މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ބިންހެލުމުގެ ޚަބަރު South Sandwich Islands region އަށް M5.1 ގެ ބިންހެލުމެއް އަތުވެއްޖެ - 28 މިނިޓު ކުރިން

އެންމެ ފަހުގެ ލިޔުންތައް

39,430 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1568 ވަނަ ޞަފްޙާ

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  އެރަށުން މާލެ ފޮނުވާލެވުނު ބަލި މީހާ އަކީ 87 އަހަރުގެ ފިރެހެނެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބަލި މީހާ މާލެ ފުރުވާލާފައިވަނީ ހަނިމާދޫ މަގުން ފްލައިޓެއް ޗާޓަރުކޮށްގެން މިރޭ 21:00 ގައި ކަމަށެވެ. ނޮޅިވަރަމުން މިހާތަނަށް 241 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު މީގެ […]

ޖަލްވާން ޖާދުﷲ
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށްވެއްޖެއެވެ. މީރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.27 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 25.4 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު […]

އަޙްމަދު ވަހީދު
އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި

އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓ...

އަޙްމަދު ވަހީދު
ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

ށ. ކޮމަންޑޫ ސިއްޙީ މަރުކަޒުން ގޭގެއަށް ގޮސް ދާންމަތިވެފާއި ތިބޭ ބަލިމީހުންނަށް ޚިދުމަތް ދޭތާ 7 އަހަރު ވެއްޖެ އެވެ. މިގޮތުން ވޭތުވި ހަތްއަހަރު ވެސް، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބުތަކާއި ހެދި ހިނގާބިނގާވެ އުޅެން އުނދަގޫ ބަލި މީހުންގެ ގާތަށް ކޮމަންޑޫ ސިއްހީ މަރުކަޒުގެ ޓީމެއް ޒިޔާރަތް ކޮށް ފަރުވާދެމުން ގެންދެއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒާ އަލަށް ގުޅިވަޑައިގައިން ސީނިއާރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުފީދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން […]

އަޙްމަދު އަރުޝަމް
ރެޑްކްރެސެންޓް އިން ކޭއާރްއެޗްއަށް 2 މޯބައިލް އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި

ރެޑްކްރެސެންޓް އިން ކޭއާރްއެޗްއަށް 2 މޯބައިލް އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި

މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް 2 މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި އެވެ. މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ އަކީ ނޭވާލުމަށް އުނދަގޫ ފަރާތްތަކަށް ބޭނުން ކުރާ ތަންތަނަށް އުފުލާހެދޭފަދަ ކުޑަ އޮކްސިޖަން މެޝިނެކެވެ. ކޭއާރްއެޗް އިން މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވާގޮތުން މިތަކެތި ހަދިޔާކޮށްދެއްވާފައިވަނީ ކޭއާރްއެޗާއި ރެޑްކްރެސެންޓާއި ދެމެދު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކޭއާރްއެޗ...

އަޙްމަދު އަރުޝަމް
"މަސްތުގެ ޒަހަރުން" މިޤައުމު ސަލާމަތް ކުރަން ޖެހޭނީ، އެންމެ ނިކަމެތި މީހާގެ މަސައްކަތުން: އުމަރު ނަސީރު

"މަސްތުގެ ޒަހަރުން" މިޤައުމު ސަލާމަތް ކުރަން ޖެހޭނީ، އެންމެ ނިކަމެތި މީހާގެ މަސައްކަތުން: އުމަރު ނަސީރު

މަސްތުވާތަކެތީގެ ނުރައްކަލުން މިގައުމު ސަލާމަތްކުރަން ޖެހޭނީ އެންމެ ނިކަމެތި މީހާގެ މަސައްކަތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކާއި، ސަރުކާރުގެ މަސައްކަތްތަކާ ގުޅިގެން އުމަރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާ އެއްޗެތީގެ ހާލަތު ބަދަލު ކުރުމަށް ސިޔާސީ ވެރިން ވިސްނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. “އެމީހުންގެ ގެތަށް ހުރީ ބުރިބުރި އަށް ނަގާ، ގޭޓްގައި ތަޅުލާ، ކެމެރާ ހަރުކޮށްފައި. ގިނަ މީހުންގ...

