މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1775 ވަނަ ޞަފްޙާ

"ސާއްބަ އެނިވާސަރީ ކަޕް 2020" ގެ ޗެމްޕިއަންކަން ޝީލްޑަށް

"ސާއްބަ އެނިވާސަރީ ކަޕް 2020" ގެ ޗެމްޕިއަންކަން ޝީލްޑަށް

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، “ސާއްބަ އެނިވާސަރީ ކަޕް 2020” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޝީލްޑުން ކާމިޔާބު ކޮށްފިއެވެ. 06 ޖަނަވަރީ 2021 ވީ ބުދަ ދުވަހު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ޝީލްޑުން ކާމިޔާބު ކޮށްފައިވަނީ ރޫޙް ޓީމުގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ވާދަވެރި […]

އިބްރާހިމް ޚަލީލް
ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެމައްސަލަ ތަހުގީގުކުރަން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ގޮވާލަށްވައިފިއެވެ. މީގެއިތުރުން ވިލިނގިލީގެ ޒުވާނުންނަށް ދިމާވެފަވާ ފުޓްސެލް ދަނޑުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ. ސައުދު މި ގޮތަށް ވިދާޅުވީ، ”ދަނޑުގައި ހުޅުޖަހައިގެން އާ ޓާފް ދަނޑެއް ސަރުކާރުން ނުދޭނެ” މިސުރުޚީގެ ދަށުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވި، ވިދާޅުވ...

އަލީ އާދިލް
އައިލެންޑް އޭވިއޭޝަންއަށް އާ އެމްޑީއެއް

އައިލެންޑް އޭވިއޭޝަންއަށް އާ އެމްޑީއެއް

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނުކުރައްވައިފިއެވެ. މިހާދު އެ މަގާމަށް އައްޔަނު ކުރެއްވިއިރު، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ، ރީޖަނަލް އެއާޕޯޓުތައް ހިންގަން ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އައިއޭއެސްގެ އެމްޑީ ކަމަށ...

ޝިއުނާ އާދަމް
މަދުން ނޫނީ ނުފެންނަ "ހުދު ކޯމަހެއް" ހދ. އަތޮޅުގައި

މަދުން ނޫނީ ނުފެންނަ "ހުދު ކޯމަހެއް" ހދ. އަތޮޅުގައި

ދުނިޔެއިން މަދުން ނޫނީ ނުފެންނަ ހުދު ކޯމަހެއް (އަލްބިނޯ ކޯމަހެއް) ހދ. އަތޮޅުން ފެނިއްޖެ އެވެ. “އަލްބިނޯ” ކޯމަހަކީ އެހެން ކޯމަހަށް ވުރެއް އެތަކެއް ގޮތަކުން ތަފާތު އަދި ހާއްސަ ސިފަތަކެއް ލިބިގެންވާ ކޯމަހެކެވެ. ހުދު ކުލައިގެ މިކޯމަސް ފެންނަ ވީޑިއޯ މީސްމީޑިޔާގައި ހިއްސާކޮށްފައިވަނީ މަޝްހޫރު “ޒުވާން މަސްވެރިޔާ” ހަސަން ސާޖިންއެވެ. ހަލުވި ކަމާއިއެކު ދައުރުވަމުން އަންނަ މިވިޑިއޯ އެނާ ހިއްސާކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. މިހާތަނަށް 11 ހާސް މީހުން ވަނީ މި ވީޑިއޯ […]

އަލީ އާދިލް
ކޯވިޑް ބަލީގައި ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ

ކޯވިޑް ބަލީގައި ކުރީގެ ފަނޑިޔާރު މުޖުތާޒް އަވަހާރަވެއްޖެ

ކޯވިޑަށް ޕޮޒިޓިވްވެ، ހާލުކޮޅު ދެރަވުމުން އެޑްމިޓްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރިޓަޔާޑް ޖަސްޓިސް މުޖްތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ. އޭނާ އަވަހާރަވީއިރު ކޯވިޑް ބަލީގެ ސަބަބުން ހާލުކޮޅު ދެރަވުމުގެ ސަބަބުން އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އުމުރުން 61 އަހަރުގެ މުޖުތާޒް ކޯވިޑަށް ޕޮޒިޓިވްވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ...

