ހުޅުމާލެ ޖަލުން ރޭ މަރުވި ގައިދީ މުހައްމަދު އަސްލަމް 40، މަރުވި ވަކި ސަބަބެއް ދެނެގަނެވިފައިނުވާ ކަމަށް އޭނާގެ މަރުގެ ސެޓްފިކެޓާ ހަވާލާދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ. އަސްލަމްގެ މަރުގެ މައްސަލަ ހޫނުވެ އާއިލާއިން ކަރެކްޝަނަށް ތުހުމަތުތަކެއް ކުރަމުންދާއިރު، ހޯމް މިނިސްޓްރީން ވަނީ އޭނާ މަރުވި އިރު ކަން ހިނގައިދިޔަ ގޮތް އެނގޭ ޓައިމްލައިނެއް އާންމުކޮށްފައެވެ. އޭގައި ފެންނަ ގޮތުން އަސްލަމް މޭޒެއްގެ މަތީގައި އިންދާ އަނބުރައިގަނެގެން ވެއްޓުނީ 17:59ގައެވެ. އެ މަންޒަރު ސީސީޓީވީން […]
ޝިއުނާ އާދަމް
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރްކެޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ 89 އިންސައްތަ އަދި ސަބްގްރޭޑްގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ 60 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަހައްދެއް […]
އަޙްމަދު ވަހީދު
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރާ 150ށް ވުރެ ގިނަ ކެންޑިޑޭޓުން ވޯޓަކާ ނުލައި ހޮވިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން އާންމުކުރި ލިސްޓުގައި ވަނީ ހޮވިފައިވާ ކެންޑިޑޭޓުން އާންމުކޮށްފައެވެ. އެގޮތުން އިންތިހާބުގައި 826 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރެއިން 150ށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ހޮވިފައެވެ. މިގޮތަށް އެ ކެނޑިޑޭޓުން ހޮވިފައިވަނީ އެ ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު މި މަހުގެ 25 ވަނަ ދުވަހަށް […]
ޝިއުނާ އާދަމް
ގައުމުގައި އުފެދިފޭ މައްސަލަތައް ހައްލުކުރަން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލައަށް ބަހުސް ކުރައްވަން ލިބޭ ވަގުތުގައި “ދަތްދޮޅީގެ” ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ނުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކުއްލި ގޮތަކަށް ރޭ ނިޔާވި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސްއަށް އޭ...
އަލީ އާދިލް
ޑައިބެޓިކްސް ނުވަތަ ހަކުރުބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އައުޓްރީޗް ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުމަށް ހަމަޖެހިފައި ވާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ވިދާޅުވެއްޖެ އެވެ. މި ޕްރޮގްރާމަކީ ނޭޝަނަލް ޑައިބެޓިކް ސެންޓަރ އަދި ކޭއާރްއެޗް ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. އަދި މި އައުޓްރީޗް ކޭމްޕުގެ މައިގަނޑު މަގްސަދަކީ ހަކުރުބަލީގެ ޝިކާރައަކަށް ވެފައި ތިބި އެންމެހާ ފަރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ފަރުވާ ދިނުމާއި ކޭއާރްއެޗްގެ ޑޮކްޓަރުންނާއި...
އަޙްމަދު އަރުޝަމް
ހދ. ވައިކަރަދޫގައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުމަކީ ވައިކަރަދޫ ކައުންސިލްގެ ވިސްނުންކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ވައިކަރަދޫ ބްރާންޗާއި އަދި ވައިކަރަދޫ ކައުންސިލް ގުޅިގެން ހދ.ވައިކަރަދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސޯލާޕެނަލްތައް އެ ރަށުގައި ހަރުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަނދަރުގެ ތޮށިގަނޑާއި ކައިރި ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެކަމާއި ހިތް...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ށ. ބިލެއްފަހީގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ. އެމްޓީސީސީން އަންނަނީ އެ ރަށުގެ ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތްވެސް މި އެ ކުންފުނިން ކުރާނެއެވެ. ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ށ. ބިލެއްފަހި ކުނިގޮނޑަށް ދާންއޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމާއި، ވިއްސާ...
އަޙްމަދު ވަހީދު
މާދަމާއިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ހަނދުމަކޮށްދީފިއެވެ. ވެމްކޯއިން މިމަހުގެ ކުރީ ކޮޅު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން ފެށީ އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން މަގުމައްޗަށް ކުނި ނެރުން މަނާ ވާނެއެވެ. ވެމްކޯއިން ކުނި ނަގާ ވަގުތުތައް – މާލެ: […]
އަޙްމަދު ވަހީދު
މިއަދު ތައާރަފް ކުރެވުނު “ގަވް ޑޮޓް އެމްވީ މެސެޖު”ގެ ޚިދުމަތް ވެގެން ދާނީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަ ދައްކަވަމުން...
