ޗައިނާގައި އުމުރުން 3 އަހަރާއި، 17 އަހަރާ ދެމެދުގެ ކުދިންނަށް އެ ގައުމުގައި އުފައްދާ ސިނޮވެކް ބަޔޯޓެކްގެ ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ ދީފިއެވެ. ހުކުރުދުވަހު އެ ގައުމުގެ ސްޓޭޓް ބްރޯޑް ކާސްޓާ، ސީސީ ޓީވީ މެދުވެރިކޮށް މިކަން ޢިއުލާން ކުރެއްވީ ސިނޮވެކް ބަޔޯޓެކްގެ ޗެއަރމަން ޔިން ވީޑޮންގެވެ. ޗައިނާގައި މިވެކްސިން ދިނުމަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދިން ނަމަވެސް، އެ ގައުމުގެ މި އުމުރު ފުރާގެ ކުދިންނަށް މި ވެކްސިން ދޭނީ އެ ގައުމުގެ ހެލްތު އިދާރާތަކުން ކަނޑައަޅާ […]
ހުސައިން ހަބީބް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަންއައި މާބަނޑު އަންހެނެއްގެ އޯވަރީގައި އުފެދިފައިވާ ބޮޑު ސިސްޓެއް ނެގުމަށްޓަކައި އެ ހޮސްޕިޓަލުން ތާރީޚީ އަދި ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ. ރ. އަތޮޅު ހުޅުދުއްފާރުން ކޭއާރުއެޗްއަށް ވިހެއުމަށް އައި މާބަނޑު އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓުގެ ދިގުމިނުގައި 24 ސެންޑިމީޓަރު، ފުޅާމިނުގައި 20 ސެންޓިމީޓަރު އަދި ބަރުދަނުގައި 2.4 ކިލޯ (2400 ގުރާމް) ހުރިއިރު، މިއީ އޯވަރީގައި އުފެދިފައިވާ މިފަދަ ބޮޑު ސިސްޓެއް ނެގުމަށްޓ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ޒުވާނުން ނަށް ހާއްސަ ކޮއްގެން ޕްލާސްޓިކް މަދު ކުރުމަށް ހޭލުންތެރި ކުރުމުގެ އިވެންޓެއް ހިންގައިފިއެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރ އިސްނަގައިގެން ޕާލޭ މޯލްޑިވްސް އާ ގުޅިގެން ހިންގި މި އިވެންޓްގެ މަޤްސަދަކީ މިއަދުގެ ޒުވާން ޖީލް ތިމާވެއްޓަށް ލޯބި އިތުރު ކުރުވައި އާއްމު ދިރިއުޅުމުގައި ރައްކާތެރި ގޮތެއްގައި ޕްލާސްޓިކް ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކަށް ހޭލުންތެރި ކުރެވުމެވެ. ރޭ 9:00 ގައި ކުރިއަށް ގެންގޮސްފައިވާ މި އިވެންޓް...
އިބްރާހިމް އަސްވާޤް
މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ ބޯމަތިވެފައި ވަނިކޮށް، ޒަރޫރީ ޒަރޫރީބޭނުމެއްގައި ނޫނީ ރަށްރަށަަށް ނުދެވޭގޮތް ހަދައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ އާންމުކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ފިޔަވާ މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމަށް ހުއްދަދިނުން މިވަގުތަށް ހުއްޓާލެވިފައިވާ ކަމަށެވެ. ޒަރޫރީ ބޭނުމެއް ގޮތުގައި ބަލާ ދެން ރަށްރަށަށް ދާން ހުއްދަ...
ޝިއުނާ އާދަމް
1 މަހާއި 4 ދުވަސް ފަހުން ހއ. ދިއްދޫ މޮނީޓަރިންއިން ނަގައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހއ. ދިއްދޫ ކައުންސިލަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ 00:00 ގައި ކަމަށެވެ. ދިއްދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ. ދިއްދޫއިން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ދިއްދޫގެ [...
