މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,423 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1649 ވަނަ ޞަފްޙާ

ރަށުން ބޭރުގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ އެހީ އެރަށު ރައްޔިތުންނަށް

ރަށުން ބޭރުގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ އެހީ އެރަށު ރައްޔިތުންނަށް

ކޮވިޑް-19 ސަބަބުން މޮނީޓަރިންގެ ހާލަތުގައި ކުރިން އޮތް ހއ. މުރައިދޫގެ ރައްޔިތުންނަށް ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. އެގޮތުން ރިސޯޓުތަކުގަ އާއި މާލޭގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ ފަރާތުން އެރަށުގައި ދިރިއުޅޭ އާއިލާތަކަށް މަސް ހަދިޔާ ކުރީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން” އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ހަދިޔާ ކުރީ 25000ރ (ފަންސަވީސް ހާސް ރުފިޔާ) ގެ ރޯ […]

އަޙްމަދު އަރުޝަމް
ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކޮމިޓީއެއް

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކޮމިޓީއެއް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިޔުމަށް “ޓޫރިޒަމް ގޯލްޑަން ޖުބިލީ ސްޓިއަރިން ކޮމެޓީ” އެކުލަވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ، އެ ކޮމެޓީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް، އިންޑަސްޓްރީ އާއި އިންޑަސްޓްރީ އާ ގުޅިފައިވާ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެހެން ސިޓީތަކާއި އަތޮޅުތަކުގައި ހަރަކާތްތައް ރާވާ ކުރިއަށް ގެންދ...

އަޙްމަދު ވަހީދު
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން، އެންމެ ބޮޑަށް ގެއްލުންވާނެ ޤައުމަކީ ރާއްޖެ: ރައީސް

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން، އެންމެ ބޮޑަށް ގެއްލުންވާނެ ޤައުމަކީ ރާއްޖެ: ރައީސް

ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ކޮންމެ ރައްޔިތަކުވެސް ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކު ކަމުގ...

އަޙްމަދު އަރުޝަމް
މަކުނުދޫ ޕާކުގެ މަސައްކަތް ހަލުވިކުރުމަށް ރާޢީ، 10 ހާސްރުފިޔާ ހަދިޔާކުރަނީ

މަކުނުދޫ ޕާކުގެ މަސައްކަތް ހަލުވިކުރުމަށް ރާޢީ، 10 ހާސްރުފިޔާ ހަދިޔާކުރަނީ

ހދ. މަކުނުދޫގައި ގާއިމުކުރާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ހަލުވިކުރުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ މާލީގޮތުން އެހީތެރިވާން ނިންމަވައިފިއެވެ. މެންބަރު ރާޢީ ވިދާޅުވީ، ޔޫތު މިނިސްޓްރީ ރަށް ރަށުގައި އަޅަން ކައުންސިލް ތަކާއި ހަވާލު ކުރި ކުޑަ ކުދިންގެ ޕާކް ތަކަކީ ބޭރު ސަރުކާރަކުން ރާއްޖެ އަށް ހަދިޔާ ކުރި ޕާކް ތަކެއް ކަމަށެވެ. އަދި ޔޫތު މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އިން ޕާރކް ހަދިޔާ ކުރި ކޮންމެ ރަށަކަށް ވެސް ޕާކާއި […]

އަލީ އާދިލް
ފިނޭ، ނައިވާދޫ، ކުރިނބީ، ނޮޅިވަރަމް އަދި ކުޅުދުއްފުށިން 7 މީހަކު ޕޮޒިޓިވްވެއްޖެ

