ފޯރިގަދަ އިހަވަން ކަޕްގެ ފައިނަލް މިރޭ، ހދ. ނޮޅިވަރަމް އާއި ހއ. އިހަވަންދޫ ގަދަހިފުމަކަށް!
ހއ.އިހަވަންދޫ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ހދ. ނޮޅިވަރަމް ކުލަބް ޕެނީ އަދި ހއ. އިހަވަންދޫ ކުޅިމަގު ޓީމް ދަތުރުކޮށްފައިވާއިރު މިމުބާރާތުގެ ފައިނަލް މެޗް އޮތީ މިރެއެވެ. މިރޭ 20:00 ގައި އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލްމެޗްއަށް ކުޅުންތެރިންނަށްވުރެ ބޮޑަށް ތައްޔާރުވަމުން އަންނަތަން ފެންނަނީ ދެރަށުގެ ވެސް ސަޕޯޓަރުންނެވެ. ރަށުފެންވަރުގައި އުފެދިފައިވާ ކުލ...