އިބްރާހިމް އަސްވާޤް
ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ހދ. މަކުނުދޫން ޕޮޒިޓީވް ވުމާއިގުޅިގެން އެރަށް މޮނީޓަރިން އަށް ލައިފި އެވެ. މަކުނުދޫ ހެލްތު ސެންޓަރުން މިރޭ ބުނެފައިވަނީ ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް މިމަހުގެ 3 ވަނަ ދުވަހު ދެއްކި މީހެއްގެ ސާމްޕަލް، މިމަހުގެ 5 ވަނަ ދުވަހު ނެގިފައިވާ ކަމަށާއި އެސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިކޭސްއާއި ގުޅިގެން އެމީހާ ދިރިއުޅެމުންދާ ގޭގައި ދިރިއުޅޭ އެހެން ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުގެ ކޮންޓެކް ޓްރޭސިންގ ހެދުމަށް...
އިބްރާހިމް އަސްވާޤް
ށ. ގޮއިދޫ މަސްޖިދުލް ރިލުވާންގެ ޓަވަރު ވެއްޓުމުން އެ ޓަވަރުގައި ހުރި ސްޕީކަރު ވަގުތީގޮތުން އުރީދޫ ޓަވަރަށް ބަދަލުކޮށްފިއެވެ. ރިލްވާން މިސްކިތުގެ ޓަވަރު ވެއްޓުނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުންނެވެ. އުރީދޫގެ ޓީމުން ވަނީ ވަގުތުން މިސްކިތުގެ ސްޕީކަރު އެ ކުންފުނީގެ ޓަވަރަށް ބަދަލުކޮށް ބަންގިގޮވޭ ގޮތް ހަދައިދީފައެވެ. އުރީދޫން ވަނީ ގޮއިދޫގެ އެ ކުންފުނީގެ ޓީމުގެ މަސައްކަތަށް ތައުރީފުކޮށް އެ ޓީމަށް ޝުކުރު އަދާކޮށްފައެވެ. Kudos to our field team for their quick […]
އަޙްމަދު ވަހީދު
ހދ. އަތޮޅުގައި މިވަގުތު ކޯވިޑް19 ގެ ހާލަތު އެންމެ ގޯސްކޮން އޮތް ރަށް ކަމުގައިވާ ހދ. ނޭކުރެންއިން އިތުރު 13 މީހުން ޕޮޒިޓިވް ވެ މިވަގުތު އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު 73 އަށް އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިރޭ އާންމު ކުރި މަޢުލޫމާތު ތަކަށް ބަލާއިރު ނޭކުރެންދޫގެ އިތުރުން މިއަދު އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ ހދ. ހަނިމާދޫއިން ނެވެ. މީގެ އިތުރުން އެ ހޮސްޕިޓަލް އާންމު ކުރެއްވި […]
އަލީ އާދިލް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކޮންސްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް “ގްރީން ކޮންކްރީޓް” ތައާރަފް ކުރަން ތައްޔާރުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ނެރުނު އިއުލާނެއްގައި ބުނީ މި ކޮންކްރީޓަކީ ތިމާވެއްޓާ ރަހުމަތްތެރި އެއްޗެއްކަމަށެވެ. އަދި މި ކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކާބަންޑަ އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް ކަމަށްވެސް އެ ކުންފުނިންބުންޏެވެ. “ކޮންވެންޝަނަލް ކޮންކްރީޓް” ނުވަތަ އާއް...
އަޙްމަދު ވަހީދު
ރާއްޖޭގެ ގުދުރަތީ މާހައުލުތަކާއި ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ. އެ ޖަމިއްޔާތަކަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސް، ލޭންޑް ސީ މޯލްޑިވްސް، ކޮންވާޓިން އެންވަޔަރަންމަންޓް، ޒީރޯ ވޭސްޓް މޯލްޑިވްސް، ދަ މޯލްޑިވްސް ރީސައިލެންޓް ރީފް ޕްރޮޖެކްޓް، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް، ސޭވް މޯލްޑިވްސް، އެކޯ ކެއާ މޯލްޑިވްސް، އަދި ސޭވް އަވަރ ވޭވްސް މޯލްޑިވްސްއެވެ. މިއަދު ފާހަގަކުރަމ...