ފިނޭ، ނައިވާދޫ، ކުރިނބީ، ނޮޅިވަރަމް އަދި ކުޅުދުއްފުށިން 7 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. އަތޮޅުގެ 5 ރަށަކުން 7 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، ހދ. އަތޮޅުގެ ރަށްތަކުން އެންމެ ފަހުން ޓެސްޓް ކުރެވުނު 53 ސާމްޕަލްގެ ތެރެއިން 7 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި އެންމެންނަކީ ވެސް އެރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މިގޮތުން ފިނޭން ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ، ނައިވާދޫ، ކުރިނބި، ނޮޅިވަރަމް އަދި ކުޅުދުއްފުށިންކުރެ ކޮންމެ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ހދ. އަތޮޅ...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި ޒުވާނަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ޒުވާނަކު ނިޔާވެއްޖެ

ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން ޒުވާން އުމުރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ޒުވާނާއަކީ ގއ. ދާންދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވީ އެރަށުގައި ހުއްޓައެވެ. އޭނާ މާލެ ގެނައީ އެބަލީގައި ހާލު ގޯސްވުމުން އިތުރު ފަރުވާއަށެވެ. އޭނާ ނިޔާވީ ރޭ ފަތިހު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި […]

ޙުސައިން ޝަހުދީ
"މިޝްކާ އަކީ ހާއްސަ ކުއްޖެއް" އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މޭޔަރު ޢާތިފް

"މިޝްކާ އަކީ ހާއްސަ ކުއްޖެއް" އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މޭޔަރު ޢާތިފް

ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި އިހުމާލުވާ ފަރާތްތަކެއް ހޯދަން ތަހުގީގުކޮށް ފިޔަވަޅު އެޅެންޖެހޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވެއްޖެ އެވެ. ޢާތިފް މިހެން ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަހު، ކޮވިޑް ބަލީގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތް މިޝްކާ މުހައްމަދަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓް ހެލްތް މިނިސްޓްރީން އާންމުކުރިތާ...

އިބްރާހިމް އަސްވާޤް
މިޝްކާ ޕޮޒިޓިވްވި ދުވަހު ޑޮކްޓަރަށް ދައްކަށް އެދުމުންވެސް އަޅާނުލި، ޒިންމާވާނެ މީހަކު ރިޕޯޓުގައި ނެތް!

މިޝްކާ ޕޮޒިޓިވްވި ދުވަހު ޑޮކްޓަރަށް ދައްކަށް އެދުމުންވެސް އަޅާނުލި، ޒިންމާވާނެ މީހަކު ރިޕޯޓުގައި ނެތް!

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާ ޕޮޒިޓިވްވި ދުވަހު ޑޮކްޓަރަށް ދައްކަން އެދުމުންވެސް އެކަމަށް އިޖާބަ ދީފައިނުވާކަން ހެލްތު މިނިސްޓްރީން އެ މަރު ތަހުގީގުކޮށް ނެރުނު ރިވިއު ރިޕޯޓުން ހާމަވެއްޖެ އެވެ. މިރިޕޯޓުގައި ބުނެފައިވަނީ މިޝްކާ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، […]

އަލީ އާދިލް
މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިޔުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެއްޓު ހޭދަވި ކަމަށް، ހެލްތު މިނިސްޓްރީން އެ މަރު ތަހުގީގުކޮށް ނެރުނު ރިވިއު ރިޕޯޓުން ހާމަވެއްޖެ އެވެ. މިރިޕޯޓުގައި ބުނެފައިވަނީ، މިޝްކާގެ ހާލު ބޮޑުވެ ނިއާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން އެ ކުއްޖާގެ ބެލެނިވެރިން ކޯލް […]

އަލީ އާދިލް
ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެ، ޖުމްލަ އަދަދު 177 އަށް

ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެ، ޖުމްލަ އަދަދު 177 އަށް

ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު 77 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވީ މިއަދު ހަވީރު 04:30 ގައިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 177 ވަނަ މީހާ އެވެ. ކޯވިޑް ބަލީގައި މިއަދު ވަނީ އިތުރު 2 މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 37 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެކެވެ. […]

ޖަލްވާން ޖާދުﷲ
އެމެޖެންސީގައި އައިޖީއެމްއެޗް އަށް ގެންދިޔަ 37 އަހަރުގެ މީހަކު ނިޔާވެއްޖެ