ޔުމްނާ ޢަލީ
އިބްރޭ ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ކަންތައްތައް އިސްލާޙް ކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މި ސަރުކާރަކީ މިފަދަ ހުރިހާ މައްސަލައެއް ތަހުގީގުކޮށް ބަލައި، އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ނަމަވެސް، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް […]
އަލީ އާދިލް
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކުއްލި ގޮތަކަށް ނިޔާވި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. އިދިކޮޅުގެ ކޯލިޝަންގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ވަކިގޮތަކަށް ވޯޓު ނުދެއްވާ 5 މެންބަރަކު ތިއްބެވިއެވެ. ހުޅުމާލޭ ޖަލުގައި [...
އަލީ އާދިލް
ތާލިބާނުން އަފްގާނިސްތާނުގެ އަންހެން ދަރިވަރުންނަށް އައު ޤަވާޢިދުތަކެއް ހަދައިފިއެވެ. މިގޮތުން ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެނެސް އަންހެން އަދި ފިރިހެން ދަރިވަރުން ވަކިކުރުމަށް ތާލިބާނުން ވަނީ ކަނޑައަޅާފައެވެ. އަދި ކިޔަވައިދޭ އޮނިގަނޑަށް ބަދަލްތަކެއް ގެނައުމަށް ކަނޑައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަބްދުލް ބާޤީ އައްޤާނީ ވިދާޅުވިއެވެ. މީގެ ކުރިންވެސް ތާލިބާނުން އަފްގާނިސްތާން ހިފައި، 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަ...
އަޒްފާ ރަޝީދު
ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފިއެވެ. ޖެންޑަރ މިނިސްޓްރީއިން މަޢުލޫމާތުދީފައިވާ ގޮތުގައި މިއީ ނުކެޅެދުންތެރިކަން ހުންނަ މީހުންނަށް ފާގަތި ކުރިމަގެއް ހޯދައިދިނުމަށާއި، މިފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ މުހިއްމު ހިއްސާއަކަށް ހެދުމާއި، އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް ބައިވެރިވެވޭނެ ފަދަ ފުރުސަތުތައް ފަހި ކުރުމަށްޓަކައި އެ މިނިސްޓްރީއާއި، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކެއްކަމަށ...
އަޒްފާ ރަޝީދު
މިއީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖޭގައި ކުރެއްވި ވަޒީރުކަމުގެ ވާހަކައެވެ. ބައެއް މީހުން ބުނާ އަޑު އިވެއެވެ. ޣާޒީ ރަދުން ރާއްޖޭގައި ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވީ ވަޒީރުކަމެކެވެ. ތެދެކެވެ. އުތީމު މަހާރަދުން ވަޒީރުކަން ކުރެއްވި ކަމަށް ދެންނެވިދާނެއެވެ. އެކަމަކު އެރަދުން ޚަޠީބުކަމާއި ރަސްކަން ވެސް ކުރެއްވިއެވެ. އެއީ ނުކުރައްވާ ކަންތައްތައް ކަމަކަށް ނުހެދޭނެއެވެ. އުތީމު ޚަތީބު މުޙައްމަދު ތަކުރުފާނާއި އެ މަނިކުފާނުގެ...
ޢަބްދުﷲ ސަޢީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ރަހުމަތްތެރިއެއް ކަމަށާއި، ދެ ބޭފުޅުންގެ އެއްވެސް ޒާތީ ހިންހަމަނުޖެހުމެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް މައްސަލައެއް އޮތީ ޒާތީ ވިސްނުމާއި، ދެ ބޭފުޅުންގެ ތަޖުރިބާގައި ކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނު ގަބޫލުނުކުރައްވާ ވަރަށް ގިނަ ކަންކަން ގާބުޅުކުރައްވާ ބޭފުޅެއް ކަ...
ޝިއުނާ އާދަމް
ހުޅުމާލެ ޖަލުގައި ޤައިދީއެއް ނިޔާވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ އެމީހާ އަކީ ތިން އަހަރުގެެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު) ކަމަށެވެ. އަސްލަމް ނިޔާވީ މިރޭ ގެ ވަގުތެއްގަ އެވެ. ކަރެކްޝަނަލް ސަރވިސް މިކަމާއު ގުޅިގެން ވިދާޅުވެފައިވަނީ، އޭނާ މިރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް […]
އަލީ އާދިލް
އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއ...
އަޙްމަދު ވަހީދު
ދެވަނަ ރިޔާސީ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވައިފި ނަމަ ތާއިދުކުރެއްވުމާ މެދު ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށާއި، އަދި އެފަދަ މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ތާއިދުކުރުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށެވެ. އެކަމުގައި ގޮތް ނިންމާނީ ޕާޓީގެ ކައުންސިލް އަ...
ޝިއުނާ އާދަމް