އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި
މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ ޢިއުލާން ކުރަން ފަށައިފިއެވެ. މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު 2:00ގަ އެވެ. އަދި މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން އިންތިޚާބާބެހޭ ގާނޫނު ލާޒިމު ކުރެ އެވެ. […]