އެމެޖެންސީގައި އައިޖީއެމްއެޗް އަށް ގެންދިޔަ 37 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް19 ޖެހިގެން 37 އަހަރުގެ ލަންކާ މީހަކު ނިޔާވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 04:24 ހާއިރު ނިޔާވެފައިވަނީ އުމުރުން 37 އަހަރުގެ ލަންކާ ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެމަޖެންސީ ރެސްޕޮންސް (އީއާރު) ގައި ފަރުވާ ދެމުންދަނިކޮށެވެ. Today (04/06/21) at 04:24 am a 37-year-old Sri Lankan male brought to IGMH / ER was […]

ޖަލްވާން ޖާދުﷲ
ދަގަނޑޭ ކޯވިޑަށް ނެގެޓިވް، މާދަމާ ޓީމާ ގުޅޭނެ

ދަގަނޑޭ ކޯވިޑަށް ނެގެޓިވް، މާދަމާ ޓީމާ ގުޅޭނެ

މިހާރު ގައުމީޓީމާއިއެކު ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ކޯވިޑް-19އަށް ނެގެޓިވްވެއްޖެއެވެ. ދަގަނޑޭ މިހާރު ހުރީ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗުތައް ކުލުމަށް ޓީމާއެކު ދުބާއީގައެވެ. ދަގަނޑޭ ކޯވިޑަށް ޕޮޒިޓިވްވީ ޑުބާއީގައި ކުރިއަށް ގެންދިޔަ ޓްރެއިން ކޭމްޕަށް ފަހު، ޗައިނާ އަށް ފުރުމުގެ ގޮތުން ހެދި ޓެސްޓުން މިދިޔަ މޭމަހުގެ 30 ވަނަ ދުވަހުއެވެ. ދަގަނޑޭ މިއަދު ކުރި ޓްވީޓެއްގައި ބުނީ އެންމެފަހުން […]

ހުސައިން ހަބީބް
ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވެއްޖެ

ދ. ބަނޑިދޫގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ކޯވިޑް ބަލީގައި ބަނޑިދޫން މީހަކު ނިޔާވީ މިއަދު ހެނދުނު 11:17 ގައިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 175 ވަނަ މީހާ އެވެ. ކޯވިޑް ބަލީގައި މިއަދު ވަނީ އިތުރު ދެ މީހަކު ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 37 […]

ޝިއުނާ އާދަމް
ހުއްދަނެތި ހަނިމާދޫއަށް ދަތުރުކުރި މީހަކު ފޮނުވާލަނީ

ހުއްދަނެތި ހަނިމާދޫއަށް ދަތުރުކުރި މީހަކު ފޮނުވާލަނީ

ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ނަގަން ޖެހޭ ހުއްދަ ނުނަގާ ހދ. ހަނިމާދޫއަށް ދަތުރުކުރި މީހަކު އަނބުރާ ފޮނުވާލަން ނިންމައިފިއެވެ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެއީ ށ. ކޮމަންޑޫއިން ހަނިމާދޫއަށް މިއަދު ދަތުރުކުރި ޒުވާނެއް ކަމަށެވެ. “އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަން އައުމާއެކު ކަން ހިނގާފައިވާގޮތް ބެލިން، އޭނާއަކީ މިރަށަށް ދަތުރުކުރަން ހުއްދަ ނަގާފައިވާ މީހެއްނޫން، އޭނާ އައިސްފައި ވަނީ މިއަދު ށ. ކޮމަންޑޫއި...

