުމްނާ ޢަލީ