މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1694 ވަނަ ޞަފްޙާ

ބޮޑު ވަޒީރުކަމަށް ޝައުގުވެރިވިޔަސް ދެކަމެއް ފުރިހަމަވާން ޖެހޭނެ: ޑރ.ދީދީ

ބޮޑު ވަޒީރުކަމަށް ޝައުގުވެރިވިޔަސް ދެކަމެއް ފުރިހަމަވާން ޖެހޭނެ: ޑރ.ދީދީ

ބޮޑު ވަޒިރުކަމަށް ޝައުގުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ހާސިލުނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ މިއަދު ވިދާޅުވެއްޖެވެ. ބޮޑު ވަޒީރުކަން ބޭނުންވި ކަމުގައިވިޔަސް ދެ ކަމެއް ފުރިހަމާން ޖެހޭނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކުރެއްވި ޓްވީޓްގައި ގައެވެ. ބޮޑުވަޒީރުކަމަށް ޝައުޤުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ޙާޞިލު ނުވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ދެކަންތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ. “ބޮޑުވަޒީރުކަމަށް ޝައުޤުވެރިވިޔަސް...

އައިޝަތު އިލްމާ އަދުނާން
ވެރިކަން ލިބުމުން ޔާމީން އެގޮތަށް ކަންތައް ނުކުރިނަމަ މިދުވަސް ނައީސް ކަންނޭނގެ: ޑރ. މައުރޫފް

ވެރިކަން ލިބުމުން ޔާމީން އެގޮތަށް ކަންތައް ނުކުރިނަމަ މިދުވަސް ނައީސް ކަންނޭނގެ: ޑރ. މައުރޫފް

އެތައް ބަޔެއްގެ ބުރަ މަަސައްކަތުން ރައީސް ޔާމީންއަށް ވެރިކަން ލިބުމުން ވިސްނުން އިސްކޮށް، މީހުނާއި ގުޅިގެން، ކޮރަޕްޝަނަށް މަގުފަހި ނުކޮށް ރައްޔިތުންގެ ތާއީދު ނުގެއްލޭ ދަރަޖައެއްގައި ކަންތައް ބެހެއްޓެވި ނަމަ މިދުވަސް ނައީސް ކަމަށް ހީފުޅުވާކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެ އެވެ. ޑރ. މައުރޫފް މިގޮތަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަކަށް ފުރޮޅާލުމަށް އެދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު، ރައީސުލ...

އަލީ އާދިލް
އެޓަލާންޓާ އަތުން ބަލިބެ ޔުވެންޓަސް ސޮއްސާލައިފި

އެޓަލާންޓާ އަތުން ބަލިބެ ޔުވެންޓަސް ސޮއްސާލައިފި

އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާއި އެޓަލާންޓާ ބައްދަލު ކުރި މެޗުން ޔުވެންޓަސް ބަލިވެ އެ ޓީމް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ސޮއްސާލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. މިގޮތުން […]

އިބްރާހިމް ޚަލީލް
ކަދުރުފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ!

ކަދުރުފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ!

ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. އަބަދަށް ދެމިގެންވާ ތަނަކީ އާޚިރަތުގެ ގޮވައްޗެވެ. އާޚިރަތުގައި ތިބާއަށް ވޭނާތުރާ ނުވަތަ އުފަލާމަޖާ ލިބުން އޮތީ މިދުނިޔެއިން ޙާޞިލްކުރި އެއްޗެއްގެ މައްޗަށެވެ. އާޚިރަތުގެ ނަތީޖާ ބާއްޖަވެރިވުމަށް އެދޭމީހާ ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ސަދަގާތް ކުރުމެވެ. އިޚްލާޞްތެރި ހިތަކައިގެން ﷲގެ ރުހުން އެދިގެން އެ އިލާހުގެ މަގުގައި ކުރާ އެއްވެސް ހޭދައެއް ގެއްލިގެން ނުދާނެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ބަޤަރާ ސޫރަތުގެ 265ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ:- […...

އައްޝައިޚް މުޙައްމަދު އަފްޟަލް
އިސްރާއީލުގައި މިހާރު މާސްކު ނާޅައި އުޅެވޭނެ

އިސްރާއީލުގައި މިހާރު މާސްކު ނާޅައި އުޅެވޭނެ

އިސްރާއީލުގައި މާސްކު ނާޅައި އުޅެވޭގޮތަށް ހަދައިފިއެވެ. އެ ގައުމުން މިއަދު އެގޮތަށް ނިންމީ އެ ގައުމުގެ ބޮޑު އާބާދީއެއް ވެކްސިން ފުރިހަމަ ކުރުމާ ގުޅިގެންނެވެ. މިއީ މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލި ފުރަތަމަ ގައުމެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މަާސްކު އެޅުން މިހާރު މަޖުބޫރު ނޫނަސް އާއްމުން އެއްވާ ތަންތަނުގައި މާސްކު އެޅުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. މިއަދު ދިން ލުއިތަކާއެކު އެ ގައުމުގެ ސްކޫލުތައް ވެސް މިހާރު […]