ޔުމްނާ ޢަލީ
ކަނޑިތީމުގައި 66 އެކްޓިވް ކޭސް، 59 މީހަކު ބަލިން ރަނގަޅުވެއްޖެ

ކަނޑިތީމުގައި 66 އެކްޓިވް ކޭސް، 59 މީހަކު ބަލިން ރަނގަޅުވެއްޖެ

ށ. ކަނޑިތީމުން 59 މީހަކު ކޯވިޑް ބަލިން ރަނގަޅުވެއްޖެއެވެ. އެހެންނަމަވެސް އެރަށުގައި މިވަގުތު ވެސް ކޯވިޑް ބަލީގެ 66 މީހަކު އެބަތިއްބެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު އިއްޔެގެ ހަވީރު 17:00އާއި ހަމައަށް އެރަށުން 1106 ސާމްޕަލެއްވަނީ ނަގައިފައެވެ. އެރަށުން އެންމެފަހުން ކޯވިޑަށް ޓެސްޓް ކުރަން ނަގާފައި ވަނީ 30 ސާމްޕަލެކެވެ. އެއީ ފްލޫ ކްލިނިކުން ނެގި 4 ސާމްޕަލަކާއި، ކޮންޓެކްޓު ޓްރޭސިންގެ ގޮތުގައި ނެގި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ކުޅިވަރު ކުރިއަރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށީގައި ކުޅިވަރު ކުރިއަރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގައި ކުޅިވަރު ކުރިއެރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ދިޔައީ، މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފްއާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި މެމްބަރުންނާއި އެކު އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމގައެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ކުޅުުދުއްފުށީގައި ހިންގަވާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިއެވެ. “މި ބައ...

ޝިއުނާ އާދަމް
މިޝްކާ ނިޔާވުން، އިހުމާލުގެ ތަހުގީގަށް ވަގުތު ބޭނުންވޭ: މިނިސްޓްރީ

މިޝްކާ ނިޔާވުން، އިހުމާލުގެ ތަހުގީގަށް ވަގުތު ބޭނުންވޭ: މިނިސްޓްރީ

ޖޫން 1 ވަނަ ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި ފާޠިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލާގައި ހަދަމުންދާ ކޭސް ރިވިއު ހެދުމަށް ގިނަ ކަންކަން ބަލަން ޖެހޭތީ، އެ ރިޕޯޓް ހާމަކުރުމަށް އިތުރު ވަގުތު ނަގާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޝްކާގެ މަރުގެ ރިޕޯޓް އެރެއަށް ނިންމާ އިއްޔެގެ އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިއެވެ. ނަމަވެސް އިއްޔެ ފަހަނައަޅައި […]

ޔުމްނާ ޢަލީ
އެ ވަގުތު ޝަހާދަތް ކިޔުމަކުން ފައިދާއެއް ނެތެވެ.

އެ ވަގުތު ޝަހާދަތް ކިޔުމަކުން ފައިދާއެއް ނެތެވެ.

އެމީހެއްގެ ޙަޔާތުގައި ﷲ އަށް އުރެދި އެއިލާހުގެ ރަސޫލުންނަށް މަލާމާތްކޮށް، އެ ރަސޫލުންނަށް ތަބާވީ މީހުންނަށް އަނިޔާ ކުރުމުގައި ހައްދުފަހަނަޅާފައިވާ މީހާ އަށް ދުނިޔެ މަތީގައި ލިބުނު އެއްވެސް ފުރުޞަތެއްގައި ތައުބާވުން އިޚްތިޔާރުނުކޮށް ހުރެ، މަރުގެ ސަކަރާތުގެ ވަގުތު އައިސް ޖެހުމުން ޝަހާދަތްކިޔައި އިސްލާމްވާން ބޭނުއްވިއެއްކަމަކު، އެ ވަގުތަކީ ޝަހާދަތުގެ ދެ ކަލިމައިން ފައިދާ ނުކުރާ ވަގުތެއް ނޫނެވެ. ކުއްލި ސިހުމާއި ރިހުމާއި ވޭން ތަޙައްމަލު ކުރަންޖެހޭ ވަގުތު އިންސާނުންނަށް އޭނާ ހެއްދްވި ފަރާތް ހަނދުމަވެއ...

އައްޝައިޚް މުޙައްމަދު އަފްޟަލް