ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، ނިޔާވީ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ހެނދުނު 9:33 ގައެވެ. މިއީ މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ރޭ މެންދަމު 12:19 […]
ޔުމްނާ ޢަލީ
މަޖިލިސް ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކް ކޮމެޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލަން ދަނގެތީ ދާއިރާގެ މެންބަރުން މުހައްމަދު ނާޒިމް ހުށަހެޅުއްވީ އެކަމުގެ ފަހަތުގައި ސަރުކާރު އޮވެގެން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރަށްވައިފިއެވެ. ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި އެ މައްސަލަ “ބޭރުކޮށްލަން” މެންބަރު ނާޒިމް...
އަލީ އާދިލް
އަނިޔާވެރި އިޒްރޭލްގެ ލާއިންސާނީ އުދުވާނުތަކުގެ ސަބަބުން އެތައް ވޭނެއް ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީވުމަށް ހއ. ދިއްދޫގައި ރައްޔިތުންގެ ފަރާތުން ގިނަ އަދަދެއްގެ ފައިސާ އެއްކޮށްފިއެވެ. ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގުނު ފައިސާ ހޯދުމުގެ ހަރަކާތް ކުރިއަށް ދިޔައީ 25 މެއި އިން 6 ޖޫން އަށެވެ. މިއީ “ދިއްދޫ ފަލަސްތީނާއެކު” ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ދިއްދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީ ވުމަށް ހިންގުނީ ހިމޭން ހަރަކާތެކެވެ. ސަބަބަކަށް ވެފައ...
ޙުސައިން ޝަހުދީ
ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ “ފޮޓޯ ވިއްކައިގެން” މަޖިލީހަށް ހޮވުނު ބޭފުޅުން، މިއަދު އެމަނިކުފާނުގެ ހާލުގައި އޮންނެވި ދުވަހު ކަރަށް ފައިން އަރަން ދިމާކުރާނީ ވަރަށް ގޮތެއް ނެތީމައި ކަމަށް ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މީކާއީލު މިހެން ވިދާޅުވީ، “އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ޒަމީލްގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި” މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ރައްޔިތުންގެ...
އަލީ އާދިލް
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކު ކޮމިޓީ އަށް ހުށަހެޅި މައްސަލަ ރޭ ބޭރުކޮއްލައިފި އެވެ. މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އެ މައްސަލަ ހުށަހެޅުއްވީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މޭމަހުގެ 6 ވަނަ ދުވަހުގެރޭ ނުރައްކާތެރި […]
އަލީ އާދިލް
ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގުގައި އެ މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިމީހާ ނިޔާވެފައިވާ ސީދާ ގަޑިއެއް އަދި ސާފެއް ނުވެއެވެ. މިމީހާގެ އިތުރުން އިއްޔެ ވަނީ ރާއްޖެއިން މިބަލީގައި 3 މީހުން ނިޔާވެފައެވެ. އިއްޔެ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ 41 އަހަރުގެ އަންހެނަކާއި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ ހެނދުނު ހަމަ އެ ފެސިލިޓީގައި […]
އަލީ އާދިލް
ހދ. ފިނޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމުގައިވާ ވީއެސްއާރުސީގެ ފަރާތުން އިންތިޒާމް ކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހާއްސަ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވީއެސްއާރުސީގެ ވައިސް ޕްރެޒިޑެންޓް ހުސެއިން ނާޝިދު ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިމަށް ރާވާފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި ހަރަކާތުގައި ބޭނުންކުރެވޭ ފަންޑުފޮށި ކޮންމެ ދުވަހެއްގެ ހަވީރު ރަށުގެ އެ...
އިބްރާހިމް ޚަލީލް
ޖޫން 1 ވަނަ ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި ފާޠިމަތު މިޝްކާ މުހައްމަދުގެ މަރާއި ގުޅިގެން ތެދުނޫން މަޢުލޫމާތު ނުފެތުރުމަށް ޢާއިލާއިން އެދިއްޖެއެވެ. މިޝްކާގެ ޢާއިލާއިން މިގޮތަށް އެދިފައި ވަނީ، މިޝްކާގެ ބައްޕަ މުޙައްމަދު އަޙްމަދު ސޮއިކޮށް، މިޝްކާގެ އާއިލާގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިޝްކާގެ ހިތާމަވެރި މަރާއި ގުޅިގެން ސޯޝަލްމީޑިއާ އާއި ނޫސްތަކުގައި ތަފާތު ވާހަކަ ދައްކައި ތެދުނޫން މަޢުލޫމާތު ޝާއިރު ކުރާ ކުރުން ކުށްވެރިކުރާ ކަމަށެވެ. މިހިނދުގައި އާއިލާއިން...
