މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1696 ވަނަ ޞަފްޙާ

ރިސޯޓު މުވައްޒަފުންވެސް 2 ޑޯޒް ހަމަކޮށް، 2 ހަފްތާ ވުމުން ކަރަންޓީނު ވާކަށް ނުޖެހޭ!

ރިސޯޓު މުވައްޒަފުންވެސް 2 ޑޯޒް ހަމަކޮށް، 2 ހަފްތާ ވުމުން ކަރަންޓީނު ވާކަށް ނުޖެހޭ!

ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ކަރަންޓީނުނުވެ ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ޓޫރިޒަމް މިނިސްޓަރީއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި މީހުން ދިރިއުޅޭ ރަށްރަށަށް 14 ދުވަސް ފަހުން ކަރަންޓީނު ނުވެ ދެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ މުވައްޒަފުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާ […]

ޝިއުނާ އާދަމް
ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި

ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި

ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ހިސާބު ރިޕޯޓް ބުނާގޮތުން ދައުލަތުގެ ބަޖެޓުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ކައުންސިލްތަކަށް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ […]

އަލީ އާދިލް
3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި

3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި

3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީއިން، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ. އެ ތިން ފޮއްޓަކީ، މ. މުލައް، މ. މުލި އަދި ފ. ނިލަންދޫ ވޯޓު ފޮއްޓެވެ. އީސީއާއި، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ […]

ޔުމްނާ ޢަލީ
ދީމާ ދުނިޔޭގެ ޓީޓީ ޔޫތު ރޭންކިންގެ ގަދަ 10ގައި ހިމެނިއްޖެ

ދީމާ ދުނިޔޭގެ ޓީޓީ ޔޫތު ރޭންކިންގެ ގަދަ 10ގައި ހިމެނިއްޖެ

ރާއްޖޭގެ ޓޭބަލް ޓެނިސް ގައުމީ ޗެމްޕިއަން އުމުރުން 13 އަހަރުގެ ފާތިމަތު ދީމާ އަލީ ދުނިޔޭގެ ޓޭބަލް ޓެނިސް ޔޫތު ރޭންކިންގެ ޖޫނިއާ ކެޓަގަރީން ގަދަ 10 ކުޅުންތެރިން ތެރޭގައި ހިމެނިއްޖެއެވެ. މިގޮތުން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އާންމުކޮށްފައިވާ ރޭންކިންގައި ދީމާ ހިމެނިފައިވަނީ ޔޫތު ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ 8 ވަނައިގަ އެވެ. މިކާމިޔާބީ ފާހަގަކޮށް ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ޓީޓީ އަށް […]

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް!

ކޯވިޑް ބަލީގައި މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 68 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެއް ކަމަށެވެ. އެމީހާއަކީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މިއަދު މެންދުރުކުރި 11:12 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. އެންމެ ފަހުން ރާއްޖެއިން މިބަލީގައި މީހަކު ނިޔާވެފައިވަނީ ހުސްވި މާރިޗް މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން...

ޔުމްނާ ޢަލީ
ޔޫރޮޕާ ލީގުގެ ސެމީގައި ޔުނައިޓެޑާއި ރޯމާ އަދި އާސެނަލް އާއި ވިޔަރެއާލް

ޔޫރޮޕާ ލީގުގެ ސެމީގައި ޔުނައިޓެޑާއި ރޯމާ އަދި އާސެނަލް އާއި ވިޔަރެއާލް

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ އަދި އާސެނަލް އާއި ވިޔަރެއާލް ބައްދަލު ކުރަން ޖެހިއެޖެއެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރު ކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ސްޕެއިންގެ ގްރަނާޑާ ބަލިކުރުމަށް ފަހުގައެވެ. މި ދެ ޓީމް ގްރެނާޑާގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުންނެވެ. ދެވަނަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެފައިވާއިރު މި […]

އިބްރާހިމް ޚަލީލް
ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފި

ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފި

ކޯވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުގެނެސް، ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އުސޫލު އާންމުކޮށްފިއެވެ. އެ އުސޫލު އާންމުކުރަށްވައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުނު އެންގުމުގައި ބުނީ، 2021 އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ލުއިތައް ދިނުމަށް ނިންމާފައިވާ ފިޔަވަޅުތައް އާންމުކުރާ ކަމަށެވެ. މިގޮތުން 20 އޭޕްރިލް 20...

ޔުމްނާ ޢަލީ
ދެވަނަ ޑޯޒްއަށްފަހު ކަރަންޓީންއާއި ނުލާ ރަށްރަށް ދަތުރުކުރެވޭ ގޮތައް ނިންމަނީ

ދެވަނަ ޑޯޒްއަށްފަހު ކަރަންޓީންއާއި ނުލާ ރަށްރަށް ދަތުރުކުރެވޭ ގޮތައް ނިންމަނީ

ކޯވިޑް19 އިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިނުގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެ ގޮތަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިރޭ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 2 ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ އަތޮޅު ތެރޭގެ ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. https://twit...