ޝިއުނާ އާދަމް
ޓިކްޓޮކްގައި ބަރަހަނާވި މީހާގެ ބަންދަށް 15 ދުވަސް

ޓިކްޓޮކްގައި ބަރަހަނާވި މީހާގެ ބަންދަށް 15 ދުވަސް

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ. ޓިކް ޓޮކްގައި ޔާޔާ ނަބީލްގެ ނަމުން މަޝްހޫރު އެމީހާ ބަރަހަނާ ވީޑިއޯއެއް އާންމުކުރިތާ ދެތިން ދުވަސްވެފައިވާއިރު ސޯޝަލް މީޑިއާގައި އެކަން ވަނީ ވަރަށް ހޫނުވެފައެވެ. އޭނާ އަކީ […]

ޝިއުނާ އާދަމް
ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި

ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި

ށ. ފުނަދޫ “އަބްދުﷲ އަބްދުލް ކަރީމް” ޕްރީ ސްކޫލް ހުޅުވައިފި އެވެ. މި ޕްރީ ސްކޫލް ރަސްމީކޮށް ހުޅުވީ އިއްޔެ އެރަށުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ފުނަދޫގައި އަލަށް ހުޅުވުނު މި ޕްރީސްކޫލާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ރަސްމީކޮށް އެ ޕްރީ ސްކޫލް ހުޅުއްވާދެއްވާފައިވަނީ ފުނަދޫ ސްކޫލުގެ ދިވެހި މުދައްރިސް އާދަމް ޝަރީފް އާއި، އެރަށުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ގިނަދުވަސްތ...

އަޙްމަދު އަރުޝަމް
ޔުވެންޓަސް ބައްޔަކަށް ފަހު ބައްޔެއް

ޔުވެންޓަސް ބައްޔަކަށް ފަހު ބައްޔެއް

އިޓާލިއަން ސީރިއާ އޭގެ އެންމެ ކާމިޔާބު އެއް ޓީމް ކަމުގައިވާ ޔުވެންޓަސްއިން ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ތިން މެޗުން ވެސް މޮޅެއް ނުލިބި ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ. ހޮނިހިރު ދުވަހުގެ ރަށުން ބޭރުގައި ޔުވެންޓަސް ނުކުމެފައި ވަނީ ނަޕޯލީއާއި ދެކޮޅަށެވެ. އެ މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދުނިޔެދުއް އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަން ފެށުނުއިރު ހުރީ ޔުވެންޓަސްގައެވެ. […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ

ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ

ކޯވިޑް ފެތުރެމުންދާތީ ބިރުވެރިކަން ކުރިމަތިވެފައިވާ ނޮޅިވަރުންގައި މިއަދު އެރަށު ސްކޫލްގެ 200 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދަނިކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ މިމަހުގެ 9 ވަނަ ދުވަހުގެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ...

ޔުމްނާ ޢަލީ
އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެދެފި

އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެދެފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ. މިގޮތުން މިއަދު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ. މި ދެ ހުށަހެޅުމަކީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް [...

އަލީ އާދިލް
ކަޅުދަބަހެއްގެ ވާހަކަ ވިދާޅުވަމުން ޔާމީންގެ ދިފާއުގައި އަލީ ވަހީދު

ކަޅުދަބަހެއްގެ ވާހަކަ ވިދާޅުވަމުން ޔާމީންގެ ދިފާއުގައި އަލީ ވަހީދު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، މަގާމުން ވަކި ކޮށްފައި ވަނިކޮށް ޢަލީ ވަހީދު ވަނީ ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައެވެ. އެއިރު އޭނާގެ މައްޗަށް ޝަރީޢަތް ހިންގަން ފަށާފައި އޮތް ނަމަވެސް އޭނާ ފުރާ ވަޑައިގަތީ ބޭސްފަރުވާއަށް ރާއްޖެއިން […]

އަލީ އާދިލް
އިޖުތިމާއީ ޒިންމާގެ ދަށުން އެމްޓީސީސީއިން ދާންދޫގެ މަގުތައް ލެވެލް ކުރަނީ

އިޖުތިމާއީ ޒިންމާގެ ދަށުން އެމްޓީސީސީއިން ދާންދޫގެ މަގުތައް ލެވެލް ކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިޖުތިމާއީ ޒިންމާގެ ދަށުން ގއ. ދާންދޫގެ މަގުތައް ލެވެލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން މަގުތައް ލެވެލް ކުރުމުގެ އިތުރުން އެ ރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފުކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ މަގުތަކަށް ވެލިއަޅައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ހުރިހާ ހަރަދެއް ކުރާނީ އެމްޓީސީސީންނެވެ. އެމްޓީސީސީން އަންނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމ...