އަޙްމަދު ވަހީދު
މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފި

މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފި

މާފުށީ ޖަލު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް، މިރޭ 20:51 ގައި ކުރެއްވި ޓުވީޓެއްގައި ވަނީ ‏މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތްކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ. އޭގެފަހުން މިރޭ 22:11 ގައި، ކޮމިޝަނަރު އޮފް […]

ޝިއުނާ އާދަމް
ފުނަދޫ "އަމާން ވެއްޓަށް" 16 ކުދިން ބަދަލުކޮށްފި

ފުނަދޫ "އަމާން ވެއްޓަށް" 16 ކުދިން ބަދަލުކޮށްފި

ށ. ފުނަދޫ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް 16 ކުއްޖަކު ބަދަލުކޮށްފި އެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 16 ކުއްޖަކު ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަ...

ޔުމްނާ ޢަލީ
ބިޓްކޮއިނެއްގެ އަގު ބައި މިލިޔަން ރުފިޔާއިން މައްޗަށް!

ބިޓްކޮއިނެއްގެ އަގު ބައި މިލިޔަން ރުފިޔާއިން މައްޗަށް!

ވޭތުވެދިޔަ ހަފްތާ ތަކުގެ ތެރޭގައި ބިޓްކޮއިންގެ އަގު ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފި އެވެ. މިހާރު ބިޓްކޮއިންއެއްގެ އަގުހުރީ 34385.80 ޑޮލަރުގައި ހިފެހެއްޓިފައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 527314.48 ރުފިޔާ އެވެ. މިއީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެއް ހަމައެއްގައި ބިޓްކޮއިން ހިފެހެއްޓިފައިވާ އެންމެ މަތީ އަގެވެ. ވާރޓުއަލް ކަރަންސީ ނުވަތަ ލޮލަށް ނުފެނުނަސް އިންޓަރނެޓުގެ ޒަރީޢާއިން ބޭނުންކުރެވޭ ބިޓްކޮއިންގެ ވިޔަފާރިއަކީ، ދުނިޔޭގެ ގިނަ ބަޔަކު މިއަދު ކުރަމުން އަންނަ ވިޔަފާރިއެކެވެ. 2020 ވ...

މުޙައްމަދު މާއިލް ހަސަން
ލީގުކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއަށް

ލީގުކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއަށް

އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލް މެޗުގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ޓީމެއް ކަމުގައިވާ ބްރެންޓްފޯޑް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއިން ކަށަވަރު ކޮށްފިއެވެ. ކަރަބޯކަޕްގެ ނަމުން މިހާރު ނަންދެވިފައިވާ މި މުބާރާތުގެ ސެމީފައިނަލް މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އަންގާރަ ދުވަހުގެ ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި [...

އިބްރާހިމް ޚަލީލް
ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ

ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރުމުން، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ޝަރީފް ވިދާޅުވީ، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު، މިއަހަރުގެ އ...

ޔުމްނާ ޢަލީ
ޙަޤީޤީ ބާރުވެރިކަން

ޙަޤީޤީ ބާރުވެރިކަން

އިބްނު ކަޘީރު, އެކަލޭގެފާނުގެ ތަފްސީރުގައި ޛިކުރު ކުރައްވާފައިވާ ވާހަކައެކެވެ. ވަރަށްވެސް ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކައިގައި ވާހަކަދެކެވެނީ ޢާލަމްތަކުގެ ވެރި އިލާކު ކަމަށްވާ މާތް ﷲ އާއި އިންސާނުންގެ ބައްޕާފުޅު ކަމަށްވާ އާދަމް ޢަލައިހިއްސަލާމް އާ ދެމެދުގައެވެ.  އާދަމްގެފާނު ﷲ އަށް ދެންނެވިއެވެ. “އޭ މިއަޅާގެ ރައްބެވެ! އިބައިލާހު، އިބަ އިލާހުގެ އަތްޕުޅުން މިއަޅާ ޚަލްޤު ނުކުރައްވަމުތޯއެވެ؟” ޖަވާބުގައި ބުނެވުނެވެ. “އާއެކެވެ.” އެކަލޭގެފާނު ދެން އެއްސެވިއެވެ. “އިބައިލާހު މިއަޅާގެ ހަށިގަނޑަށް ރޫހ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފަށަނީ

ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފަށަނީ

10 ޖެނުއަރީ 2020 ވަނަ ދުވަހު، ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެކެޑަމިކް ކަލަންޑަރުގައިވާ ފަދައިން އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި އެ ދުވަހު ކިޔެވުން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް […]

ޝިއުނާ އާދަމް
ގޭސް ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ

ގޭސް ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ

މާލެ ސިޓީގެ، މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ހ. ތިން ނޫނުގޭގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި ދެ މީހަކު ފިހި، އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ދެމީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި […]

ޔުމްނާ ޢަލީ
ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް

ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް

ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ. ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރަކު “ތިލަދުން” އަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެ ޖަލްސާ ބާއްވަނީ “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޚާއްޞަ ޤާނޫނު 2020” އަށް އިސްލާޙް ގެނެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ޤާނޫނީ ހައްލެއް ހޯދުމަށ...