ޔުމްނާ ޢަލީ
ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސް ތަކެއް ފެނުމާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ށ. ގޮއިދޫ ރައްޔިތުންނަށް އެ އަތޮޅު ނަރުދޫ ރައްޔިތުން އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ. ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. މިހާލަތުގައި ގޮއިދޫގެ ރައްޔިތުންނަށް ނަރުދޫން މިފޯރުކޮށްދިން އެހީގެ ކަންކަން އިންތިޒާމުކުރީ ނަރުދޫ ކައުންސިލާއި އަދި އެ ރަށު ކޯވިޑް-19 ޓާސްކު ފޯސް […]
އަޙްމަދު އަރުޝަމް
ކޮވިޑް-19 ބަލީގެ އަލާމާތްތަކެއް ފެނި ށ.ކަނޑިތީމުގައި ފަރުވާދޭން ތިބި 2 ޑޮކްޓަރުންގެ ތެރެއިން އެކަކުގެ ސާމްޕަލް ނަގައި ނަތީޖައި ލިބެންދެން އެކަހެރި ކޮއްފިއެވެ. މިދިޔަ މެއި މަހުގެ 10 ވަނަދުވަހު އެ ރަށުން ނެގުނު 5 ރެންޑަމް ސާމްޕަލް ގެ ތެރެއިން 4 ސާމްޕަލް ފައްސި ވުމައިގުޅިގެން މިވަގުތު މޮނިޓަރިން ގެ ހާލަތުގައި އޮތް ކަނޑިތީމުގައި މިހާތަނަށް 125 މީހުން ބައްޔަށް ފައްސި ވެފައިވެއެވެ. ކަނޑިތީމު ސިއްޙީ މަރުކަޒާއި ހަވާލުވެ ހުންނެވި މުޙައްމަދު ފަހީމް “ތިލަދުން” އަށް މައުލޫމަތު ދެއްވަމުން […]
އަޙްމަދު އަރުޝަމް
ރޭ މިނިސްޓްރީ އޮފް ހެލްތުން އިޙުމާލު ރިޕޯރޓްގައި އިހުމާލުގެގޮތުގައި ފާހަގަކުރެވޭ ކަންކަން ޖިނާޢީ މައްސަލައެއްގެގޮތުގައި ފުރިހަމަ ތަޙްޤީޤެއް ހިންގަވައި ދެއްވާ އިހުމާލުވެ ފައިވާ މުވައްޒަފުންނާ މެދު ޖިނާޢީ ދަޢުވާ ކޮށް ދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅައިފި އެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް މުޙަންމަދު ހަމީދަށް އެޑްރެސްކުރައްވާ މިމައްސަލަ ފުލުހަށް ހުށައަޅާފައިވަނީ އާންމު ފަރާތަކުންނެވެ. މިމައްސަލަ ހުށައެޅި ސިޓީގެ ކޮޕީއެއް ވަނީ މިނޫހަށް ލިބިފައެވެ އެސިޓީގައި ބުނެފައިވަނީ، ރޭ ނެރު...
އަލީ އާދިލް
ހދ. ނޭކުރެންދޫ ކަނޑޫފަލަށާއި، އެ އަތޮޅު ކޭލަކުނު ކުޅި ފާއަށް ދިމާވެފައިވާ މައްސަލަތައް ލަސްނުކޮށް ދެނެގަނެ، އެތަންތަނަށް ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށްޖެހޭކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން ބުނެފިއެވެ. އެ ޖަމިއްޔާތަކުން މިހެން ބުނީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައި، ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައެވެ. ރާއްޖޭގެ ތިމާވެށީގެ ހާލަތަށް ފަންނީ، ޢިލްމީ ނަޒަރަކުން އަލިއަޅުވާލައި، ބޭނުންތެރި މައުލޫމާތުތައް އެކުލެވޭ ދިރާސާއ...