އަޙްމަދު ވަހީދު
ދުނިޔޭގެ އެންމެ ބޮޑު ޑައިވިން ޕޫލް ޑުބާއީގައި ހުޅުވައިފި

ދުނިޔޭގެ އެންމެ ބޮޑު ޑައިވިން ޕޫލް ޑުބާއީގައި ހުޅުވައިފި

ދުނިޔޭގެ އެންމެ ބޮޑު ޑައިވިން ޕޫލް އަދި “ސަންކަން ސިޓީ” ނުވަތަ ސިޓީއެއްގެ މަންޒަރު ޕޫލްގެ އަޑިން ދައްކުވައިދޭ ޕޫލް ޑުބާއީގައި ހުޅުވައިފިއެވެ. ޑީޕް ޑައިވް ޑުބާއީއިން ތައްޔާރުކޮށްފައިވާ މިޕޫލް ވަނީ ގިނިސް ވޯލްޑް ރެކޯރޑްގެ، ދުނިޔޭގެ އެންމެ ބޮޑު ޑައިވިންގ ޕޫލްގެ ގޮތުގައި ހިމަނާފައެވެ.  އަދި ގިނިސް ވޯލްޑް ރެކޯރޑްއިން ހާމަކޮށްފައިވާ ގޮތުގައި ޑުބާއީ އަކީ އަބަދުވެސް ދުނިޔޭގެ ރެކޯޑު މުގުރަމުން އަންނަ ސިޓީއެކެވެ. ދުނިޔޭގެ އެންމެ ފުން ސްވިމިންގް ޕޫލްގެ ގޮތުގައި ކަނޑައަޅާފައިވާ މި […]

އަޒްފާ ރަޝީދު
ސިޓީއާއި އާސެނަލްއަށް ހަނި މޮޅެއް

ސިޓީއާއި އާސެނަލްއަށް ހަނި މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި އާސެންލް، އެ ޓީމްތައް ކުޅުނު މެޗުތަކުން ހަނިގޮތަކަށް މޮޅު ވެއްޖެއެވެ. މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ލީގުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމްއަތުން ބަލިވި ނަމަވެސް ލީގުގައި ސިޓީން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް މި ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 62  ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
އެމްޑީޕީގެ އެތެރޭގައި އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

އެމްޑީޕީގެ އެތެރޭގައި އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. އެޕާޓީން ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ޕާޓީން އާންމުކުރި މި ލިސްޓަކީ މި އަހަރުގެ މޭ މަހު އިންތިހާބު ބޭއްވުމަށް ޓަކާ އޭޕްރިލް މަހު އާންމުކުރި ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބަލާ އިސްލާހުކޮށްފައިވާ ލިސްޓެކެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީން ބޭނުންކުރަނީ 93،000ށް ވުރެ ގިނަ […]

ޝިއުނާ އާދަމް
ރޮނާލްޑޯއާއި ލުކަކޫގެ ލަނޑުތަކުން ޔުނައިޓެޑަށާއި ޗެލްސީއަށް ފަސޭހަ މޮޅެއް

ރޮނާލްޑޯއާއި ލުކަކޫގެ ލަނޑުތަކުން ޔުނައިޓެޑަށާއި ޗެލްސީއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ކުޅުނު މެޗުތައް އެ ޓީމްތަކުން ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ތަރިއަކަށްވީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް  ހޯދައި ދިނުމަށްފަހު އެ ޓީމް ދޫކޮށްލުމަށްފަހު 12 އަހަރު ފަހުން އެނބުރި ކުރީގެ […]

އިބްރާހިމް ޚަލީލް
އެމްއެމްސީގެ މެމްބަރު ކަމަށް ޝާފިއު އިންތިޚާބުކޮށްފި

އެމްއެމްސީގެ މެމްބަރު ކަމަށް ޝާފިއު އިންތިޚާބުކޮށްފި

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް މުހައްމަދު ޝާފިއު އިންތިޚާބުކޮށްފިއެވެ. އޭނާ މި މަގާމަށް އިންތިހާބުކޮށްފައި ވަނީ 57 ވޯޓުން އިންތިހާބު ކާމިޔާބުވެގެންނެވެ. އިއްޔެ ހެނދުނު 10:00 ން 11:00 އަށް ވެލާނާގެ ތިރީގައި ބޭއްވި އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރި 103 މީޑިއާގެ ތެރެއިން 93 މީޑިއާއަކުން ވަނީ ވޯޓްދީފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގައި ތިބެނީ 15 މެންބަރުންނެވެ. އެއީ މީޑިއާ ތަމްސީލްކުރާ 8 މެންބަރުންނާއި އާންމު 7 މެންބަރުންނެވެ. އާންމު 7 މެންބަރުންނަކީ […]

ޝިއުނާ އާދަމް