އަޙްމަދު ވަހީދު
ފަރަގު ކުޑަ ގޮނޑިތައް އެމްޑީޕީއަށް ދިނަސް ވާނުވާ އެބަ އެނގޭ، މޮޔަނުވޭ: ލަޠީފް

ފަރަގު ކުޑަ ގޮނޑިތައް އެމްޑީޕީއަށް ދިނަސް ވާނުވާ އެބަ އެނގޭ، މޮޔަނުވޭ: ލަޠީފް

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ނަތީޖާ ފަރަގު ކުޑަކޮށް ހުރި ގޮނޑިތައް އެމްޑީޕީއަށް ލިބޭ ގޮނޑިތަކެއް ކަމަށް ނިންމަމުންދާ ކަމަށާއި، އެހެން އެކަން ކުރިނަމަވެސް ރައްޔިތުންނަށް ވާނުވާ އިނގޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. މިހާރު އިދިކޮޅު ކޯލިޝަނާއިއެކު އިސްސަފުގައި މަސައްކަތް ކުރަށްވާ ލަޠީފް މި މޭރުމުން ވިދާޅުވީ، މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. ލަޠީފް ވަނީ އެ ޓްވ...

އަލީ އާދިލް
އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 29 ބާއްވަން ނިންމައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 29 ބާއްވަން ނިންމައިފި

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. އެމްޑީޕީން މިރޭ ނެރެފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު މެއި 29 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައި ވާކަމަށެވެ. އެ ޕާޓީން ބުނީ މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ […]

ޔުމްނާ ޢަލީ
ސަރުކާރާއި ޕާޓީގެ ބައެއް އިސްބޭފުޅުން ކުރި ވިޔާނުދާ ކަންކަމުގެ ދެރަ ލިބުނު: ރާޢީ

ސަރުކާރާއި ޕާޓީގެ ބައެއް އިސްބޭފުޅުން ކުރި ވިޔާނުދާ ކަންކަމުގެ ދެރަ ލިބުނު: ރާޢީ

‏ނިމިދިޔަ ކައުންސިލް އިންތިޚާބުގައި، ސަރުކާރާއި އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ކުރި ވިޔާނުދާ ކަންކަމުގެ ދެރަ ލިބުނު ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ ގައެވެ. ރާޢީ ވިދާޅުވީ، ޕާޓީގެ އިސްސަފުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އަދި ސަރުކާރު އެސްއޯއީ ތަކުގައި ހިމެނޭ ބައެއް އިސްވެރިން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ކަންކަން ކުރެއްވި ގޮތުން އެކަމުގެ ދެރަ ލިބިގެން ދިޔަ ކަމަށެވެ. “ނިމިދިޔަ ކައުންސިލް އިންތ...

އަލީ އާދިލް
ދާއިމީ ނަތީޖާ އަންގާރަ ދުވަހު!

ދާއިމީ ނަތީޖާ އަންގާރަ ދުވަހު!

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާނު ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަންގާރަ ދުވަހު ދާއިމީ ނަތީޖާ އިއުލާނު ކުރަަން ފެށި ނަމަވެސް އެކަން މުޅީން ނިންމާލެވޭނީ ތިން ދުވަސް ފަހުން ކަމަށެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ ޢިއުލާންކޮށް ނިއްމާލީ އިއްޔެއެވެ. ވަގުތީ ނަތީޖާއާއެކު އިންތިހާބުގެ […]

އަލީ އާދިލް
އާރުޑީސީ އޮފީސް ފަޅާލައި ވައްކަންކޮށްފި

އާރުޑީސީ އޮފީސް ފަޅާލައި ވައްކަންކޮށްފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލައި، ވައްކަން ކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އާރުުޑީސީގެ އޮފީސް ފަޅާލައި، 100،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެގެ ހެނދުނު 10:00 ގައި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އާރުޑީސީގެ އޮފީސް ފަޅާލައިގެން ބަޔަކު އެއް ލައްކަ ރުފިޔާ ވަގަށް ނެގި ކަމުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން […]

ޖަލްވާން ޖާދުﷲ
ތަކަންދޫ އާސިފާއާއި ޒީނާގެ ވޯޓު ހަމަހަމަ، ދެވަނަ ބުރު ބާއްވަންޖެހޭ ރަށްތައް މިއަދު ކަނޑައަޅަނީ!

ތަކަންދޫ އާސިފާއާއި ޒީނާގެ ވޯޓު ހަމަހަމަ، ދެވަނަ ބުރު ބާއްވަންޖެހޭ ރަށްތައް މިއަދު ކަނޑައަޅަނީ!

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްރަށާއި ދާއިރާތައް މިއަދު ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ. އީސީން މިގޮތަށް ބުނެފައިވާއިރު އެ ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ހއ. ތަކަންދޫ ކައުންސިލްގެ އަންހުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް ދެ ކެންޑިޑޭޓެއްގެ ވޯޓުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. އެއީ މިހާރުގެ ވެސް އެރަށ...

ޝިއުނާ އާދަމް
އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި އެވެ. އަފީފުއްދީން ސްކޫލްގެ އިތުރުން ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ވެސް ވަނީ “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކޮށްފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގާއިމުކުރެވުނު މި “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ...