ޝިއުނާ އާދަމް
ށ. ފުނަދޫގައި ޖެޓްސްކީ އެއްގައި ޖަހައިގެން ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ށ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙިމްފުޅު ތިލަދުން އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިގާފައިވާކަމަށެވެ. މިއަދު އެހާދިސާ ހިނގާފައިވަނީ މިއަދު 16:00 ހާއިރު ފުނަދޫ ދަށްފަޅުގައި ދުއްވި މޫދު ކުރިވަރުކުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައިކަމަށް ރައީސް ވިދާޅުވި އެވެ. ޖެޓްސްކީގައި ކަފަޖަހައިގެން ދުއްވި ފަންބެޑްގައި އެވަގުތު ދެކުދިން ތިބިކަމަށާއި...
އިބްރާހިމް އަސްވާޤް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަށް ޗެސްއަކީ ކުޅިވަރެއްކަން އެނގިފައިވަނީ ވެސް މީގެ ހަތަރު އަހަރެއްހާ ދުވަހުގެ ކުރިންނެވެ. 2017 ވަނަ އަހަރުއެވެ. ދެ ކުލައިގެ ގޮޅިތަކެއް ޖަހާފައިވާ ބޯޑެއް ބުކްޝޮޕުން ފެނުނުއިރު އެއީ ކީއްކުރާ ކޯޗެއްކަން ވެސް އޭނާއަށް ނޭނގުނެވެ. ނަމަވެސް ބުކްސޮޕުން އެ ފެނި ގަންނަން ޝަޢުޤު އުފެދުނެވެ. މިއީ މި ކުޅިވަރުގެ ތެރެއަށް ވަދެވެން މެދުވެރިވި ފުރަތަމަ ސަބަބެވެ. ލައިސާއަކީ ކަންކަން ދަސްކުރުމަށް ވަރަށް ޝަޢުޤު ހުންނަ ކުއްޖެކެވެ. ވުމާއެކު […]
އިބްރާހިމް ޚަލީލް
ދޫންޏެއް ސަލާމަތް ކުރަން މިޔަރުތަކެއްގެ ތެރެއަށް ފުއްމާލި މީހަކަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބި ތައުރީފު އޮހެން ފަށައިފިއެވެ. މިކަން ހިނގާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖޭގައެވެ. ރާއްޖޭގެ ފިލްމް މޭކާއެއް ކަމަށްވާ ޖަލީލް ނަޖާފޮވް ގެ އިންސްޓަގްރާމުގައި އޭނާ ހިއްސާކުރި ވީޑިއޯގައި ފެންނަނީ އަޒާލިއާ ކްރޫޒް ލައިންގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ރަކީބު ދޫންޏެއް ސަލާމަތް ކޮށްގެން އެނބުރި ޔޮޓަށް އަރާ މަންޒަރެވެ. ޖަލީލް މި ވީޑިއޯ ހިއްސާ ކުރުމުން […]
އަޙްމަދު ވަހީދު
އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު ކުދިންނަށް ވެސް ފައިޒާ ވެކްސިން ދެވޭނެ ކަމަށާއި އޭގެ ސަބަބުން ބޮޑު ސައިޑްއިފެކްޓުތަކެއް ނުފެންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ. އިނގިރޭސިވިލާތުގެ މެޑިސިންސް ރެގިޔުލޭޓާ، މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިޔުލޭޓަރީ އެޖެންސީ އިން ކުރިއަށްގެންދިޔަ ޓްރަޔަލްތަކަށްފަހު، އެ އިދާރާ އިން ބުނީ ޓްރަޔަލްތަކުން އެ އުމުރުގެ ކުދިންނަށް ވެކްސިން ދިނަސް ސައިޑް އިފެކްޓުތައް ނުފެންނަކަން ހާމަވާ ކަމަށެވެ. އަދި ޓްރަޔަލްތައް ކާމިޔާބު ކަމަށްވެސް އެ އިދާރާއިން ބުން...
އަޙްމަދު ވަހީދު