އިބްރާހިމް އަސްވާޤް
މި ޔޮޓުގެ ޓިކެޓެއްގެ އަގަކީ 3 މިލިއަން ޑޮލަރު، ކްލައިމެޓް ޗޭންޖު ދަރިވަރުންނަށް ހިލޭ

މި ޔޮޓުގެ ޓިކެޓެއްގެ އަގަކީ 3 މިލިއަން ޑޮލަރު، ކްލައިމެޓް ޗޭންޖު ދަރިވަރުންނަށް ހިލޭ

ނިއުކްލިއާ ބާރުން ދުއްވާ ސުޕަޔޮޓުގެ ފުރަތަމަ ގެސްޓުންގެ ގޮތުގައި ހިލޭ ދަތުރު ކުރުމުގެ ފުރުސަތު މޫސުމަށް އަންނަ ބަދަލުތައް ކިޔަވާ ދަރިވަރުންނަށް ދޭންނިންމައިފިއެވެ. “އާތު 300” ގެ ނަމުން ނަން ދީފައިވާ މި ޔޮޓުގެ ދަތުރުތައް ފަށަން ނިންމާފައިވަނީ 2025ގައެވެ. މި ޔޮޓުގެ އެންމެ ފުރަތަމަ ދަތުރު ކުރާ މީހުންގެ ތެރޭގައި 160 ސައިންޓިސްޓުންނާއި 40 ވީއައިޕީން އަދި 20 ދަރިވަރުން ހިމެނޭނެއެވެ. މި ޔޮޓުގައި ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ލިބޭނީ މޫސުމަށް އަންނަ ބަދަލާ […]

އަޙްމަދު ވަހީދު
މެޑަމް ފަޒްނާ ޕޮޒިޓިވް ވެއްޖެ

މެޑަމް ފަޒްނާ ޕޮޒިޓިވް ވެއްޖެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވަޑައިގެންފިއެވެ. ރައީސްގެ އަނބިކަނބަލުން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ޙާލުކޮޅު ރަނގަޅުކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ރައީސް އޮފީހުން ބުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިކަމަށެވެ. ފަސްޓްލޭޑީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު ކ...

އިބްރާހިމް އަސްވާޤް
ބޭފުޅިޒަމްއާއި ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެ: ޢަލީ

ބޭފުޅިޒަމްއާއި ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެ: ޢަލީ

ބޭފުޅިޒަމްއާއި ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ. މެންބަރު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. ޢަލީ ވިދާޅުވީ، ވަށަފަރެއް ހިންނަވަރެއް ކިޔާނެ ކަމެއްނެތް ކަމަށެވެ. އަދި މާލެ މީހަކަށް ވީމާ ކުޅަނދު ހަމަވެފައި ރަށްރަށުގެ މީހަކަށް ވީތީ ކުޅަނދު މަދުވާނެ ކަމަކަށް މިހާރު ގިނަދިވެހިން ގަބޫލެއް ނުކުރާކަމަށް ޢަލީ ވިދާޅުވިއެވެ. ބޭފުޅިޒަމްއާއި ރޭސިޒަމްއަށް 21 ވަނަ ގަރުނުގައި ޖާގައެއް ނޯންނާނެ ކަމަށް ވެސް […]

އަލީ އާދިލް
އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް: އޭޖެންޓުންނަށް ރަށްރަށުގައި ވިއްކޭނީ ކޮން ބާވަތްތަކެއް؟

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް: އޭޖެންޓުންނަށް ރަށްރަށުގައި ވިއްކޭނީ ކޮން ބާވަތްތަކެއް؟

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަކީ ދިވެހިންގެ ދިރިއުޅުމަށް ބޮޑު ފަސޭހަކަމެއް ގެނެސްދީފައިވާ ކުންފުންޏެކެވެ. ”އެންމެންގެ އެސްޓީއޯ”ގެ ގޮތުގައި އެކުންފުނިން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ދަތިތަކެއްނެތި އަތްފޯރާފަށުން އެތައް ޚިދުމަތެއް ފޯރުކޮށް ދެމުންނެވެ. މިގޮތުން ވިޔަފާރީގެ ރޮނގުން އެސްޓީއޯއިން ގެނެސްދީފައިވާ ޒަމާނީ ފަސޭހަތަކުގެ ތެރެއިން، އެކުންފުނިން ދަނީ ފުޅާދާއިރާއެއްގައި އެތައް ވިޔަފާރިއެއްހިންގަމުން، ރާއްޖޭގެ މާކެޓްގައި ގިނަ ރައްޔިތުން އަތްފޯރާފަށުގައި އެތަ...

އާއިޝަތު ރަފާހް ޢަލީ

އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައްދަނީ އިއުލާންކުރަމުންނެވެ. އެގޮތުން، މިހާތަނަށް ދެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ އިމަގު މަދަހަ މުބާރާތާއި ގުރުއާން މުބާރާތެވެ. މިއަހަރު އިމަގު މަދަހަ މުބާރާތް ކުރީގެ އަހަރުތަކާ ތަފާތުކޮށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމަގުގެ މީޑި...