އަލީ އާދިލް
ޕޯސްޓުން ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިންގެ ހިދުމަތް ފަށަނީ

ޕޯސްޓުން ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިންގެ ހިދުމަތް ފަށަނީ

މޯލްޑިވްސް ޕޯސްޓުން ފައިނޭންޝަލް ހިދުމަތްތައް ފުޅާކޮށް، ޕޯސްޓަލް ބެންކިން ސަރވިސް ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ. މޯލްޑިވްސް ޕޯސްޓުން ބުނީ، މިކަމަށް އޮތް ފުރުސަތުތައް ދިރާސާކޮށް ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކޮންސަލްޓަންސީ މަސައްކަތް ފެށުމުގެ ގޮތުން އަލްފާޟިލާ ފާތުމަތު ޝަފީގާ އާއި އެކު އެމް.އޯ.ޔޫ އެއްގައި އިއްޔެ ސޮއިކުރެވުނުކަމަށެވެ. ޕޯސްޓަލް ބޭންކިން އަދި ތަފާތު ފައިނޭންޝަލް ޚިދުމަތްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕޯސްޓް މެދުވެރިކޮށް ވަކިން ޚާއްސަކޮށް ރަށްފުށުގެ އާބާދީތ...

އިބްރާހިމް އަސްވާޤް
ޒުވާނުން އިސްނަގައިގެން އިހަވަންދޫ ހުރަވީ ދަނޑުގައި ޓާފް އަޅަނީ

ޒުވާނުން އިސްނަގައިގެން އިހަވަންދޫ ހުރަވީ ދަނޑުގައި ޓާފް އަޅަނީ

ހއ.އިހަވަންދޫ އިރުމަތީ އަވަށުގައި އުފެދިފައިވާ ޒުވާން ފުޓްބޯޅަ ޓީމްތަކުން އިސްނަގައިގެން، އެ އަވަށު ހުރަވީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ނިންމައި އެކަން އިޢުލާން ކޮށްފިއެވެ. މިކަން އިޢުލާން ކޮށްފައިވަނީ 04 ޖަނަވަރީ 2021 ވީ ހޯމަ ދުވަހުގެ ރޭ އިހަވަންދޫ ކުލަބް ޕޯލްސްޓަގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފްޓައިމްގައި ބޭއްވި ކުރު ރަސްމިއްޔާތެއްގައެވެ. މި މަސައްކަތަކީ އިހަވަންދޫ އިރުމަތީ އަވަށަށް ނިސްބަތްވާ ޒުވާން ޓީމްތައް […]

އިބްރާހިމް ޚަލީލް
އައްޑޫއަށް ވަންނާނީ ޕައުންޑް، މާނައަކީ ގިނަ ޢަދަދެއްގެ އިނގިރޭސި ފަތުރުވެރިން ޒިޔާރަތްކުރާނެ: ޑރ. މައުސޫމް

އައްޑޫއަށް ވަންނާނީ ޕައުންޑް، މާނައަކީ ގިނަ ޢަދަދެއްގެ އިނގިރޭސި ފަތުރުވެރިން ޒިޔާރަތްކުރާނެ: ޑރ. މައުސޫމް

އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް ވިދާޅުވީ އެ ސިޓީއަށް އެންމެ ގިނައިން ޒިޔާރަތްކުރާނީ އިނގިރޭސި ވިލާތުގެ ފަތުރުވެރިންކަމަށް ބެލެވޭތީ، އެކަމަށް އިޝާރާތްކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ. ޑރ. މައުސޫމް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ މިގޮތަށް ވިދާޅުވީ، ”އައްޑޫ ސިޓީއަށް ފަތުރުވެރިކަމުން ވަންނާނީ ޕައުންޑް ކަމަށް” އޭނާ ވިދާޅުވީ ކޮން މާނައެއްގައި ކަމަށް އަންގައި ދިނުމުގެ ގޮތުންނެވެ. އައްޑޫ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދ...

އަލީ އާދިލް
ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދުސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ނެރުނު މި ހުދު ސަމާލުގެ ވަގުތަކީ މިރޭ 23:30 އިން ފަތިހު 4:30 އަށެވެ. މި ސަމާލުގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ […]

ޙުސައިން ޝަހުދީ