ޔުމްނާ ޢަލީ
ރޯދަ މަހުގެ ފުރަތަމަ ހަފުތާ: 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކުރި

ރޯދަ މަހުގެ ފުރަތަމަ ހަފުތާ: 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކުރި

ރޯދަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެ އެތެރެ ކުރި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 727 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވަނީ މި މަހުގެ 13އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ތެރޭގައި 20 ފޫޓުގެ367 ކޮންޓެއިނަރާއި 40 ފޫޓުގެ 360 ކޮންޓެއިނަރު ހިމެނެއެވެ. ރާއްޖެ އެތެރެކުރި ކާބޯތަކެތީގެ ތެރޭގައި 26520 ކޭސް ބިހާއި، 18،786 ބަސްތާ ފިޔާ […]

އަޙްމަދު ވަހީދު
4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއާ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފިއެވެ. މި ތަކެއްޗަކީ ތަފާތު ދެ ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަށް އުޅުނު މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ. މިތަކެތި އަތުލައިގަނެވިފައިވަނީ އިއްޔެ ކުރިއާ މަގުން ރާއްޖެ އައި ޕާރްސަލްތަކެއް ބަލައި ފާސްކުރަނިކޮށް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ މައުލޫމާތު ދެއްވާފަ އެވެ. މިގޮތުން ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ ޖަމައިކާ އާއި ނައިޖ...

އަލީ އާދިލް
"ލަމާރުކަޒީ ނިޒާމާގުޅޭ 101 ސުވާލު ފޮތް" ނެރެފި

"ލަމާރުކަޒީ ނިޒާމާގުޅޭ 101 ސުވާލު ފޮތް" ނެރެފި

ލާމަރުކަޒީ ނިޒާމާބެހޭ 101 ސުވާލަކާއި، އެ ސުވާލު ތަކުގެ ޖަވާބު ހިމެނޭގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައްޔާރުކުރި ”ލަމާރުކަޒީ ނިޒާމާގުޅޭ 101 ސުވާލު ފޮތް” ނެރެފިއެވެ. މިއަދު ފޭސްބޫކް ލައިވްކޮށް ބޭއްވުނު ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަލީ ނިޔާޒު އެވެ. މިފޮތަކީ، ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސި...

ޝިއުނާ އާދަމް
ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ: އިބްރާހީމް ރަޝީދު

ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ: އިބްރާހީމް ރަޝީދު

އިސްލާމް ދީނާ ދެކޮޅަށް ބަސް ބުނާ މީހަކަށް ދިވެހިން އިތުބާރެއް ނުކުރާނެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، އިސްލާމް ދީނާއި ދެކޮޅަށް ބަސް ނުބުނުމަށް އެދި ވަޑައިގެންފަ އެވެ. އަދި އިސްލާމް […]

ޔުމްނާ ޢަލީ
ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބާސެލޯނާއަށް

ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބާސެލޯނާއަށް

ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ބާސާ ހޯދާފައިވަނީ ފައިނަލުގައި އެތުލެޓިކް ބިލްބާއޯގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ގިނަ ހަމަލާތަކެއް ވެސް އެ ޓީމުން ވަނީ ބިލްބާއޯގެ ގޯލަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާގެ ނެދަލެންޑް މިޑްފީލްޑަރ ޑި ޔޮން ފޮނުވާލި ހަމަލާ އަމާޒުވެފައި […]

އިބްރާހިމް ޚަލީލް
ޕްރިންޓިންއަށް ޚާއްޞަ "ހުސްވީ ޕްރިންޓް" ކުޅުދުއްފުށީގައި ހުޅުވައިފި

ޕްރިންޓިންއަށް ޚާއްޞަ "ހުސްވީ ޕްރިންޓް" ކުޅުދުއްފުށީގައި ހުޅުވައިފި

ޕްރިންޓިންއާއި ޓެކްނޮލޮޖީއާ ގުޅުންހުރި އެކި މުދަލާއެކު ‘ހުސްވީ ޕްރިންޓް’ މިހާރު ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ. ހުސްވީ ޕްރިންޓުގެ މެނޭޖަރު، އިސްމާއިލް އަހްމަދު ވިދާޅުވި ގޮތުގައި މިއީ އަގުހެޔޮ ކޮލިޓީ ޕްރިންޓިންގް ޚިދުމަތްތައް ކުޅުދުއްފުއްޓަށާއި ކައިރި ރަށްރަށަށް ފޯރުކޮށްދިނުމުގެ އުންމީދުގައި ހުޅުވިގެންދިޔަ ފިހާރައެކެވެ. އަދި ‘ހުސްވީ’ އިން މިހާރުވެސް މާލޭގައި ވިއްކަމުންދާ އެކި ޓެކް ޕްރޮޑަކްޓުތައް މާލޭއާއި އެއް އަގެއްގައި ކުޅުދުއްފުށީގެ ހުސްވީ ޕްރިންޓުން ލިބޭނެ ކަމަށް ‘ހުސްވީ’ މެނޭޖިން ޑިރެކް...

އިބްރާހިމް އަސްވާޤް