އައިޝަތު އިލްމާ އަދުނާން
ރައްޔިތުންނަށް ސަރުކާރު އޯކޭ ނުވި ސަބަބުތައް ލަތީފް ކިޔައިދީފި

ރައްޔިތުންނަށް ސަރުކާރު އޯކޭ ނުވި ސަބަބުތައް ލަތީފް ކިޔައިދީފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ނަތީޖާއިން ރައްޔިތުންނަށް ސަރުކާރު ‘އޯކޭ’ ނުވި ސަބަބުތައް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ކިޔައިދީފިއެވެ. ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންް ލަތީފް، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަން ސަރުކާރު ސިފަކުރެއްވީ، ވިޔާނުދާ ބައެއްގެ ގޮތުގައެވެ. އަދި ކޯލިޝަން ސަރުކާރުގެ ވެރިންނަށް ރައްޔިތުން ”ޚަބަރުދާރޭ އެބުނަނީ” ސަބަބުތަކެއް ނެ...

އައިޝަތު އިލްމާ އަދުނާން
އީޕީއޭއިން ކަނުހުރާ ރިސޯޓު 20,000 ރުފިޔާއިން ޖޫރިމަނާކޮށްފި

އީޕީއޭއިން ކަނުހުރާ ރިސޯޓު 20,000 ރުފިޔާއިން ޖޫރިމަނާކޮށްފި

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޅ. ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ވިހި ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އީޕީއޭއިން މިއަދު ނެރުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޖޫރިމަނާއަކީ، އެއެޖެންސީގެ ހުއްދަނެތި ތަރައްޤީގެ ބައެއް މަސައްކަތްތައް ކޮށްފައިވާތީ ކުރެވުނު ޖޫރިމަނާއެއް ކަމަށެވެ. އެނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަނުހުރާ އައިލެންޑް ރިޒޯޓު އެންޑް ސްޕާ ގެ ފަރާތުން، އެއެޖެންސީގެ ހުއްދަނެތި ރިޒޯޓު ތަރައްޤީކުރުމުގެ ބައެއް މަސައްކަތް ކޮށްފައިވާކަމަށެވެ. ދިވެހިރާ...

އިބްރާހިމް އަސްވާޤް
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހުން މަޑުޖައްސާލަން އެމެރިކާއިން އަންގައިފި

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޖެހުން މަޑުޖައްސާލަން އެމެރިކާއިން އަންގައިފި

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ޖެހުން މަޑުޖައްސާލަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފި އެވެ. އެފްޑީއޭއިން މި އަމުރު ނެރުނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުމުން ލޭ ގަނޑުވާ ކަމަށް ބުނެވޭ މައްސަލަތަކަކާ ގުޅިގެންނެވެ. ޖޯންސަން އެންޑް ޖޯންސަން ކޮވިޑް ވެކްސިން ފުރިހަމަކުރަން ޖަހަން ޖެހެނީ ވެސް އެއްޑޯޒެވެ. ސެންޓާސް ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިހާރު މަސައްކަތް ކުރަނީ އެޑްވައިޒަރީ ކޮމިޓީ އޮން […]

އާއިޝަތު ރަފާހް ޢަލީ
ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ: ޓޫރިޒަމް މިނިސްޓަރ

ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ: ޓޫރިޒަމް މިނިސްޓަރ

ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ޑރ މައުސޫމް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ބީބީސީ އިންޓަނޭޝަނަލްއަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ. ޑރ. މައުސޫމް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތުގެ މިހާރުގެ ޓްރެންޑްތަކަށް ބަލާއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. އަދި ކުރިން އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން އަންދާޒާ...

އާއިޝަތު ރަފާހް ޢަލީ
ހުޅުމާލެ މާސްޓަރ ޕްލޭނަށް އެވޯޑެއް

ހުޅުމާލެ މާސްޓަރ ޕްލޭނަށް އެވޯޑެއް

ކޮންމެ އަހަރަކު ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް (އޭއެމްޕީ) ގެ ފަރާތުން ދެމުންގެންދާ ދަ އާކިޓެކްޗަރ މާސްޓާ ޕްރައިޒްގެ އޮނަރަބަލް މެންޝަން އެވޯޑް އިން ލޭންޑްސްކޭޕް އާކިޓެކްޗަރ / އަރބަން ޕްލޭނިންގ އެވޯޑު، ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިއްޖެ އެވެ. ހުޅުމާލޭގެ މާސްޓާ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭނެއްކަމަށް އޭއެމްޕީގެ ވެބްސައިޓްގައި ފާހަގަކޮށްފައިވެއެވެ. ހުޅުމާލެމާސްޓަރޕްލޭން ގެމައިގަނޑު އަސާސަކީ މާލެ ސަރަހައްދުގެ ތޮއްޖ...

އަލީ އާދިލް