ތިލަދުން
ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 41 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގުގައި އެ މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއާއު އެކު މިއަދު ރާއްޖެއިން ކޮވިޑްބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 3 ކަށް އަރާފަ އެވެ. މީގެ ކުރިން މއިަދު ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު ހަމަ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ […]
އަލީ އާދިލް
މާތް ﷲ އަށްޓަކައި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތް ތަކަށް ރަނުގެ ފުރުޞަތެއް ހދ. ނޮޅިވަރަންފަރު ކައުންސިލުން ހުޅުވާލައިފި އެވެ. ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު ދެކުނުގައި، މިސްކިތެއް ބިނާކުރުމަށް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބިމުގައި މިސްކިތެއް އެޅުމަށް ބޭނުންވާކަމަށެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ، މިހާރު އެރަށުގައި 3 މިސްކިތެއް ހުންނަ ކަމަށާއި މިސްކިތ...
ޙުސައިން ޘަޤީފް
ފަނޑުވުމެއް ނެތި، ފިޔަޖަހަމުން، މެދުކެނޑުމެއްނެތި ޚިދުމަތުގައި 25 އަހަރު ދެމިތިބިއެވެ. މާޒީގައި އުފުލަން ޖެހުނު ގޮންޖެހުންތައް ހިތަށް ސިފަކުރާ ހާލު، މާޒީން ކުރަހައިދިން އުފާވެރި ހަނދާންތަކާއެކުއެވެ. އާލަމީވަބާގެ މި ދަތި ދަނޑިވަޅު، އިހަވަންދޫ މަސްވެރިން ގުޅުން، އިމަގުގެ ޚިދުމަތުގެ ރިހިޔޫބީލަށް، އިމަގާއި އިމަގު ދެކެ ލޯބިވާ މިތުރުންނާއި މަދަދުވެރި، ދަރުމަވެރި އަތްތައް ގުޅި، މެހި ހިމުންވާނޭހެން ތެދުވަނީ އުފާވެރި ހަނދާންތައް 2 އަހަރަށް ދެމިގެންދާނެހެން މުނާސަބުކުރުމުގެ ޢަޒުމުގައެވެ. އިމަގުގެ ވިސްނުމ...
އައިޝަތު އިލްމާ އަދުނާން
ވޭސްޓް މެނޭޖްމަން ކޯޕްރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެ ކުންފުނިން މި ފައިސާ ފަލަސްތީނަށް ހަދިޔާ ކުރަނީ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ. މިއަދު އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާހަވާލުކޮށްފައެވެ. ވެމްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި ފައިސާ އިންޓަނޭޝަނަލް އެއިޑާ ހަވާލު ކޮށްދެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމްމުހައްމަދުއެވެ. ފަލަސްތީނަށް އެހީވާން ވެމްކޯއިން ވަ...
އަޙްމަދު ވަހީދު
ކޯވިޑް ބަލިން ދިފާއުވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފި އެވެ. އެމްއެފްޑީއޭ އިން މިއަދު ބުނީ ޖެންސެންއިން އުފައްދާފައިވާ ވެކްސިން، “ކޯވިޑް-19 ޖެންސެން ވެކްސިން”އާއި، ސްޕެއިންގެ އުފެއްދުމެއްކަމުގައިވާ މޮޑާނާ ވެކްސިން ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީއިން، މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް “ރެސްޓްރިކްޓެޑ...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ “ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން” ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ހދ. އަތޮޅާއި ށ. އަތޮޅު ރަށްރަށު ކައުންސިލު ރައީސުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ހދ. އަދި ށ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓޫރިޒަމް މ...
އަލީ އާދިލް
ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީއިން މިއަދި ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ވެސް މިހާތަނަށްނިމިފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ...
އަޙްމަދު ވަހީދު
ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މި މަހުގެ ތިނެއްގައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމަށް ވަނީހަމަޖެހިފައެވެ. އަދި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، […]
އަޙްމަދު ވަހީދު
ހދ. ވައިކަރަދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ދާއިމީކޮށް ހޯދޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން “ރަށު މަޖިލިސް” ގެ ނަމުގައި ރައްޔިތުން ހިއްސާވާ މަޖިލީހެއް އެކުލަވައިލުމަށް ވައިކަރަދޫ ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކައުންސިލުގެ 4 ވަނަ ދައުރު ކައުންސިލް ހިންގުމުގައި ރައްޔިތުންނާ ވީހާ ގާތުން މަސައްކަތްކުރުމަކީ ކައުންސިލުގެ މިދައުރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާ...
އިބްރާހިމް އަސްވާޤް
ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 93 އަހަރުގެ ފިރިހެނަކާއި، 82 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. ފިރިހެން މީހާ ނިޔާވީ ރޭ މެންދަމު 00:47 ގައެވެ. އަންހެން މީހާ ނިޔާވީ ހެނދުނު 8 ޖަހާއިރުއެވެ. މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 184 އަށް އަރާފައެވެ. […]
ޔުމްނާ ޢަލީ